ރައީސް މުހައްމަދު ނަޝީދު. --ފައިލް ފޮޓޯ
26 ޖުލައި 2020 - 12:18
ވަކިވެ ގަތުމަށް މަސައްކަތްކުރާ ހަރުކަށި ފިކުރު، އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބަޔަކަށް ރާއްޖެ ހެދުމަށް ކުރިންސުރެ މަސައްކަތްކުރާ ކަމަށާއި ނަމަވެސް އެ ފުރުސަތު ދިވެހިން ނުދޭނެ ކަމަށް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މިނިވަން ކަމަށް 55 އަހަރު މިއަދު ފުރުމާ ގުޅިގެން ގައުމާ މުހާތަބު ކުރައްވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި ވެސް ތަފާތު ފިކުރުތައް އުފެދިގެން ދާ ކަމަށެވެ. އެގޮތުން އެއް ދައުލަތެއްގެ ގޮތުގައި އަރަބި ކަރަ ބޭއްވުމުގެ ވިސްނުމުގައި މަސައްކަތް ކުރާ މީހުން ރާއްޖެ ވެސް އޭގެ ތެރެއަށް ލުމަށް މަސައްކަތް ކުރާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ޝާމް އާއި އެނގިވަޑައިގަންނަވާނެ އައިއެސް ޖަމާއަތުން އެ ހިންގާ މަސައްކަތްތަކުގައި ދިވެހި ރާއްޖެއަކީ އެ މީހުންގެ ދައުލަތުގެ ގޮތުގައި ހިމެނޭ ބައެއްގެ ގޮތުގައި ހެދުމަށް މި ތަނުގައި އެ މީހުންގެ ނެޓްވޯކް ހިންގާ. އެއީ މިހާރު ރާއްޖޭގެ އިދާރާތަކަށް ސާފުވާ ކަމެއް،" އެ މަނިކުފާން ލިޔުއްވައި ނެރުއްވުމަށް މަސައްކަތް ކުރައްވާ ތާރީހީ ފޮތް، "ދެ ރަދުން" ހިއްޕަވައިގެން އިންނަވައި ނަޝީދު ވިދާޅުވި އެވެ.
ނުރައްކާތެރި، ހަރުކަށި ފިކުރާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކަވާ ނަޝީދު މިއަދު ވެސް ވިދާޅުވީ އެ ފިކުރުތަކަށް ރާއްޖޭން ފުރުސަތު ނުދޭނެ ކަމަށެވެ.
"އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން، އަޅުގަނޑުމެންގެ ސިފައިން މިތިބީ އަޅުގަނޑުމެންނަށް ޔަގީން ކަށަވަރު މި ރާއްޖޭގެ މިނިވަންކަން ކުޑަ މިންވަރަކަށް ވެސް ދޫކުރާކަށެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ހަރުކަށި ދީނީ ފިކުރުގެ މީހުން މުޅި ރާއްޖެ އަށް ފެތުރިފައިވާއިރު އެކަމުން ރާއްޖެ ސަލާމަތް ކުރުމަށް ސަލާމަތީ ބާރުތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދޭތެރެ ދޭތެރެއިން ރާއްޖޭގައި ރާވަމުން އަންނަ ހަމަލާތައް ހުއްޓުވަ އެވެ.
ނަޝީދު ވިދާޅުވީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދިވެހިން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ ބުއްދިވެރިކަމާ އެކުގައި ކަމަށެވެ. ދިވެހިންގެ މިނިވަންކަން "ގުޑުވާލެވޭނެ" އިތުރުބާރެއް ނުވަތަ އިތުރުގޮތެއް ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ޒަމާނުންސުރެ ދިވެހިން އައީ އިންޑިއާ ކަނޑުގައި މަސައްކަތްކޮށް ދަތުރު ކުރަމުން ކަމަށާއި މި ކަނޑުގެ މަސްލަހަތު ދިވެހިންނަށް ވަރަށް މުހިންމު ކަމަށެވެ.
"މި ކަނޑަކީ އަޅުގަނޑުމެންގެ ކަނޑު. މި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން. މިކަނޑުގެ ހަމަޖެހުން ހުއްޓިފައި އޮތީ ދިވެހިންގެ އަމަލުތަކުގެ މައްޗަށް ވެސް މެ. ދިވެހި ރާއްޖޭގެ ހަމަޖެހުމާއި ދިވެހި ރާއްޖޭގެ ސަލާމަތް ތެރިކަން އެއީ ޝައްކެއް ވެސް ނެތް ގޮތުގައި އެއީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތްތެރިކަން،" ނަޝީދު ވިދާޅުވި އެވެ.
"އިންޑިއާ ކަނޑުގެ މައްޗަށް ބާރުފޯރުވާން އުޅުނު އެއްވެސް ބަޔަކަށް އެކަން ކުރެވިފައެއް ނުވޭ ދިވެހީންނާއެކުގައި އެއްބަސްވުންތަކެއް ވެގެން ނޫނީ. އިނގިރޭސީން އައުމުގެ ކުރީގައި އިންޑިއާ ކަނޑުގައި އޮތް ބާރެއް ވިއްޔާ އޮތީ ދިވެހިންނާއެކުގައި ކޮންމެވެސް އެއްބާވަތެއްގެ މުއާމަލާތް ހިންގަމުން."
ތާރީހަށް އަލިއަޅުވާލައްވައި ނަޝީދު ވިދާޅުވީ ކުރީގައި އިންޑިއާގެ ކަންނަންނޫރުގެ ވެރިންނާއި ރާއްޖޭގެ ރަދުންނާ ގާތްގުޅެއް އޮންނަ ކަމަށެވެ.
"ބައެއް ފަހަރަށް ރުޅިވެރިކަމުން. އަނެއްބައި ފަހަރަށް ލޯބިން. އަނެއްބައި ފަހަރަށް ވިޔަފާރިން. ކަންނަންނޫރު ބީބީގެ ސިޓީ ފުޅުތައް ދިވެހި ރަދުންނަށް ފޮނުވާފައިވާ ދިވެހި ރާއްޖޭގެ ތާރީހީ ފަތްފުއްތަކުގަޔާއި އިންޑިއާ އާއި އިނގިރޭސި ވިލާތުގެ އެކިއެކި އާކައިވްސްގައި މިއަދު ވެސް ފެންނަން އެބަހުރި،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖެ އަށް ހިމާޔަތް ދިނުމަށް ދިވެހި ދައުލަތާއި އިނގިރޭސީންނާ ދެމެދު އެއްބަސްވެވުމަކަށް އައީ 1888 ވަނަ އަހަރު އެވެ. އެ އެއްބަސްވުން ބަދަލުކޮށް ދިވެހިންނަށް ހާރިޖީ ގުޅުން ބޭނުންބަޔަކާ އެކު ބޭއްވުމުގެ ފުރުސަތު ލިބުނީ 1965 ވަނަ އަހަރުގެ ހެދި އެއްބަސްވުމާ އެކު އެވެ.
މިނިވަން ދުވަސް ފާހަގަކުރަނީ އިނގިރޭސިންގެ އަތުން ރާއްޖެ އަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ. ރާއްޖެ އަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރީ ޖުލައި 26، 1965 ގަ އެވެ. ރާއްޖޭގެ މިނިވަންކަމުގެ ބާނީ، އަކީ ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، ސުމުއްވުލްއަމީރު އަލްމަރްހޫމް އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝިޔާމް
27 July 2020
ލާދީނީ ސެކިއުލާ ޤައުމަކަށްވެސް މި ޤައުމު ނެހެދޭނެ އިންޝާﷲ
މަރުމޯލު
27 July 2020
އައި އެސް = އިންޑިޔާ ސިފައިން
މޯލްޑިވިޔަން ޕެޓްރޮއިޓް
27 July 2020
ﷲ މީނަގެ ނުބައިރޭވުން ފަލީހަތްކުރައްވާންދޭ. އަދި މިގައުމު ތާއަބަދަށް އިބަ އިލާހަށް ސިރުކުނުކުރާ ބިމެއްގެ ގޮތުގައި ލައްވާ މިގައުމު ހާއިނުންގެ ކިބައިން ރައްކާ ކުރައްވާންދޭ. އާމީން
ޝޮކްތެރަޕީ
27 July 2020
މުސްލިމުނާ ދެކޮޅު މީހުންގެ ބަސްމަގު ނަޝީދުވެސް ގެންގުޅެނީ. މިކަމުގެ ސަބަބުން ދިވެހިންގެ އިޒްޒަތާ އަބު ގެއްލޭނެ. ދޮގު ވާހަކަ ނުފަތުރާ ސިޔަސީ ދާއިރާއިން ނަޝީދު ދުރައްޖެހިލުން އެދެން.
އައި.އެސް ބަސް ބުނެފި
27 July 2020
ތިދައްކާ ވާހަކަ އިން އަމިއްލަ މީހާ މަގްބޫލުވުމާއި، ދިވެހި ރާއްޖޭގެ ޓޫރިޒަމް ހަލާކުވުމާއި، އިގްތިސޯދަށް ގެއްލުންވުމާއި، އައި.އެސް އަށް އެމީހުންގެ ހަރަކާތް ފުޅާކުރަން ހިއްވަރު ލިބުން ނޫންކަމެއް ނުވާނެ. ތިހުރިހައި ވާހަކައެއް ނުދައްކައި އައި.އެސް ނައްތާލަން ކުރަން ޖެހޭ މަސައްކަތްކޮށްބަލަ. ވަރަށް ސަލާމް
ރާޖާ
27 July 2020
މީނާ ފަށައިގަންނަމުން ކިޔަން އުޅުނީ އިސްލާމީ ޚިލާފަތުގެ ވާހަކައެވެ. ސީދާ ބުނާކަށް ނުކެރުނެވެ. ސެކިއުލަރ ވިސްނުމެވެ.
ބަހިވާ
27 July 2020
އިްނޑިޔާ މީހުންނަށް ރަށްވެހިކަން ދިނުމުގެ ބޭނުމުގަ ފާސްކުަރަން އުޅުނު އެތި ގިފައިގެން ގެޔަށްގޮސް ފާސްކޮށްލާ
ރާވެރިބޭ ރުކަން
27 July 2020
މުސްލިމުން ބަދުނާމު ކުރުމަކީ ގޯހެ. ފިކުރީ ހަގުރާމަ ކުރުން ހުއްޓާލާ ދޮގުވާހަކަ ނުފަތުރާ.
ރީތި މޫސަ
27 July 2020
ނަޝީދު ބޭނުންވަނީ މިޤައުމުގެރީތިނަން ޚަރާބުކޮށްގެންނަމަވެސް މިޤައުމުގަ އެކިދީންތަކަށްފުރުސަތުދޭން އެހެންވެގެން ދައްކާހާވާހަކަތީ ރާއްޖޭގައުޅޭ ދީނާދެކޮޅުކޮންމެބައިގަނޑެއް ހިމާޔަތްކުރަނީ ސީދާ ނަޝީދު ނަޝީދަކީ މިޤައުމުގެ ހަލާކު މިޤައުމަށް ހަމަޖެހުމެއްލިބޭނީ ނަޝީދު ސިޔާސީ މައިދާނުން ދުރަށްދިޔަދުވަހަކުން
އައިޝާ
27 July 2020
މަޖްލީހުގެ ރައިސް ކިއެއްވެގެން މި އުޅެނީ..ގައުމާ މުހާތަބު ކުރަން ޖެހޭތަ ކޮންމެހެން..