މަހިބަދޫ ބަނދަރުގައި އަޅާފައި އޮތް އުޅަނދުތަކުގައި ރޯވި އަލިފާންގަނޑު ނިއްވަނީ: އެއީ ރާއްޖޭގައި އައިއެސްއިން ދިން ފުރަތަމަ ހަމަލާ ކަމަށް އދ. ގެ ސަލާމަތީ މަޖިިލީހުގެ ރިޕޯޓެއްގައިވޭ -- ފޮޓޯ/އެމްއެންޑީއެފް
26 ޖުލައި 2020 - 17:35
އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ވާގިވެރިވާ ނެޓްވޯކެއް ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކަމަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ރިޕޯޓެއްގައި ބުނެފި އެވެ.
ދުނިޔޭގެ ޓެރަރިސްޓް ޖަމާއަތްތައް ލިސްޓްކުރާ އދ. ގެ ސަލާމަތީ މަޖިލީހުގެ ކޮޮމެޓީން އެ މަޖިލީހުގެ ރައީސަށް މިިދިޔަ ހަފުތާގައި ފޮނުވި ރިޕޯޓުގައި އެކި ގައުމުތަކުގައި ޓެރަރިސްޓް އެކި ޖަމާއަތްތަކުން ހަރަކާތްތައް ހިންގަމުންދާ ގޮތާ ބެހޭ ތަފްސީލުތައް ހިމަނަފައިިވެ އެވެ.
އެ ރިޕޯޓުގައިވަނީ ރާއްޖޭގައި އައިއެސްއަށް ވާގިވެރިވާ ފަރާތްތަކަކާ އެކު އެ ޖަމާއަތުން ރާއްޖޭގައި ހަރަކާތްތެރިވާ ކަމުގެ މައުލޫމާތު މޮނީޓަރިން ޓީމަށް ލިބިފައިވާ ކަމަށެވެ. އަދި މިދިޔަ އޭޕްރީލް މަހު އދ. މަހިބަދޫ ފަޅުގައި ހުރި ލޯންޗްތަކެއްގައި ރޯކޮށްލުމަކީ އައިއެސް އިން ރާއްޖޭގައި ހިންގި ފުރަތަމަ ޓެރަރިސްޓް ހަރަކާތް ކަމަށާއި އެ ހަމަލާއަކީ ހައްދުފަހަނާއަޅާފައިވާ މީހުންނާ ދެކޮޅަށް ސަރުކާރުން މަސައްކަތް ފެށުމުން ދިން ހަމަލާއެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
އައިއެސްއާ ގުޅުންހުރި މީޑިއާ ނެޓްވޯކްތަކުން އެ މައުލޫމާތު ފެތުރިކަން ފާހަގަކޮށް، އެ ރިޕޯޓުގައިވަނީ ރާއްޖޭގައި ދީނީ ހައްދުފަހަނަ އެޅުން އިތުރުވަމުންދާ މިންވަރާ މެދު އދ. ގެ މެމްބަރު ގައުމުތަކުގެ ކަންބޮޑުވުން އެބަހުރި ކަމަށެވެ.
މަހިބަދޫ ފަޅުގައި ހުުރި ލޯންޗްތައް ރޯކޮށްލުމުގެ ޒިންމާ އައިއެސް ޖަމާއަތުން ކުރިން ނެގިޔަސް، ފުލުހުން ބުނެފައިވަނީ ތަހުގީގަށް އެފަދަ މައުލޫމާތެއް ނުލިބޭ ކަމަށެވެ. އެކަމަކު ރާއްޖޭގައި އުޅޭ ހަރުކަށި ފިކުރުގެ މީހުންނަކީ އެ ޖަމާއަތާ ގުޅުން އޮންނަ ބައެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ދީނީ ހައްދުފަހަނަ އަޅައި ދިނުމާ ދެކޮޅަށް ފުލުހުން ގެންދަނީ ބޮޑެތި އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. އެފަދަ ބައެއް އޮޕަރޭޝަންތަކުގައި ބައެއް ހައްޔަރުކޮށް، ދައުވާތައް ވެސް އުފުލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުދާރު
27 July 2020
ޔަހޫދީން މިއަދު ތިބީ އިސްލާމުންގެ ތެރޭގައި. ބައެއް ގައުމުތަކުގެ ވެރިންނަށް އަނެއްބައި ތަންތާ ޢިލްމުވެރިންގެ ގޮތުގަ ނުވަތަ ސިޔާސި ލީޑަރުންގެ ގޮތުގައި. މި އެންމެންވެސް ގުޅިފައިވަނީ އިޒްރޭލުގެ މޮސާޑާ ނުވަތަ އެމެރިކާގެ ސީ އައި އޭ އާ.
މަޖްލިސް
27 July 2020
ރާއްޖޭގައި ދީނީ ހައްދު ފަހަނަ އަޅާގެން އުޅޭ ބަޔަކީ ރައްޔަތުންގެ ފައިސާއިން މުސާރަދީގެން މި ސަރުކާރުން އެކަމަށް ސަރުކާރުގައި ގެންގުޅޭ ގުރޫޕެއް.
ބޯގޯސް12
27 July 2020
ކޮވިޑް ތެރޭގައި އައިސިސް އޭ ޓެރަރިޒަމް އޭ ކިޔާފައި ތަންކޮޅެއް މަދު ޚަބަރު މީޑިއާ ގައި އޮތީމައި އެބައި ކުރިއަށް ޖައްސާލަނީ
ހަކީމް
27 July 2020
އައިއެސްގެ ފިކުރަށް ތާއީދުކުރާ އަދި ހަމްދަރުދީވާ ބަޔަކު އުޅޭކަމީ ޝައްކެއް އޮތްކަމެއް ނޫން. ސަރުކާރުތަކުން ބޭނުންވަނީ މިވެސް ކޮންމެވެސް ވަރަކަށް ދިރުވާފަ ބާއްވަން - ބޭނުމަކީ މީގެން ސިޔާސީ ފައިދާ ނެގުން.
ސަރުމީލް
27 July 2020
ތިއީ ލާދީނީ މީހުން ރާވައިގެން ކުރާކަމެއް. މިޤައުމުގެ ހަޤީޤީ ހައްދުފަހަނަ އެޅި ބަޔަކީ ލާދީނީ މީހުން. ސަރުކާރުން އުޅެނީ އެމީހުން ދެކެ ބިރުން... އުތެމާ ކޮބާ...އެމްޑީއެން ކޮބާ މިއީ ހައްދުަފަހަނަ އެޅި ޖަމާޢަތްތަށް މި މީހުން ތިބުނަ ބަޔަކު އުފައްދަނީވެސް
ރީތި މޫސަ
27 July 2020
ދުނިޔޭގެގައުމުތަކުގަ ތިބުނާމީހުންއުޅޭ ހިޔެއްނުވޭ މިރާއްޖޭގައުޅޭހެނެއް އުޅޭނަމަ ނުކެރޭނެ އެއްވެސް ބަޔަކަށް ހަމަނޭވާލަކަށްވެސް ނުކުރާނޭކަމެއްނޯންނާނެ
ހަތަ ހުވައި
26 July 2020
އިސްލާމް ދީން ހައިޖެކް ކޮށްގެން އުޅޭ ބައިގަޑެއް.
އޮނަރަބްލް އަފީފު ދީދީ
26 July 2020
އައިއެސްއަކީ ދިވެހިއުފެއްދުމެއްނޫން. އަހަރުމެންމިބުނަނީ ކޮންބައެއްކަންނޭގޭމީހުނަށް ރާއްޖެނާދެވޭގޮތަށް އިމިޤްރޭޝަން ޤަވާއިދުބަދަލުކޮށް ފަތުރުވެރިކަމުގެވިޔަފާރިއަށް ގެއްލުމެއްނުދެނީސް އީޔޫގެ ޤައުމުތަކާއި، ސްވިޓްޒަލެންޑް، އެމަރިކާ، ކެނަޑާ، ޗައިނާ، ޖެޕާން، ސިންގަޕޯރ، ކޮރެއާ، ސައުދީ، ޤަޓަރ، ކުވެއިތު، ޔޫއޭއީ، ސައުތުއެފްރިކާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ރަޝިޔާ، އިންޑިޔާ އަދި ސްރީލަންކާގެ އޯލްޑިނެރީ ޕާސްޕޯޓްހޮލްޑަރުންނަށްމެނުވީ އެޑްވާންސްވީސާނެތި ރާއްޖެ ނާދެވޭގޮތަށްހަދާށޭ.
ރަދީފްއޮފިޝިއަލް
26 July 2020
އދ ގެ ސަލާމަތީ މަޖްލިސް އެއީ ޓެރަރިސްޓް ޖަމާއަތެކޭ ބުނެވިދާނެ.ސަލާމަތީ މަޖްލިހުގަ ތިބި މެމްބަރު ގައުމުތައް އެކަނިވެސް މިބުނި ކަމަށް ހެކިދޭ.އަރުވާލެވިގެން ބޭރުގަ ތިބޭ ދިވެހިންދޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ޓެރަރިސްޓުންނަށް ވާގިދޭ ބަޔަކު ރާއްޖޭގަ ތިބިކަމަށް ބުންޏަސް އެއީ ތެދަކަށްނުވާނެ.ހުޅަނގުގެ ނުބައި ރޭވުމުން މިގައުމު ސަލާމަތްކުރައްވާށި.އާމީން.ވ.ވެދުން
ހަރުކައްޓޭ
26 July 2020
ހަރުކަށިވެގެންގޮސް މީހުންގެ ބޯކަނޑާ، ތަންތާ ރޯކޮށް މީހުންގެ މުދަލަށް ގެއްލުންދޭތީ ގޯސްމިވަނީ.