ހެލްތު މިނިސްޓަރު އަބްދުﷲ އަމީން. --މިހާރު ފައިލް ފޮޓޯ
28 ޖުލައި 2020 - 22:38
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް ދިން ބޮޑު ލުޔާ އެކު، ހާލަތު އިތުރަށް ގޯސްވެ، "ނުރައްކަލުގެ ރަނގަބީލު" ގެ އަޑުގަދަވަމުންދާ ކަމުގެ އިންޒާރު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ދެއްވައިފި އެވެ.
މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވިއިރު، މާލެ ސަރަހައްދުގެ ލޮކްޑައުން އަށް ދިން ބޮޑު ލުއިގެ ނަތީޖާ އަކީ އާދަޔާ ޚިލާފަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެ، އެ ބައްޔަށް ޕޮޒިޓިވްވާ ދިވެހިންގެ އަދަދު މައްޗަށް ދިއުމެވެ.
އާއްމު ހާލަތަކަށް އެދޭ ނަމަ މާސްކް އެޅުމާއި އެކަކު އަނެކެއްގެ ދުރުމިން ކަށަވަރު ކުރުމާއި ބައްދަލުވުންތައް މަދުކުކޮށް، ކޮންމެހެން ނުކުންނަން ޖެހޭ ހާލަތެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް އަމީން މިރޭ އިލްތިމާސް ކުރެއްވި އެވެ.
އާއްމުޙާލަތަށް އެދޭނަމަ، މާސްކު އަޅުއްވާ، އެކަކު އަނެކެއްގެ ދުރުމިން ކަށަވަރު ކުރައްވާ، ބައްދަލުވާ އަދަދު މަދުކުރައްވާ، ކޮންމެހެން ނުކުންނަންޖެހޭ ހާލަތުގައި މެނުވީ ނުކުމެވަޑައި ނުގަންނަވާ.
— Abdulla Ameen (@ameenex) July 28, 2020
ނުރައްކަލުގެ ރަގަބީލުގެ އަޑު އެބަގަދަވޭ !
މިނިސްޓަރު އަމީންގެ ޓުވީޓް
ހެލްތު މިނިސްޓަރުގެ ނުރައްކަލުގެ ރަނގަބީލުގެ އިންޒާރު ދިން އިރު މިއަދު ރާއްޖެ އިން ވަނީ ފަހަކަށް އައިސް ރެކޯޑް އަދަދަކަށް ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވެފަ އެވެ. އެޗްޕީއޭ އިން ބުނީ އިއްޔެ ހަވީރު 6 އިން މިއަދު ހަވީރު 6 އާ ހަމައަށް 137 މީހަކަށް އަލަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 92 އެވެ. ދެން އުޅެނީ ބަންގްލަދޭޝްގެ 31 މީހަކާއި އިންޑިއާގެ ނުވަ މީހަކާއި ސްރީ ލަންކާގެ ހަތަރެއް އަދި ފިލިޕިންސްގެ އެކެކެވެ.
ރާއްޖެ އިން ކޮވިޑް-19 މިދިޔަ މާޗް 7 ގައި ފެނުނު ފަހުން އަދި އޭޕްރީލް 15 ގައި މާލެ އަށް އެ ބަލި ފެތުރުނު ފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އެޕްރީލް 30 ވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ 178 މީހުން ޕޮޒިޓިވްވެފަ އެވެ.
ރާއްޖެ އިން މިހާތަނަށް ވަނީ 3,506 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ 15 މީހުން ވަނީ މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 2,547 މީހުންނެވެ. އަދި ފަރުވާ ދޭ މީހުންގެ އަދަދު ވަނީ 929 އަށް އިތުރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަވީން
29 July 2020
އަދި ތަންކޮޅެއް މަޑުން ފިރު މާލައްވާ. އޭރުން މީހުން ބުނާ ގޮތް ހަދާނީ. މަނިކުފާނު މެން ވިދާޅުވީ ކޮވިޑާ އެއްކޮށް އުޅެން ދަސްކުރާށޭ. މީ އަދައިގެ ރޯގަލެކޭ. މާސް އެޅުންވެސް މަޖުބޫރު ކުރެވޭކަށް ނެތޭ. އޮފީސްތައް ހުޅުވާ ސްކޫލްތައްވެސް ހުޅުވީ. އެއްވެސް ވަރަަކަށް މީހުން އުޅޭ ނޫޅޭ ގޮތެއް ނުބަލާ.
އައްޔަބޭ
29 July 2020
ތި އުޅުއްވަނީ އެންމެ ރެއަކު މުޒާހަރާއަށް ނުކުރީމާ ކަންބޮޑުވެގެން. ހަހަހަހަ
ރިހި ރާންބާގަސް
29 July 2020
ލޮކޮޑައުން އުވާލާ މާއަވަށް ދޫކޮށްލުމުގެ ނަތީޖާ މިފެންނަނީ! އަދިވެސް ނަޝީދުގެ ދަށުވެގެން އުޅުން ދޫކޮށްލާކަށް ނުވޭތަ؟ ހެލްތް މިނިސްޓަރު ހެލްތު ޕރޮޓެކްޝަންއިން ތިޔަބޭފުޅުންގެ ލަފާއާ އެއްގޮތަށް ކަންކަން ކުރާކަށް ނުވޭތަ؟ މިފަދަ ދަނޑިވަޅެއްގަވެސް އަނެއްބަޔަކު ޔާމީނަކާ ހުރެ ގައުމެއް ހަލާކުކޮށްލަން ފުލްގިޔަރުގަ ނުކުމެ އެއުޅެނީ!
އިމްތިޔާޒު ފަހުމީ
29 July 2020
ހެލްތު މިނިސްޓަރުހާ ހިތްވަރު ގަދައެއް ނުވާނެދޯ ކޮންމެ މީހެއް
ލުއިލުއި
29 July 2020
ބޮޑުލުއިދޭންޖެހޭ ފަދަ ހާލަތަކަށް ނުދަނީސް ބޮޑު ލުއިދިނީމަ ވާނީ މިހެން. ގިނަ ދިވެހިންގެ ގޮތެއްފޮތެއްނެތް ދިރިއުޅުން ހުރިގޮތް ނުބަލައި 2 ފޫޓުން ހުންނަ ކެފޭތައް ހުޅުވީމަ ވާންވީ ގޮތް އެވަނީ. އެތަންތަނަށް ގޮސްތިބެ ހިދްމަތް ހޯދޭ ގޮތަށް ތަންތަން ހުޅުވާލީމަ ދެންވާނީ މިހެން. ބަލި ފެތުރޭ ގޮތް ބަލާ ބަޔަކު މީހުންގެ އުޅުމުގެ ވައްޓަފާޅިވެސް ބަލަންޖެހޭ. މީހުން ކުރާނެ ކަންކަމާ އުޅުން ހުންނާނެ ގޮތް ނުބަލާ ހިތަކަށް ހުޅުވާލުމަކުން ކޮންޓްރޯލެއް ނުވާނެ.
ކުޑަ އަލީ
29 July 2020
މީ ސަރުކާރު ފެއިލް ވުން ރައްއިތު މީހާކުރާނެކަމެއް ނެތް ދެން ވެސް މުޅި ސަރުކާރު އިސްތިއުފާ ދީފަ ފުރާ
ބޯ ހަލަޚޫ
29 July 2020
ދުނިޔޭގެ ހުރިހާ ގައުމަކަށް ބެލިއަސް ކޮވިޑް ކަންތަކުގައި ރާއްޖޭ ހެލްތު މިނިސްޓަރު ކުރަންޖެހޭ މަސައްކަތް އެހެން ހެލްތު މިނިސްޓަރުންނާ ހިލާފަށް އިންތިހާއަށް ބޮޑު. ސަބަބަކަށްވަނީ އެހެން ގައުމުތަކުގައި ކޮވިޑްއާ ދެކޮޅަށް ހަނގުރާމަ ކުރަނީ އެންމެން އެކު ވެގެން. ރާއްޖޭގައި މި ޖެހެނީ ހުރިހާ ކޮޅަކުން ފެން ހިއްކަން. ސިޔާސީ ކޮންމެ ފެކްޝަނަކުންވެސް މި އުޅެނީ ފުރާނައަށްވުރެ ވެސް ކުރިއަށް އެމީހެއްގެ އަމިއްލަ އެޖެންޑާ ނެރެގެން. ފުރަތަމަ މަރުހަލާގައި ނަޝީދު، މިފަހަރު އަދުރޭ.
ޑެލް
29 July 2020
ވަރަށް ރަނގަޅު ވާހަކައެއް! މިރާއްޖެ ފިޔަވައި މި ކަންތައް ސިޔާސީ ކުރި ޤައުމެއް އަދި ނުދެކެން.
އައި ޑޯންޓް ހޭވް އަ ނޭ މް
29 July 2020
ދޮގެއް ވެސް ނޫން.. އެއްކަ މެއްވެސް ސިޔާސީ ނުކޮށް މި ރާއްޖޭގެ މީހުންނަށް ނޫޅެވޭ. ކީކޭ ދެން ބުނާނީ ވެސް ?
ފޭކްފޭކްދޯ
29 July 2020
ބަޔަކު ޕޮޒިޓިވް ވެގެނެއް ނޫން ތިއުޅެނީ ތަމެން ތިޔާ އުޅެނީ ރައްޔިތުންނަށް ބިރު ދައްކަންދޯ...
ުވައިސޫރި
29 July 2020
ފިޔަވަޅުތައް ތަންކޮޅެއް ހަރުކަށިކޮއްބަލަ
ރައްޔިތު ސޮރު
29 July 2020
އެއްވެސް ތާކުން ތާކުން ނުޖެހޭ ގޮތަށް ޓެސްޓު ކުރާތަން ފެންނަނީ. ހެންވެއިރުން މީހަކު މާފަންނުކޮޅުން މީހަކު! އަޖައިބުވެ އަންތަރީސް ނުވާތަ މިއޮއް ކުޑަކުޑަ ޤަޢުމު އަދި ޤުދުރަތީގޮތުންވެސް މިފަދަ ބަލިމަޑުކަން ކޮންޓުރޯލް ކުރެވެން އޮތް ޤަޢުމެއްމިއީ. ދެންވެސް ބައިބަޔަށް ބަންދުކޮށް ބަންދުކުރި ތަންތަނުގެ އެންމެން ޓެސްޓުކޮށް މުޅިރާއްޖެއިން މިބަލި ނައްތާލެވޭތޯ މަސައްކަތް ފަށަން ހިނގާބަލަ!
1984
29 July 2020
އަދުރޭމެން މީހަކަށް ކޮވިޑްޖެހި ކަމެއް ދިމާވުމުން މިކަމުގެ ހިތިކަން އިނގޭނީ. ރާއްޖެ ފިޔަވައި މިބަލި ސިޔާސީކުރި ބައެއް ނެތް. ހީވަނީ މިއީ އަމީން ގެނައި ބައްޔެއްހެން.