އެމްޑަބްލިއުއެސްސީގެ އިމާރާތް
01 އޯގަސްޓް 2020 - 20:43
ފެން ބިލް ދެއްކުމުން 1،000ރ. ލިބޭ ޕްރޮމޯޝަނެއް އެމްޑަބްލިއުއެސްސީން މިއަދު ފަށައިފި އެވެ.
ފެން ކުންފުނިން މިއަދު ބުނީ، "އެއް ހާސް، އެއް ހާސް" ގެ ނަމުގައި ފެށި އެ ޕްރޮމޯޝަންގައި ކޮންމެ ހަފުތާއަކު 10 ނަސީބުވެރިއަކަށް 1،000ރ. ލިބޭނެ ކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށެވެ.
ހުރިހާ ފެން ބިލަކަށް ފައިސާ ދައްކައި ހަލާސް ކުރާ ކޮންމެ މީހަކަށް ވެސް އެ މުއްދަތުގެ ތެރޭގައި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. ވަކިވަކި މަސް ތަކަށް ބަހާލައިގެން ބިލަށް ފައސާ ދައްކާ މީހުންނަށް ވެސް ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އެބަ އޮތެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެމްޑަބްލިއުއެސްސީގެ މޯބައިލް އެޕާއި އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް އަދި ޗެކާއި ނަގުދު ފައިސާ އިން ވެސް ބިލް ދެއްކޭނެ އެވެ. ޕްރޮމޯޝަން ކުރިއަށް ގެންދަނީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ އިތުރުން އެ ކުންފުނިން ނަރުދަމާގެ ހިދުމަތްދޭ ކ. މާފުއްޓާއި ރ. ދުވާފަރާއި ހދ. ކުޅުދުއްފުއްޓަށް އަމާޒުކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބޫއަބްލަޣީ
02 August 2020
ތިޔަ ހުރިހާ ހާސަރެއްނުދަމާ ކޮންމެ އަހަރަކުވެސް މުއްދަތު ހަމަނުވެ ބަރާބަރަށް ބިލްދެއްކި މީހުން ބަލާފާ އެފަރާތްތަކަށް ލުޔެއްދީބަލަ. ކޮންމެހެން ޕްރޮމޯޝަނެކޭ މުއްޗެކޭ ކިޔާކަށް ނުޖެހޭ. ތިޔައީ ރައްޔިތަކަށް ހެވެއް އެދިގެން ކުރާކަމެއްނޫން.
ރަދީފްއޮފިޝިއަލް
02 August 2020
1000 ރުފިޔާއިން ހައްޖުވެސް ކުރެވިދާނެ.
މޯޑް
02 August 2020
ފެންބިލު ދެށްކޭނި ބިލުފޮނުވީމަ. އަހަރެން އިހަށްދުވަހު މި ބަދަލުވި އެފާޓްމަންޓަށް ބިލެއް ނުފޮނުވާ ފެންކުންފުނީގަ ސަކުވާވެސް ކުރެވިންޖެ. ފޮނުވާނަމޭ ބުނަނި.
މުސަޅު
02 August 2020
އެޕު ބޭނުންކޮށްބަލަ. އެޕު
ފެރީނާ
01 August 2020
ފެންބިލް 2ގުނަ ބޮޑުކޮށްފަ 1000ރފގެ އިނާމް؟؟ހާދަ ބޮޑު އަދަދެކޭ..ބޮޑު ކުންފުންޏަކުން ކޮން ސަކަރާތެއް ޖަހަނީ..
މޫސާކުއްދާ
02 August 2020
ސަކަރާތެއްނޫން އެޖަހަނީ! އެއްޗެއް ދީގެންވެސް އެއްޗެއް ލިބޭތޯ އެއުޅެނީ. އެނގޭތަ، ކިތައްމީހުންކަން ފެން ބޭނުންކޮށްފަ ބިލް ނުދައްކާ ތިބީ. ހާދަ ބައިވަރު ފައިސާއެކޭ އެއީ. ބިލް ނުދައްކައިގެން ފެންކަނޑާލިއަސް ގޯސްވާނީ ސަރުކާރު. ހީވާކަހަލަ ދައުލަތުގެ ބަޖެޓުގައި ހުންނަ އަދަދު ތަކަކީ ކޮންމެ އަހަރަކު ފައިސާ ޗާޕުކޮއްގެން ހޭދަކުރަން ޖަހާ އަދަދު ތަކެއްހެން. ބުރާންތިސް!!
ޖެރީނާ
02 August 2020
އަތްމާ ގިނައިން ދޮންނަންތަ؟ ގަންނަ އެއްޗެހި މާ ގިނައިން ދޮންނަންޖެހޭތަ؟ ބޭރަށް ގޮސް އައިސް ކޮންމެ ފަހަރަކު އެއްޗެހި ބަދަލުކޮށް ދޮންނަންތަ؟ ގޭގަ ގިނަ ވަގުތު ހޭދަކުރުމުން ކެއިން ބުއިން އިތުރުވެއްޖެތަ؟ އެއް ބަޔަކު ފެއްޓި ގޮތަށް ގަސްހައްދަން ފައްޓައި ގަހަށް ފެންޖަހާވަރު ގިނަވެއްޖެތަ؟ މަސްޓޭންކެއް ގެންގުޅެއް ފެށިއްޖެތަ؟ ވިސްނާލަންޖެހޭ ކަންކަން ހުންނާނެ ދިިރިއުޅުމަށް އަންނަ ބަދަލުތަކާއެކު.
ގަޓް ބްރޯ
01 August 2020
ފެންބިލް ޑަބަލްކޮށްފަ މިދެން ކޮން ސަކަރާތެއް. ގައުމުގެ އިގްތިސާދު ފުނޑިފަ އޮންނައިރު ނަސީބޭ ކިޔާފަ ހިލޭ ދެވޭނެ އެއްވެސް އެއްޗެއް ނޯންނާނެ. ވެންމަސް ވެނަށް ކާންދޭހެން ތިޔަ އެއްހާސް ނުދިނަސް ވަރިހަމަ.