ސިނގިރޭޓާއި އީސިނގިރޭޓު ނުވަތަ ވޭޕް: ދުންފަތުގެ ހުރިހާ އުފެއްދުމަކުން ވެސް ވަނީ ޑިއުޓީ ބޮޑުކޮށްފައި--
02 އޯގަސްޓް 2020 - 12:23
ރާއްޖެ އަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ބޮޑުވާ ގޮތަށް، އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހަށް މި މަހު އަމަލުކުރަން ފެށުމާ އެކު ދުންފަތުގެ ބާވަތްތަކުގެ އަގު ވަރަށް ބޮޑުވެއްޖެ އެވެ.
ރާއްޖޭގައި އެންމެ ގިނައިން ގެންގުޅޭ ސިނގިރޭޓު ފޮއްޓަކުން 20-40ރ. ވަނީ އިއްޔެ އިން ފެށިގެން ބޮޑުކޮށްފަ އެވެ.
ގާނޫނަށް ގެނައި ބަދަލާއެކު ސިނިގިރޭޓު ފޮއްޓަކުން 25 ޕަސެންޓު ޑިއުޓީ ނަގާނެ އެވެ. އެއީ ސިނގިރޭޓަކަށް ތިން ރުފިޔާގެ މަގުންނެވެ. އެހެންވެ މިހާރު ސިނގިރޭޓު ފޮއްޓެއް ލިބެނީ 85-100ރ. އާ ދެމެދުގެ އަގެއްގަ އެވެ. ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުގައި، ވަކި ސިނގިރެޓް ވިއްކުމަކީ މަނާ ކަމެކެވެ.
އަލަށް ގެނައި އިސްލާހުގައި ދުންފަތާ ގުޅުން ހުރި އެހެން އުފެއްދުންތަކުގެ ޑިއުޓީ ވެސް ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން، ބިޑިން ނަގަމުން އައި ޑިއުޓީ 25 ޕަސެންޓަށް އިތުރު ކޮށް ބިޑިއަކުން ތިން ރުފިޔާ ނަގަން ވަނީ ނިންމައިފަ އެވެ. އަދި ސިނގިރޭޓާއި ބިޑި ހެދުމަށް ބޭނުން ކުރާ ކަރުދާހާއި ނިކޮޓިން ކާޓްރިޖާއި ދުންފަތުގެ އިސްތިއުމާލުކުރަށް ބޭނުން ކުރާ ފްލޭވާ އިން 200 ޕަސެންޓު ޑިއުޓީ ނަގާނެ އެވެ.
ފަހަކަށް އައިސް ދިވެހިންގެ ތެރޭގައި އެންމެ އާއްމުވެފައިވާ އީ-ސިނިރޭޓު ނުވަތަ ވޭޕުން ވެސް ޑިއުޓީ ވަނީ ބޮޑުކޮށްފަ އެވެ. ކުރިން 20 ޕަސެންޓު ޑިއުޓީ ނެގި ނަމަވެސް އިއްޔެ އިން ފެށިގެން ވޭޕުން 25 ޕަސެންޓު ޑިއުޓީ ނަގާނެ އެވެ.
ދުންފަތުގެ އުފެއްދުންތަކުގެ ތެރެއިން އެންމެ ގިނައިން ރާއްޖެއަށް އެތެރެކުރަނީ ސިނގިރޭޓެވެ. އެގޮތުން އަހަރަކު 460 މިލިއަން ސިނގިރޭޓު އެތެރެކުރާއިރު، ދިވެހިންގެ އާބާދީގެ ތެރެއިން 34 ޕަސެންޓަށް ވުރެ ގިނަ މީހުން ދުންފަތުގެ އިސްތިއުމާލު ކުރެ އެވެ. އެހެންވެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް މި ނުބައި އާދައިން މީހުން ދުރުކުރުވަން ޑިއުޓީ ބޮޑުކޮށް، އެ ލިބޭ އަގު ބޮޑުވާ ގޮތް ހެދުމަކީ ކުރަމުން އަންނަ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Ahmd
02 August 2020
މިތާ ގިނައިން މިލިޔަނީ ސިގިރެޓް ބޯ މީހުން. ބަލަ މިހާރުވެސް މަގުމައްޗަ ނިކުންނައިރު މޫނަ ދުންބުރުވަނީ! ކެފޭއަކަށް ދިޔަސް ހަމަ އެހެން! މަބޭނުމެއްނު ކެންސަރުޖެހޭކަށް! އެކަމަކު ދުންބުރުވާ މީހުން މަށައެކަން މަގުފަހިކޮށްދެނީ. ކިހާ ދެރަކަމެއްމިއީ.
ޝަމްޝަރޕްރިންސް
02 August 2020
ކަލޭ މެންނަށް ރަނގަޅު އެއްވެސް ގޮތެއް ނޯންނާނެ. ތަރައްގީވާން ޖެހެނީ ސިންގަޕޯރާ ނިއުޒީލޭންޑް ފެންވަރަަށް. އާދަތަށް ހުންނަން ޖެހޭނީ ބަންގާޅީންގެ ގޮތުގައި. ސިނގިރޭޓް ކޮންޓޭނަރަކަށް ދޮޅު ލައްކަ ޑޮލަރަށްވުރެ ގިނަ ފައިސާ ގައުމުން ބޭރުވޭ. ކޮންތާކުން އެވަރަށް ބޭރު ފައިސާ ހޯދަނީ. ޗާޕް ކޮށްގެން ތަ؟
ކުރުކުރު
02 August 2020
މިހާރު ދެން ބައިރުފިޔާވެސް ބޭރުނުވާނެތާ. ހެދުންވެސް މީހަކަށް ކޮންމެ 5 އަހަރަކަށް އެކަތި އެތެރެކުރަން ހުއްދަދޭންވީ. އެހެންނޫނީ ފޭލިވިޔެގެން ލާންވީ.
ޢަހުމަދު އީސަ
02 August 2020
-/100ރުފިޔާއައް ސިގިރެޓެއް ހެދިޔަސް ގަންނާނެ މީހުންބާވަރު އެހެން އެއްޗިހިވެސް އަގުބޮޑުކޮން ގަނެގެންބޮނީނު
ބޮޑުވަޒީރު
02 August 2020
ތިބިލް ފާސްކުރިއިރު އީ ސިނގިރޭޓާ އަދި ވޭޕިން އުފެއްދުންތަށް ވަނީ ހުއްދަ ކޮށްފައި. ސިނގިރޭޓްގެ ޑިއުޓީ ބޮޑު ކުރުމުގެ އެެއް ބޭނުމަކީ މިކަން ފޮރުވުން. މީ ޒުވާނުން މިހާރު އެންމެ ގިނައިން ބޭނުންކުރާ ބާވަތްތަށް އަދި ސިނގިރޭޓް ބުއިމުގެ ނުބައި އާދަ އަށް ވެއްދުމަށް ރާވައިފައިވާ ބޮޑު ސިއްރު. ޒުވާނުން މީގެ ތެރެެއަށް ނުވެއްދޭނަމަ މާކެޓް އެއްކޮށް ދުވަސްކޮޅަކުން ގެއްލޭނެ. ފުރާވަރުގެ ދަރިން ތިބި މީހުންނަށް އެނގޭނެ މީގެ ނުރައްކާ.
އަލިފް ހ
02 August 2020
ތިޔަކީ ކޮންމެހެން ސިނގިރޭޓު ބޯވަރު މަދު ކުރުވާކަށް ކުރި ކަމެއް ނޫން. އޭރުންވެސް ސަރުކާރަށް 1.3 ބިލިއަން ރުފިޔާ ވަންނާނެތީ ކުރި ކަމެއް!
ގޖދފ
02 August 2020
ބަޔަކު މިލިޔަނަރުންނަށް ހަދައިދޭން ތެޅި ބާލަނީ. ވޯޓް ހޯދަން ނާންނާތި.
މަކުނުބެއްޔާ
02 August 2020
ކަލޭ ވޯޓު ދޭނެ އަދިވެސް!
މޯޑް
02 August 2020
ރޫޓް މީހުން ލިމިޓްކޮށްގެން ސިގިރޭޓް ވިއްކީ ފަހުން އަގުބޮނޑް ކޮށް ވިއްކަށް ދޯ.
މަހާސިންތާ
02 August 2020
އަދި ފޮއްޓަކުން 30ރ ބޮޑުކޮއްލާ، އޭރުން ދުންފަތުގެ ކަންތައް ސިންގަޕޫރު ފެންވަރަށް ދިޔައީ.
ކޮތަރުގެ އަަަސަރު
02 August 2020
އަމީނަށްވީގޮތްވާން އުޅޭކަހަލަ! ދެން މަސްތުވާތަކެތީގެ އަގު ހެޔޮކޮށްލާ! ދުންފަތް ދުރުކުރަން ޓެކްސް ނުނަގާ ހަދާފައިވާ ގަވާއިދުތައް ހިންގަބަލަ ކޮށްބަލަ!
އާދަމް ހަލީމް
02 August 2020
100ގެ ނިންމުމެއް. ބިލިއަނެއްހާ ރުފިޔާ ދައުލަތައް ލިބޭތީ ސިގިރޭޓު އެތެރެކުރުން ހުއްޓާލަން ނުކެރޭނޭ ބުނާމީހުނައް އެނގޭބާ ދުންފަތުގެ ސަބަބުންޖެހޭ ބަލިތަކައް ބޭސްފަރުވާ ކުރަން އަހަރެއްގެ މައްޗައް ދައުލަތުން ކުރަންޖެހޭ ހޭދަ. އަދިވެސްހަމަ ޑިއުޓީ ބޮޑުކުރަންވީ. ދުންފަތާ ދެކޮޅައް އުސޫލުތައް ހަރުކަށި ކުރަންވީ. އަދި އެއުސޫލުތައް ތަންފީޒުކުރަންވީ.