ހިޔާ މަޝްރޫއުގައި ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ފްލެޓްތައް: މިތަންތަން ހަވާލުކުރުން ލަސްވެފައިވާ އިރު ލިސްޓު އާއްމުކުރުން ވެސް ވަނީ ލަސްވެފައި. --ފޮޓޯ/މިހާރު
03 އޯގަސްޓް 2020 - 09:12
ހިޔާ މަޝްރޫއިން ފްލެޓް ލިބޭ ހައްގުވެރިންގެ ލިސްޓު ޖުލައި މަހު ފަހުކޮޅު އިއުލާން ނުކުރެވި ކޮމިޓީގެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި އެއީ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ ބައެއް މީހުން ކަރަންޓީންކުރަން ޖެހުމުން ކަމަށް އެ ކޮމިޓީން އިއްޔެ ބުނެފި އެވެ.
ކުރީގެ ސަރުކާރުގައި ފްލެޓްތައް ދިނީ ބޭއިންސާފުން ކަމަށް ބުނާ މައްސަލަތައް ބަލައި ހައްގުވެރިން ހޯދަން ވަކި ކޮމިޓީއެއް އެކުލަވާލައިގެން ފޯމުތައް ޗެކްކުރާތާ ވެސް ދޮޅު އަހަރު ވެއްޖެ އެވެ. މި މަސައްކަތް ލަސްވެ، ފާޑުކިއުން ބޮޑުވުމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފްލެޓް ކޮމިޓީން އެންމެފަހުން ޔަގީންކަން ދީފައި އޮތީ މިދިޔަ ޖުލައި މަސް ނިމުމުގެ ކުރިން ލިސްޓުތައް އާއްމުކުރަން ފަށާނެ ކަމަށެވެ.
އެކަމަކު ޖުލައި މަސް ނިމުނުއިރު ވެސް ލިސްޓުތައް އާއްމުކުރާކަށް ނުފަށަ އެވެ.
ކޮމިޓީން ބުނިގޮތުގައި ޖުލައި 28 ގައި އެ ކޮމިޓީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމުން ބައެއް މުވައްޒަފުން ކަރަންޓީންކުރަން ޖެހި ކޮންޓެކްޓް ޓްރޭސިން އަށް މަސައްކަތް ވަގުތީ ގޮތުން ވަނީ މެދުކަނޑާލަން ޖެހިފަ އެވެ. ބައެއް މުވައްޒަފުން 14 ދުވަހުގެ މުއްދަތަށް ކަރަންޓީންގައި ތިބެން ޖެހޭ ކަން އެޗްޕީއޭ އިން އަންގާފައި ވަނީ އިއްޔެ ކަމަށް ވެސް ކޮމިޓީން އާއްމުކުރި ބަޔާނުގައިވެ އެވެ.
ކޮމިޓީން ބުނިގޮތުގައި ކުރިން ކަނޑައެޅި ތާވަލާ އެއްގޮތަށް ޖުލައި މަހުގެ ފަހުކޮޅު ނުވަތަ މި މަހުގެ ކުރީކޮޅު ލިސްޓްތައް އާއްމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އެވެ.
"..މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން ލިސްޓް އާއްމުކުރުން ލަސްވެގެންދާނެ ކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ،" ކޮމިޓީން ބުންޏެވެ.
ކޮމިޓީން ބުނިގޮތުގައި ފުރަތަމަ އާއްމުކުރަން ނިންމީ ޑޮކްޓަރުންނާއި ޓީޗަރުންނާއި މާލޭ ރަށްވެހިންގެ ކެޓަގަރީ އެވެ. އެ ތިން ކެޓަގަރީން ވެސް ގާތްގަނޑަކަށް މަސައްކަތްތައް ނިމިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
އެޗް7 ކެޓަގަރީ ފިޔަވައި އެހެން ހުރިހާ ކެޓަގަރީއެއްގެ ދިރިއުޅުމުގެ ހާލަތު ބަލަން ފަށައި މިހާތަނަށް 12013 މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލާފައިވާ ކަމަށް ފްލެޓް ކޮމިޓީން ބުންޏެވެ.
ހިޔާ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވީ މީހުންނަށް ކުރީގެ ސަރުކާރުން ވަނީ ފްލެޓް ލިބުނު ކަމުގެ ލިއުން ދީފަ އެވެ. އެކަމަކު ފޯމުތައް ވަކިވަކިން ޗެކްކޮށް، ހައުސިން މިނިސްޓްރީން އިއުލާންކޮށްފައިވާ ކްރައިޓީރިއާ އަށް ފްލެޓް ކޮމިޓީން އެކުލަވާލަމުން އަންނަނީ މުޅިން އާ ލިސްޓެކެވެ.
އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމަން އަމާޒު ހިފި ފްލެޓް ކޮމިޓީގެ މަސައްކަތް ނުނިމުގެ ކަންބޮޑުވުމާ އެކު ފްލެޓްތައް ނުނިމި ލަސްވާތީ ވެސް ޝަކުވާ ބޮޑެވެ.
ހިޔާ ފްލެޓްތަކަކީ ދިރިއުޅެން އެކަށީގެންވާ ސައިޒަށް ވުރެން ކުޑަ ހާސްކަން ބޮޑު ތަންތަނަށް ވާތީ، މި ސަރުކާރުން ނިންމީ ސްޓްރަކްޗާ އަށް ބަދަލު ގެނެސް ދެ ކޮޓަރީގެ ފްލެޓްތައް ތިން ކޮޓަރި އަށް ބަދަލުކުރާށެވެ. ވަކި ހިސާބަކުން މި މަޝްވަރާތައް މަޑުޖެހި، މި ސަރުކާރުން ދެން އިއުލާންކުރީ ފިނިޝިން ނުނިންމައި ހަވާލުކުރަން ކުރީގެ ސަރުކާރުން ނިންމާފައިވާ ފްލެޓްތައް ފުރިހަމަކޮށްފައި ހަވާލުކުރާށެވެ. ފިނިޝިން ނިންމަން 42 މިލިއަން ޑޮލަރުގެ ލޯނެއް ނަގާނެ ކަން ވެސް ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން އިއުލާންކުރި އެވެ.
އެކަމަކު ފަހުން ސަރުކާރުން ނިންމީ ލޯނު ނުނަގައި ކުރީގެ ސަރުކާރުން ޕްލޭންކޮށްފައިވާ ގޮތަށް ފިނިޝިން ނުނިންމައި ދިނުމަށެވެ. އެގޮތަށް ހަވާލުކުރަން ވެސް އަދި ހަތް މަސް ނަގާނެ ކަމަށް މިދިޔަ މަހުގެ ތެރޭގައި އަސްލަމް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހާ
04 August 2020
ކޮވިޑް ބުނީ ތިމަންނަ އައުމުގެ ކުރިން ކީއްހޯ ކުރީ؟
އިބްރ
04 August 2020
މިހާގިނަ ފްލެޓްތަށް ރައްޔިތުންނަށް އިންސާފްވެރިކޮށް ބަހާލުމުގެ ގާބިލްކަން ކޯލިޝަން ސަރުކާރުގައި ނެތެވެ. އަދި މިސަރުކާރުގެ ކަންތަށް ނިމިގެންދާއިރުވެސް މި ފްލެޓްތަކަށް ރައްޔިތުން ވެއްދިދާނެކަމާއިމެދު ޝައްކެވެ.
ޖުހާބެ
04 August 2020
2 ދުވަހުގެ މަސައްކަތްތާ ބަކީ އިންނަން ވާނީ. ތިލޮޖިކުން ބަލަންޏާ!
ރާއްޖެ
04 August 2020
އަސްލަމަކީ 3 އަހަރުގެ ވެރިކަމުގައިވެސް އެއްވެސް ނަތީޖާއެއް ނެރެވުނު ވަޒީރެއް ނޫން. ޙުސްއަގަ ތަޅަން މޮޅު މީހެއް.
ޖަލު ޔަގީން
04 August 2020
ހާސް ކަޑާލާ 5 އަހަރު ވެރިކަން 5 އަހަރު ޖަލު ޔަގީން ކޮންމެ ރައީސް އަކަށްވެސް! މަންޑޭލާ ރޫލް ގަ އެންޖޯއިކޮށްލާ ޖަލުގަ 5 އަހަރު ނިމުނީމަ! ޔާމިނު ނެގި އެއްޗެއް ނުދެއްކުނު! ޔާމިނު ކުރި ބޮޑެތި މަސައްކަތް މުޅި ގައުމުގަ އޮތީ!
ފަހުދު
04 August 2020
ކޮވިޑް މިއީ ހާދަގޯސް އެއްޗެކޭދޯ
1828
03 August 2020
މާކުރިންވެސް އިނގޭ ކޮވިޑް 19ގެ ބޮލުގައިކަން ލަސްވި ސަބަބު އަޅުވާނީ. މާ ފައްކާ ގޮތެއް ދެން މިއީ. 05 އަހަރުގެ ދައުރު ނިމޭއިރު ވައުދުތައް ނުފުއްދުނަސް ހަމަ ކޮވިޑް 19ގެ ބޮލުގައި އަޅުވާފައި ނިންމާލާނީ. ވަރަށް ފައްކާ ސަބަބެއް މިއޮއްތީ ސަރުކާރުން ކަންކަން ނުކުރެވުނީމައި ސަބަބަކަށް ދައްކަން.
އުދުހޭ
04 August 2020
ދިވެހިރާއްޖޭގާ މިހާރު ވެރިކަން ކުރަނީ ކޮވިޑް
ބާރުގަދަކަން ދެއްކުން
03 August 2020
މެގަރ މިނިސްޓްރީ އަށް ވާނެ ކަމެއް ނެތް، ބާރުތައް މުށުތެރެއަށް ލުން ފިޔަވާ! އެއްކަމަކީ ރޯޑް ކޯޕަރޭޝަނަށް ކުރީ ސަރުކާރުން ހޯދަދިންހާ ވެހިކަލްތައް މެގަ މިނިސްޓްރީގެ މުދަލަށް ހަދައި މުނިސިޕަލް މަސައްކަތުގެ ނަމުގައި އެތަކެތި ދޫނުކޮށް އަތްގަދަކޮށްގެން އުޅޭ ގޮތް! ރޯޑް ކޯޕަރޭޝަން އަލުން ބަލުން 500 މިލިއަން ރުފިޔާގެ ހަރުމުދާ ގަންނަން މެގަ މިނިސްޓަރު ނިންމުމަކީ މިވެރީން ގައުމާމެދު ގެންގުޅޭ ނިޔަތް ސާފުވާ ކަންކަން! ރައީސް ސޯލިހަށް ވާނުވާވެސް ނޭނގޭ!
ވަރަބިދުނުކޮތަރު
03 August 2020
މިހަބަރެއް ލިޔުނު މީހަކަށް ވެސް ކަށަވަރު ވާންވެއްޖެ ބުނާދުވަހަށް ބުނާގޮތަކަށް ބުނާކަން ކަން ނުކޮއްދެވޭ ނުކުރެވޭ ސަރުކާރެއްކަން . ލިޔެވިފަވެސް ހުރީ ހަމައެއިބާރާތުން . ސަރުކާރުގެ ތެދުވެރިކަން ދައްކަން ކިތަންމެ ވަރަކަށް ލިޔުނަސް ވަކިވަރެއްވަންދެން ހިފަހައްޓާލެވެނީ. ކޮވިޑަށް ޕޮޒިޓިވްވެ ބަޔާނެއް ނެރެވިއްޖެ ޖުލައިމަހު ނިއްމަށް ހިފައިލި ލިސްޓް އާއްމެއް ނުކުރެވުނު ބަޔާނާއެކު ލިސްޓް އާއްމުވެސް ކޮއްލިނަމަ . ނިމިފައޮތްުލިސްޓެއް ނަމަ .
ޢިޙްސާސް
03 August 2020
ނި މުނު އެއްޗެހިވެސް އިއުލާނުކޮށް ނުލެވުނު. ދެންވެސް މިހާރު އޮތް ލިސްޓު ނެރެންވީނު.