ޚިޔާލު

އޮޅުންބޮޅުން: ޕާޓީތަކުގެ އެތެރޭގެ ހަމަނުޖެހުން

ޕީޕީއެމް ހިންގުމުގެ ހުރިހާ ބާރުތަކެއް ދަށު ކޯޓާއި ހައި ކޯޓުން ހަވާލުކޮށްފައިވާ ރައީސް އަބްދުﷲ ޔާމީން (ވ) ޕީޕީއެމްގެ ހަފުލާއެއްގައި: ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހަމަނުޖެހުން ބޮޑު

އަހުމަދު އަބްދުﷲ

25 އޮކްޓޯބަރ 2016 - 08:35

2 comments

ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ޤާނޫނުއަސާސީ ވުޖޫދަށް އައުމާ އެކު ސިޔާސީ ޕާޓީތައް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގެ މާހައުލަކަށް މަގު ތަނަވަސްވިއެވެ. ޕާޓީގެ ޓިކެޓްގައި، ޕާޓީ ވެރިކަމަށް އައުމަށް ގަދައަށް މަސައްކަތް ފެށުމާ އެކު ޕާޓީ ހިންގުމުގައި ޕާޓީގެ ތެރޭގައި މައްސަލަތައް އޮންނަކަން ފެންމަތިވާން ފެށި އެވެ. ޕާޓީ ވެރިކަމަށް އައުމާ އެކު މި މައްސަލަތައް ކުރިޔަށް ވުރެ ބޮޑުވިއެވެ. ތަފާތު ސަބަބުތަކާ ހުރެއެވެ. އަޅުގަނޑުގެ ނަޒަރުގައި މީގެ ތެރޭގައި ޝަޚުސީ ސަބަބުތަކަށް ވުރެ ގިނައީ އުސޫލީ ސަބަބުތަކެވެ. އަޅުގަނޑު މިދަންނަވަނީ ވަކި ޕާޓީއެއްގެ ވާހަކައެއް ނޫނެވެ. ޕާޓީ ނިޒާމް ރާއްޖޭގައި ތަޢާރަފްވުމަށް ފަހު ޕާޓީގެ ޓިކެޓްގައި ވެރިކަމަށް އައި ހުރިހާ ޕާޓީއެއްގެ ވާހަކައެވެ.

ރާއްޖެއަކީ ބައެއް ގައުމުތަކުގައި އޮތް ގޮތަށް އެއްވެސް އިރެއްގައި މާޒީގައި ޑެމޮކްރެޓިކް ސަގާފަތެއް އޮތް ގައުމެއް ނޫނެވެ. ޑެމޮކްރަސީގެ ބައެއް އަސާސްތަކަށް ވަރަށް ކުރިއްސުރެ ރާއްޖޭގެ ޤާނޫނުއަސާސީން އަމަލުކުރަން ފެށުނަސް ޑެމޮކްރަސީއެއްގައި ބަލައިގަންނަ ގިނަ ކަންތައްތަކެއް ރާއްޖޭގެ ސިޔާސީ މައިދާނުގައި އެއިރެއްގައި މަސައްކަތްކުރެއްވި ފަރާތްތަކުން އެބޭފުޅުން ވެރިކަންކުރެއްވުމުގެ ފަސޭހައަކަށް އަމަލީ ގޮތުން ބަލައެއް ނުގަނެއެވެ. ރާއްޖެއަކީ ޤާނޫނުއަސާސީގައި ލިއެފައި އޮންނައިރު އަބަދުވެސް އެހެން ގައުމުތަކެކޭ އެއްފެންވަރުގެ ޑެމޮކްރަސީއެއް އޮންނަ ގައުމެކެވެ. ފަހުގެ ތާރީޚްގައި ވެސް، ރައްޔިތުންނަށް ލިބިދެވޭ ފަރުދީ ޙައްޤުތަކާއި، ފަރުދީ މިނިވަންކަމަށް ބަލައިލާއިރު ކުރިން އަމަލުކުރި ގޮތަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. މިއީ ޕާޓީ ވެރިކަމަކަށް ރާއްޖެ ބަދަލުވުމަށް ފަހު ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ޕާޓީއެއް ވެރިކަމަށް އަންނަނީ އެކެއްގެ މަސައްކަތަކުންނެއް ނޫނެވެ. ޕާޓީގެ ހުރިހާ މެންބަރުންގެ އެއްބާރުލުމާއި ބުރަ މަސައްކަތުންނެވެ. ތެދުފުޅެކެވެ. މީގެ ތެރެއިން އިސްކޮށް އުޅުއްވާ ބޭފުޅުންގެ މަސައްކަތްތައް އާދައިގެ އެހެން މެންބަރުންނަށް ވުރެ ބޮޑުވެދާނެއެވެ. ޕާޓީ ވެރިކަމަށް އައުމުން އެފަދަ މެންބަރުންނަށް ސަރުކާރުގެ ބައެއް އިސް މަގާމްތައް ލިބެނީ އެފަދަ ސަބަބާ ހުރެއެވެ.

ޕާޓީއެއްގައި ހިމެނެނީ އެއް ޚިޔާލެއްގެ މީހުންނެވެ. އެއް ލަނޑުދަނޑިއަކަށް މަސައްކަތްކުރަން ބޭނުންވާ މީހުންނެވެ. އެމީހުންގެ އެ ޚިޔާލުތައް، އެ ލަންޑުދަނޑިތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް ތައްޔާރުކުރަނީ ވެރިކަމަށް އަތުވެއްޖެ ނަމަ ކަންތައް ކުރާނެ ގޮތުގެ އުސޫލީ ކަރުދާހެކެވެ. މި ކަރުދާސް ޕާޓީގެ ތަފާތު ގުނަވަންތަކުން ބަލައި، ފުރާނައި، ފާސްކުރުމަށް ފަހު ޕާޓީގެ އެންމެ މުހިއްމު ގުނަވަނުން ވެސް ބަލައި ފާސްކުރެއެވެ. އެއީ ޕާޓީގެ "ބޮޑު ފޮތެވެ." ޕާޓީ ހިންގަންވާނީ އެ"ފޮތު" ގައި އޮންނަ ގޮތަށެވެ. ޕާޓީ ވެރިކަމަށް އަތުވެއްޖެ ނަމަ ވެރިކަން ކުރަންވާނީ ވެސް މައިގަނޑު ގޮތެއްގައި އެ "ފޮތު" ގައި އޮތް ގޮތަށެވެ.

ޕީޕީއެމްގަައި ރައީސް ޔާމީން ފެކްޝަންގެ އިސް، މަޖިލިހުގެ މެމްބަރުން: ބޮޑުވަޒީރު ނުވަތަ ގައުމުގެ ރައީސް، ޕާޓީގެ އެންމެ މަތީ މަގާމުގައި ނުތިއްބަވަނީ ޕާޓީ ހިންގަވަން ވަގުތު ލިބިވަޑައިނުގަންނަވާތީ

ޑެމޮކްރަސީގެ ނަން ބޯޑުގައި ވެރިކަމަށް އަންނަ ފަރާތްތަކުން ވެސް، "ބޮޑު ފޮތާ"އި ޤާނޫނުގައި އޮންނަ ގޮތަށް ޑެމޮކްރަސީގެ އުސޫލުތައް ތަންފީޒުކުރުމަށް ލަދުވެތިކަމެއް އޮވެއެވެ. ތިމާގެ ނުފޫޒާއި ބާރު ގެއްލިދާނެކަމަށް ހީކުރެވިގެންނެވެ. އެއީ ރަނގަޅު ވިސްނުމެކެވެ. ޑެމޮކްރަސީގައި ބާރުތައް ހިއްސާކުރަން ޖެހެއެވެ. މަޝްވަރާކުރަން ޖެހެއެވެ. ނިންމުންތައް ނިންމަން ޖެހޭނީ އެ މަޝްވަރާތަކުގައި ހުރިހާ ކޮޅަކަށް ބެލުމަށް ފަހު، ބަހުސްކުރުމަށް ފަހު ގިނަ މީހުން މަޝްވަރާ ދޭ ގޮތަކަށެވެ.

ރާއްޖޭގައި ދިމާވެގެން އުޅޭ މައްސަލައަކީ ވެރިކަމަށް ބޭފުޅަކު އިސްވުމުން އެބޭފުޅަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ހުރިހާ ކަމެއް ނިންމެވުމެވެ. އެއީ ޕާޓީގެ "ބޮޑު ފޮތް" ގަބްޒާކުރުން ވިޔަސްއެވެ. ޕާޓީގެ އޮފީސް ގަބްޒާކުރުން ވިޔަސްއެވެ. މިކަންތައް ހުއްޓުވޭނީ ކޮން މުއައްސަސާއަކަށްތޯއެވެ؟ ޝަރުޢީ ދާއިރާ އަށް ވެސް ކަންކަން ނިންމެވެނީ ލިބެން ހުންނަ ހެެއްކާއި ޤަރީނާ އަށް ބަލައިގެންނެެވެ. ވަކި ގޮތަކަށް ވަކި ކަމެއް ކުރުމަށް އެކަމެއްގައި ޝާމިލުވާ ހުރިހާ އެންމެން އެއްބަސްވެފައި އޮއްވައި އެއާ ޚިލާފަށް ޝަރުޢީ ދާއިރާއިން ކަމެއް ނުނިންމަވާނެކަން ޔަޤީނެވެ. އެއީ ޝަރުޢީ ދާއިރާ އިން ނިންމެވުން ނިންމަވަނީ ވަކި މީހަކަށް ބެލުމެއް ނެތި، ވަކި މީހަކަށް ޖެހިލުމެއް ނެތި، އެއްވެސް އަމިއްލަ އެދުމެއް ނެތި، ފިސާރި ކެރިގެން، ރައްޔިތުންނަށް ޢަދުލު އިންޞާފް ދިނުމަށް މާތްﷲ ގަންދީ ހުވާކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ވާތީވެ އެވެ. އަދި އެބޭފުޅުންނަކީ ފަސްބައިގައި އެއްވެސް ކިލާކަމެއް ނެތް، އަބުރުވެރި، ނަޒާޙަތްތެރި ބޭފުޅުންނަށް ވާތީވެ އެވެ.

ޕާޓީއެއް ހިންގެވުމަށް ބޮޑުވަޒީރު ނުވަތަ ރައީސުލްޖުމްހޫރިއްޔާ ހަވާލުވެވަޑައި ނުގަންނަވަނީ އެކަން ކުރެއްވުމަށް އެމަނިކުފާނަށް ވަގުތު ނުއޮންނާނެތީއެވެ. ޕާޓީ ހިންގާ މީހަކަށް ކޮންމެ ދުވަހަކު ޕާޓީގެ ކަންތައްތައް ބަލަހައްޓައި މުޅި ގައުމުގައި ޕާޓީ ބޮޑުކޮށް މަޤްބޫލުކަން ހޯދަން މަސައްކަތްކުރުމަށް ވަގުތު ނުއޮންނާނެތީ ވެއެވެ. މިފަދަ ހާލަތެއްގައި އެމަނިކުފާނުގެ ނަމުގައި އެކަން ކުރާނީ ކޮންމެވެސް އެހެން މީހެކެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި އޮތް އެންމެ ބޮޑު ދެ ޕާޓީގެ ތެރޭގައި ވެސް ވަރަށް ބޮޑެތި މައްސަލަތައް ހުރި ކަމަށް ވެއެވެ. މިދުވަސްކޮޅުގައި ޢާއްމުންގެ ތެރޭގައި ހަޑި އެއްޗެތި ދޮންނަމުން ގެންދަނީ ވެރިކަންކުރާ ޕާޓީންނެވެ.

ވެރިކަންކުރާ ޕާޓީގެ މެންބަރުން ދެ ޚިޔާލަކަށް ބެހިފައިވާ ކަމަށް ވެއެވެ. އެއްބައެއްގެ އަތުގައި "ކާލާގެ މަންނަ" އޮތް ކަމުގައި ވެއެވެ. އަނެއް ބަޔަކު "ހުކުމް ގަނޑެއް" ގެންގުޅޭ ކަމުގައި ވެއެވެ.

2 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 25%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަމަނަ

25 October 2016

ބަލަން ތިބެމާ...ވާއެއްޗެއްވެސް އެނގިދާނެތާ...

The name is already taken The name is available. Register?

އުއްމީދު

25 October 2016

ޑިމޮކުރަސީ ރާއްޖޭގައި އަށަގެންނެވުމަށް ފުރުސަތު ލިބުނު. 2008 ގައި ލިބުނު ކާމިޔާބަކީ އެއީ ވަރަށް ގިނަ ބަޔެއް ވަރަށް އުއްމީދާއިއެކު ކުރި ބުރަ މަސައްކަތުގެ ނަތީޖާ. އެމަގާމަށް އޭރު އެއްމެ ހައްގުވާ ފަރާތާ އެމަސައްކަތް ރައްޔިތުން ހަވާލު ކުރި. އެކަމު ކަންވެ ނިމުނުގޮތް ވަރަށް ހިތި. އެއުއްމީދެއް ރައްޔިތުންގެ ފަރާތުން މިހާރު ނުފެނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454