ޚަބަރު / ގެނބުން

ހުޅުމާލޭގައި ގެނބިގެން މީހަކު މަރުވެއްޖެ، ކޮވިޑަށް ޕޮޒިޓިވް

ރިމާޒް އަބްދުލް މުހުސިން.

03 އޯގަސްޓް 2020 - 19:45

17 comments

ހުޅުމާލޭގައި މިއަދު މެންދުރު މޫދަށް އެރި އުޅުނު މީހަކު ގެނބިގެން މަރުވެއްޖެ އެވެ.

ކ. ތުލުސްދޫ ބިޖިލީއުފާ، ރިމާޒް އަބްދުލް މުހުސިން، 27 މަރުވުމުން ކޮވިޑަށް ޓެސްޓް ކުރި އިރު، އޭނާ އެ ބައްޔަށް ވެސް ޕޮޒިޓިވް އެވެ. ރިމާޒްގެ ކޮވިޑް ޓެސްޓް ހެދީ މި ދުވަސްވަރު މަރުވާ އެންމެންގެ ވެސް އެ ޓެސްޓު ހަދާތީ އެ އުސޫލުންނެވެ.

ފުލުހުން ބުނިގޮތުގައި ރިމާޒް މޫދަށް އެރުނީ، ހުޅުމާލޭގެ ފަޅުގައި އޮތް ދޯންޏެއްގެ މަސައްކަތެއް ކުރުމަށެވެ. އަދި އޭނާ އަކުނިވަޔަށް ދަމައި، ހާލު ބޮޑުވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖެ އަށް ކޮވިޑް ފެތުރިފައިވާއިރު، މި ދުވަސްވަރު މަރުވެގެން ކޮވިޑަށް ޓެސްޓު ކުރާ ބައެއް މީހުން މީގެ ކުރިން ވެސް އެ ބައްޔަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ އެ ބަލީގައި 18 މީހަކު މަރުވެ، 4،164 މީހަކަށް ބަލި ޖެހިފަ އެވެ. ބަލިން ރަނގަޅުވީ 2،643 މީހެކެވެ. ފަރުވާގައި ތިބީ 1،488 މީހެކެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޅި ވަރުގަދަ ފިޔަވަޅުތަކަށް ދިން ބޮޑު ލުޔާއެކު، މިހާރު އުފެދިފައިވާ އެންމެ ބޮޑު ބިރަކީ ގިނައިން ދިވެހިންނަށް އެ ބަލި ޖެހުމެވެ. ރެކޯޑް އަދަދަކަށް އިއްޔެ ދިވެހިންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އިއްޔެ އެކަނި ވެސް 149 ދިވެއްސަކަށް އަލަށް އެ ބަލި ޖެހުނެވެ.

17 ކޮމެންޓް, 241 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 91%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޝީދީ ހައްޤު

05 August 2020

މަރުވެ ކައްވަޅުގައިވާ އެންމެންވެސް މިހާރު ތި ކޮވިޑަށް ފައްސިވެ އައްސިވާނެ. އެއްބަޔަކު ދީން ސިޔާސީ ހަތިޔާރަކަށް ކަށް ބޭނުން ކުރާއިރު މިހާރު އަނެއް ބަޔަކު މިއޮތީ ބަލިބަލި ސަިޔާސީ ހަތިޔާރަކަށް (ވެޕަންސް އޮފް މާސް ޑިސްޓްރަކްޝަން) ބޭނުން ކުރަން ފަށާފަ!

The name is already taken The name is available. Register?

ބޮޑާނުވޭ

05 August 2020

މަރުވާ އެންމެނަކީ ޕޮސިޓިވް ބައެއް ނޫން. ކޮވިޑަކީ ސިޔާސީ ހަތިޔާރެއް ނޫން. ސިޔާސީ ހަތިޔާރަކީ ކޮވިޑްގެ ނުރައްކާ އިންކާރުކުރުން. ސިޔާސީ ހަތިޔާރަކީ ކޮވިޑް އިން ރައްކާތެރިވާން ކަމަށް ބުނެ އެހެން ގައުމުތަކުން ބޮޑެތި ލޯންތައް ނަގައި ކޮމިޓީ މީހުންގެ ޖީބަށް އެ މުސާރަތައް ލުން. މިސަރުކާރު ވަނީ ކޮރަޕްޝަނުން ފުރިފަ. ކޮވިޑްއިން ސަލާމަތް ވާން އެއްވެސް ކަމެއް މިސަރުކާރުން ނުކުރޭ. ރައްޔިތުންވެސް ބޭނުމެއް ނުވޭ ކޮވިޑްގެ ނުރައްކާ ގަބޫލުކުރާކަށް. ހުސް ބޯ ގަމާރުން.

The name is already taken The name is available. Register?

ކިޔުން

04 August 2020

އާއިލާއަށް ކެތްތެރިކަން ދެއްވާ މަޙްރޫ މަށް ސުވަރުގެއިގެ މަތިވެރި ނިޢު މަށް މިންވަރު ކުރައްވާ ފާނދޭ

The name is already taken The name is available. Register?

ކިޔުންތެރި

04 August 2020

إنا لله و إنا إليه راجعون

The name is already taken The name is available. Register?

އޮފީސް ސޮރު

04 August 2020

ވަރަށް ދެރަވޭ އަސްލު. އައިންތު އަށް ކެތްތެރިކަން ދެއްވާށި.

The name is already taken The name is available. Register?

މިހާފީ

04 August 2020

ފުރާނައަށް ރަޙްމަތް ލައްވާށި! މި ޒުވާނާ ނިޔާވީ މަސައްކަތުގައި އުޅެނިކޮށް. މިއީ ޑިއުޓީގައި ނިޔާވި ޒުވާނެއް. މިފަދައިން މަސައްކަތުގައި އުޅެނިކޮށް ނިޔާވާ މީހުންނަށް ދައުލަތުގެ އެހެން ވަޒީފާތަކުގައި އޮންނަ ގޮތަށް (ފުލުސް އަދި ސިފައިން ހާއްސަކޮށް) އިނާޔަތެއް އޭނާގެ އާއިލާއަށް، ޚާއްޞަގޮތުން 18 ނުފުރޭ ކުދިންނާއި އަނބިން/ފިރިން މީހުންނާއި އިންނާންދެން، ދިނުމަށް އެދެން. އަދި މަސައްކަތްތެރީންނަށް ޙާއްޞަ ޕެންޝަނެއް ކީއްތޯވާނީ ހެދިއްޔާ! ހެޔޮނުވާނެ!

The name is already taken The name is available. Register?

ރަންނަ

04 August 2020

ވިސްނައިފިމީހަކަށް ދޭހަވާނެ ބަލީގެ އަލާމާތެއް ބައެއްފަހަރު ނުފެނުނަސް ބަލީގެ ނުރައްކާތެރިކަން. ރައްކާވެ ތިބިއްޔާ ދަތުރު

The name is already taken The name is available. Register?

ރާނީ

03 August 2020

إنا لله و إنا إليه راجعونއެކުވެރިޔާއަށް ހެޔޮރަހުމަތް ލައްވާށި. އާ މީން??

The name is already taken The name is available. Register?

ނޭގޭ މީހާ

03 August 2020

" އަކުނި ވަޔަށް ދެމުން " އަކީ ކޮބާތޯ އެވެ. ފަރުވާ އަކީ ކޮބާ ތޯއެވެ. އެބަލި ޖެހުމުން ވަނީ ކިހިނެއް ތޯއެވެ.އެގޭ ބޭފުޅަކު ވިދާޅުވެ ބަލާށެވެ.

The name is already taken The name is available. Register?

ޑރ.މުނީރު ގައްދޫ ގަރާޑީގެ

04 August 2020

އަކުނިވަޔަށްދެމުން އެއީ އެއްލަފްޒެއް. އެއީ ހަށިގަނޑު މާބޮޑަށް ފިނިވެގެން ނުވަތަ ލޮނު މަދުވެގެން މަސްތައް ނުވަތަ ނާރުތައް ކޮންޓްރެކަޓްވެ ކުރުވަނީ. އާންމު ގޮތެއްގައި ލޮނުގުޅަ ނުވަތަ މަލްޓި ވިޓަމިން އަދި ލޮނުޕެކެޓް ބުއިމުން ރަނގަޅުވާނެ. އަދި ހޫނުކުރުމުން، މަސާޖުކުރުމުންވެސް ރަނގަޅުވޭ. ބައެއްފަހަރު އަކުނިވަޔަށްދަމާފަ ފިޓުޖެހި ސްޓްރޯކްޖެހިއްޖެޔާ ސީރިއަސްވޭ. ފަރުވާއަކީ ކަސްރަތުކޮށް ރަނގަޅުކާނާ ކެއުމާއި މޫދަށް އެރިއުޅުމުގައި ރައްކާތެރިކަމުގެ ހެދުންޅުން

The name is already taken The name is available. Register?

ސަންޓީ

04 August 2020

މޫދަށް އެރޭއިރު އަކުނިވަޔަށް ދެމުމުން އެކަން އެހެންވަނީ ލޮނު މަދުވެގެން ކަމަށް ބުނީމަ އެއީ އަޖައިބު ކަމެއް. މޫދަކީ ހުސް ލޮނު. މޫދަށް އެރޭ މީހާ ހުންނާނީ ލޮނުން ތެމި ފޯވެފައިކަމަށް ބެލެވެނީ. އެކަމު ހަށިގަނޑު ތެރެއަށް އެ ލޮނުގެ އަސަރު ނުކުރަނީބާ؟ ބައެއް މީހުން ބުނާނެ އަކުނިވަޔަށް ދެމުމުން މޫދުން ލޮނުކޮޅެއް ބޯލުމުން ރަގަޅުވާނެކަމަށް.

The name is already taken The name is available. Register?

އަނީލް އާދަމް މަނިކު ދޮންވެލި

05 August 2020

ސަންޓީ ބައްލަވާލަބަލަ ޑރ.މުނިރު ވިދާޅުވެފައި އެއޮތީނުން ފިނިވެގެންވެސް އަކުނިވަޔަށް ދަމައޭ... ފެޓީގް ނުވަތަ މަސްތައް ވަރުބަލިވުން ފަދަ ސަބަބުތައްވެސް ދިމާވެދާނެ. އަދި ހަށިގަނޑުން ފެންމަދުވުން މީވެސް ސަބަބަކަށްވެދާނެ... މީ ބައްޔެއްނޫން....

The name is already taken The name is available. Register?

Aminath

03 August 2020

إنا لله و إنا إليه راجعون

The name is already taken The name is available. Register?

އިސްރޯ

03 August 2020

މި އަހަރަކީ މިގަރުނު ފެށުނުއިރި މުޅި ދުނިޔޭގެ މީހުން ގިނަ ކަންތަކެއް ނިންމަން ކަނޑައެޅި އަހަރެއް. ފޮނި އުންމީދުތަކަކަށް ވާސިލުވާން ނިންމި އަހަރެއް. އެކަމަކު މި އަހަރު ނިމިގެން މިދަނީ ވަރަށް ހިތާމަވެރި ހާދިސާތައް ކުރިމަތިކުރުވަމުން. މަރްހޫމަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ލެއްވުން އެދި ދުއާކުރަން.

The name is already taken The name is available. Register?

އިންޝާﷲ ހުރިހާކަމެއް ރަނގަޅު

05 August 2020

حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ ހިތާމަ ނުކުރޭ. މާދަމާ ހުރިހާކަމެއް އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. މާދަމާ ނުވެއްޖެއްޔާ އަނެއް ދުވަހު. ނޫނީ މިއަހަރު ނިމޭތާގައި. މޫދުގައި ގެނބިގެން މަރުވުމަކީ ވަރަށް ބޮޑު ނިޔުމަތެއް. އެލިބުނީ ޝަޙީދެއްގެ ދަރަޖަ. މާތްﷲއަށް ވަކީލުކުރުންމަތީ ދެމިހުރޭ. ހުރިހާކަމެއް އިރާދުކުރެއްވިއްޔާ ރަނގަޅުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454