އެއާ އިންޑިއާގެ ބޯޓު ޖައްސަނިކޮށް ވެއްޓި ބޯޓު ވަނީ ދެބުރިވެފައި.
07 އޯގަސްޓް 2020 - 20:58
ކެރެލާ (އޮގަސްޓް 7) - އެއާ އިންޑިއާ އެކްސްޕްރެސްގެ މަތިންދާ ބޯޓެއްގެ ކެރަލާގެ ކާލިކަޓަށް ޖައްސަނިކޮށް މިރޭ ވެއްޓިއްޖެ އެވެ.
އިންޑިއާގެ މީޑިއާތަކުން ބުނި ގޮތުގައި ދުބާއީން ފުރައިގެން 191 މީހުންނާ އެކު ދަތުރުކުރި ބޯޓު ވެއްޓިފައި ވަނީ ކާލިކަޓުގެ އެއާޕޯޓަށް ޖައްސަނިކޮށެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ބޯޓު ވަނީ ރަންވޭ އަށް ޖެއްސި ވަގުތު ކަހާލައިގެން ގޮސް ވަނީ ވާދީ އަކަށް ވެއްޓިފަ އެވެ. ބޯޓުން ދަތުރުކޮށްފައި ވަނީ 10 ކުޑަކުދިން ހިމެނޭ ގޮތަށް 184 ފަސިންޖަރުންނާއި ދެ ޕައިލެޓުންނާއި ފަސް ކެބިން ކްރޫންނެވެ. ވެއްޓިފައި ވަނީ ކޮރޯނާވައިރަހާ ގުޅިގެން ދުބާއީގައި ތާށިވެފައި ތިބި އިންޑިއާ މީހުން ގޮވައިގެން ދަތުރުކުރި ބޯޓެކެވެ.
މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ބޯޓުން ދަތުރުކުރި މީހުންގެ ތެރޭން ތިން މީހުން މިހާތަނަށް މަރުވެ 50 މީހުން ވަނީ ޒަޚަމްވެފައި ކަމަށް ޚަބަރުތައް ބުނެ އެވެ. މަރުވި މީހުންގެ ތެރޭގައި ޕައިލެޓަކު ވެސް ހިމެނޭ ކަމަށްވެ އެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ފޮރޯތަކުން ފެންނަ ގޮތުގައި ބޯޓު ވަނީ ދެބުރިވެފަ އެވެ. ވެއްޓިފައި ވަނީ ބޯއިން 737 ގެ ބޯޓެކެވެ. ބޯޓު ޖެއްސަން ދިޔައިރު ބޯކޮށް ވާރޭވެހެމުން ދިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަބު
08 August 2020
އޮންޑިއާ ބޯޓުތަކަށް ނައަރައި ޕާކިސްތާނު މެލޭޝިއާ ބޯޓުތަކަށް އެރީމަ ރައްކާތެރިކަން ބޮޑީތަ؟ އަހަރެން ރަޝިއާގައި އުފައްދާ ބޯޓުތަކުގައިވެސް ދަތުރުކުރިން. ޕާކިސްތާނަކީ ހުރިހާ ގޮތަކުންވެސް އިންޑިއާއަށްވުރެ ގޯސް ގައުމެއް. ދިގުމުއްދަތަކަށް އުޅުމުން އެމީހުން ދަސްކޮށްދިން ފިލާވަޅަކީ އެމީހުންދެކެ ނަފްރަތު ކުރުން.
ހަސަބު
08 August 2020
ހިތާމަވެރި ހާދިސާއެއް. މަތިންދާ ބޯޓު އަކީ ހާދިސާ ހިނގާފާނެކަމުގެ ބިރު އޮންނަ އެއްޗެއް. އެކަކު ރައްކާތެރިކަމާއެކު އެތައްހާސް ބޯޓެއް ރެއާދުވާލު މެދުނުކެޑި ދަތުރުވެސްކުރޭ. ޖައްވުތެރޭގައި އުދުހޭއިރު ބިން މިއޮތީ އޭގެ ފުރޮޅުތައްމަތީގައޭ ބުނެވޭހާވެސް ގިނަ. އެއޮތީއެއްނޫން މޫސުން ގޯސްވާހަކަ.
ބާބްރޭ
07 August 2020
ކެރަލާއަކީ އެސްޓޭޓަށް ކިޔާނަން. ކެރަލާ އަށް ކިހިނެއް ބޯޓެއް ޖައްސަނީ.
ބަސް
08 August 2020
ބަސް ދަސްކޮށްބަލަ.
ރާއްޖެ
07 August 2020
ތިއީ މީހުން ދަތުރު ކުރަން ހެޔޮވާވަރުގެ އެއަރލައިނެއް ނޫން.
ޕީއައިއޭ
07 August 2020
އަހަރެން އިންޑިޔާ ބޯޓުތަކަށް ނާރާ މުޅިންވެސް މިއުޅެނީ ޕާކިސްތާނާ މެލެޝީޔާގެ މަތިންދާ ބޯޓުތަކުގަ.
ކަސަބު
08 August 2020
އެހެންވީމަ ދޯ ދުވާލަކު އެތައް ސަތޭކަ ބޯޓު ދުނިޔެ ވަށައިގެން ބުރުޖަހަނީ؟