ހެލްތު މިނިސްޓްރީގެ ޕީއެސްއަކަށް އައްޔަންކުރެއްވި ސާމިޔާ.-- ފޮޓޯ: ހެލްތު މިނިސްޓްރީ
10 އޯގަސްޓް 2020 - 11:52
ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އަކަށް، އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ހުންނެވި އާއިޝަތު ސާމިޔާ، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އައްޔަންކޮށްފި އެވެ.
އެ މިނިސްޓްރީގެ ސިވިލް ސާވަންޓުންގެ ކަންކަން ބަލަހައްޓާ އެންމެ އިސްވެރިއަކަށް ސާމިޔާ އައްޔަންކުރީ، ކުރިން އެ މަގާމުގައި ހުންނެވި ޚަދީޖާ އަބްދުއްސަމަދު މަގާމުން ވަކިކުރެއްވުމުންނެވެ.
ދައުރު ހަމަވާން ފަސް ދުވަހަށް ވެފައިވަނިކޮށް ޕީއެސްގެ މަގާމުން ޚަދީޖާ ވަކިކުރީ މިދިޔަ ފެބްރުއަރީ 20 ގަ އެވެ.
ހެލްތު މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ހުޅުވައިލުމުން، ސާމިޔާގެ އިތުރުން، އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ތަސްލީމާ އުސްމާން ވެސް ކުރިމަތިލެއްވި އެވެ. އެތަނުން އެންމެ ގިނަ މާކްސް ލިބިފައިވަޑައިގަތީ ތަސްލީމާ އަށެވެ.
ތަސްލީމާ އަށް 84.98 މާކްސް އަދި ސާމިޔާ އަށް 73.9 މާކްސް ލިބިވަޑައިގަތެވެ.
މިނިސްޓްރީތަކަށް ޕާމަންޓް ސެކްރެޓަރީން އައްޔަން ކުރަނީ ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ގެނައި އިސްލާހުގައިވާ ގޮތުން ނަމަ އެ މިނިސްޓްރީއެއްގެ މިނިސްޓަރުގެ ލަފާގެ މަތިންނެވެ. އެގޮތުން އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބޭ ތިން ބޭފުޅެއްގެ ނަން މިނިސްޓަރަށް ފޮނުއްވުމުން، ޕީއެސްއަކަށް އައްޔަންކުރާނެ ބޭފުޅެއް ކަނޑައަޅާނީ މިނިސްޓަރެވެ.
ހެލްތު މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ފަސް ބޭފުޅުން ކުރިމަތިލެއްވިއިރު މުޅި ޕްރޮސެސް ނިމުނުއިރު ތިބީ ދެ ބޭފުޅުންނެވެ.
ހެލްތު މިނިސްޓްރީގެ ޕީއެސްއަކަށް އައްޔަން ކުރި، ސާމިޔާ މިހާތަނަށް ހުންނެވީ އެ މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތުގެ ކަންކަން ބެލެހެއްޓެވުމުގަ އެވެ. އަދި ކޮވިޑް-19 ގެ ކަންކަން މެނޭޖު ކުރެއްވުމުގައި ވެސް އޭނާ ގެންދަވަނީ އިސްދައުރެއް އަދާކުރައްވަމުނެވެ.
ސާމިޔާ އަކީ ސިއްހީ ދާއިރާގައި އުޅުއްވާތާ 21 އަހަރު ވެފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފުރަތަމަ އެ ދާއިރާގައި އަދާކުރެއްވީ އައިޖީއެމްއެޗުގަ އެވެ. އެ ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރެއްގެ މަގާމު ފުރުއްވުމަށް ފަހު ދެން އޭނާ ގުޅިވަޑައިގަތީ ހެލްތު މިނިސްޓްރީއާ އެވެ. އެ މިިސްޓްރީގެ އިސް އެކި މަގާމުތައް ސާމިޔާ ފުރުއްވި އެވެ. އަދި 2010 އިން ފެށިގެން އޭނާ ނޭޝަނަލް ހެލްތު ރިސާޗު ކޮމިޓީ އާއި ނޭޝަނަލް ހެލްތު ކައުންސިލްގެ މެމްބަރުކަން ކުރެއްވި އެވެ.
ސާމިޔާ ވަނީ މާސްޓާ އޮފް ހެލްތު ސާވިސަސް އެޑްމިނިސްޓްރޭޝަންގެ އިތުރުން އިންފޮމޭޝަން މެނޭޖުމަންޓުގެ ދާއިރާ އިން ތައުލީމު ހާސިލް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލަމް
16 September 2020
އެތަނުން އެންމެ ގިނަ މާކްސް ލިބިފައިވަޑައިގަތީ ތަސްލީމާ އަށެވެ. ތަސްލީމާ އަށް 84.98 މާކްސް އަދި ސާމިޔާ އަށް 73.9 މާކްސް ލިބިވަޑައިގަތެވެ. ދެން ކީއްވެ ސާމިޔަ އައްޔަން ކުރީ؟
ރާވެރިބޭގެ ދަރިއެއް
12 August 2020
ހެލްތް މިނިސްޓަރ ކަމަށް ވަރަށް ރަނގަޅު ކަމަނާެއް!!!
ކޮއްކަލެފުތާ
12 August 2020
ސާމިޔާއަށްވެސް ކުރެވޭނީ އެތެރޭގެ އުޅޭ ފޮރުވިގެން ތިބެ ކަންތައްތައް ގަސްތުގައި ނުބައިކޮށް ކުރާ ނެޓްވޯކް ނައްތާލައިގެން. ފިޔަވަޅު އަޅަން ކެރޭނަމަ ތިކަން ވާނެ . ކުރިންވެސް ހުންނާނެ ސްޓެރޭޓީޖިކް ޕްލޭންތަކާއި، އެކްޝަން ޕްލޭންތަކާއި،ހެލްތް މާސްޓަރ ޕޮލިސީތަކާއި، ހެލްތާއި ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކާއި، އުސޫލުތަކާއި، ޑިޕާންމަންޓް، ޑިވިޝަން ،ޔުނިޓް ތަކުގެ މޭންޑޭޓްތަކާއި މުޅި މިނިސްޓްރީގެ މޭންޑޭޓާއި އަދި އެޗްޕީއޭގެ މޭންޑޭޓް.ބަލައިގެން ދޫނުކޮށް ކުރަންވީ
އަސްތާ
12 August 2020
21 އަހަރު ޚިދުމަތް ކޮށްފަ މާސްޓާރސް ހަދާފަ. މީނާގެ ޢުމުރުން ކިހާ ދުވަހެއް ވެދާނެ ބާ! އޭ ލެވެލް ހަދައިގެން ޑިގްރީ ހަދަން ޢުމުރުން 22 އަހަރު ވާނެ އެހެން ވީމަ މާސްޓަރސް ހަދަން 1 އަހަރު 23+21=44 ހަމަ ފެންނަލެތް ޒުވާން ވީމަ ހިސާބެއް ޖަހާލީ. ނޮޓްއަ ބިގް ޑީލް
ޞާފީނު
11 August 2020
ތިޔަ އަމީން ބޭނުންވާ ގޮތް.ދޯ
ރަދީފްްް
11 August 2020
ސޭމް އަކީ ލޯބި ކުއްޖެއް
ރައްޔިތުމީހާ.
11 August 2020
ދެން މަތިން މަކްސްލިބި ނުހޮވި މީހާގެ ހުރި ޤާބިލުކަމެއްވެސް ލިޔެލިނަމަދޯ ވާނުވާ އެނގޭނީ؟
އޯސީޑާ
11 August 2020
ޔާމީނު ގޯސްކޮށްކުރިކަންތައް ރަނގަޅަށްކޮށްފަހުރި ކަންތައްކަން ތިޔަ އެއްބަސް ވެވެނީ. ހުސްރޯނުއެދުރުން. ރ.ޔާމީންއާއަި ފައިވެސް ހަމަނުކުރެވޭނެ މިސަރުކާރަކަށް. ގައުމުއޮޔާދަނީމއޮއްގެންމިހާރު.
ގުރަހަ
11 August 2020
މިހާރުގެ ސަރުކާރު ކަމުނުދިއުމަކީ ކުރީ ސަރުކާރު ރަނގަޅުވާންޖެހޭ ސަބަބެއް ނޫން. ދެބައިމީހުންވެސް ގޯސް. ޔާމީނު ކަންކޮށްދިން ކައިފަވެސް. އެކަމަކު ޔާމީނަކީ އަނިޔާވެރިއެއް.
Abdulla Nafiz
12 August 2020
ކޮވިޑް އައިމަދޯ
ބަޑީ
12 August 2020
ތި ފޭވާކޮށް މޮޅުކަމަށް ދައުވާކުރާ މީހަކު ޤައުމުގެ މަތީ މަޤާމުތަކުގާ ނޫޅޭ ޒަމާނެއް ދުށް ދިވެއްސަކު އުޅެފާހެނެއް ހިޔެއްނުވޭ!! އެވަރު މީހަކަށް "ކޯޓްން" ދިން ވެރިކަމެއްގަ، ރާއްޖެއަށް އިތުރު ބޭރު ފައިސާ ފޮއްޗެއް ވައްދާލާނެ ގޮތެއް ހަދާލަދިންނަމަ މަވެސް ޤަބޫލުކޮށްފީމުސް ކޮންމެސް މުހިއްމު ކަމެއް ކޮށްފިކަމަށް!! މަވެސް، ކޮންކްރީޓް ސްޓްރަކްޗަރތައް ހަދާފާނަން ތިޔަށްވުރެވެސް ފުރިހަމަކޮށް. ރައްޔިތުންގެ ތާއީދެއް ނެތުމަކީ ވަރަށް ވާހަކަ!!!
މުހައްމަދު އަމީން ދީދީ
11 August 2020
ތިކަން ވީޔާ ވާނީ ސާމިޔާއަށް
ދިވެހި ޑަކުޓަރުން
10 August 2020
ހެލްތު މިނިސްޓަރީތެރޭގައި އުޅޭ ޕަވަރޕަފު ގާލްސް އެއް. ތަސްލީމާ އުސްމާން ބުނާ ކޮންމެ ގޮތެއް ހަދާނެ. ތަސްލީމާއަކީ ހެލްތު މިނިސްޓަރީތެރެ ގަޑުބަޑު ކުރާ މީހެއް. ކުރާކަމަކީ އެމް.ޑީ.ޕީ އަށް އެއްޗެހި ގޮވުން. އެނޫން ކަމެއް ނުކުރޭ. ދެން ތިމިނިސްޓާރީން އެއްވެސް ކަމެއް ނުވާނެ