ނިމާލް: އޭނާ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރީ މިދިޔަ މަހު.-- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
24 އޮކްޓޯބަރ 2016 - 19:15
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކޮށްފައިވާ މުހައްމަދު ނިމާލް ޓޫރިޒަމް މިނިސްޓަރުގެ ނައިބަކަށް މިއަދު އައްޔަންކޮށްފި އެވެ.
އެކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިރޭ ކަށަވަރުކޮށްދެއްވި އެވެ. އެކަމަކު، އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ނިމާލް މިރޭ "މިހާރު" އަށް ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓަރުގެ ނައިބަކަށް ރައީސް އަބްދުﷲ ޔާމީން އޭނާ ވަނީ މިއަދު އައްޔަން ކުރައްވާފަ އެވެ. އަދި މާދަމާ އޮފީހަށް ނުކުންނާނެ ކަމަށާއި ޓޫރިޒަމަކީ އޭނާ އަށް އާ ދާއިރާ އަކަށް ވިޔަސް، އޭނާ އަށް ވީ އެންމެ ރަނގަޅަކަށް، އިހުލާސްތެރިކަމާ އެކު މަަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގައުމަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދިނުމަށް ރައީސް ޔާމީން މި ދެއްވި ފުރުސަތަށް އެ މަނިކުފާނަށް ޝުކުރު އަދާކުރަން،" ނިމާލް ވިދާޅުވި އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުން ނިމާލް ވަކިކުރީ މިދިޔަ މަހުގެ 26 ގަ އެވެ. އޭނާ ވަކިކޮށް، އެ މަގާމަށް އެޑިއުކޭޝަން މިނިސްޓަރުގެ ނައިބަކަށް ހުންނެވި އަހުމަދު ޝަރީފް އައްޔަން ކުރީ، ނިމާލްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އެންޓި ކޮރަޕްޝަންގެ ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ވެސް ހުށަހަޅާފައި ވަނިކޮށެވެ. އަދި ފެނަކައިގެ ޗެއާމަން ކަމުން ދާދި ފަހުން އިސްތިއުފާ ދެއްވި މުހައްމަދު ނަދީމް ވެސް ވަނީ ނިމާލް މެނޭޖިން ޑިރެކްޓަރަކަށް ހުންނަވައިގެން، ޑީސަލް ގަތުމުގެ ކަންކަން ކުރަން ރައީސް އޮފީހުން އަންގާފައިވާ ގޮތާ ހިލާފަށް އެކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
އެކަމަކު، އެ ތުހުމަތުތައް ނިމާލް ދޮގުކުރައްވަ އެވެ.
މިނިސްޓަރުންގެ ނައިބުންނަށް މުސާރަ އާއި އެލަވެންސްތަކާ އެކު މަހަކު 30،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، ނިމާލާ އެކު ޓޫރިޒަމް މިނިސްޓަރުގެ ނައިބުންގެ ގޮތުގައި ހަތަރު ބޭފުޅަކު އެބަ ތިއްބެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒެޑްސް
25 October 2016
އަސްލު ނިމާލަށް ދޭން ޖެހެނީ ސަފީރުކަން.
ސަންފްލާވާރ އަލި ބެ
25 October 2016
ޙަމަ ހިނި އަންނަނީ! ލަދެެއްވެސް ނުގަނޭ ދޯ؟
ގިވްއިން
25 October 2016
މަމެންގެ ޕިންކް ސަރުކާރަކީ އޯގާތެރި ސަރުކާރެއްކަން މިހާރުއެގޭނެ، މީހަކު އެއްތަނަކުން އަނެއްތަނަކަށް ބަދަލު ކުރުމަކީ މަމެންގެ ރައީސަށްް ލިބިދޭބާރެއް ސަރުކާރު ހިންގުމުގެ މަސްއޫލިއްޔަތު އޮތީ މިއަދު އެމަނިކުފާނު އަތްމަތީގައި ވީއިރު ގާބިލު ދިވެއްސަކަށް ގައުމަށް ޚިދުމަތް ކުރުމަށް ފުރުސަތު ދިނުން ރަގަޅު
ދނ
24 October 2016
ހިއެއް ނުކުރަން އެމްޑީ ތިޔަ މަގާމު ގަބޫލުކުރައްވާނެކަމަށް. ކުންފުންޏެއްގެ އެމްޑީ ކަމުން ނައިބުކަމަށް ދިޔުމަކީ ވަރަށް ބޮޑު ޑައުންގްރޭޑެއް. ރައީސަށް ނުކެރުނު ދޯ ސަފީކުރަން ނުވަތަ ސްޓޭޓުކަން ދޭކަށް.. އެފެންވެރު ނިމާލުގެ ހުރިކަމަށް ހީކުރުން އެކަމަކު ބޮަޑަށް އެނގޭނީ ރައީސަށް. ހުރިހާ ކަމެއް ވަރަށް ކައިރިން ބަލާ ރައީސެއް.
ބަކުރު އެންޑް ޒުބޭރް
24 October 2016
އަޅޭ ކަލޯ. މިވީ ކިހިނެއް. މަހިތައްއެރީ ނިމާލު ފެނަކައިން ކަނޑާލީ ތަންކޮޅެއް ލާނެއްކޮށް އުޅޭތީކަމަށް. އެކަމަކު ލާނެއްވެގެން ނޫންތާ އަސްލު އެކަނަޑާލީ. މާބޮޑަށް މަސައްކަތަށް ފަރުވާބަހައްޓައިގެން މަސައްކަތްކޮށްފާވާތީ އެދިނީ ޕުރޮމޯޝަނެއް.
އަޒްލިފް
24 October 2016
ހާދަ ބޮޑު ޑީމޯޝަނެއް
ބޮކުބާޑު
24 October 2016
ރެހެންދިން ފުލެޓެެއް ނުދޭތަ. ރަށްޔިތުންގެ އަރިހަށް ނިމާލް!!
އުމަރު
24 October 2016
ނިމާލު ފެނަކައިން ބަދަލުކުރީ ނައިބުކަންދޭނެތޯ؟ ނިމާލު 24 ގަޑިއިރު ކަރަންޓް ޔަގީންކުރީމާ ޕްރޮމޯޝަން ލިބުނީކަމަށްވެދާނެ، ނިމާލަކީ ރައީސް ޔާމީނުގެ ވަރަށްބޮޑު ވަފާތެރިއެއް
ގަވަނަރަ
24 October 2016
މީ ދިވެހިން ހޭލުން ތެރިވާން ވިވަގުތު ...... ވިސްނާފާ ވޯޓުލާތީ .....2018
ބޮކުބާޑު
24 October 2016
ކީއްވެތޯ ގަވަނަރަކަށް ހަމަނުޖެއްސީ. ހަދާނުން ކައްސާލީބާ؟؟