މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި ނަޝީދު އަރިހުގައި އަސްލަމް ބައިވެރިވެވަޑައިގަންނަވަނީ
11 އޯގަސްޓް 2020 - 10:32
ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރަން ނުފެށި ލަސްވާ މައްސަލައިގައި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ކުރެއްވި ސުވާލަށް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވި ޖަވާބުތަކާ މެދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.
ފުވައްމުލަކުގެ ގިރާ ސަރަަހައްދު ހިމާޔަތްކުރުމުގެ ޕްރޮޖެކްޓު ފުރަތަމަ އިއުލާނު ކުރީ ނަޝީދުގެ ވެރިކަމުގައި 2011 ގަ އެވެ. އޭރު ވެސް މިނިސްޓަރަކަށް ހުންނެވީ އަސްލަމެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދުގެ ސުވާލު އަމާޒު ކުރެއްވީ އެ މަޝްރޫއު މިހާ ހިސާބަށް އައި އިރު ވެސް ނުނިމި ދިގުލައިގެންދާ މައްސަލައާ ގުޅޭ ގޮތުންނެވެ.
އެ ސުވާލުތަކުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރަން އުޅެނީ ނެދަލެންޑްސްގެ އެންޓަޕްރައިޒް އެޖެންސީ (އޯރިއޯ)ގެ ހިލޭ އެހީގަައި ކަަމަށާއި އެ ކުންފުންޏާ އެކަމުގައި މުއަމަލާތު ކުރަމުން އަންނަ ކަމަށެވެ.
އެ ޖަވާބާ މެދު ހިތްޕުޅުހަމަޖެހިވަޑައިގެން ނަޝީދު ވިދާޅުވީ، ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަކީ އަސްލަމް ވިދާޅުވި ގޮތުން ނަމަ، ބޭރުގެ ހިލޭ އެހީގައި ނޫނީ ނުހިންގޭނެ މަޝްރޫއެއްކަން ދޭހަވާ ކަމަށެވެ.
"އިއްޒަތްތެރި ވަޒީރުގެ ނުކުތާއަކީ މިއީ ގްރާންޓެކޭ. ގްރާންޓެއް ނޫން ގޮތަކަށް، ހިލޭ އެހީއެއް ނޫން ގޮތަކަށް މިކަން ކުރަން އުޅުނީމާ ހަގީގަތުގައި ބަޖެޓުގެ ބާރުވެރިކަމާ އެކީގައި އެކަމެއް އެ ކުރެވެނީ. ގްރާންޓެއްގެ ގޮތުގައި، ހިލޭ އެހީގެ ގޮތުގައި ބަޖެޓުގައި އެ ފެންނަ ކަންކަމަކީ ސަރުކާރުގެ އުއްމީދު،" ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމް، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް
ނަޝީދު ވިދާޅުވި ގޮތުގައި، ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަކީ އެ މަނިކުފާނުގެ ސަރުކާރުގެ އޭރުގެ އުންމީދެކެވެ. އަދި އޭގެ ފަހުން ތިން ސަރުކާރަކުން އެކަން ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ.
ނަޝީދު އެންމެ ބޮޑަށް މިއަދު ނުރުހުން ފާޅުކުރެއްވީ ގުޅިފަޅުން ހިއްކާ ބިމުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ އަދި ހައުސިން ޔުނިޓް އަޅާނީ ކިހާވަރަކަށްތޯ އާއި އެކަމުގެ ޕްލޭނެއް އެބައޮތްތޯ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒު ފަހުމީ ކުރެއްވި ސުވާލަށް އަސްލަމް ދެއްވި ޖަވާބާ ގުޅިގެންނެވެ.
އަސްލަމް ވިދާޅުވީ، ގުޅިފަޅު ތަރައްގީ ކުރާ ގޮތުގެ ޕްލޭނެއް މާލޭގެ ދާއިރާތަކުގެ މެމްބަރުންނާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އެކަމަކު އެހާ ސާފު ޖަވާބެއް އެ ސުވާލަށް ނުދެއްވައި ކުރިއަށް ވަޑައިގަންނަވަން އަސްލަމް އުޅުއްވުމުން އޭނާގެ ވާހަކަ މެދުކަނޑާލައްވައި ނަޝީދު ސުވާލުކުރެއްވީ ޕްލޭން އޮތީ ކޮންތާކުތޯ އެވެ.
"ޕްލޭނެއް އޮތުމަކީ، ޕްލޭނެއް ގެޒެޓް ކުރެވިފައި އޮތުން އިއްޒަތެރި ވަޒީރު. ޕްލޭނެއް އޮތުމަކީ އާއްމު ރައްޔިތުންނަށް އެ ޕްްލޭނެއް ފެންނާން އޮތުން. އެހެން ނޫނީ އެ އޮންނަނީ ޑްރާފްޓެއް،" ނަޝީދު ވިދާޅުވި އެވެ.
އަސްލަމްގެ ޖަވާބާ މެދު ހިތްހަމަޖެހިވަޑައިގެން ދެތިން ފަހަރު ނަޝީދު ވާހަކަފުޅު ދެއްކެވުމުން މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ނިޒާމާ ބެހޭ ނުކުތާއެއް ނަންގަވައިގެން އެކަމާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ޝަރީފް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި މިނިސްޓަރުން ދެއްވާ ޖަވާބާ ގުޅިގެން، މަޖިލީހުގެ ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކުން އޮޅުން އަރާ ކަމަށެވެ.
"ވަޒީރުން މިތާނގައި އިތުރުފުޅު ހައްދަވަނީއޭ ވެސް ހީވާ ފަހަރު އާދޭ،" ޝަރީފު ވިދާޅުވި އެވެ.
ނިޒާމީ ނުކުތާ އިތުރަށް ކުރިއަށް ގެންދަވަން ނަޝީދު ފުރުސަތު ނުދެއްވުމުގެ ނަތީޖާ އަކީ ޝަރީފު އަޑުގަދަކުރައްވަން ފެއްޓެވެމުވެ. އެހެންވެ، މަޖިލީހުގެ ތަޅުމުގައި އެގޮތަށް ކަންތައް ނުކުރައްވާނެ ކަމަށް 100 ފަހަރު ލިޔުއްވަން ނަޝީދު ފަހުން ޝަރީފަށް އެންގެވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މށ we
12 August 2020
ނަަޝީދުގެ މަގުސަދަކީ ހުރިހާ ބާރެއް އަ މިއްލަ މުށުތެރެއަށް ލުން. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ .
ރިތި މޫސަ
12 August 2020
ތިމަޖުލީހުގެނަން ވަކަރުގޭ ސްކޫލަށްބަދަލުކޮށް ނަޝީދުއަށް ހެޑް އޮފް ޕްރިންސިޕަލްކަން ދިނީމަ ރަނގަލުވާނެ
ކަނބިލި
11 August 2020
ހައުސިންގ މިނިސްޓްރީއަކީ އެން މެ ނާގާބިލު ކޮރަޕްޓް މިނިސްޓްރީ. ގާބިލު މީހުން މަގާ މު ތަކަށް ލައްވާ. އެއިރުން ކަން ކުރެވޭނެ
އެމްޑީޕީމީހާ
11 August 2020
އެމްޑީޕީ ފަހަކައް އިސް ކުރާ ކަންތަކުގެ ސަބަބުން ރައްޔިތުންނަ އެގޭ އެމްޑީޕީ މިއުޅެނީ ރާއްޖެގެ އާރާބާރު އެހެން ޤައުމަކައް ދީގެންކަން. މީ ދެރަވަރުގެ ކަންތައް މިހުންނަނީ
އެކަނި ވެރިޔާ
11 August 2020
މާލޭ މީހުންނަން ހުޅުމާލެ، ގުޅީ ފަޅުން ގޯތިދީފާ ރާއްޖެ ތެރޭމީހެއްގެ ކައިރިއަށް ވޯޓު ހޯދަން ނަމަނަމަ ނާންނާތި !! އެމްޑީޕީ އަށް ދޭނި ވޯޓު އެއް އޭރަކުން ނޯންނާނެ ހަދާންކުރާތި މާލޭ މީހުންނަން ވުރެ ރާއްޖެތެރޭ އާބާދީ މާބޮޑުވާނެ!!
ފާދޫބުރު
11 August 2020
އުތުރު ރައްޔިތުންނަށް ފާދިއްޕޮޅުޖާވާ(ދިއްފުށި މާދޫ ފަޅު ހިއްކާ ގޯތި ދެއްވާ.
1828
11 August 2020
ނުހިއްކޭނެ. ސަބަބަކީ ޑިމާންޑް ނެތުން. މާލޭ ކައިރިލީގައި މިހާރު ނެތް ކަންނޭނގެ ބޭނުންނުކުރާ ގިރިއެއް ފަޅެއް. ޑިމާންޑް ބޮޑުކަމުން. މާލޭ ސަރުކާރުން ބޭނުމެއްނޫން އެހެން ސަރަހައްދަކަށް ޑިމާންޑް ދާކަށް. އެހެންވެގެން އަބަދުވެސް މާލެ، ވިލިމާލެ، ހުޅުމާލެ، ތިލަފުށި (ތިލަ މާލެ)، ގުޅީ ފަޅި (ގުޅި މާލެ) މިއީ ވާކަމެއް.
ދޮންކަލޯ
11 August 2020
ކޮންހާ ފޮނައެއް އަރުވާކަށް ނަސީދަކަށް މަޖިލިހުގެ މެޖޯރިޓީއެއް ނެތް. 6 މެންބަރުން ވެސް ނެތް ނަސީދު ބުނާގޮތް ހަދާނެ. ވަރަށް ސަލާން. މިނިސްޓަރުން ގެ ހަލުވި ދުވެލި ފެނި ގައުމް ތަރަށްގީ ފެނި. ރައީސް ސޯލިހު ގެ ސަފޯޓް ބޮނޑްވީމަ މޭކަރަނީތަ?
1828
11 August 2020
ވާ މިނިސްޓަރެއް މިއީ. މިއީ 2008ގެ އެމްޑިޕީގެ ވެރިކަމުގައި ފެއިލްވެފައިވާ މިނިސްޓަރެއް. މިހާރުވެސް އެދަނީ އިތުރަށް ފެއިލް ވަމުން.
އޮނަރަބްލް އަފީފު ދީދީ
11 August 2020
މާލޭސަރުކާރުން ގެންގުޅޭ "އެއްރަށްދައުލަތް ސިޔާސަތު" ދޫކޮށް ފައިސާ އިސްރާފުނުކޮށް ރާއްޖެ އިދާރީ ޤާނޫނީ 3 ސަރަހައްދަކަށް ބަހާލާ 3 ސަރަހައްދު ތަރައްޤީކުރާންޖެހޭ. # މިގޮތުން ފިއްލަދޫ ފަޅު، ދައްޕަރު ފަޅު، ހަނިމާދޫ، ލ . ޢަތޮޅު ގުޅިފައިވާ ހުރިހާރަށެއްގެފަޅާއި މުޅި އައްޑޫސިޓީ އަދި ހުޅުމީދޫ ހިތަދޫ ބްރިޖަކުންގުޅާލާ މަތީގައިދެންނެވިތަންތަން ހިއްކެންއޮތް އެންމެބޮޑަށްހިއްކާ އެރަށްރަށުގައި އަސާސީހިދުމަތްޤާއިމްކޮށް ހައުސިންގ ސްކީމް ޕްރޮޖެކްޓް ހިންގަވާ. އޭރުން ތިކަންކަމަށްހައްލުހޯދުނީ.
ބާބާ
12 August 2020
މާލޭ ސަރުކާރުގައި ތިބި ތިއަތޮޅުގެ މީހުން ގެންދެބަލަ.
މަންޑޭލާ
11 August 2020
އެމްޑީޕީ ފޭލްކޮއްލަނީ ނަޝީދުގެ އަޑި ނުބައިކަމުން ޤައުމައް ހެވެއްނޭދޭ މީހަކު މަޖުލީހުގަ ހުރުމަކީ ރާއްޖެ ހަލާކުގެ ތެރެޔައް ވެއްޓިދާނެ ކަމެއް.
ޝޮކްތެރަޕީ
11 August 2020
ނަޝީދު ކަހަލަ މީހުން ރާއްޖޭގަ ސިޔަސީ ދާއިރާގަ އުޅުމަކީ ރާއްޖޭގެ މުސްތަގްބޮލައް ލިބޭނެ ބޮޑު ގެއްލުމެ.
ތެޔޮވިއްކާ
11 August 2020
ޔާމީނު ކަހަ މީހުން އަދި މާގެއްލުން ބޮޑެވެ