ޚަބަރު / އިމްރާން އަބްދުﷲ، ހޯމް މިނިސްޓަރު

ވަކީލުންގެ ހައްގަށް ހުރަސް އަޅައި، އިމްރާން ދައްކަވަނީ ދޮގު ވާހަކަތަކެއް: ޔާމީންގެ އާއިލާ

ޔާމީންގެ ދަރިކަލުން ޒޭން: ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވެސް ކޮށްފައިވާ އަމުރުތަކާ ޚިލާފަށް ވަކީލެއްގެ ހައްގު ބައްޕާފުޅަށް ނުދެނީ ސަރުކާރުން ގަސްދުގައި ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށް ވިދާޅުވި.---ފައިލް ފޮޓޯ: މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަކީލުންގެ ހައްގު ލިބުމަށް ހުރަސް އަޅައި، ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲ ދައްކަވަމުން ދަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ޔާމީންގެ އާއިލާ އިން މިއަދު ބުނެފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީނަށް ވަކީލުންނާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާތީ، އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުންނާއި އެ މަނިކުފާނުގެ ވަކީލުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެކަމަކު ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ވަކީލުންނާ ބައްދަލު ކުރެއްވުމުގެ ފުރުސަތަށް ހުރަސް އަޅާފައި ނުވާނެ ކަމަށެވެ.

އެކަމާ ގުޅިގެން ޔާމީންގެ އާއިލާގެ ފަރާތުން އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން މިއަދު ނެެރުއްވި ބަޔާނެއްގައި ވަނީ ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވެސް ކޮށްފައިވާ އަމުރުތަކާ ޚިލާފަށް ވަކީލެއްގެ ހައްގު ބައްޕާފުޅަށް ނުދެނީ ސަރުކާރުން ގަސްދުގައި ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. ވަކީލުން ޔާމީނާ ބައްދަލު ކުރަން ކ. މާފުއްޓަށް ދިއުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހުއްދަ ނެތް ކަމަށް ބުނެ އެ ރަށަށް އެރުމުގެ ހުުއްދަ ވަކީލުންނަށް ދީފައި ނުވުމަކީ ޔާމީނާ މެދު އަނިޔާވެރިވުން ކަމަށް ޒޭން ވިދާޅުވި އެވެ.

ޔާމީން ޖަލަށް ވަޑައިގަތުމަށް ލޯންޗަށް އަރާވަޑައިގަންނަވަނީ.---ފައިލް ފޮޓޯ: މިހާރު

"އެމަނިކުފާނާ ވަކީލުންނާ ބައްދަލު ކުރެވޭނީ ކަމާނުބެހޭ މާފުށީ ކައުންސިލާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ހުއްދަ ނަގައިގެން ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނުމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ފަރާތަކާ މެދު އަނިޔާވެރިވުން،" ޔާމީންގެ ދަރިކަލުން ޒޭންގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ޒޭން ވިދާޅުވީ، ވަކީލުންގެ ފުރުސަތާއި ބޭސްފަރުވާގެ ހައްގަކީ ކުޅިވަރެއްހެން ސިފަވާ ގޮތަށް މިނިސްޓަރު އިމްރާން މީޑިއާގައި ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށާއި އޭގެ ސަބަބުން ޔާމީނާއި އެ މަނިކުފާނުގެ އާއިލާ އަށް ނަފުސާނީ ގޮތުން ގެއްލުންވާ ކަމަށެވެ. އަދި ކުރީގެ ރައީސަކާ މެދު އެފަދަ ގޮތަކަށް އިހާނެތިކޮށް އަމަލު ކުރުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބަޔާނުގައި ޒޭން ވިދާޅުވި އެވެ.

ޔާމީނާ ބެހޭގޮތުން އެގޮތަށް އިމްރާން ވާހަކަ ދައްކަވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެކަންކަމާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ޔާމީންގެ އާއިލާގެ ބަޔާނުގައިވެ އެވެ. ޔާމީނަށް ލިބެންޖެހޭ ހައްގުތައް ހޯދައި ދިނުމަށް ދައުލަތުގެ މުއައްސަސާތަކަށް ވެސް އެ މަނިކުފާނުގެ އާއިލާ އިން ގޮވައިލި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި ހިނގަމުން ދާއިރު، އެމަނިކުފާނުގެ މައްޗަށް އިތުރު ދެ ދައުވާއެއް ކްރިމިނަލް ކޯޓުގައި ވެސް ވަނީ އުފުލައިފަ އެވެ.

45 ކޮމެންޓް, 69 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 4%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ އާމިރު 2929

19 August 2020

އަހަރެން ޔާމީނުއަށް ފުރިހަމައަށް ތާއީދުކުރަން. އަދި 2023 ގައި ރައީސްކަމަށް އަންނަންވެސް ތާއީދުކުރަން. އެކަމަކު ޒޭންގެ ބަޔާނުގައި ގާނޫނީ މައްސަލަ އެބަހުރި. ސިއްހީ ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކުރީމަ ކަމާނުބެހޭ މާފުށި ކައުންސިލްއާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީއޭ ނުބުނެވޭނެ. ގާނޫނީ ލަފާދޭ ޓީމުގައި ގާބިލުކަން ހުންނަންވާނެ.

The name is already taken The name is available. Register?

ޓިނު

19 August 2020

ހަދާންވޭތަ ޤާސިމު ހޮސްޕިޓަލްގަ އި އޮށްވާ ދަންވަރު ކޯޓް ހުޅުވަ އިގެން ހުކުމް ކުރިކަން ؟ މި އަދު ކީކޭތިކިޔަނީ

The name is already taken The name is available. Register?

ދެންއަދިވެސް

19 August 2020

ހަނދާންވޭތަ ވީލްޗެއަރއެއްގަ އިން ބޭފުޅަކު އެއަޕޯޓަށް ފުރަން ދެވުނީމަ އުޅުނު ގޮތުގެ ވީޑިއޯ؟

The name is already taken The name is available. Register?

ހެލުތު އިމަޖެންސީ

19 August 2020

އެހެން ދިވެހީންވެސް އެހެން ރަށްރަށަށް ދަންޏާ ޖެހެނީ އެކަމުގެ ހުއްދަ ހޯދަން މި ދުވަސްކޮޅު. އެހެން ރަށެއްގަ ހުރި ޖަލަކަށް ދަންޏާ އެ ރަށްރަށަށް ރޯގާ ހިފައިގެން ދެވިދާނެތީ. ހުއްދަ ހޯދީމާ އެކަމަށް ރައްކާތެރިވެ، ސަމާލުވާން އެނގޭނެ އެ ރަށެއްގެ ބަޔަކަށްވެސް. ހުރިހާ އެންމެންވެސް ކަންކަން ކުރަން ހަމަޖެހިފަ ހުންނަ އުސޫލުތަކަށް އިޙްތިރާމްކުރަން ދަސްކުރަންވާނެކަމަށް ފެނޭ. ހަމަ އެހެންމެ، މީހުނަށް ލުއި ފަސޭހަކަން ފޯރުކޮށްދިނުމަކީ ދީނުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް

The name is already taken The name is available. Register?

ހާއިރު

19 August 2020

الله اكبر . الله اكبر މިއޮތީވާ ކަމެއް ކޮބާ އެއްކަލަ އެޑަމް . ބަރާބަރު މެޑަމް ގެ ބަސްފުޅު

The name is already taken The name is available. Register?

ޒަފަރު

19 August 2020

ދޮގު ހަދަނީ ކޮންބައެއްކަން މާތްﷲ މޮޅަށް ދެނެވޮޑިގެންވޭ. ވަންކަން ކުރަން ފަސްުނުޖެހުނު ބަޔަކު ދޮގު ހަދަން ފަސްނުޖެހޭނެބާ؟ ޒާކާތު ފައުންޑޭޝަނުން ކީއްވެބާ މިހާރު އެހީނުވަނީ

The name is already taken The name is available. Register?

ދެންއަދިވެސް

19 August 2020

ތިގޮތަށް ކިޔާނަމަ ދޮގުހަދަން ފަސްނުޖެހޭ ބަޔަކު ވައްކަންކުރަން ފަސްނުޖެހޭނެބާ؟ މިސަރުކާރުގެ ކިތައް މީހުން އެބަ ދޮގުތައް ހަދާ؟

The name is already taken The name is available. Register?

އެޑަމް

19 August 2020

އިމްރާނަކައް ތެދެއްނެހެދޭނެ އިމްރާންތެދެއްހަދަން ބޭނުންވާނަމަ,އިމްރާންއެމަޤާމަކުނުހުންނަވާނެ ނަމޫނާއަކައްސައިޚުއިލްޔާސްހުސޭނުބެއްލެވީސް,މިހާރުގެސަރުކާރުގެ މަޤާމެއްގަބޫލުކޮއްގެންއަންނިގެދަށުގައުޅެން ލަދުަގަންނަންޖެހޭނެމަޖިލިހުގަ ހިންގިމާރާމާރީވެސްނުބެލުނުމަޖިލިހުގެތަޅުމުގަހިންގިމާރާމާރީއަކީމެމްބަރުންގެއިމްތިޔާޒުގެޤާނޫނުންބޭރުކަމެކެވެ,!!

The name is already taken The name is available. Register?

ފަހުދު

19 August 2020

މީހަކައް ފަހު މީހެއް. މިފެށުނީ އިމްރާން ބޭރުކުރުމުގެ މަސައްކަތް. މިކަންކަމަކީ މިސްޓަރ ބީން އިދިކޮޅާއި ގުޅިގެން ހިންގާ ކަންކަން

The name is already taken The name is available. Register?

އއއއިއ އިސްމާލު

19 August 2020

އިމްރާނު ފާޅުގަ އިދޮގުހަދާނެ

The name is already taken The name is available. Register?

ޟި ޔަނަ

19 August 2020

ށ ސާލިހްބެއާ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އަންނިގެ ވަގުކަން މާބޮޑު ވެނަޓިލޭޓަރު ގެންނަން ރައީސް އޮފީހުން ހުއްދަދިނީ އޭނަ ހިފާ ހައްޔަރު ކޮށްބަލަ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

The name is already taken The name is available. Register?

އާން

19 August 2020

ޙުރިހާ ފައިދާއެއްް ގާސިމްބެޔަށް

The name is already taken The name is available. Register?

މގފ

18 August 2020

މާލެ އިން މީހުން ދިރި އުޅޭ ރަށަކަށް ދެވޭނީ އެޗް ޕީ އޭ ހުއްދަ ލިބިގެން. ވަކީލުންވެސް ހަމަ އަަރެމެން ޕޯޓަލް މެދުވެރި ކޮށް ހޯމް ކަރަންޓީނަށް ދާން ހުއްދަ ހޯދި ގޮތަށް ހޯދާ. މާފުށީގައި 14 ދުވަހު ކަރަންޓީނުވެފައި ދެން ޖަލަށް ދޭ. އެޗް ޕީ އޭ އިން ދޭ ހުއްދަ އެއް ކަރެކްޝަނަކަށް ނުދެވޭނެ. ތީ ވަރަށް ގޮތެއް ނެތް ވަކީލުން ތަކެއް. ޢާއްމު ޞިއްހަތުގެ ކުރި އަށް އަމިއްލަ މަސްލަހަތު އިސްކުރާނީ ވ އަމިއްލަ އެދުން ބޮޑުވީމަ.

The name is already taken The name is available. Register?

ސަމަރޭ

19 August 2020

ކަރެކްޝަނުން ވަކި ގަޑިއެއް ކަނޑައަޅައި އެޗް ޕީ އޭ ގެ ހުއްދަ ކަރެކްޝަނުން ހަމަޖައްސަން ޖެހޭނެ. ޢެހެން ނޫނީ ކަރެކްޝަނުން ކަނޑައަޅާ ގަޑިއާ އެޗް ޕީ އޭ ގެ ލިޔެކިޔުންނިންމާ ގަޑިޔާ ދިމާނުވެ މައްްސަލަ ދިމާވާނެ. ނިއުނޯމަލް ގަ ޚާއްސަ މަސައްކަތަށް ކަރަންޓީނު ނުވާގޮތަށް 5ދުވަސް ނުވާގޮތަށް ރަށްރަށަށް ދެވޭ. ޢެކަން ކުރަންޖެހޭނީ ޒިންމާވާ އޮފީސްތަކުން. ޥަކީލުންނާ ބައްދަލުކުރުވުނުގެ ޒިންމާ ހައިކޯޓުން ވަނީ ކަރެކްޝަނާއި މަތިކޮށްފަ

The name is already taken The name is available. Register?

ޙަލީމާ

19 August 2020

ސަރުކާރުން އިންތިޒާމުތައް ހަމަ ޖައްސަން ޖެހޭނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454