ޚަބަރު / ޖުޑީޝަލް ސާވިސް ކޮމިޝަން

އަލީ ރަޝީދާއި ޑރ. މުހައްމަދު އިބްރާހިމް ސުޕްރީމް ކޯޓަށް އައްޔަން ކުރަން މަޖިލީހަށް ފޮނުއްވައިފި

ޑރ. މުހައްމަދު އިބްރާހިިމް (ކ) އަދި ގާޒީ އަލީ ރަޝީދު: އެ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ވަނީ ފޮނުއްވާފައި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިނާއި ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރުހުން ދިނުމުން އެ ދެ ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްކޮޮށް އޮތް ދެ މަގާމަށް، ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދާއި ޑރ. މުހައްމަދު އައްޔަން ކުރުމާ މެދު ޖޭއެސްސީގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރިން އޮތީ އެދިވަޑައިގެންފަ އެވެ. އަދި އެ ދެ މަގާމަށް ޝައުގުވެރިވާ ބޭފުޅުންގެ އެކަމަށް ކުރިމަތިލާން ޖޭއެސްސީން ވެސް ފުރުސަތު ހުޅުވާލި އެވެ.

ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ އަލީ ރަޝީދާއި ޑރ. މުހައްމަދު އެ މަގާމަށް އައްޔަން ކުރަން ޖޭއެސްސީން ލަފާ ދެއްވާފައިވާ ކަމަށާއި އެހެންވެ، އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަން ކުރަން މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.

ރައީސްގެ ޓްވީޓް

އެކަމަކު ޖޭއެސްސީން ހުޅުވާލި ފުރުސަތު އެ ދެ މަގާމަށް ބޭފުޅުން ކުރިމަތިލެއްވި ކަން ނުވަތަ ނޫންކަން އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

ކުރިން ސިވިލް ކޯޓުގެ އިސްގާޒީ ކަމާއި ޑްރަގް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި އަލީ ރަޝީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުން ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރެވެ. އެ މައްސަލާގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ފަސް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފަ އެވެ.

މީގެ އިތުރުން ގާޒީ އަލީ ރަޝީދަކީ މި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން މީހަކަށް ފުރަތަމަ ފަހަރަށް މަރުގެ އަދަބެއް ކަނޑައެޅުއްވި ފަނޑިޔާރު ވެސް މެ އެވެ. ކުރީގެ ޖިނާއީ ކޯޓުގެ ދުވަސްވަރު، 2010 ވަނަ އަހަރު އޭނާ ކުރެއްވި އެ ހުކުމަށް 2016 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ތާއީދު ކޮށްފަ އެވެ.

ގާނޫނީ ދާއިރާގައި 16 އަހަރު މަސައްކަތް ކުރައްވާފައިިވާ ޑރ. މުހައްމަދަކީ މަޝްހޫރު ލޯ ފާމެއް ކަމަށްވާ ޕްރިމިއާ ޗެމްބާސްގެ ހިއްސާދާރެކެވެ.

11 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 41%
icon sad icon sad 5%
icon angry icon angry 54%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަމްކުޅިބޭ

20 August 2020

މިހާރު ޔާމީނުގެ މައްސަލަ އޮތީ ސްޕްރީމްކޯޓް ގައިކަމަށްވާތީ ޔާމީނަށްހުކުމްކުރި މީހާ ސްޕްރީމްކޯޓަށް މިލީ.ޔާމީނު މިނިވަން ވެދާނެތީ. ދަށުކޯޓްގައި ތިމާނިންމި މައްސަލަ އެންމެމަތީކޯޓްގައި ބަލަންވެސް ތިމާ.. މިހާވަރަށްދެން އިންސާފުވެރިވާނީ. ކޯޓްތައް މިނިވަންވާނީ.

The name is already taken The name is available. Register?

މަންޑޭލާ

19 August 2020

ޤައުމެއް ހަލާކޮއްލަން އެމްމެ ފުރަތަމަވެސް އެ ޤައުމެއްގެ އިސް މީހުން ގަނެލާނީ ދެން އެޤައުމެއް ފަސާދަ ކޮއްލާނީ.

The name is already taken The name is available. Register?

ވޯލް007

19 August 2020

އެއްވެސް ކޯޓެއްގައި ފަންޑިޔާރުކަންކޮށް ތަޖުރިބާ އެއް ނެތް މީހުން އެންމެ މަތީ ކޯޓަށް ލެވިގެން ނުވާނެ. އެމީހެއްގެ މުޅި ކެރިޔަރގައި ޕްރައިވެޓް ލޯ ޕްރެކްޓިސް ކޮށްފަ ތިބޭ މީހުން ވަކި މުއްދަތެއް ވަންދެން ޕްރައިވެޓް ލޯ ޕްރެކްޓިސް ކުރުން ހުއްޓާލާން ޖެހެނޭ ގޮތަށް ފަންޑީޔާރުންގެ ޤާނޫނު އިސްލާހް ކުރަންޖެހޭ. ކޯޓުތަކުގައި މަސައްކަތް ކުރާ ފަންޑިޔާރުންގެ ކުރިއެރުމަށް އެޅޭ ބޮޑު ހުރަހެއް މިއީ.

The name is already taken The name is available. Register?

ޙަސަން އަޙްމަދު

19 August 2020

ރާއްޖޭގަ އަދި ތިހުރިހާ ގަވައިދެއް ހަދައިގެން ކުރިއަކަށް ނުދާނެ. ސުޕުރީމް ކޯޓު ވުޖޫދުވި ފަހުން ތިޔަ ބުނާ ފެންވަރުގެ ތަޖުރިބާ ހުރި ގާޒީން ލިބެން އެބަހަރިތޯ؟ ތަޖުރިބާ ހުރި މީހަކު ވިއްޔާ އިލްމު އެބަހަރިތޯ؟ ފަހުން ގެންނަން ރަނގަޅު އިސްލާހު ތިޔައީ އެކަމަކު

The name is already taken The name is available. Register?

The metals

20 August 2020

ރާއްޖޭގެ ކޯޓު ތަކުގައި ތިބީ ދުނިޔޭގެ ފެންވަރުގައި ވަރަށް ދަށް ފެންވަރު ޔުނިވާސިޓީ ތަކުން ކިޔަވައިގެން ތިބި މީހުން. އެމީހުން ކިޔެވި ޔުނިވާސިޓީ ތަކަކީ ދުނިޔޭގެ ރޭންކިން ގައި އެންމެ ފުލުގައި ތިބި ޔުނިވާސިޓީ ތައް.

The name is already taken The name is available. Register?

ބާބާ

19 August 2020

އިންޓަރގްރިޓީގެ ކަންފުޅެ އްވެސް ތިބި ބަޔެ އް ވި އްޔާ ޔާމީނު މަ އްސަލަ ބެލި ގާޒީ ތިތަނަކަށް ބަޔަކު ނުލާނެ.

The name is already taken The name is available. Register?

މުހައްމަދު އަމީން ދީދީ

19 August 2020

ހަހާ ޔާމިން ޖަލަށް ލައިދިނުމުން ދޭ ހަދިޔާ ދޯ

The name is already taken The name is available. Register?

ރަފީގު2

19 August 2020

އިބޫ، ތަޖުރިބާއެއް ނެތް ކިރުބޯ ޅަކުދިން ސުޕްރީމްކޯޓަށް ލައިގެން ހަޑި ނުހާވާށެވެ.

The name is already taken The name is available. Register?

ލާލު ބައިސާ

19 August 2020

ކުރިމަތިލާނެ އެހެން މީހަކު ނުވިކަމަށް ފެންނަނީ

The name is already taken The name is available. Register?

ހަސަބު

19 August 2020

ރަނގަޅު.

The name is already taken The name is available. Register?

ވިސާމާ

19 August 2020

ކުރިމަތިލާނެ ރަނގަޅު މީހަކު ނުވިދޯ. ޖޭއެސްސީން ކުޅޭ ފުއްގަނޑަކަށް ވީމަ ރެސްޕެކްޓެޑް މީހެއް މިހާރު ސުޕްރީމް ކޯޓަކަށް ކުރިމައްޗެއް ނުލާނެ. ސިޔާސީ މީހުންގެ ޓޯއީއެއް ތި ކޯޓުތަކަކީ މިހާރު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454