ސައިފް.
26 އޯގަސްޓް 2020 - 07:53
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ ބައޮގްރަފީ އަންނަ އަހަރު ނެރެން ނިންމައިފި އެވެ.
ބަތަލާ ކަރީނާ ކަޕޫރާ ކައިވެނިކޮށްގެން އުޅޭ 50 އަހަރުގެ އެކްޓަރުގެ ބައޮގްރަފީގެ މަސައްކަތް ފަށާފައިވާކަން މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.
އޭނާ ބުނީ ހާޕާ ކޮލިންސް އިންޑިއާގެ ތައްގަނޑުގެ ނެރޭ ސައިފްގެ ބައޮގްރަފީގައި އޭނާގެ ހަޔާތާ ބެހޭ ގިނަ ވާހަކަތަކެއް ހިމެނޭނެ ކަމަށެވެ. އޭގެ ތެރޭގައި ފިލްމީ ކެރިއަރާއި ޒާތީ ދިރިއުޅުމާއި ކާމިޔާބީ އާއި ނާކާމިޔާބީގެ ވާހަކަތައް ހިމެނެ އެވެ.
ބޮލީވުޑްގައި މިހާރު ފިޔަޖަހަން ފަށާފައިވާ ޒުވާން ބަތަލާ ސާރާ އަލީ ޚާންގެ ބައްޕަ ސައިފަކީ އިންޑިއާގެ ބޯޕާލްގެ ޝާހީ އާއިލާއަކަށް ނިސްބަތްވާ ތަރިއެކެވެ. އޭނާގެ ބައްޕަ އަދި ކުރީގެ މަޝްހޫރު ކްރިކެޓް ތަރި މަންސޫރު އަލީ ޚާން ނިސްބަތް ވަނީ ބޯޕާލްގެ ޕަޓޯޑީ އާއިލާއަށެވެ. އެހެންވެ ސައިފްގެ ނަމުގެ ތެރެއަށް ޕަޓޯޑީ އާއި ނަވާބު ވެސް އާދެ އެވެ.
NEWS... #SaifAliKhan to pen autobiography... The actor will open up about family, home, his successes and failures, his influences and inspirations and, of course, films... #HarperCollinsIndia will publish the autobiography... Will be out in 2021. pic.twitter.com/lPvEQvlwL8
— taran adarsh (@taran_adarsh) August 25, 2020
ސައިފަކީ 1960 އާއި 1970 ގެ އަހަރުތަކުގައި ހިންދީ ސިނަމާގައި އެންމެ ވިދި އެއް ބަތަލާ ކަމަށްވާ ޝަރުމީލާ ޓެގޯރްގެ ދަރިއެކެވެ. ސައިފަކީ ޝަރުމީލާ އާއި މަންސޫރަށް ލިބުނު ތިން ކުދިންގެ ތެރެއިން ހަމައެކަނި ފިރިހެން ދަރި ވެސް މެ އެވެ.
ސައިފް އެންމެ ފުރަތަމަ ކައިވެނިކުރީ ބަތަލާ އަމްރިތާ ސިންގްއާ އެވެ. އެ ކައިވެންޏަށް ލިބުނީ ސާރާ، 25، އާއި އިބްރާހީމް، 19، އެވެ. ކަރީނާ އާއި ސައިފް ކައިވެނުކުރީ 2012 ގަ އެވެ. އެ ކައިވެންޏަށް ލިބުނު އަލަތު ދަރިފުޅު ތައިމޫރް އަލީ ޚާނަށް މި އަހަރު ހަތަރު އަހަރު ފުރޭނެ އެވެ. ކަރީނާ މިހާރު އިނީ ދެވަނަ ދަރިއަކަށް ބަލިވެ އެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ސައިފަކީ ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ތަރިއެކެވެ. އެކްޓަރެއްގެ އިތުރުން އޭނާ އަކީ ޕްރޮޑިއުސަރެއް ވެސް މެ އެވެ.
މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި "ޖަވާނި ޖާނެމަން" އަކީ އޭނާގެ ބްލެކް ނައިޓް ފިލްމްސް އިން ގެނެސްދިން ފުރަތަމަ ފިލްމެވެ. ސައިފް ކުރިން ވަނީ އިލޫމިނަތީ ފިލްމްސްގެ ނަމުގައި ވެސް ކުންފުންޏެއް ހަދައި ފިލްމުތަކެއް ގެނެސްދީފަ އެވެ. އޭގެ ތެރޭގައި "ލަވް އާޖް ކަލް" އާއި "ގޯ ގޯއާ ގޯން"، "އޭޖެންޓް ވިނޯދު" އަދި "ކޮކްޓެއިލް" ފަދަ ފިލްމުތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޝް
28 August 2020
މިހާރު 50 ވާއިރު ދިވެހިން ވެސް މުސްކުޅި ނުވޭ! 50 އަކީ ނިއު 40! އުމުރު މަދު ނުކޮށް ބުނަންޔާ ދިވެހިން ވެސް 50 ވާ އިރު ޖަހާނީ ގިނަވެގެން 40 ވައްތަރު ނޫނީ 38 ހެން! ކޮމެންޓް ކުރި މީހާ ވެސް އޮޅުނީ ސައިފް ޒުވާން ވީމަ
އާދަނު ދޯ
26 August 2020
މިލިޔުމުގަ ވާގޮތުން ސައފް އަށް އޭނަގެ ފުރަތަމަ ދަރިފުޅު ލިބުނީ އުމުރުން 15 އަހަރުގަ. މިހާރު ސައިފް އަށް 40، ދަރި ސާރާއަށް 25 މީހަމަ ރަނގަޅު މައުލޫމާތުތޯ ؟؟؟
ތުއްތުންބީ
26 August 2020
ރަނގަޅަށް ކިޔާފަ ކޮމެންޓްކޮށްބަލަ....ލިޔުމުގަ އެ އޮތީ ސައިފަށް 50 އަހަރޭ.