މުނިފޫހިފިލުވުން / ބޮލީވުޑް

ފާޑުކިޔުންތައް ބަލައިގަތުމަކީ ކުރިއެރުމެއް: ޖާންވީ ކަޕޫރް

ޖާންވީ.

އަބަދުވެސް ފާޑުކިޔުންތައް ބަލައިގަންނާނެ ކަމަށާއި އެކަމުގެ ސަބަބުން ހުނަރު އިތުރަށް ރަނގަޅުކުރަން ހިތްވަރު ލިބޭ ކަމަށް ޒުވާން ބަތަލާ ޖާންވީ ކަޕޫރް ބުނެފި އެވެ.

މި މި މަހުގެ 12 ގައި ނެޓްފްލިކްސް އިން ޕްރިމިއާކުރި "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ގެ ބަތަލާ ބޮލީވުޑްގެ ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ފާޑުކިޔުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެހެންވެ އޭނާގެ މަސައްކަތްތަކަށް ކިޔާ ކޮންމެ ފާޑެއް ބަލައިގަންނާނީ ޕޮޒިޓިވްކޮށް ކަމަށް ބުންޏެވެ.

މީގެ ދެ އަހަރު ކުރިން ފިލްމު "ދަޅަކް" އިން ބޮލީވުޑަށް ނުކުތް ޖާންވީ، 23، ބުނީ ކޮންމެ ފިލްމަކާ އެކު އޭނާ އެކްޓިން ރަނގަޅުކުރަން މަސައްކަތްކުރާ ކަމަށެވެ. އެގޮތުން "ގުންޖަން ސަކްސޭނާ" އަށް އާންމުންނާއި ކްރިޓިކުންގެ ފަރާތުން ލިބުނު ފީޑްބެކްތައް ވަރަށް ޕޮޒިޓިވްކޮށް އައުމަކީ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ބުންޏެވެ.

"ސްކްރިޕްޓްތައ ހޮވުމުގައި އަހަންނަށް އެންމެ ބޮޑު އެހީއެއް ދެނީ ކަރަން. އެއީ އަހަރެންގެ ބައްޕައެއް ކަހަލަ މީހެއް. ކަރަންގެ ހިއްސާ އަބަދު ވެސް އަހަރެންގެ ކެރިއަރުގައި އޮންނާނެ."

"ގުންޖަންގައި އަހަރެން ދެއްކި އެކްޓިން ކްރިޓިކުންނާއި ބެލުންތެރިން ބަލައިނުގަތް ނަމަ ވަރަށް ބޮޑު މާޔޫސް ކަމަކަށް ވާނެ. އެ ފިލްމަކީ އަހަރެން ބަރަށް ބުރަކޮށް މަސައްކަތްކުރި ފިލްމެއް. ކްރިޓިކުންގެ ރިވިއުތައް ކިޔާފައި އަހަރެންގެ ލޮލުން ކަރުނަ އައި އުފަލުން ގޮސް،" ކުރީގެ ބަތަލާ ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ބުންޏެވެ. "ގުންޖަން ކަމުދިޔަ ފިލްމަކަށް ނުވި ނަމަ އަހަރެންގެ މުސްތަގަބުލާ މެދު އަހަރެން ވަރަށް ކަންބޮޑުވީސް. އަހަރެން ގަބޫލުކުރަން އަބަދު ވެސް ހުނަރު ތަރައްގީކުރަން ޖެހޭނެކަން. ކުޅޭ ކޮންމެ ފިލްމަކާ އެކު އަހަރެން އެކަމަަށް ވަރަށް ބޮޑަށް ބަލަން."

ޖާންވީ ބުނިގޮތުގައި އޭނާ އާއި މަންމަ ސްރީދޭވީ އަޅާކިޔުމަކީ އަބަދު ވެސް ބައެއް މީހުން ކުރާނެ ކަމެއްކަން ގަބޫލުކުރާ ކަމަށެވެ. އެކަމަކު މަންމަ އަށް ވާން ނޫޅޭ ކަމަށާއި ބޭނުން ވަނީ ފިލްމީ ދާއިރާގައި ހުނަރު ދައްކައިގެން މަންމަ ވެސް ބެލުންތެރިން ބަލައިގަތް ކަހަލަ ވަރުގަދަ ބަތަލާއަކަށްވާން ކަމަށް ބުންޏެވެ.

"އަހަރެން ކުރިއަށްދާން ބޭނުން ވަނީ އަހަރެންގެ ގޮތުގައި. ސްރީދޭވީގެ ދަރިއަކަށް އަހަރެންވުމަކީ ސްރީދޭވީ އަށް އަހަރެން ވާން ޖެހޭ ސަބަބެއް ނޫން." ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ދަރިފުޅު ބުންޏެވެ.

ޖާންވީ ބުނީ ކުރިއަށް ދާނީ އޭނާ އަށް މަގުދައްކައި ދޭން ތިބި އެންމެންގެ ލަފަ އާއި މަޝްވަރާ ހޯދައިގެން ކަމަށެވެ. އެގޮތުން އާއިލާ އަކީ ވަރަށް ހިތްވަރުދޭ ބައެއް ކަމަށް ބުންޏެވެ. އޭގެ އިތުރުން ބޮލީވުޑަށް ނެރެދިން ޕްރޮޑިއުސަރު ކަރަން ޖޯހަރަކީ އަބަދު ވެސް ވަރަށް ހާއްސަ މީހެއް ކަމަށް ބުންޏެވެ.

"ސްކްރިޕްޓްތައް ހޮވުމުގައި އަހަންނަށް އެންމެ ބޮޑު އެހީއެއް ދެނީ ކަރަން. އެއީ އަހަރެންގެ ބައްޕައެއް ކަހަލަ މީހެއް. ކަރަންގެ ހިއްސާ އަބަދު ވެސް އަހަރެންގެ ކެރިއަރުގައި އޮންނާނެ." ޖާންވީ ބުންޏެވެ.

ޖާންވީގެ އަތުގައި މިހާރު ވެސް ކަރަންގެ ދަރުމާ ޕްރޮޑަކްޝަންސްގެ ތިން ފިލްމެއް އެބައޮތެވެ. އެއީ ކަރަން ޑައިރެކްޓްކުރަން ހަމަޖެހިފައިވާ "ތަޚުތު" ގެ އިތުރުން "ދޯސްތާނާ 2" އާއި "މިސްޓަ ލޭލޭ" އެވެ. ޖާންވީގެ ކުރިއަށް އޮތް ފިލްމަކީ ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ގެނެސްދޭ ހޮރޯ-ކޮމެޑީ "ރޫހީ އަފްޒާނާ" އެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454