ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބޫބަކުރު: އޮޑިޓް ރިޕޯޓް އިންސާފުވެރި ނޫން ކަމަށް ވިދާޅުވި -- މިހާރު ފޮޓޯ/ނިޝާން އަލީ
25 އޯގަސްޓް 2020 - 17:32
ދުބާއީ ކުންފުންޏަކާ ހަވާލު ކޮށްގެން ވެންޓިލޭޓަރު ގެނައުމާ ބެހޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓު އިންސާފުވެރި ނޫން ކަމަށް އެ މިނިސްޓްރީން މާލިއްޔަތު ކޮމިޓީގައި މިއަދު ބުނެފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންއާ ހެލްތު މިނިސްޓްރީން ހަވާލުކޮށް، 30 މިލިއަން ރުފިޔާ ދޫކުރުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފު ކަންތައްތަކެއް ހިނގާފައިވާ ކަމަށް އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބައެއް އިސް ބޭފުޅުން މިއަދު ހާޒިރުކޮށް ބޭއްވި ބައްދަލުވުމުގައި އޮޮޑިޓް ރިޕޯޓާ ހަވާލާދީ މެމްބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ޑެޕިއުޓީ މިނިސްޓަރު އަބޫބަކުރު އަބްދުލްކަރީމް ވިދާޅުވީ އޮޑިޓް ރިޕޯޓުގައި ރިއާޔަތްކުރީ ހެލްތު މިނިސްޓްރީން ދިން މައުލޫމާތުތަކަށް ވުރެ ބޮޑަށް އެހެން ގޮތްގޮތުން ލިބުނު މައުލޫމާތުތަކަށް ކަމަށެވެ. އެހެންވެ، އެއީ އިންސާފުވެރި ރިޕޯޓެއް ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންސާފާ ބީރައްޓެހި ރިޕޯޓެކޭ މި ދަންނަވަނީ އެހެންވެ،" ސިއްހީ ދާއިރާގައި އުޅުއްވާތާ ދުވަސްތަކެއް ވެފައިވާ އަބޫބަކުރު ވިދާޅުވި އެވެ.
ދުބާއީގެ ކުންފުންޏަށް 30 މިލިއަން ރުފިޔާ ދޫކޮށްފައިވާ ސަބަބާ ބެހޭގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި އޭނާ ވިދާޅުވީ، އެކަމުގައި އިތުބާރުކުރީ ޑަބްލިއުއެޗްއޯ އިން ދީފައިވާ ލަފައަށް ކަމަށެވެ. އެގޮތަށް އަމަލުކުރީ އެ ހާލަތުގެ ގޮތުން ކަމަށާއި އެކަން ޑަބްލިއުއެޗްއޯ އިން ކަށަވަރުކޮށް ދޭ ކަމަށް އަބޫބަކުރު ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީ އަށް ހެލްތު މިނިސްޓަރު އަމީނާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިން މިއަދު ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓެޓިވް ވިދާޅުވީމާ، ދެން އިތުރަށް ވެރިފިކޭޝަނަކަށް އޭރުގެ ހާލަތާއި ވަގުތަށް ބަލާއިރު ދާނެ ވަގުތެއް އަދި ޖާގައެއް ވެސް ނެތް. އެ ބޭފުޅާ އަށް އިތުބާރު ހިފޭ ޕްރޮފެޝަނަލް ކޮންޓެކްޓެއް މެދުވެރިކޮށޭ މިކޮޅަށް އެ މައުލޫމާތު ދެއްވީ. އެއީ އެވިޑެންސެއް،" އަބޫބަކުރު ވިދާޅުވި އެވެ.
އޮޑިޓް ރިޕޯޓް އާންމު ކުރުމުގެ ކުރިން ހެލްތު މިނިސްޓްރީގެ ކޮމެންޓަށް ފޮނުވާފައިވޭ ނޫންތޯ މެމްބަރަކު ސުވާލު ކުރެއްވުމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު ގާސިމް ވިދާޅުވީ، އެ މިނިސްޓްރީން ކޮމެންޓްގެ ގޮތުގައި ފޮނުވި މައުލޫމާތުތައް ރިޕޯޓުގައި ހިމަނާފައި ހުރި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ދުބާއީ ކުންފުންޏަށް ދިނުމުގެ ކުރިން އެސްޓީއޯ އާއި ރާއްޖޭގެ އެހެން ކުންފުނިތަކާ ވެންޓިލޭޓަރު ގެންނަން ހަވާލު ކުރުމުން ވެސް ލިބުނީ މަދު ވެންޓިލޭޓަރުތަކެއް ކަމަށާއި އެކަންކަން ރިޕޯޓުން އެނގެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަ ގައިމު ވެސް ހެލްތު މިނިސްޓްރީން ފޮނުވި ހުރިހާ މައުލޫމާތެއް ފަހުން ނެރުނު ރިޕޯޓަކު ނެތް،" ގާސިމް ވިދާޅުވި އެވެ.
ވެންޓިލޭޓަރު ގެންނަން ހަވާލުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ތަހުގީގު ކުރަމުން ގެންދާއިރު، އެ ތަހުގީގު ނިމެންދެން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ އަމިއްލަ އަށް މަސައްކަތުން އެކަހެރިވެވަޑައިގެންފަ އެވެ. އަދި ހެލްތު މިނިސްޓްރީގެ ބިޑް ކޮމެޓީގެ މެމްބަރުންނާއި މާލީ ޒިންމާދާރުވެރިޔާ ވަނީ ސަސްޕެންޑްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންކަލ
26 August 2020
ފޮރިން މިނިސްޓރީގެ އޮޑިޓްގަ ރާއްޖެއަށް މީހުން ގެނައުމަށް ބޮލަަށް އެއްކޮޅުޓޮކެޓަކަށް، ޕިލިޕީންސް-މާލެ 26،372.6 ރުފިޔާގެ ރޭޓުން 63 މިހުނަށް ޖުމުލަ 1،661،4747 ހަރަދުކޮށް އަދި ނޭޕާލު-މާލެ އެއްކޮޅު ޓިކެޓަށް 23،199.41 ރޭޓުން 99 މީހުނަށް 2،296،743 ރުފިޔާ ހަރަދު ކުރީމަވެސް، ހަމަ ސާފު ރިޕޯޓެކޭ އޮޑިޓާ ޖެނަރަލް ވިދާޅުވީ، މީ އިންސާފުތޯ؟ ކޮބާތޯ މަޖިލިހުގެ މާލިއްޔަތު ކޮމެޓީ
އނކލ ފުރެންޑު
26 August 2020
ޙަޖަމް
ދޮން ހުސޭނު
26 August 2020
ދަންނަވަންތޯ؟ ތިމާއާ އިދިކޮޅަށް ހިނގާ އެއްވެސް ކަމެއް އެއީ އިންސާފުވެރިކޮށް ހިނގާ ކަމެއްކަމުގައި ދުށުން އެއީ މަދު އިންސާނަކަށް ނޫނީ ގަބޫލުކުރެވޭ ކަމެއް ނޫން.
އޮޑިޓަރު
26 August 2020
ދެން މިހާ ހިސާބަށް އައިމަ ބަލަންވީ ނޫންތޯ އޮޑިޓަރަށް ކިހާ ފައިސާއެއްތޯ ދީގެންތޯ މި އުޅެނީ ހިޔާނާތުގެ ކުނޑިފުށެއްވެސް ނެތް ޓްރާންސެކްޝަނެއް ބޮޑުކޮށްލާ ރައްޔިތުން އޮޅުވާލަން ސިޔާސީ ހިޔާލީފޮލާ ކައްކައިދޭން؟
މަސްލަހަތު
26 August 2020
މަސްލަހަތު ފުށުއަރާތީ ހަމައެކަނި ޔައުގޫމު ކޮމިޓީއިން ދުރުކުރީމަ ވަނީތަ؟ އަފީފުއަކީ ފެށުނީއްސުރެ ރާއްޖޭގމެޑިކަލް ކޮރަޕްޝަންގެ ބޮޑު ބައިވެރިއެއް. މިހާރުވެސް ދިވެހި ކުންފުންޏޭ އެ ކިޔަނީ އޭނާގެ އަމިއްލަ ކުންފުނި މެޑިކުއިޕްއަށް ޑީލުތައް ނުދީގެން. ނަޝީދުވެސް ހެލްތު މިނިސްޓްރީއާ ދެކޮޅަށް މިހާ ވަރަށް މި ޖައްސަނީ މިހެންވީމަ. އަމީން ހެޔޮ ގޮތުގައި މިކަން ކުރާތީ މީގެ ތެރެއަށް އަތް ބާނައިގެން އަފީފު މެންނަށް ޑީލު ހޯދައި ނުދެވިގެން.
ހުސެން
26 August 2020
ބަކުރުމެން ބުނާހާގޮތަކަށް ބުނާހާ އެއްޗެއް ކިޔާހާއެއްޗެއް ގަބޫލުކޮށްގެން ރިޕޯޓުގައި ހިމަނައިގެން ހަދާނަމަ ކީއްކުރަން ހަދާ އޮޑިޓެއްތޯ؟ އޮޑިޓުކުރާއިރު އޮޑިޓުރައްދުވާ ފަރާތުގެ (ހެލްތު) މުއައްޒަފުންނާ އިސްވެރިން ދައްކާވާހަކަތައް އެގޮތަށް ގަބޫލުކުރާކަށް ނުވަތަ ރިޕޯޓުގައި ހިނަނާކަށް ނުޖެހޭނެ، ނަމަވެސް ރިއާޔަތްކޮށް އޮޑިޓަރުންނަށް ފެންނައެއްޗެއް "ބުއްދީގެހަމަތަކާ އިވިޑެންސްގެމައްޗައްބުރަވެ" ލިޔާނީ، މިވަރު ދަންނާނެ ގުރޭޑް 8، 9 ގައި ކިޔަވާކުދިންވެސް!!
ސޯސޭޑް
26 August 2020
އަސްލުގަ ހެލްތު މިނިސްޓްރީގެ ވާހަކައަށްވެސް ބަލާލަންޖެހޭ. މި ޕްރޮޖެކްޓު ބަލައިގެން ނުވާނެ ރަށެއްގެ ބަނދަރެއް އަޅަން އުޅޭ ޕްރޮޖެކްޓެއް ގޮތަށް. ބައެއްގެ ފުރާނަ ދާއިރު ކަންކަން އަވަސްކުރަން އުޅުމުގެ ތެރޭގަ ނުބެލި ގޮސްދާނެ ކަންކަންވެސް ހުންނާނެ އަދި އަމްދުން ޔޫއެން ގެ ބައެއްގެ ލަފާގަ ކުރިއަށް ދާއިރު.
މަގަތޭ
25 August 2020
ވަކި ކޮޅަކަށް ޖެހިފައިން ރިޕޯޓެއް...އަހަރުމެން ތިޔެއް ގަބޫލެއްނުކުރާނަން
ޢިބޫ
25 August 2020
ވަގުންނަ އަބަދުވެސް ގޯސްވާނީ އެވާހަކަ ދައްކާމީހުން. ދަރުބާރުގޭގަ ތިބޭ މީހުންގެ މަސައްކަތަކީ ނޫސްތަށް ކިޔާފަ ލައިކް އާ ޑިސް ލައިކް ކުރުންތަ؟
މުހައްމަދު25
25 August 2020
އިންސާފްވެރި ވާނީ ކަލޭމެންކާލި ބައިވެސް އޭގެ ނުހިމެނީޔާދޯ؟ ގައުމައްޖެހިފައިވާ ވަބާޔެއް މިއީ މިފަދަ އިހްލާސްތެރިކަމެއްނެތް މީހުންނާހެދި...
ހަސަނު
25 August 2020
އެހެން ވިއްޔާ އަސްލު ވަގަކީ ޑަބްލިއުއެޗްއޯ؟؟