ޖަމީލް: ސުޕްރީމް ކޯޓުގެ ހުކުމަށް އޭނާ ވަނީ ތައުރީފް ކުރައްވާފައި -- ފޮޓޯ/މިހާރު
30 އޯގަސްޓް 2020 - 20:02
ބީއެމްއެލްގެ ވަޒީފާއިން ވަކިކުރި އިސް މުވައްޒަފަކަށް އަލުން ވަޒީފާދޭން ސުޕްރީމް ކޯޓުން ކުރި ހުކުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ތައުރީފް ކުރައްވައިފި އެވެ.
ބީއެމްއެލްގެ އެމްއެސްއެމްއީ ހެޑް ފާތިމަތު މަލީހާ ޖަމާލް ޖޫން، 2013 ގައި ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަށް އަލުން ވަޒީފާދޭން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ވަނީ ތާއީދުކޮށްފަ އެވެ. ސުޕްރީމް ކޯޓުގައި މަލީހާ ތަމްސީލު ކުރެއްވީ ޑރ. ޖަމީލެވެ. ޖަމީލާއި މަލީހާ އަކީ އާއިލީ ގޮތުން ތިމާގެ ބޭފުޅުންނެވެ.
އެކަމާ ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައިވަނީ ހަތް އަހަރު ފަހުން އިންސާފު ލިބިއްޖެ ކަމަށާއި ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ މުވައްޒަފުންގެ ހައްގުތަކާ ގުޅޭ ތާރީޚީ މުހިންމު ނިންމުމެއް ކަމަށެވެ. އަދި އެއީ ވަޒީފާދޭ ބާރުގަދަ ފަރާތްތަކުން ބޭއިންސާފުން ކުރާ ކަންކަމުން މުވައްޒަފުން ރައްކާތެރި ކުރަން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ޖަމީލްގެ ޓްވީޓްގައިވެ އެވެ.
7 years 2 months later, justice has finally been served. This is a landmark judgement; a major victory for employee rights in Maldives. It’s a progressive step towards safeguarding fundamental rights and protecting employees from unfair practices of powerful employers. https://t.co/d9y40qAk6s
— Mohamed Jameel Ahmed (@MJameelAhmed) August 30, 2020
ޖަމީލްގެ ޓްވީޓް
މަލީހާ ބީއެމްއެލްގެ ވަޒީފާއިން ވަކިކުރީ އޭނާ އާއި ބޭންކްގެ އިތުރު މުވައްޒަފުންތަކެއް ރާއްޖެއިން ބޭރަށް ކުރި ދަތުރެއްގައި ނުކުރާ ޚަރަދުތަކެއް ބޭންކްގެ ކިބައިން އޭނާ ހޯދަން އުޅުނު ކަމަށް ބުނެ އެވެ. އެ މައްސަލާގައި އޭނާއާ މެދު ފިޔަވަޅެއްގެ ގޮތުން ފުރަތަމަ އެޅީ ފަހުގެ އިންޒާރު ދިނުމާއި މުސާރައިގެ ކުރިއެރުން ހިފެހެއްޓުމެވެ. އެ ނިންމުން ބޭންކުގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓުން ދަމަހައްޓާފައި ވަނިކޮށް އެ މައްސަލައާ ގުޅިގެން އިތުރު ފިޔަވަޅެއްގެ ގޮތުން ބޭންކުން ނިންމީ މަލީހާ ވަޒީފާއިން ވަކިކުރުމަށެވެ.
ސުޕްރީމް ކޯޓުން ނިންމީ މަލީހާއާ މެދު ފިޔަވަޅު އަޅާފައި ވަނިކޮށް އެކަމާ ގުޅިގެން އިތުރު ފިޔަވަޅެއް ބޭންކަށް ނޭޅޭނެ ކަމަށެވެ. އަދި އިތުރު ފިޔަވަޅެއްގެ ގޮތުން އޭނާ ވަކިކުރަން ނިންމީ ފަހުން ލިބުނު މައުލޫމާތަކަށް ބިނާކޮށް ކަމަށް ބޭންކުން ބުންޏަސް، އެ މައުލޫމާތަކީ ފުރަތަމަ ފިޔަވަޅު އެޅިއިރު ވެސް ލިބިފައި އޮތް މައުލޫމާތެއް ކަމަށްވާތީ އެ އަމަލާ ގުޅިގެން އިތުރު ފިޔަވަޅެއް ނޭޅޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
31 August 2020
އަލުން ވަޒީފާ ދިންފަރާތަށް އެނބުރި ރުޖޫޢުވުމުން ދެން އެބަޔަކުގެ ރުހުން ހޯދަން ސްޕްރީމްކޯޓަށް ދާކަށް ނުޖެހޭނެ ހެއްޔެވެ.
Happy
31 August 2020
ތީ ދެއަތައްކިޜޭ ބޮނޑބަތް ގަނޑެއް!!!?
ނަހޫ
31 August 2020
އެއީ މަލީހާގެ މައްސަލައެއް ނޫން. ޙުކުމް އޭނާއާ އެއްކޮޅަށް ނިމޭނެކަމަށް ވަޒީފާއަކަށް ނުގޮސް ނުހުރެވޭނެ. އަދި އެހެންނޫނަސް އެއީ އޭނާގެ އަމިއްލަ މަސައްކަތުން ހޯދި ފައިސާއެއް. އިހުމާލުވި މީހުން އެ އިހުމާލުވި ވަރަށް ޖެހޭނީ އަގު ދައްކަން. ތިބުނާ ގޮތުން މަލީހާ ފަހުންއަދާކުރި ވަޒީފާގައި ބޭންކުން ދިން މުސާރައަށްވުރެ ބޮޑުވެއްޖިއްޔާ މަލީހާއަށް ލިބޭނެ ބަދަލެއް ނޯންނާނެދޯ! ދެން ދައުލަތުގަ އެވަރަށް ނެތިއްޔާ އިހުމާލުވި މީހުންގެ އަތުން އެބައިނަގާ.
ޢާއްކޮ
31 August 2020
ބޮޑުންނަށް މޮޅުގޮތް. މަލީހާ ވީމަ ހުކުމް ތިގޮތަށް ކުރީ. ދެރަ ނިމެތިންގެ ވަޒީފާ އިއާދަ ކޮށް ދޭން ހުކުމް ކުރާކަށް ނުކެރޭ
އޯކޭ
31 August 2020
މީނަ ބޭނުން ގޮތަށް ގައުމު ހިނގަންވީ ސަރީއަތްތައް ނިމެންވީ، އޭރުން ވަރައް އުފަލުން ހެވިފަ ހުންނާނީ، ހުރިހާކަމެއް އޯކޭ ވާނެ.
ގުއިއްޒު
31 August 2020
ޖަމީލަށް ރަގަޅަށް ކަމެއް ކުރެވިއްޖެ ކަމުގެ އިހުސާސް ވެއްޖެ. އެކަމަކު 24 ގަޑިއިރެއް ނުވާނެ ސްޕްރީމް ކޯޓު ހައި ތިބޭނީ އެމްޑީޕީގެ ޕަޕެޓުން.
ގޮބޮޅިން
31 August 2020
ބޭނުންވާގޮޔަށް ހުކުމް ކުރީމަ ސިސްޓަމް ރަގަޅު އިދިކޮޅަށް ހުކުން އައީމަ ސިސްޓަމް ގޯސް
1234
30 August 2020
ޖަ މީލު ތިކިޔޭއެއްޗެއް އެގޭތަ ؟ މިތިބީ އަޑުއަހަން
ވޮއްގާ
30 August 2020
ޖަމީލް ގެ ތައުރީފް މިއައީ ޖަމީލްގެ ކޮއްކޮގެ ކޮޅަށް މިކަން ނިމިގެން ދިއުމުން. އެކަމަކު ބަލައްޗޭ ތިފަޑިޔާރުގެން ޔާމީން ގެ މައްސަލަ ނިއްމާދުވަހަކު ޖަމީލަކަށް ތިފަޑިޔާރުގެ ކަމުނުދާނެ.
ގަލީބު
31 August 2020
ތިބުނީ ޔާމީން ކޭސް ނިމޭނީ ޔާމީން އާއި ދެކޮޅަށްކަން މިހާރުވެސް އިނގެޔޭ؟
ޓޯކީ
31 August 2020
ޔާމީނުގެ ޝަރީޢަތަކީ އެންމެގެ ކުރިމަތީގައި ހިނގާ ދިޔަ ޝަރީޢަތެއް އެ ޝަރީއަތުގެ ހުކުމް މިހާރު އޮތް ގޮތަށް ނޫން ގޮތަކަށް ބަދަލުވާނެ ކަމަށް ބަލާނީ ކޮން ޤާނޫނީ ހަމައަކުން ކަމެއް ނޭންގެ. ހައިކޯޓުގައި މައްސަލަ ދައުލަތް ކޮޅަށް ނިމިއްޖެނަމަ އެ މައްސަލަ ޔާމީނު އިސްތިއުނާފު ކުރިކަމުގައި ވިއަސް ސްޕްރީމް ކޯޓުން މައްސަލަ ބަލައިގަނެގެން ވެސް ނުވާނެ. ޔާމީނަށް އިއްވާފައިވަނީ އިންސާފުވެރި ހުކުމެއް.
ށީށަ
30 August 2020
މީނައާ އެއް ކޮޅަށް ކަމެއް ނިމުނީމަ ހީވެއެއްނު. މިއީ މީނަގެ ވައްތަރަކީ