މަސް އައިނެއްގެ ތެރޭގައި މަސްވެރިން ތައްޔާރުވެގެން -- ފޮޓޯ/ ފޭސްބުކް
01 ސެޕްޓެމްބަރ 2020 - 12:57
ގަވައިދާ ހިލާފުވާ މީހުން ބޮޑެތި އަދަދުތަކަކުން ޖޫރިމަނާކުރެވޭ ގޮތަށް ސަރުކާރުން މަސްވެރިކަމުގެ އާ ގަވައިދު ހަދައި ގެޒެޓްކޮށްފި އެވެ.
މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ނުހަދައިގެން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށް އާދީއްތަ ދުވަހު ގެޒެޓްކުރި ގަވައިދުން މަނާކޮށްފައިވާ ބައެއް ކަންތައްތައް ކުރުމުން ހަތަރު ލައްކަ ރުފިޔާއާ ހަަމައަށް ޖޫރިމަނާ ކުރަން އެ ގަވައިދުގައި ކަނޑައަޅާފައިވެ އެވެ.
އޭގެ އިތުރުން ގަވައިދާ ހިލާފު ބައެއް ކަންތައްތަކަށްް 10،000ރ. ގެ ޖޫރިމަނާ ވެސް އެ ގަވައިދުގައި ކަނޑައަޅާފައި ވެ އެވެ. އެންމެ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކަނޑައަޅާފައި ވަނީ ހިމާޔަތްކޮށްފައިވާ ބާވަތްތަައް ހިފުމާއި މެރުން އަދި އެ ތަކެތީގެ ވިޔަފާރިކުރުން ފަދަ ކުށްތަކަށެވެ. އަދި ދެވަނަ އަށް އެންމެ ބޮޑެތި ޖޫރިމަނާތައް ހުރީ މީހުންނަށް ބޮޑެތި ހާނީއްކަވުމާއި މީހުން މަރުވުން ފަދަ ކަންތައްތައް މެދުވެރިވާ ވަރުގެ އިހުމާލުތަކަށެވެ. ފީނުމުގައި ތަންފީޒުކުރަން ޖެހޭ އުސޫކުތަކާ ހިލާފުވުން އޭގެ ތެރޭގައި ހިމެނެ އެެވެ.
ގަވައިދުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަދު ކަމަށްވާ ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާ އެއް ކުށަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ބާވަތްތައް ހިފުމާއި މެރުން އަދި އެ ތަކެތީގެ ވިޔަަފާރި ކުރުމެވެ. އެފަދަ ކަންތަކުގައި ބޮޑު އަދަދުން ޖޫރިމަނާކުރާނީ ލައިސަންސެއް ބޭނުންވާ ކަމެއް ކުރާ މީހުންނެވެ. ލައިސަންސެއް ބޭނުން ނުވާ މީހުން ޖޫރިމަނާކުރާނީ 5000ރ. އިންނެވެ. ހިމާޔަތްކޮށްފައިވާ ބާވަތަކަށް ގެއްލުން ދީފި ނަމަ ތިން ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ. ހަތަރުލައްކަ ރުފިޔާއިން ޖޫރިމަނާކުރާ އަނެއް ކަމަކީ އޮއިވާލި ކަނދުފައްޗަށް ގެއްލުން ދިނުމެވެ.
ފީނުމުގެ ސެޓްފިކެޓެއް ނެތް މީހަކު ލައްވައި ފީނުމުގެ ސަބަބުން އެ މީހާއަށް ބޮޑު ގެއްލުމެއް ލިބިއްޖެ ނަމަ ނުވަތަ މަރުވެއްޖެ ނަމަ އެ އުޅަނދެއްގެ ކެޔޮޅު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކުރެވޭނެ އެވެ. އަދި ފީނަން ބޭނުންކުރާ އާލާތެއް ސާވިސްނުކޮށް ނުވަތަ ރައްކާތެރި ނޫން ގޮތަކަށް ހުރުމުގެ ސަބަބުން މީހަކަށް ހާނީއްކަވުން ނުވަތަ މަރުވުން ފަދަ ކަމެއް ހިނގުމަކީ ވެސް އެވަރުގެ ޖޫރިމަނާއެއް އަންނާނެ ކަމެކެވެ.
އާ ގަވައިދުގައި ވެސް ހިފުން މަނާކޮށްފައި ހުރީ ކުރިން ވެސްް ހިފުން މަނާ ބާވަތްތަކެވެ. އޭގެ އިތުރުން އެމުގެ ގޮތުގައި ބޭނުންކުރާ ބާވަތްތައް އަމިއްލަ ބޭނުމަށް ދާޖަހައިގެން ހިފުން ވަނީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލީ ޖާ
02 September 2020
ކޮމެންޓު ކުރާމީހުނަށް މަށަކަށް ހިޔެއްނުވޭ ޑައިވުކުރުމަކީ ކިހާވަރެއްގެ ނުރަށްކާތެރި ކަމެށްކަން އެންގޭހެނެށް ފަތަން އެންގުނީމަ ޙީވަނީފުޅިއަޅައިގެންނޭވާ ލެވޭތީ ހިތަށްއެރިވަރަކަށް އަޑީގަ އުޅެލާފަ އަރަންވީޢޭ ޕެރެލައިސްވެ ނޫނީ މަރުވީމަ އިހުސާސް ވަނީ ސެޓިފައި ނޫންމީހުން ޑައިވުކޮށްގެންނުވާނެކަން މިކަހަކަ ނުރަށްކާތެރިކަންކަމަށް ހަރުކަށިގަވާއިދު ހަދާފަހުންނަންޖެހޭނީ އެންމެންގެ ރައްކަލަކަށް މަ%100 ތާއިދު
ކައްކާ
01 September 2020
4 އިންޗި ގޮޅިޖެހި ދަލެއްގައި ޖެހޭނެއެއްޗަކަށް ރާއްޖޭގެ ފަޅުތަކުގަ އުޅެނީ ވެލާކަހަނބު އެކަނި. 4 އިންޗިއަކީ ކިހާވަރެއްކަން އެނގޭމީހަކުބާ ތިގަވައިދުހެދީ.
ކަކުނިބޯ
01 September 2020
"ފީނުމުގެ ސެޓްފިކެޓެއް ނެތް މީހަކު ލައްވައި ފީނުމުގެ ސަބަބުން އެ މީހާއަށް ބޮޑު ގެއްލުމެއް ލިބިއްޖެ ނަމަ ނުވަތަ މަރުވެއްޖެ ނަމަ އެ އުޅަނދެއްގެ ކެޔޮޅު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކުރެވޭނެ އެވެ. އަދި ފީނަން ބޭނުންކުރާ އާލާތެއް ސާވިސްނުކޮށް ނުވަތަ ރައްކާތެރި ނޫން ގޮތަކަށް ހުރުމުގެ ސަބަބުން މީހަކަށް ހާނީއްކަވުން ނުވަތަ މަރުވުން ފަދަ ކަމެއް ހިނގުމަކީ ވެސް އެވަރުގެ ޖޫރިމަނާއެއް އަންނާނެ ކަމެކެވެ." ވާނެއެއްޗެއްވީ މާ ދޯ ޖޫރި މަނާވަނީ ފައްކާ ޤާނުނެއް
ބުޅިގޮށްމޮހޭތަކުރުގެހަސަންކޮއި
01 September 2020
މިހިރަ ބޮޑުތަނަކުންތާކު ނުޖެހޭ ގަވާއިދުތަކެއް! މަސްވެރިކަންކުރަނީ ނިކަމެތިންކަމަށްބަލާ ލުނބޮއެއްފިތާލާހެން ހުތްފެލާލަން. މަހެއްބޭނިއޭކިޔާ ތަންކޮޅެއްބޮޑުވަރު.މިކަހަލަ ހަރުކަށިގަވާއިދެއް ނިކަން ހަދާބަލަ ޓުއަރިޒަމް ވިޔަފާރިކުރާރަަށްރަށަށް.ހިތަށްއެރިގޮތަކަށް ފަރުތަކާއި ފަޅުކޮނެ ހަލާކުކުރަނީ. މުޅިގައުމު ހަލާކުކުވަނީ. އެންމެއަކަފޫޓެއްގެ މުރަކަ އެއްވަރުވާނީ ކިތަކެއް ހިމާޔަތުގެ މަހަކާއިބާ. މިތަނުގައި ރަގަޅުއެއްޗަކަށް އޮތީ ޑައިވުކުރުވުމުގެބައިއެކަނި
7ބޯރާހި
01 September 2020
ދެން ހަދަންވީ ރޯނުވެށުމާއި ބެހޭ ގަވައިދެއް. ހަފްތާއަކު 5 ފޫޓަށްވުރެ ގިނައިން ރޯނުވަށައިފިއްޔާ ރަނގަޅު އަދަދަކުން ޖޫރިމަނާކުރެވޭގޮތަށް.
ދޮން މަނިކު
01 September 2020
މީރާ އިންވެސް ޖުރިމާނާ ކުރާވަރުން މިއުޅެނީ. ނޭގިހުއްޓާ ބޮޑު ޖުރިމައިނާ ބޮލުގައި އަޅަން މިޖެހެނީ. ޖުރިމާނާ ކުރުމުގަ ކޮންމެވެސް ހައްދެއް އޮންނަންވާނެ. ހަނދާންވެސް ނެތިދާނެ. އެކަމަކު ޖުރިމާނާ ކުރަންޖެހޭނީ ވިޔަފާރި ބަނގުރޫޓު ނުވެ، އެކަށީގެންވާ އަދަދަކުން. އެއްކަމަކަށް ތިން ހަތަރު ޖުރިމާނާ ކުރެވިގެން ނުވާނެ.
ޖުރިމަނާ
01 September 2020
މިސަރުކާރުން އެންމެ ގިނަ ރައްޔިތުން ޖުރިމަނާ ކޮށްގެން ބަޔަކަށް އެންމެ ގިނަ ފައިސާ ހޯދަމުން ގެންދާ ސަރުކާރުގެ. ޜެކޯޑްތައް ބައްލަވާ ލައްވާށެވެ.
ކައްކާ
01 September 2020
ރައްޔިތުން އެންމެ ހާލުގަޖެހި ރިސޯޓުތައް ބަންދުކޮށް ޒުވާނުން ރަށުގައި ވަޒީފާނެތި ތިބިއިރު ދަނޑިވަޅުބަލާފަ ޖެއްސުންކުރަނީ. އަތިރިމަތި ސާފުކޮށް މޫދަށްއެރެން ދިމާކުރީމަ އެކަން މަނާކުރަނީ، މޫދުން މަސްހިފުން މަނާކުރަނީ، ހެދިކާހެދުން މަނާކުރަނީ، މާދަމާނޫންކަންނެ ގޯތިތެރޭ ގަސްހެއްދުން މަނާކުރާނީ. މިއޮތީ ބޮޑުވެއްޖެ މުސީބާތެއް ޖެހިފަ.
ޙިނި
01 September 2020
ކަހަންބު ވެލާ ނުމރާށޭ ނުކާށޭ ބުނީމަ މިބުނަނި ޖޫރިމަނަ ބާބޮޑޭ. މީ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްއަޅެ ކޮންފާޑެއްގެ ބަޔެއްތަ.
ބިންބި މިނިސްޓަރ
01 September 2020
ގަވައިދު ހެދީ މަޖުބޫރުވެގެން ވަޒީފާގަ ނުހުރެވޭ ހިސާބަށް ދިޔާމަ އެފަދައިން ހަދާ ގަވައިދެއް ތަންފީޒު ކުރެވޭނެ ގޮތެއް އޮންނާނެތަ ނޯންނާނެ 2 އަހަރު ދިޔައިރު ވުޒާރާއަށް ފިރުކި ނުގަނެވުނު ފިޝަރީޒާ އެގްރިކަލްޗަރާ މީ ވަކިން ހިންގަން ޖެހޭ ދެ ވުޒާރާ