ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ: ރިޒާވް ދަނީ ދަށަށް .---މިހާރު ފޮޓޯ
01 ސެޕްޓެމްބަރ 2020 - 13:27
ހަމައެކަނި ޒަރޫރީ ބޭނުންތަކަށް އެކަނި މި މަހުން ފެށިގެން ތިން މަސް ދުވަހު ބޭންކުތަކަށް އިތުރަށް ޑޮލަރު ދޫކުރަމުން ގެންދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފި އެވެ.
އެތަނުން ދެންމެ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުން، ސެޕްޓެމްބަރު މަހުން ފެށިގެން ތިން މަސް ދުވަހަށް ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ނުވަތަ ބޭންކްތަކަށް ދޫކުރާ ޑޮލަރުގެ އަދަދު ވެސް ވަނީ އިތުރުކުރަން ވަނީ ރާވައިފަ އެވެ.
"މި އަދަދު ހާއްސަކުރެވޭނީ ޒަރޫރީ ބޭނުންތައް ކަމުގައިވާ ކާބޯތަކެތި އަދި ބޭސްފަރުވާ އަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމަށެވެ،" ބަޔާނުގައި ވެ އެވެ.
އެމްއެެމްއޭ އިން ބުނި ގޮތުގައި މި ދުވަސްވަރު ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ޕްރެޝަރު ކުޑަކުރުމަށްޓަކައި ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް ބާޒާރަށް ފޯރުކޮށްދޭ ޑޮލަރުގެ އަދަދު އޭޕްރިލް މަހާއި މެއި، ޖޫން އަދި ޖުލައި މަހުގެ ތެރޭގައި ވެސް ވަނީ އިތުރުކޮށްފަ އެވެ. މީގެ އިތުރުން ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަން ޖެހޭ ބޭރު ފައިސާގެ މިނިމަމް ރިޒާވް ވެސް މިހާރު ދެބައިކުޅަ އެއްބައި ނުވަތަ 5 ޕަސެންޓަށް މިހާރު ދަށްކޮށްފައިވާ ކަމަށް ބުންޏެވެ.
"ރާއްޖޭގެ ރަސްމީ ރިޒާވަށް އިތުރުވާ ބޭރު ފައިސާގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުން ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބޭ ބޭރު ފައިސާކަމުން، ފަތުރުވެރިކަން މަޑުޖެހިފައިވާ މި ދަނޑިވަޅުގައި މީގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވްއަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި އެމްއެމްއޭއިން ދަނީ ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުންނެވެ،" ބަޔާނުގައި ވެ އެވެ.
އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށާއި އެ ސްވޮޕްގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.
"މީގެ އިތުރުން، އިންޑިއާ ސަރުކާރުން ރާއްޖެ އަށް 250 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިން ދިނުމަށް މިހާރުވަނީ ހަމަޖެހިފަ އެވެ. މިފަދަ އެހީތަކާއި އަދި މީގެ އިތުރުން ސަރުކާރާއި އެމްއެމްއޭއާ ގުޅިގެން ބޭރު ފައިސާގެ އެހީ ހޯދުމަށް ކެނޑިނޭޅިކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ ޑޮލަރު ލިބުމުގެ ދަތިތަކަށް ހައްލެއް ހޯދުމަށް މަގުފަހިވެގެންދާނެއެވެ،" ބަޔާނުގައި ވެ އެވެ.
އެމްއެމްއޭ އިން ބުނީ ބާޒާރުގައި މުދަލުގެ އަގުތައް އުފުލޭ މިންވަރު ނުވަތަ އިންފްލޭޝަން، ގައުމީ އުފެއްދުންތެރިކަމާއި އެކަށޭނަ މިންވަރެއްގައި ހިފެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުވެފައި އޮންނަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ކަމަށެވެ. އަދި ބާޒާރުގެ އަގުތައް އެއް ވަރެއްގައި ހިފެހެއްޓުމަށްޓަކައި ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް އައިސްދާނެ ބަދަލުތައް ކުޑަކޮށް ދިވެހި ރުފިޔާގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމަށް އެމްއެމްއޭގެ މަނިޓަރީ ސިޔާސަތުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެ އެވެ. .
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާގެ މޮހުރު
01 September 2020
ދިވެހިރާއްޖޭގަ ވިޔަފާރި ކުރަންޖެހޭނީ ދިވެހި ފައިސާ. ޑޮލަރުން މުސާރަ ދިނުންވެސް ހުއްޓަންވީ ގާނޫނަކުން. ޑޮލަރު މުއާމަލާތް ކުރަންވީ ބޭންކުން އެކަނި. ބޮލަކަށް ކޯޓާއެއް އޮންނަންވީ. ކޯޓާއަށް އެދި ރަޖިސްޓްރީ ކުރަންވީ ބޭނުންޖެހޭ ފަރާތްތައް. ބިދޭސީން ފައިސާ ފޮނުވުން ބަދަލުކުރަންވީ ދިވެހި ފައިސާ އިން ލައިސަންސް އޮންނަ ފަރާތްތަކާ ބޭންކުތަކަށް. ބިދޭސީން ފޮނުވާ ފައިސާ ވާންވީ މުސާރައާ އެއްވަރު އަދަދަކަށް. މެލޭޝިއާ ފަދަ ތަންތަންވެސް ހަރުކަށި ޑޮލަރު ވިޔަފާރީގަ.
ކަޑަބައި
01 September 2020
ހަމައެކަނި ޒަރޫރީ ބޭނުންތަކަށް ޑޮލަރު ދޫކުރުމަކީ ދިވެހި ރުފިޔާގެ އަގު 15.42 އަށްވުރެ ބޮޑުނުވެ ހިފެހެއްޓޭނެ ގޮތެއްހެއްޔެވެ؟
އެންދެރި
01 September 2020
250 ޑޮލަރު ލިބޭ ބިދޭސީ މީހާ މަހަކު 5000 ޑޮލަރު ފޮނުވިއަސް މައްސަލަ އަކަށް ނުވެއެވެ. އަދި ބަލާނެ ފަރާތެއް ނެތެވެ. ދިވެހި މީހާ ބޭންކް އަށް 50 ހާސް ރުފިޔާ ޖަމާ ކުރިއަސް ސުވާލު ކުރެ އެވެ. ސިޔާސީ ބޮޑުންނާއި ސަރުކާރު ވެރިން ނާއި އެމީހުންގެ ބޭރުގަ އުޅޭ އާއިލާ ތަކަށް ވ ބައިވަރު ޑޮލަރު ބޭނުން ވެ އެވެ.
އަލީބަލީ
01 September 2020
ތިހެން ބުނީމާ ހީވަނީ ބޭންކުން މީގެ ކުރީގައި ބޭނުން މީހަކަށް ބޭނުން އަދަދަކަށް ބޭނުންކޮންމެ ކަމަކަށް ޑޮލަރު ވިއްކަނީހެން! އެއްވެސް އިރަކު ނުލިބޭ! ދެނޯ؟ މިހާރު ތިޒާތުގެ ވާހަކަ ދެއްކީމާ ބްލެކް މާކެޓްގައި ޑޮލަރުގެ އަގު ދާނީ ހައްތަހާ މައްޗަށް!
ޢަހާ
01 September 2020
ބޭންކް ތަކުންވެސް ޑޮލަރު ކަޅު ބާޒާރުގައި ވިއްކާ ކަ މުގެ މައުލޫ މާތު ލިބޭ
1828
01 September 2020
ޑޮލަރެއް ނެތޭ. ކޮން ވާހަކައެއް ދައްކާކަށް؟
އތރޔތ
01 September 2020
ދަންނަވަންތޯ....މިހާރު މިވާގޮތަކީ.... ޑޮލަރާބެހޭގޮތުން މިކަހަލަ ހޮޅި ވާހަކަ ސަރުކާރުން ދެއްކީމާ ބޮލެއްހުރި ކޮންމެމީހަކައް އެބައެގޭ ސަރުކާރު މިއުޅެނީ ޑޮލަރާބެހޭގޮތުން ހަދާނެ ގޮތެއް ނޭގިގެންކަން!!. ވީމާ ލާރިހުރި ކޮންމެ މީހަކުވެސް މިހަދާގޮތަކީ (މިހާރު ޓޮއިލެޓް ޕޭޕަރައް ވެފައޮތް) ދިވެހިފައިސާ ދޫކޮށް ޑޮލަރުގަނެ ފޮރުވަނީ.....އެބަ އެންގޭވިއްޔާ އިގޮތިސާދު ވެއްޓެމުންގޮސް 3 މަސްވާއިރު ޑޮލަރު =/25 އައް އަރާނެކަން. މިއީ ސިޔާސީ ކޮނެމްޓެއް ނޫން!. މީ ހަގީގަތް!
ހަސަނު1
01 September 2020
ތީ ކޮންތާކުން ނެރުނު ހަގީގަތެއް.
ކަނބިލި
01 September 2020
އެ މްޑީޕީ ވެރިކަ މަށް އަންނަނީ ވައްކަ މާއި ކޮރަޕްޝަން ގައު މުގައި ބޮޑުވެގެން ތަނުގެ މާލީ ހާލަތު ހަ މަޔަކަށް އެޅު މުގެ ވައުދައިގެން. އެކަ މަކު ވެރިކަ މަށް އަންނަ ކޮން މެފަހަރަކު އިގުސޯދު އަޑިއަޅާލާ މީހުންގެ އަތް މަތި ދަތިވެ ޑޮލަރުގެ އަގުވެއްޓި ތަރައްގީގެ މަސައްކަތްތައް މަޑުޖެހޭ. " ވައްކަން ކުރާ" މީހުން ވެރިކަ މުގައި ތިބިއްޔާ އިގުސާދު ކުރިޔަށް ދޭ ތަރައްގީ ގެ މަސައްކަތްތައް ބާރު ސްޕީޑުގައި ގޮސް ޑޮލަރު ތިޔާގެ. މިވާ ގޮތެއްވެސް ބަލަން އެބަޖެހޭނު
ކަޑަބައި
01 September 2020
ޑޮލަރުގެ އަގު ވެއްޓެނީއޭ ބުނާނީ ކިހިނެއްތޯ؟ ކިޔޭ ނުކިޔޭ އެގޭބާ؟
ވައިސޫރި
01 September 2020
އޭޓީއެމ އިން ދުވާލަކު ސަތޭކަޑޮލަރނަމަވެސް ނެގޭނެގޮތެއް ހަދާދީބަލަ
އާޒިމާ
01 September 2020
ކުޑަގޮޅިގައި އޮތް ވަގުކަލޭގެ ބަންގާޅީން ހައްދެއްނެތި އެތެރެކޮށް އެމީހުންގެ ގައުމަށް ހުރިހައި ޑޮލަރެއް ބޭރުކުރަނީ
ބާޒިމާ
01 September 2020
ތިބުނާ ވާހަކަ ރަގަޅުނަމަ އެސަރުކާރުގައިވެސް މިމައްސަލަ ލައިގަތީސްތާ. އެކަމު ކަން އެހެންނުވީ ބަޔަކަށް ހިންގަން އެނގޭތީ. ދެން ބުނޭ ކޮވިޑޭ. ކޮންމެވެސް ބަހަނާއެއް އޮވޭ ތިމީހުންގެ އަބަދުވެސް.