ޚަބަރު / އުމަރު ނަސީރު

އައްޑޫ ޕޮލިސް އެކަޑެމީގެ މައްސަލައިގައި އުމަރުގެ ހޫނު ރައްދެއް ޝާހިދަށް

އުމަރު ނަސީރު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ފުލުހުންގެ ތަމްރީނުތަކަށް ޚާއްސަ ކޮށްގެން އައްޑޫގައި، އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކަޑެމީގެ މަޝްރޫއާ ގުޅުވައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް މިއަދު ހޫނު ރައްދެއް ދެއްވައިފި އެވެ.

އުމަރުގެ މި ރައްދު އައީ ސ. ހިތަދޫގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކަޑެމީގެ މަޝްރޫއުގައި އޭނާ އާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އިސް ދައުރެއް އަދާކުރެއްވި ކަމަށް ޝާހިދު މިއަދު ވިދާޅުވުމުންނެވެ. އިންޑިއާގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި އިދިކޮޅުން ސިފަކުރާ އައްޑޫގެ ޕޮލިސް އެކަޑެމީއަކީ ޝާހިދު ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ އިސްނެގުމެއް ނޫނެވެ. އެއީ، 2012 ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަ މަސައްކަތެއް ކަން އޭނާ ހަނދާންކޮށްދެއްވި އެވެ. އޭރުގެ ރައީސަކީ ޑރ. މުހައްމަދު ވަހީދެވެ. ހޯމް މިނިސްޓަރަކީ ޑރ. ޖަމީލެވެ.

ޝާހިދު ވިދާޅުވި ގޮތުގައި މި މަޝްރޫއު 2014 ގައި ލ. އަތޮޅަށް ބަދަލުކުރި އެވެ. ތިން ވަނަ ތަނެއްގެ ގޮތުގައި އައްޑު އަށް މަޝްރޫއު ބަދަލުކުރަން މަޝްވަރާ ކުރެއްވިއިރު އިސްކޮށް ހުންނެވީ ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރު އުމަރު ކަމަށް ޝާހިދު ވިދާޅުވި އެވެ.

ދ. ވާނީގައި އިންޑިއާ ސަރުކާރުުން ހެދި ފުލުހުންގެ މަރުކަޒުގެ ދެވަނަ ފިޔަފަހީގެ ނިމުން ފާހަގަކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ދެއްކެވި އެ ވާހަކަތަކަށް ރައްދު ދެއްވައި، އުމަރު ވިދާޅުވީ އެކަޑެމީ އިމާރާތް ކުރަނީ އޭނާ އަޅަން ނިންމެވި ފުލުހުންގެ މަރުކަޒު ކަމަށް ވެއްޖެ ނަމަ އުފަލުގެ ކޮޅެއް ނެތް ކަމަށެވެ. އެކަމަކު މިހާރު ކަންތައް ވަމުން އަންނަނީ އެހެން ނޫން ކަމަށް އުމަރު ތުހުމަތުކުރެއްވި އެވެ.

"ނަމަވެސް ޑިޒައިން ބަދަލުކޮށް، އިމާރާތްތަކުގައި ކުރެވޭ ބޭނުން ބަދަލުކުރެވޭ ގޮތަށް އެޅެމުންދާ މަރުކަޒެއް ނަމަ ހިތާމައިގެ ކޮޅެއް ނެތް. އަޅުގަޑު ސޮއިކުރީ ހިލޭ އެހީގައި ތަމްރީން މަރުކަޒެއް އެޅުމަށް. މި ސަރުކާރު އައި ފަހުން އެ އެގްރީމަންޓް އަށް އިތުރު ކުރެވުނު ނުކުތާތައް އެނގިލައްވާނީ މިނިސްޓަރ ޝާހިދު އަށް،" އައްޑޫގައި ހަދަމުން ދަނީ އިންޑިއާ ސިފައިން އެ ސިޓީގައި ބައިތިއްބަން ހަދާ މަރުކަޒެއް ކަމަށް ބުނެ ކުރާ ތުމަތުތަކަށް އިޝާރާތް ކުރައްވައި އުމަރު ވިދާޅުވި އެވެ.

"ފެންނަނީ އިންޑިޔާގެ ސިފައިންތައް އައިސް ގޮސްވާ ތަން. ހެލިކޮޕްޓަރެއް ހަދިޔާ ކުރަން އައި މީހުން އަށް އަހަރު ވީއިރު އަދިވެސް މި އުޅެނީ ހެލިކޮޕްޓަރު ހަވާލު ކޮށްފަ ނުފުރިގެން."

ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ އަސްކަރީ މަރުކަޒެއް ހަދަން ހުއްދަ ދިން ކަމަށް ބުނެ އެކި ފަރާތްތަކުން ދައްކާ ވާހަކަތައް މި ސަރުކާރުން ވަނީ އެކި ފަހަރުމަތިން ދޮގުކޮށްފަ އެވެ.

ޝާހިދަށް ގޮން ޖައްސަވައި އުމަރު، އޭނާގެ ފޭސްބުކްގައި ވިދާޅުވީ އެކަޑެމީ އަޅަން އިންޑިއާ ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމަށް ފަހުން ބަދަލެއް ގެނެސްފައިވާ ނަމަ އެބައި ހާމަކޮށްދެއްވަން އިލްތިމާސް ކުރައްވާ ކަމަށެވެ. އެތަނުގައި އިންޑިއާގެ ސިފައިން ނުތިބޭނެ ކަމުގެ ޔަގީންކަން ދެއްވުމަށް ވެސް އެދިވަޑައިގަތެވެ. އަދި 2023 ގެ ފަހުން ރާއްޖޭގައި އިންޑިއާގެ ސިފައިން ނުތިބޭނެ ކަމަށާއި އެ މީހުން މި ގައުމުން ބާލާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންޑިޔާގެ އަދި ޗައިނާގެ އުނގަކަށް މި ޤައުމު ނުވެއްޓޭނެ. މިއީ އަޅުގަޑުމެން ފަހުރުވެރިވާ މިނިވަން ގައުމެއް،" އުމަރު ވިދާޅުވި އެވެ.

"ނަމަވެސް ޑިޒައިން ބަދަލުކޮށް، އިމާރާތްތަކުގައި ކުރެވޭ ބޭނުން ބަދަލުކުރެވޭ ގޮތަށް އެޅެމުންދާ މަރުކަޒެއް ނަމަ ހިތާމައިގެ ކޮޅެއް ނެތް. އަޅުގަޑު ސޮއިކުރީ ހިލޭ އެހީގައި ތަމްރީން މަރުކަޒެއް އެޅުމަށް. މި ސަރުކާރު އައި ފަހުން އެ އެގްރީމަންޓް އަށް އިތުރު ކުރެވުނު ނުކުތާތައް އެނގިލައްވާނީ މިނިސްޓަރ ޝާހިދު އަށް،"---އުމަރު

ޖުމްލަ 18 މިލިއަން ޑޮލަރު ހަރަދުކޮށްގެން، އައްޑޫގައި ޕޮލިސް އެކަޑެމީއެއް އިމާރާތް ކުރުމުގެ މަޝްރޫއު އިއުލާންކުރީ އޭޕްރީލް 6، 2014 ގަ އެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ.

ފުލުހުން ބުނި ގޮތުގައި އެތަން ހަދަނީ ވަރަށް ގިނަ ވަސީލަތްތައް އެކުލެވޭ ގޮތަށެވެ. އޭގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި އެހެން ވެސް ޓްރެއިނިން ސެންޓަރެއްގައި ހުންނަން ޖެހޭ މުހިއްމު ވަސީލަތައް ހިމެނޭނެ އެވެ.

86 ކޮމެންޓް, 112 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 1%
icon angry icon angry 30%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ށަކީބު

16 March 2021

ކޮމެންޓް ތަކަށް ބެލީމަ އިހުސާސް ވަނީ ގައުމައްވުރެ އިސްވަނީ ޕާޓީ ކަން

The name is already taken The name is available. Register?

އަރުވާލި އާދަނުގެ ސިޔާސީ ހާސަރު

03 September 2020

ޔާމީން ގެ 5 އަހަރުގައި އުމަރު ހުކުމް ބުނުއްވީ ޖޯކަރަށް ތޯ. ؟ މިކަން ސާފް ވީމާ ތިޔަ ވިދާޅުވާ އެއްޗެއް ފިސާރި ސާފް ވޭނެ ދެއްތޮ ؟

The name is already taken The name is available. Register?

ގޯސް

02 September 2020

ތިޔަ އެއްބަސްވުން ހޯމް މިނިސްޓްރީ ވެބްސައިޓުން ފެންނަގޮތް ހެދީމަ ނިމުނީނު. ނުކެރޭނެ ހަދާކަށް.

The name is already taken The name is available. Register?

ޝައިޚް.

03 September 2020

އެއްވެސް ސަރުކާރެއްގެ އެހެން ދައުލަތްތަކާ ވެވޭ އެއްބަސްވުން ތަކަކީ ކަންމަތީ ފާރުގަ ހަރުކުރާ އެއްޗެއްނޫން، އެވަރުނޭންގޭ ގަމާރުން ކޮމެންޓްކުރަނީ،

The name is already taken The name is available. Register?

2023

02 September 2020

ކޮމެންޓްތައް ކިޔާލުމުން ޢެކަނިވެސް އުމަރަށް މީހުންކުރާ ތާއީދު އިތުރުވާތަންފެނި ވެރިކަމަށް އަންނަން ޢަބްދުﷲ ޝާހިދު ކުރަމުންއަންނަ ދިގު ދަތުރުގެ ހުވަފެނުގައި ކުލަނުޖެހުން ގާތްކަން ފެންނަމުން އެބަދޭ

The name is already taken The name is available. Register?

ނަޞީރު / މާޅޮސް

02 September 2020

ދެބޭފުޅުންގެވެސް އެތްގޮތް ސިފަތަކެއް ހުރިކަން ފާހަގަކުރެވޭ! އެއީ ރަނގަޅަށް ތުނބުޅި ބާލާ އޮމާންކުރައްވާކަން.

The name is already taken The name is available. Register?

އަލީރާޖާ

02 September 2020

ތިޔަތަން އަޅަން އެއްބަސްވުން ހަދާ ސޮއިކޮށް، ވަކި ރަށެއް ހަމަޖެއްސީވެސް ތިޔަ ބުނާ ކުރީގެ ސަރުކާރުން. ދެން މިހާރު އިދިކޮޅަށް އަރާފައި މި ދައްކަނީ ކޮން ވާހަކައެއް؟

The name is already taken The name is available. Register?

ޝައިޚް.

03 September 2020

ކުރިން ލާދީނީ ކިއާކިއާ ނުވިކުނު، ދެން އެހެން ދީނެއްގެވާހަކަ އެބަޖެހޭ ދައްކަން، ހުރިހާ ހަޑިއެއްހާވާފަ އެތިބީ

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

02 September 2020

އައްޑޫގަ ބުދުބެހެއްޓީ ކޮންބައެއްކަ މެވެސް މޑޕއަކަށް ނޭގޭ..ޖ މރއަށް އެއާރޕޯޓު ވިއްކާލީ ކޮންބައެއްކަ މެވެސް މޑޕއަކަށްނޭގޭ..އައްޑޫގަ ދިވެހި ސަރުކާރަށް އިންޑިޔާއިން އަޅާދޭ ޕޮލިސްޓްރޭނިންގ ސެންޓަރު އިންޑިޔާގެ މިލިޓަރީބޭސްއަކަށް ބަދަލުވިގޮތެވެސް މޑޕއަކަށްނޭގޭ،އިންޑިޔާއިން ދިވެހިސަރުކާރަށް ހަދިޔާކުރި ހެލިކޮޕްޓަރެ ބަލަހައްޓަން އިންޑިޔާގެ އާރ މީފޯސްއެއް މިތާންގަ އޮންނަކަ މެ ބޭއްވިކަ މެ އެ މީހުން ތިބިކަ މެވެސް މޑޕއަކަށްނޭގޭ..

The name is already taken The name is available. Register?

ޝައިޚް.

03 September 2020

ބުދާ، މޮނިއުމެންޓާ ވަކިކުރަން ދަސްކުރަންވީދޯ،؟ މަށައްނޭންގުނީ،

The name is already taken The name is available. Register?

ރީދުލުގެފަނާކުރުން

02 September 2020

ކުރީގެ ސަރުކާރުން އެކަންކުރި މަގުސަދާއި މިހާރު އެކަން ކުރަން އުޅޭ މަގުސަދު ތަފާތު އަދި އެތާންގައި ހިންގާނެ ނުވަތަ ރާވަމުންދާ ކަންތައްތައްވެސް ތަފާތުވާނެ އެކަމާއި ދިވެހީން ކަންބޮޑުވަނީ އަދި އޭރުގެ ސަރުކާރުން ތިފަދަ ކަމެއް ކުރަން އައްޑުގައި ރޭވީ އެތާންގައި ހުރި އިމާރާތް ތަކުގައި ސިޔާސީ ޖަޒުބާތެއްގައި ޖަހާ ހުޅުރޯކޮށް އަންދާލުމުގެ ސަބަބުން ރީދޫ ވެރިކަމެއްގައި އަބަދުވެސް މިގައުމަށް ލިބެނީ ގެއްލުން

The name is already taken The name is available. Register?

ބޫމް

02 September 2020

ނޫނެކެވެ. ތަފާތީ މަޤުޞަދެއް ނޫނެވެ. ކުރާ މީހާއެވެ. މިސަރުކާރު ވީމާ ހަމަ ކަމު ނުދަނީއެވެ. އެހެންނާ 8އަހަރު ވަންދެން ސިފައިން އެތިބީ ހަމަ މިސަރުކާރުން ބޭތިއްބީމާހެއްޔެވެ؟ މިސަރުކާރު ވެރިކަމަށް އައިތާ އަދި 2އަހަރެއް ނުވެއެވެ. 6އަހަރު ބޭތިއްބީރުވެސް މައްސަލަ އަކަށް ނުވިއެވެ. އެމީހުން ތިބިކަމެއްވެސް ނޭނގެއެވެ. އެކަމަކު މިހާރު އެމީހުން ނުބޭލުމަށްވުރެ ބޮޑުކަމެއް އެބައޮތްހެއްޔެވެ؟

The name is already taken The name is available. Register?

މުލުގައްދާރުންގެ

02 September 2020

އެމްޑީޕީ އަށް ކީއްވެތަ އިންޑިޔާ ސިފައިން އެތަންތާގަ ނުތިބޭނެކަމުގެ ޔަގީންކަން ދޭންނުކެރެނީ.......ވެރިކަމުގަ ތިބިބަޔަކައް އާމުންގެ މިވަރުގެ ބޮޑުކަންބޮޑުވުމެއް އުޅޭކަމެއްގަ ޑީލްއެއްހަދާފަ ނެތްނަމަ ސިފައިން ނާންނާނެ ކަމުގެ ގެރެންޓީދެވެންވާނެ...

The name is already taken The name is available. Register?

ޢަލީ ޒާހިރު ޢ މ

03 September 2020

ބޫމް. މައްސަލައަކަށްވާތީ ދޯ އެ ބާ ހެލިކޮޕްޓަރުގަނޑު ގެންދަން ރޔ އެންގީ. އިންޑިއާ ސިފައިންނަށް ރޔ ސަރުކާރުން ވިސާ އާނުކޮށްދިނީ. ގަވާއިދާ ޚިލާފަށް އެމީހުން ތިބީ. ޢެމީހުންގެ މަސައްކަތުން ގެނައި ޕަޕެޓް ސަރުކާރު އަންނަންދެން. އެ ހުއްދަ ދީ ބާ ހެލިކޮޕުޓަރު ބަލަހައްޓާން 1500 ސިފައިން ރާއްޖޭގައި ބާއިތިއްބާން ހުއްދަ ދިނީ އިބޫސަރުކާރުން. ކޮން ވާހަކައެއް؟

The name is already taken The name is available. Register?

ޝައިޚް.

03 September 2020

7 އަހަރު ތިބި އިރު ކާކު ކަންބޮޑުވެގެން އުޅުނީ، މިހާރު ކޮން ކަންބޮޑުވުމެއް، ގެރެންޓީ ދެވޭނީ ޔާމީނަށް،

The name is already taken The name is available. Register?

ފައިސާ ފައިސާ

02 September 2020

ދިވެހިފުލުހުން ހެލިކޮޕްޓަރ ދުއްވާތަ. ތްރޭނިން ސްކޫލްތެރޭގައި ހެލިޕޭޑްހަދަނީ. މިއުޅެނީ ހަދިޔާއަކަށް ދިން ހެލިކޮޕްޓަރާ 100 ފޫޓަށް ދިވެއްސަކަށް ކައިރި ނުވެވިގެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454