ޚަބަރު / އަބްދުﷲ ޝާހިދު (ކުރީގެ ފޮރިން މިނިސްޓަރު)

ޕޮލިސް އެކަޑެމީ އަޅާތީ ޝާހިދުގެ ޝުކުރު ޑރ. ޖަމީލާއި އުމަރަށް

(ކ-ވ) ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރު އުމަރު، މިހާރުގެ ފޮރިން މިނިސްޓަރު ޝާހިދު އަދި ޑރ. ވަހީދުގެ ސަރުކާރުގެ ހޯމް މިނިސްޓަރު ޑރ. ޖަމީލް.

ފުލުހުންގެ ތަމްރީނުތަކަށް ޚާއްސަ ކޮށްގެން އައްޑޫގައި، އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކަޑެމީގެ މަޝްރޫއުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ހޯމް މިނިސްޓަރު އިސް ދައުރެއް އަދާކުރައްވާފައިވާ ކަމަށް ވިދާޅުވެ، އެ ދެ ބޭފުޅުންނަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.

ދ. ވާނީގައި އިންޑިއާގެ ސަރުކާރުން އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ދެ ވަނަ ފިޔަވަހީގެ ނިމުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ފާހަގަކުރެއްވި ގޮތުގައި، މިއަދަކީ ވަކި މުއައްސަސާއެއްގެ ގޮތުގައި ފުލުހުން ޚިދުމަތް ފެށިތާ 16 އަހަރު ފުރުނު ދުވަހެވެ. މިގޮތަށް ހިންގަން ފަށައި ފުލުހުންނަށް ތަމްރީނުދީ، ގާބިލް ބަޔަކަށް ހެދުމަކީ މި ސަރުކާރުގެ ވެސް މުހިއްމު އަމާޒެއް ކަމަށް ވިދާޅުވި އެވެ.

ވާނީގައި އިމާރާތްކުރި މަރުކަޒަކީ ފުލުހުންނަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އިތުރުވި ބޮޅެއް ކަަމަށް ވިދާޅުވެ އައްޑޫގައި އިމާރާތްކުރާ ޕޮލިސް އެކަޑެމީއާ އެކު އިތުރު ކުރިއެރުން ލިބޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ވާނީގެ މަރުކަޒުގެ ދެ ވަނަ ފިޔަވަހި ނިމުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގަންނަވަނީ. -

ސިޔާސީ ގޮތުން ހިޔާލު ތަފާތުވިޔަސް މަސައްކަތްތަކުގައި ހައްގު ޝުކުރު އަދާކުރަން ޖެހޭ ކަމަށް ވިދާޅުވެ، އައްޑޫގައި ޕޮލިސް އެކަޑަމީގެ ބިންގާ އެޅީ ކުރީގެ ދެ ރައީސުން ކަމަށްވާ ޑރ. މުހައްމަދު ވަހީދާއި އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދެ ހޯމް މިނިސްޓަރުން ޖަމީލާއި އުމަރުގެ ވެސް މަސައްކަތުން ކަމަށް ވިދާޅުވި އެވެ. އެ ދެ ބޭފުޅުންނަށް ޝާހިދު މިއަދު ޝުކުރު އަދާކުރެއްވި އިރު މި ވެރިކަން ފެށުމާ އެކު ޚާރިޖީ ގުޅުމުގައި އިންޑިއާ މާ ބޮޑަށް ގާތްކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ ވަރަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ދޭ ކަަމަށް ބުނެ އިދިކޮޅުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

އިންޑިއާ އިން އެކި ނަން ނަމުގައި ދަރަނީގެ ލޯނުތައް ނެގުމާ އެކު، ވިސްނުމަކީ އިންޑިއާގެ ސިފައިން ރާއްޖޭގައި ބޭތިއްބުން ކަަމަށާއި އެ ޖާގަ ނުދޭނެ ކަމަށް ބުނެ އިދިކޮޅުން މިހާރު ވަނީ އަޑުއުފުލަން ފަށައިފަ އެވެ. ޝާހިދުގެ މިއަދުގެ ވާހަކަ މި އައީ އެ އަޑުތައް އިތުރަށް ގަދަކޮށްފައިވާ ދުވަސްވަރެއްގަ އެވެ.

އިންޑިއާގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި އިދިކޮޅުން ސިފަކުރާ އައްޑޫގެ ޕޮލިސް އެކަޑެމީއަކީ، ޝާހިދު ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ ފެށުމެއް ނޫނެވެ. އެއީ، 2012 ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަ މަސައްކަތެއް ކަން އޭނާ ހަނދާންކޮށްދެއްވި އެވެ. އޭރުގެ ރައީސަކީ ވަހީދެވެ. ހޯމް މިނިސްޓަރަކީ ޖަމީލެވެ.

އައްޑޫ ޕޮލިސް ޓްރޭނިން އެކެޑެމީ ހަދާ ސަރައްހަދު. ފޮޓޯ/ އަހުމަދު ޒާހިދު

ޝާހިދު ވިދާޅުވީ އެ މަރުކަޒު އަޅަން އިންޑިއާ އާއި ދިވެހި ސަރުކާރާ ދެމެދު ފުރަތަމަ ސޮއިކުރެއްވީ ސެޕްޓެމްބަރު، 29، 2012 ގައި ޖަމީލް ކަމަށެވެ. އިންޑިއާ ސަރުކާރުން ސޮއިކުރެއްވީ އެ ގައުމުގެ ހޯމް މިނިސްޓަރެވެ.

"އޭގެ ފަހުން އެކި ބަދަލުތައް އެ ޕްރޮޖެކްޓަށް އައިސްފައިވޭ. އެންމެ ފުރަތަމަ އެ ޕްރޮޖެކްޓުގައި ޑރ. މުހައްމަދު ޖަމީލް އަހްމަދު ސޮއިކުރައްވައި އިންޑިއާގެ ސަރުކާރާ އެކީގައި މި މަސައްކަތް ކުރިއަށް ގެންދެވުމަށް، އެ މަނިކުފާނުގެ ސޮއި އެޅުއްވިއިރު އެކަން ކުރަން ގަސްތުކޮށްފައި އޮތީ ޅ. އަތޮޅު ދިއްފުށިމާދޫގައި،" ތަފްސީލް ދެއްވަމުން ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި މި މަޝްރޫއު 2014 ގައި ލ. އަތޮޅަށް ބަދަލުކުރި އެވެ. ތިން ވަނަ ތަނެއްގެ ގޮތުގައި އައްޑު އަށް މަޝްރޫއު ބަދަލުކުރަން މަޝްވަރާ ކުރެއްވިއިރު އިސްކޮށް ހުންނެވީ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އައްޑު އަތޮޅަށް މި ޕްރޮޖެކްޓް ބަދަލުކުރައްވައި އައްޑު އަތޮޅުގައި މިހާރު އެ ގާއިމްކުރެވެމުންދާ މަރުކަޒު ގާއިމްކުރެވޭ ބިން ކަނޑައެޅުމާއި ކަންކަމުގައި އެމަނިކުފާނު [އުމަރު ނަސީރު] އިސްކޮށް ހުންނަވައި މަސައްކަތް ފައްޓަވާފައި ވަނީ،. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު، އެންމެ އިސްކަމެއް ދޭ އެއްކަމަކީ މި ދެންނެވިހެން ފުލުހުންނަށް ތަމްރީން ލިބޭނެ ވަސީލަތްތައް ގާއިމްކުރުން،" ޝާހިދު ވިދާޅުވި އެވެ.

ފުލުހުންގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ފޮރިން މިނިސްޓްރީ

އޭނާ ވިދާޅުވީ ކަންކަން ދިގު ދަންމައި ލަސްކުރާކަށް މި ސަރުކާރުން ބޭނުން ނުވާ ކަމަށެވެ. އެހެންވެ މިދިޔަ އަހަރުން ފެށިގެން މި ޕްރޮޖެކްޓަށް އިތުރު ހަލުވިކަމެއް ގެނެސްފައިވާ އިރު، ލަސްތަކެއް ނުވެ އެ މަރުކަޒުގައި ދިވެހި ފުލުހުންނަށް ތަމްރީނުތައް ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދު އާ ކޮށްދެއްވި އެވެ.

"މި ވާހަކަ މިގޮތަށް އަޅުގަނޑު މި ދަންނަވާލީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވުންތައް ހުއްޓަސް ކަމެއްގައި އުޅުއްވާފައި ތިއްބެވި ބޭފުޅުންތަކެއް ވިއްޔާ އެ ބޭފުޅުންނަށް ހައްގު ޝުކުރު ދަންނަވާލަން. އެހެންކަމުން ފުލުހުންގެ 16 ވަނަ މި އަހަރީ ދުވަހު، އައްޑު އަތޮޅުގައި ގާއިމްކުރަން މަސައްކަތްކުރާ މަރުކަޒު ގާއިމުކުރަން އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާ ޑރ. މުހައްމަދު ޖަމީލް އަހްމަދާއި އުމަރު ނަސީރަށް އަޅުގަނޑާއި ތިޔަ އެންމެ ބޭފުޅުންގެ ފަރާތްޕުޅުން ޝުކުރު ދަންނަވަން،" ޝާހިދު ވިދާޅުވި އެވެ.

އައްޑޫގައި އިމާރާތްކުރާ ޕޮލިސް އެކަޑެމީއަކީ ފެބްރުއަރީ 7، 2012 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ޖެހިގެން އައި ދުވަހު އެ ޕާޓީގެ ބައެއް މީހުން ނުކުމެ އައްޑޫގައި ހިންގި ބޮޑު ހަމަނުޖެހުންތަކުގެ ތެރޭގައި، ހިތަދޫގައި ހުރި ޕޮލިސް ޓްރޭނިން ސްކޫލް އަންދައިލުމުން އިންޑިއާ އިން ހިލޭ އިމާރާތް ކޮށްދޭ ތަނެކެވެ. ނަޝީދުގެ އިސްތިއުފާއާ އެކު އައި ހަމަނުޖެހުމުގައި އައްޑޫ ނޫނަސް އެހެން ބައެއް ރަށްރަށުގައި ސަރުކާރުގެ ބައެއް އިމާރާތްތަކަށް ގެއްލުން ދީ، ރޯކުރި އެވެ.

ޖުމްލަ 18 މިލިއަން ޑޮލަރު ހަރަދުކޮށްގެން، އައްޑޫގައި ޕޮލިސް އެކަޑެމީއެއް އިމާރާތް ކުރުމުގެ މަޝްރޫއު އިއުލާންކުރީ އޭޕްރީލް 6، 2014 ގަ އެވެ.

މި އިންސްޓިޓިއުޓްގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ. ފުލުހުން ބުނި ގޮތުގައި އެތަން ހަދަނީ ވަރަށް ގިނަ ވަސީލަތްތައް އެކުލެވޭ ގޮތަށެވެ. އޭގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި އެހެން ވެސް ޓްރެއިނިން ސެންޓަރެއްގައި ހުންނަން ޖެހޭ މުހިއްމު ވަސީލަތައް ހިމެނޭނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޝާހިދު ވާހަކަ ދައްކަވަނީ---ފޮޓޯ: ޕޮލިސް

މިނިސްޓަރު ޝާހިދު ވިދާޅުވި ގޮތުގައި އިންޑިއާގެ ސަރުކާރުން ރާއްޖެ އަށް އަންނަނީ ބޮޑެތި އެހީތަކެއް ވަމުންނެވެ. އެ އެހީތައް ވަނީ ރައްޔިތުންނަށް ފައިދާ އާއި ލާބަ ލިބޭނެ ގޮތަށް ކަމަށާއި ވާނީގައި ކުރިއަށް ގެންދާ މަޝްރޫއުގެ ދެ ވަނަ ފިޔަވައްސަކީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ރާއްޖެ އަށް ކުރެއްވި ދަތުރުގައި ދެއްވި 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޝާހިދު ވިދާޅުވި އވެެ.

"މި 106 މިލިއަން ރުފިޔާގެ ތެރެއިން ހިނގާ ތަފާތު މަސައްކަތްތައް ނިމި ހެޔޮ ނަތީޖާ ދިވެހި ރައްޔިތުންނަށް ފޯރަން ފަށައިފި،" ޝާހިދު ވިދާޅުވި އެވެ.

އައްޑޫގެ މަގު ހެދުމާއި ހދ. ހަނިމާދޫގައި އެއާޕޯޓު ތަރައްގީ ކުރުމާއި ހުޅުމާލޭގައި ކެންސަރު ހޮސްޕިޓަލެއް އެޅުން ފަދަ ތަފާތު ބޮޑެތި ކަންކަން ކުރާ ކަަމށް އޭނާ ވިދާޅުވި އެވެ. އެއީ ރައްޔިތުންނަށް އޭގެ ފައިސާ ސީދާ ގޮތެއްގައި ކުރާނެ ކަންކަން ކަމަށް ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މާލެ އާއި ވިލިމާލެ އާއި ގުޅީފަޅާއި ތިލަފުށި ގުޅުވައިލަދޭ ބްރިޖް މަޝްރޫއު ވެސް ވެސް އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދޭ ދީލަތި އެހީ އާއި ލޯނާ ގުޅިފަ އެވެ. މި އެހީތަކާ ގުޅިގެން ޝާހިދު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ޝުކުރު އަދާކުރައްވައިފަ އެވެ.

52 ކޮމެންޓް, 70 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 1%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކެޔޮނިރު

02 September 2020

ޕޮލިސް އެކަޑަމީގެ ހެލިޕޭޑް ހުރޭތަ؟ ބޯގޯސް ވާހަކަ ނުދައްކާ. ޝާހިދުމެން ހަމަހޭގަ ކުރާކަންތައް ތިހުންނަނީ، ނޭގިގެން ދައްކާ ވާހަކައެއްނޫން. ތިޔައީއަކީ. އެހެން ބައެއްގެ ބޮލަށް ކަޑާލަން މިހާރު ތިޔައުޅެނީ.

The name is already taken The name is available. Register?

ހަލަބޮލި

02 September 2020

އިންޑިޔާ އަކީ މެޗްއަރޑް ރަގަޅު ޤައުމެއްކަމަށް ހީކުރިން. އެކަމު މިހާރު ފެންނަނީ ވަރަށއ ނާތަހުޒީބު ދަށުދަރަޖާގެ ޤައުމެއްގެ ގޮތުގަ.

The name is already taken The name is available. Register?

އެ މެރިކާ

02 September 2020

ތި ހިންގާ ޖަރީ މާތަށް އެ މެރިކާއިން ވަރަށް ރަގަޅަށް ބަލަ މުންދޭ. އިންޑިޔާ ސިފައިން މި ގައުމުގަ ބާތިއްބާތް ނުވާނެ. ޤާނޫނު އަސާސީ އާ ޚިލާފު ވެގެން މި ސަރުކާރު ތިދަނީ އަދަބުދެވޭނެ.

The name is already taken The name is available. Register?

ނުލަފާ ޤާއުމު

01 September 2020

ޝާހިދުގެ އަޑި ވަރައް ގޯސް ލާރި ފަހަތުން ނުދުވޭ ޝާހިދު ޤައުމު ވިއްކާ ނުލާ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

01 September 2020

ކީވެތަ އެމްޑީޕީ ވެރިކަމަ އަންނަ ކޮމްމެ ފަހަރަކު އިންޑިޔާ އަސްކަރީޔާއައް ފައިދާ ތަކެއް މިވަނީ.؟

The name is already taken The name is available. Register?

ބޮއްތެރަޕީ

02 September 2020

އިންޑިއާ އަސްކަރިއްޔާއަށް މިރަށުން ހަތިޔާރު ވިއްކީތަ؟

The name is already taken The name is available. Register?

އިންޑިޔާ އައުޓް

01 September 2020

ޤާއައުމުގެ ކަންތައް މިދަނީ ރަނގަޅަކައްނުން

The name is already taken The name is available. Register?

އައްޑޫ އަހަންމާދީ

01 September 2020

އިންޑިޔާ މީހުން ގެ ފޮރުވިފައިވާ މަޤްސަދުވާކަން މިހާރު މިހިގާކަންކަމަށް ބެލީމަވެސް އެބަސާފުވޭ ދޮއްތޯ؟ ބަޔަކު އެވާހަކަ ދައްކާ އިރަށް ފޮރިންއަށް ހުށަހެޅި.. އިންޑިޔާ ނުރުހޭ ވާހަކައެއްކަން ދޭހަކޮށްދިނި.. މިވަރުން ވިސްނަވާ އެމީހުން މިއުޅެނީ ކީއްކުރަން ކަން.. އާދޭސް މިދަންނަވަނީ އިންޑިޔާއަށް 200 މިލިޔަން ޑޮލަރަށް އައްޑޫ ނުވިއްކާ އެފައިސާ އަބުރާ ދީ.. ވެރިންނޭ އަޑު އައްސަވާ!

The name is already taken The name is available. Register?

އައްޑޫ އަހަންމާދީ

01 September 2020

ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ހެޔޮ މިކަން ކުރަން އެއްބަސްވާ ބަޔަކު އާދޭ ވޯޓުވެސް ލިބޭނެ.. ސަޕޯޓުވެސް ކުރާނަން.. މީއައްޑޫގެ ދަރިންގެން އަޑު.. އިންޑިޔާމީހުން އައްޑުއަށް ނާރުވާ އާދޭސް މިކުރަނީ.. ކުރީން ކޮންމެ ކަމެއް ކޮށްފައި އޮތަސް މިހާޜު ބާރުގައި ތިބީ ތިބޭފުޅުން އަވަށް ހައްލު ކުރޭ.. އެއީ ނުރައްކާ ރޭވުންތެރިން އެމީހުންގެ މަޅީންގައުމު ސަލާމަތް ކުރައްވާ.. ހުވަޔާއެއްގޮތަށް ޢަމަލު ކުރައްވާ..

The name is already taken The name is available. Register?

ބައްލަވާ

02 September 2020

ޢެއްބަސްވުންހަދާ ނިންމި ޕާޓީ މިހާރުވެސް އޮތީ

The name is already taken The name is available. Register?

އައްޑޫ އަހަންމާދީ

01 September 2020

ޝާހިދު އުފާކުރިޔަސް އަހަރުމެން މިކުރަނީ ހިތާމަ ގައުމު ނެތި ހިގާދާނެ ކަމުގެ ބިރު.. ޝާހިދު ހާދަ ވަރެއް މިދައްކަނީ ގައުމު ވިއްކާލަން.. އެއީ އެކަޑަމީއެއްނޫން.. ރާޢްޖޭގެ ދިފާއީ މަރުކަޒަށް ވުރެން ވަރުގަދަކޮށް ކަނޑުންނާއި އެއްގަމުން އެރޭގޮތަށް ސްޓެރޓެޖިކް ލޮކޭޝަނަކުން އެއޮތީ މިލްޓްރީ ބޭސް ހަދާ ނިންމާފަ.. އައްޑުވައް އެއްވެސް ބަޔަކު ވެރިކަމުގެ ވޯޓު ހޯދަން އަންނާންވާނީ މި އިންޑިޔާ ބޭސް މިތަނުން ބޭރުކޮށް އިންޑިޔާ މީހުން އަތުން މިތަން އަތުލާފައި..

The name is already taken The name is available. Register?

މޮހޮނު123

01 September 2020

ޝާހިދޫ...ބަލަ ފުރަތަމަ ޕޮލިސް އެކަޑަމީ އެޅުމަށް ފެށިމަސައްކަތް ، މިހާރުގޮސް، އެކި ބަދަލުގެނެސްގެން، ސިފައިންގެ މަރުކަޒަކަށް ބަދަލުކުރީމަ، ދެން ވެސް ތި ނަން އަޅުވަނީ ސޮއިކުރި މީހުންގެ ބޮލުގަދޯ؟ ތިރާވަމުންދާ ރޭވުންތަށް އެންމެންނަށް

The name is already taken The name is available. Register?

ދޮން

02 September 2020

އެއީ ސިފައިންގެ މަރުކަޒެއް ނޫން. މާ ބޮޑަށް އިގިދަ ތިހިރީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454