ވިޔަފާރި / އެޑްވަޓޯރިއަލް

މާދަމާގެ ރާއްޖެ ބިނާކުރުމުގައި އެމްޓީސީސީ

އެމްޓީސީސީގެ ބައެއް މުއައްޒަފުންނާ އެކުންފުނީގެ އެމްޑީ އާޒިމް (މ) ބައްދަލު ކުރައްވަނީ-- ފޮޓޯ: މިހާރު

06 ސެޕްޓެމްބަރ 2020 - 10:22

8 comments

މީހުން ދިރިއުޅެނީ ހަމައެކަނި މާލޭގައި ކަމަށް ނުބަލާށެވެ. ރާއްޖޭގެ ރަށްރަށުގައި ވެސް ދިރިއުޅޭ މީހުންގެ އާބާދީ ބޮޑެވެ. މީގެތެރޭގައި ބިންބޮޑު ރަށްތަކާއި ބިންކުދި ރަށްތައް ވެސް ހިމެނެ އެވެ. މި ރަށްތަކުގެ ޖަޒީރާވަންތަ ކަމަށް ވިސްނައި، ރަށްތަކަށް ލަފާފުރުމަށް އޮތް ހައްލަކީ ސަރުކާރުން ރަށްތަކުގައި ތަރައްގީ ކުރާ ބަނދަރުތަކެވެ. އަދި 24 ގަޑިއިރު ކަރަންޓާއި ފެނުގެ ހިދުމަތާއި ނަރުދަމާގެ ހިދުމަތާއި، ސްކޫލްތަކުގައި ކިޔަވައިދީ އަދި ޑޮކްޓަރުންނާއި ނަރުހުން ހޮސްޕިޓަލުތަކުގައި ބައިތިއްބެނީ ޖަޒީރާވަންތަ ވިސްނުމަކުން ވިސްނައި މި ގައުމު ބިނާކުރުމުންނެވެ.

ރާއްޖޭގެ ރަށްތަކަކީ ދަނޑުވެރިކަމަށް މަޝްހޫރު ފަންގިވިނުން އަދި އިމާރާތްކުރުމާއި މަސްވެރިކަމަށް އެންމެ މަޝްހޫރު ރަށްތަކެކެވެ. ކުރިން މި ރަށްތަކުގައި ހަދާފައި އޮތް ބަނދަރުތަކާއި، މަގުތަކަށް ވިސްނައި، އާ އާބާދީ އަށް ވިސްނައި ރަށުގައި ދުއްވާ ކަނޑުއުޅަނދަށް ބަލާއިރު ބަނދަރުގެ ދަތިކަން ރައްޔިތުން އަންނަނީ ތަހައްމަލު ކުރަމުންނެވެ. އަދި ހަދާފައި ހުރި މަގުތަކުގައި ހިނގާ ބިނގާވެ އުޅުމަށް ވަނީ އުނދަގޫ ވެފަ އެވެ. މި ބަނދަރުތަކާއި މަގުތައް ބޮޑުކޮށް، މަރާމާތުކުރުމަށް އެކި ދުވަސްވަރު އެރައްޔިތުން ކުރަމުން ދިޔަ އާދޭހަށް އެދެވޭ ހައްލެއް ލިބިފައި ނުވާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ގިނަ ރަށްރަށުގައި ދިމާވެފައިވާ މިފަދަ މައްސަލަތައް ހައްލުކުރުމަށް ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުގެ ޕީއެސްއައިޕީގެ ތެރެއިން އެމްޓީސީސީއާ މިވަނީ ހަވާލުކޮށްފަ އެވެ. މި އަހަރުގެ މިހާތަނަށް 39 ރަށެއްގައި 46 މަޝްރޫއުގެ މަސައްކަތް ބޭނުންވާ ސާމާނާއި އާލާތްތައް ރަށްތަކަށް ގެންގޮސް، ހަލުވި ދުވެއްޔެއްގައި މި މަސައްކަތްތައް އެމްޓީސީސީން ވަނީ ފަށައިފަ އެވެ. މި މަސައްކަތް އެމްޓީސީސީން ފަށާފައި ވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމުން، ރައްޔިތުންގެ ހިޔާލާއި މަސައްކަތުގެ ތަފުސީލު ހޯދުމަށް ފަހު އެވެ.

ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން

ބޭނުންވާ ޖަޒީރާ ތަރައްގީ ދައްކުވައިދިނުމަށް، މާލެ އާއި މާލެ ކައިރީގެ ރައްތަކަށް މީހުން ޖަމާކޮށް، އެތަން ތަރައްގީ ކުރުމުގެ ބަދަލުގައި، ހަމަ އެފަދަ ތަރައްގީއެއް ރަށްރަށަށް ވެސް ގެންނަން ޖެހެ އެވެ. އަދި ގެސްޓް ހައުސްގެ ސިޔާސަތު އެންމެ ފުރިހަމަ އަށް ގެންގޮސް، ޓޫރިޒަމް ތިޔާގިވެފައިވާ މާފުށިން، މި ތަރައްގީ މިހާރު ދަނީ ފެންނަމުންނެވެ. މިހެންވެ ކުރިއަށް އޮތް ތަނުގައި މާފުށީގެ ބިން ހިއްކައިގެން ގިނަ ބަޔަކަށް މި ރަށުގައި ދިރިއުޅެވޭ ގޮތްވެ، ރަށުގައި އިތުރަށް ގެސްޓް ހައުސް ވިޔަފާރި ފުޅާވުމަކީ، ވިސްނުންތެރި، ހިކުމަތްތެރި އަދި ދުރު މުސްތަގްބަލަށް ވިސްނައިގެން ކަންކުރުމުގެ ނަތީޖާ އެވެ.

މާފުށީ ބިންހިއްކުމުގެ މަޝްރޫޢުއާއި ބެހޭގޮތުން ޕްރޮޖެކްޓް ސައިޓްގައި ސީ.އީ.އޯ. އާދަމް އާޒިމް މީޑިއާއަށް މަޢުލޫމާތު ދެއްވަނީ-- ފޮޓޯ: އެމްޓީސީސީ

ކ. މާފުށީގައި ކުރިއަށްގެންދާ މަޝްރޫއާ ގުޅޭގޮތުން އެ ރަށު ކައުންސިލް ރައީސް އުސްމާން ރަޝީދު ވިދާޅުވީ މި މަޝްރޫއަކީ އެ ރަށަށް ހަގީގަތުގައި ވެސް އުފާ ގެނުވާ މަޝްރޫއެއް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މި ރިޔާސީ ވައުދު ވަރަށް ފުރިހަމައަށް ފުއްދަވައި ދެއްވާފައިވާތީ ރަށު ކައުންސިލް ފަރާތުންނާއި، ރަށުގެ ރައްޔިތުންގެ ފަރާތުން އޭނާ ވަނީ ޝުކުރު ދަންނަވައިފަ އެވެ.

"މި ރަށުގައި މިހާރު ހުރި 53 ގެސްޓް ހައުސްއަކީ މި ރަށު ރައްޔިތުންގެ ގޯތީގައި ހެދިފައިވާ ތަންތަން. އަދި މިއީ ދައުލަތައް ބަރޯސާވެ ހަދާފައި ހުރި ތަންތަނެއް ނޫން. މާދަމާ ވެސް މި ރަށުގައި އެމްޓީސީސީން ހަދާ ބީޗް ސަރަހައްދުން ގޯއްޗެއް ނަގައިފި ނަމަ އެ ނަގަނީ މިބޭނުމުގައި،" އޭނާ ވިދާޅުވި އެވެ.

މާފުށީގެ ބިމުގެ އަގާއި އެ ރަށުގައި ހިންގާ ވިޔަފާރީގެ އަގު މިހާރު މައްޗަށް ގޮސްފައިވާއިރު، އެހެން ރަށްރަށަށް ވެސް މި ތަރައްގީ ހައްގުތާ އެވެ. މިގޮތުން ގާތްގަނޑަކަށް 21 ހެކްޓަރުގެ ކ. ގުރައިދު އަކީ މިއަދު ބިން ފުރިފައިވާ ރަށެކެވެ. މި ކަން ހައްލުކުރުމަށް ރައީސް ވެވަޑައިގެންނެވި ވައުދު ހަގީގަތަކަށް ހެދުމަށް އެމްޓީސީސީން ވަނީ 15 އޮގަސްޓް 2020 ގައި މަސައްކަތް ފަށައިފަ އެވެ. މި މަޝްރޫޢުގެ ދަށުން ރަށުގެ 15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. އަދި މި މަސައްކަތާ އެކު ގުރައިދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކައިރީ މުސްތަގުބަލެއްގައި ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކ. ގުރައިދޫ ބިންހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ

ބިން ހިއްކުމާ އެއްވަރަށް ރަށްތަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ އަށް ހައްލު ހޯދުމުގެ ގޮތުން އެމްޓީސީސީން މުހިންމު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެމްޓީސީސީ އާއި ހަވާލުކުރެވުނު ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މިހާރުވަނީ ނިމިފަ އެވެ. ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 180 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް އެތުރިފައިވެ އެވެ. މީގެ އިތުރުން 5000 އަކަމީޓަރުގެ ސަރަހައްދެއް ގެ ބިންގަނޑު އެއްވަރުކުރެވިފައިވެ އެވެ.

އަދި މިއާއެކު އއ. ރަސްދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު މިހާރުވަނީ ނިމުމަކަށް އައިސްފަ އެވެ. ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫއު، އެމްޓީސީސީއާ ހަވާލުކުރީ 5 ސެޕްޓެމްބަރު 2019 ގައެވެ. ހަމަ ގައިމު ވެސް ރާއްޖޭން ބޭރު ސަރުކާރުތަކާ ގުޅިގެން މިފަދަ މަޝްރޫއުތައް ހިންގުމަކީ ދިވެހި ސަރުކާރުން ކުރަންޖެހޭ ހަރަދު ކުޑަވެ، ބޭރުގެ ތަޖްތިބާކާރުންގެ ހިޔާލާއި ވިސްނުން މި މަޝްރޫއުތައް ހިންގުމުގައި ލިބިގެން ދާނެ ކަމެކެވެ.

ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިމިފައި- ފޮޓޯ: އެމްޓީސީސީ

ބަނދަރު ހެދުމާއި، ފަޅުފުންކުރުން

ބަނދަރު ހެދުމާއި ފަޅު ފުންކުރުމުގެ މަސައްކަތަކީ ރާއްޖޭގައި ވަރަށް ހަލުވި ދުވެއްޔެއްގައި ވޭތުވެދިޔަ އަހަރުތަކުގައި ފުޅާވެފައިވާ މަސައްކަތެކެވެ. މިހާރު ވެސް އެމްޓީސީސީން އަންނަނީ 23 ރަށެއްގައި ބަނދަރު ހަދައި ފަޅު ފުންކުރަމުންނެވެ. މިއީ ޖުމްލަކޮށް 1.1 ބިލިއަން ރުފިޔާއަށް ސަރުކާރުން ހަވާލުކޮށްފައިވާ މަސައްކަތެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކުރި ވ. ފެލިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ މިގޮތުން ފާހަގަކޮށްލެވޭ މަޝްރޫއެކެވެ. ވ. ފެލިދޫގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 126 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލައި، 61 މީޓަރުގެ ބޭރު ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ އިތުރުން 200 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ވަނީ ޖެހިފަ އެވެ. މި މަޝްރޫއު އެމްޓީސީސީން ނިންމާލައިފައި ވަނީ 30 ޖުލައި 2020 ވަނަ ދުވަހު އެވެ.

މިކަމާ ގުޅޭގޮތުން ވ. ފެލިދޫ ކައުންސިލް ރައީސް އަލީ ރަޝީދު ވިދާޅުވީ އެ ރަށުގައި މިހާތަނަށް ނުކުރާ ވަރު މަސައްކަތެއް އެމްޓީސީސީން ކުރުމުން، ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިފައިވާ ކަމަށެވެ. އަދި މި މަސައްކަތަކީ 2013 ވަނަ އަހަރުން ފެށިގެން ރައްޔިތުން އެދި އެދި ތިބި ކަމަކަށް ވާއިރު ބަނދަރުގެ މަސައްކަތުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމަށް ވެސް މަސައްކަތްތަކެއް ކުރެވިފައިވާތީ، ރަށު މީހުން މިހާރު ފަސޭހަކަމާ އެކު މޫދަށް އެރިލާ ހަދައި އުޅެވޭކަމަށް އޭނާ ވިދާޅުވި އެވެ. މިއީ މި ވަގުތު އެމްޓީސީސީން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފަހުން ނިންމާލެވުނު މަސައްކަތެވެ. އަދި އެމްޓީސީސީގެ މަސައްކަތް އޮތީ ކުރިއަށްތާ އެވެ.

ވ. ފެލިދޫ ބަނދަރު ތަރައްޤީކޮށް ނިމިފައި-- ފޮޓޯ: އެމްޓީސީސީ

ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބައިވެރިއެއްގެ ގޮތުން އެމްޓީސީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ހއ. ކެލާ ބަނދަރު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫޢުގައި ސޮއިކުރީ 30 ޖޫން 2019 ވަނަ ދުވަހު އެވެ. މި މަޝްރޫއުގެ ދަށުން ކެލާ ފަޅުން 3496 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 768،12 ކިއުބިކް މީޓަރުގެ ނެރު ފުންކޮށް، ބޭރު ތޮށި ލުމާއި އަދި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ. މި މަޝްރޫއު އެމްޓީސީސީން ނިންމާލައިފައި ވަނީ 09 ޖުލައި 2020 ވަނަ ދުވަހު އެވެ. ބޮޑެތި ބޯޓުތަކަށް ވަދެވޭ ގޮތަށް ފުންކުރެވުނު މި ބަނދަރުގެ ސަބަބުން ކެލާ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިފައިވެ އެވެ. އަދި މިހާރުވެސް މި މަސައްކަތް އިތުރަށް ފުރިހަމަކުރުމަށް ޓަކައި ރަށު ކައުންސިލާއި އަދި ސަރުކާރުގެ ވުޒާރާތަކުން ދަނީ މަޝްވަރާ ކުރަމުންނެވެ.

މަގު ހެދުން

ރާއްޖޭގެ ރަށްތަކުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތުގެ ތެރެއިން، ސަރުކާރުން ވަނީ މި އަހަރުގެ މިހާތަނަށް ހަތް މަގެއް ހެދުމުގެ މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. މިގޮތުން، ފުވައްމުލަކުގެ ރިންގް ރޯޑު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރެވުނީ 27 މާރޗް 2019 ވަނަ ދުވަހު އެވެ. މި މަސައްކަތުގެ ތެރެއިން 15 ކިލޯމީޓަރުގެ ސަރަހައްދެއްވަނީ މިހާރު ތަރައްގީ ކޮށްފަ އެވެ. ފުވައްމުލަކު ސިޓީގެ ރިންގް ރޯޑާ އެއްވަރަށް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއު ވެސް މިހާރު ހަލުވި މިނެއްގައި ކުރިއަށް އެބަދެ އެވެ. މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 04 ޖުލައި 2019 ވަނަ ދުވަހު އެވެ. މި މަޝްރޫއުގެ ދަށުން 31 މަގުގެ 15،932 މީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރާނެ އެވެ.

މި ދެ މަޝްރޫއާ ގުޅޭގޮތުން ފުވައްމުލައް ކައުންސިލް ޑިރެކްޓަރު އަލީ މަސީހު ވިދާޅުވީ ފުވައްމުލަކުގައި ހިނގަމުންދާ މަގުހެދުމުގެ ދެ މަޝްރޫއަކީ ވެސް ވަރަށްބޮޑު ދެ މަސައްކަތެއް ކަމަށެވެ. އަދި 31 މަގު އެއްފަހަރާ ހެދުމުގެ ބަދަލުގައި އެތަނުން މައި ހަތަރު މަގު ހަދަން ފެށުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށާއި އަދި މިއީ ފުވައްމުލަކުގެ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫއުގެ 70 ޕަސެންޓު މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކު ރިންގް ރޯޑް މަޝްރޫއު-- ފޮޓޯ: އެމްޓީސީސީ

ހަމަ އެހެންމެ، މިދިޔަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކުރި ރ. ދުވާފަރުގެ މަގުތައް ހެދުމުގެ މަޝްރޫއަކީ ވެސް މިގޮތުން ފާހަގަކޮށްލެވޭ މަޝްރޫއެކެވެ. ދުވާފަރުގައި ގާއިމުކުރާނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ބޭނުންކުރާފަދަ އިންފިލްޓްރޭޝަން ސްޓޯމްވޯޓާ ސިސްޓަމްގެ ޑިޒައިންނާއި އެއްގޮތަށް ފަރުމާކޮށްފައިވާ އިންފިލްޓްރޭޝަން ސިސްޓަމެއްކަމަށް އެމް.ޓީ.ސީ.ސީން ބުނެ އެވެ. މި ސިސްޓަމް މެދުވެރިކޮށް ވާރޭވެހިގެން މަގުތަކަށް ޖަމާވާފެން، ރަށުން ބޭރަށް މޫދަށް ޕަމްޕްކޮށްދިނުމުގެ ބަދަލުގައި ރަށުގެ މީރުފެން ފަށަލައަށް ފިލްޓާވެގެންދާނެ އެވެ.

އެމްޓީސީސީ އަށް މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ސާފު ފައިދާއެއްގެ ގޮތުގައި 15.3 މިލިއަން ރުފިޔާ ލިބިފައިވާއިރު ކުންފުނިން ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، ރާއްޖޭގެ އުމްރާނީ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެގޮތުން އުމްރާނީ ތަރައްގީގެ 75 މަޝްރޫއެއްގެ މަސައްކަތްކޮށް 10 މަޝްރޫއެއްގެ މަސައްކަތް ނިންމާލާފައިވެ އެވެ. އަދި އިތުރު އަށް ރަށެއް މި ކުއާޓަރުގެ ތެރޭގައި ވަނީ މޮބިލައިޒްކޮށްފަ އެވެ. ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން މިހާތަނަށް މި އަހަރު ތެރޭގައި ޖުމްލަ 21 މަޝްރޫއެއް ނިމިފައިވާއިރު، ކައިރި މުސްތަގުބަލެއްގައި އިތުރު މަޝްރޫއުތައް ނިމި އެކަމުގެ ލުއި ފަސޭހަކަމާއި، ހިތްހަމަޖެހުން ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެމްޓީސީސީން އުއްމީދު ކުރަމެވެ. އަދި ހިއްސާދާރުންނަށް ލިބެންޖެހޭ ނަފާ އިތުރު ކުރުމުގެ ގޮތުން، އިމާރާތްކުރުމާއި އިންޖިނިއަރިން ދާއިރާއިން އެންމެ ފަހުގެ އިތުބާރުހުރި އީޖާދީ ހައްލުތައް ފޯރުކޮއްދޭން މަސައްކަތް ކުރަމުން ގެންދެވޭ ކަމާމެދު އެމްޓީސީސީން ޝައްކެއް ނުކުރެ އެވެ.

8 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 48%
icon sad icon sad 0%
icon angry icon angry 52%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާރުސީސީ ނާޒިމު

06 September 2020

އަހަންނަށްފެންނަނީ މިހާހިންގުންތެރި މީހަކު ސަރުކާރުގެކުންފުނިތައްރަނގަޅު ކުރަންބަހައްޓަން. ރޯޑްކޯޕަރޭޝަން ވަރަށްރަނގަޅުވާނެ. އާޒިމު ޒިންދާބާދު.

The name is already taken The name is available. Register?

ުވައިސޫރި

06 September 2020

ތިޔަތަނުގެ އަސްލު ހަގީގަތް ފަޅާއަރާނީ ސަރުކާރުގެ ފަރާތުން ސީދާއޮޑިޓެއްކޮއްގެން ކަންކޮއްގެން ލިބޭއެއްޗަކައްވުރެ ކަންކުރާމީހުން ނަގާކަޓް ތިތަނުގާ މާބޮޑުވާނެ

The name is already taken The name is available. Register?

ފަޅޯ

06 September 2020

ބޮލަށް ޗިޕުނުޖަހަން ގޮވާލަން. އެމްޓީސީ އިން އިއްޔެވެސް އެތަކެއް ޚަރަދު ތަކެއްކޮށް ފުއަށްމުލަކަށް ގޮސް އަންހެން މުއައްޒަފުންނަގަން އިންޓަވިއު ކުރުމަށް ދިޔަ ދިޔުން ހުއްޓުވަން ޖެހޭ. ރަތްޔިތުންގެ ފައިސާއިން އަ ޗާތަޅަން ހުސްނުކޮށް ޓެކްނޯލިޖީގެ ވަސީލަތް ބޭނުން ކުރަން ޖެހޭ.

The name is already taken The name is available. Register?

ރާމްބޯއީ

06 September 2020

މިހާރު ކޮންމެދަތުރެއްގަވެސްދާނެ ރީތިކުދިން. ޕްރޮމޯޝަންވެސް ލިބިއްޖެ.

The name is already taken The name is available. Register?

އަހައްމަދޫ

06 September 2020

ރާއްޖެ ބިނާ ކުރަން ތި ނުގަވާއިދުން އުޅޭ ގާނޫނެއް ގަވާއިދެއް ނުހިނގާ ބަންގާޅުންތަކައް ގޮތެއް ހެދޭތޯބަލާބަލަ. ބޯހަލާކު

The name is already taken The name is available. Register?

ރަސްދޫ44444

06 September 2020

ބީޗަށް ވެލި އަޅާލައިފައި ހަދިޔައީ އަނެއްކޮޅުން ޖަހާ ރާޅުން ހުރިހާ ކަމެއް ފެނަށް. އަމާ ބުނާތީ ފަރަށް ދާ ވައްތަރަށް ބީޗް ހަދަން އެމްޓީސީސީން ފޮނުވަނީ

The name is already taken The name is available. Register?

ފައްލަންބެ

03 September 2020

ވަރަށް ދެރަ މިހާރު ވެސް މިކުރާ ކަމަކީ ފައިސާ ނަގައިގެން ކެންޕޭން. ޕްރޮމޯޓް ކުރަނީ ފޮޓޯޖަހައިގެން ވަކިމީހެއް.

The name is already taken The name is available. Register?

މުޑަހަންޖާ

03 September 2020

"މީހުން ދިރިއުޅެނީ ހަމައެކަނި މާލޭގައި ކަމަށް ނުބަލާށެވެ". ގައުމުގެ ކަންތައްއޮތް ހިސާބު މިއެނގެނީ، މިހާރު މިއޮތީ ކ.މާލެނޫން ރަށްރަށުގަ މީހުންއުޅޭކަންވެސް ނޫސްވެރިން ނިކުމެ ހަނދާންކޮށްދޭ ހިސާބުގަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454