ޚަބަރު / އިބްރާހިމް އަމީރު، ކުރީގެ ފިނޭންސް މިނިސްޓަރު

ބިޑް ކޮމިޓީތަކުގައި ސިޔާސީ ބޭފުޅުންނަށް ނުތިއްބެވޭނެ ގޮތް ހަމަޖައްސަނީ

ފިނޭންސް މިނިސްޓަރު އަމީރު މިދިޔަ އަންގާރަ ދުވަހު، "މިހާރު" ގެ ނޫސްވެރިންގެ ސުވާލުތައް ސަމާލުކަން ދެއްވައިގެން.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މިނިސްޓްރީތަކާއި ސަރުކާރުގެ އެހެން އޮފީސްތަކުގެ ބިޑް ކޮމިޓީތަކުގައި ސިޔާސީ ބޭފުޅުންނަށް ނުތިއްބެވޭ ގޮތަށް ހަމަޖައްސަވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިދިޔަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ބިޑް ކޮމިޓީތަކަށް ސިޔާސީ ނުފޫޒު ފޯރުވުން ކުޑަކުރުމަށްޓަކައި އެ ކޮމިޓީތަކުގައި މިނިސްޓްރީތަކުގެ ސިޔާސީ ބޭފުޅުންނަށް ނުތިއްބެވޭނެ ގޮތް ހަމަޖެއްސެވުމުގެ ވިސްނުން އެބަހުރި ކަމަށެވެ. މިހާރު ވެސް އެކަމުގައި އަމަލު ކުރެވޭނެ ގޮތްތަކާ މެދު ވިސްނުން ގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓްރީތަކުގެ ބިޑް ކޮމިޓީތަކަށް މެމްބަރުން އައްޔަން ކުރައްވަނީ އެ މިނިސްޓްރީއެއްގެ މިނިސްޓަރުކަމަށް ވިޔަސް ސިޔާސީ ބޭފުޅުންނަށް އެ ކޮމިޓީތަކުން ފުރުސަތު ދިނުން މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވައިދުގެ ދަށުން މިހާރު މަނަލެއް ނޫނެވެ. އެކަމަކު، ބައެއް މިނިސްޓްރީތަކުގެ ބިޑް ކޮމިޓީތަކުން އެއްގޮތަކަށް ވެސް ސިޔާސީ ބޭފުޅުންނަށް ފުރުސަތު ދީފައި ނެތަސް އަނެއްބައި ތަންތަނުގައި ސިޔާސީ ބޭފުޅުންގެ ދައުރު ބޮޑެވެ. ބައެއް މިނިސްޓްރީތަކުގެ ބިޑް ކޮމިޓީތައް ޗެއާ ކުރައްވަނީ ވެސް ސިޔާސީ ބޭފުޅެކެވެ.

ބިޑް ކޮމިޓީތަކުގެ ޗެއާއަކަށާއި މެމްބަރުންނަށް ސިޔާސީ ބޭފުޅުން އައްޔަން ކުރުމުން ސީދާ އެ މިނިސްޓްރީއެއްގެ ވަޒީރުގެ ނުފޫޒު އެ ބޭފުޅުންނަށް ފޯރާ ކަމުގެ ތުހުމަތު އަބަދުވެސް ކުރެ އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ، ބިޑް ކޮމިޓީތަކުގައި ސިޔާސީ ބޭފުޅުން ނުވަތަ ސިވިލް ސާވިސްގެ މުވައްޒަފުން ތިއްބަސް އަމަލު ކުރަންޖެހޭނެ ގޮތް މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވައިދުގައި ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުން އެބަހުރި ރަށެއްގެ ރަށު ކައުންސިލްގެ ބިޑް ކޮމިޓީ ހަދާއިރު، އެ ރަށެއްގެ ސިވިލް ސާވިސްގެ ހުރިހާ އިދާރާއެއް އެއްކޮށްލައިގެން ވެސް ބިޑް ކޮމިޓީއެއް ހެދިދާނެއޭ. މިސާލަކަށް ސިއްހީ މަރުކަޒާއި ސްކޫލް ފަދަ ތަންތަނުގައި އުޅުއްވާ ބޭފުޅުން ހިމެނިދާނެ،" --- އަމީރު

"އެއިން ބޭރުން އެއްވެސް ބޭފުޅަކު އަމަލު ކޮށްގެން ނުވާނެ،" އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބިޑް ކޮމިޓީތަކުން ސިޔާސީ ބޭފުޅުންނަށް ފުރުސަތު ނުދޭން ނިންމަވާއިރު، ކަމުގެ ފަންނީ ބޭފުޅުން ނެތުމުގެ މައްސަލަ ބައެއް ރަށްރަށުގައި ކުރިމަތި ވެދާނެ ކަމަށެވެ. އެކަމާ މިހާރު ވެސް ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ވިސްނުން އެބަހުރި ރަށެއްގެ ރަށު ކައުންސިލްގެ ބިޑް ކޮމިޓީ ހަދާއިރު، އެ ރަށެއްގެ ސިވިލް ސާވިސްގެ ހުރިހާ އިދާރާއެއް އެއްކޮށްލައިގެން ވެސް ބިޑް ކޮމިޓީއެއް ހެދިދާނެއޭ. މިސާލަކަށް ސިއްހީ މަރުކަޒާއި ސްކޫލް ފަދަ ތަންތަނުގައި އުޅުއްވާ ބޭފުޅުން ހިމެނިދާނެ،" އަމީރު ވިދާޅުވި އެވެ.

"ކޮންމެހެން ނުޖެހޭ އެ ތަނެއްގެ މީހަކު އެ ތަނެއްގައި އިންނާކަށް ވެސް. އެހެންވީމާ އިރާދަކުރެއްވިއްޔާ މިކަން އަޅުގަނޑު ބަދަލުކުރާނަން."

ބީލަމާ ގުޅޭ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި، ނޭޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށް، ކުރިއަށް ގެންދާ ބީލަންތަކުގެ އިވެލުއޭޝަން ޚުލާސާ ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ޝާއިއު ކުރެ އެވެ. އަދި ބައެއް މިނިސްޓްރީތަކުން ވެސް ވަނީ ބިޑް އިވެލުއޭޝަންތައް އާންމު ކުރަން ނިންމައިފަ އެވެ.

މާލީ ކަންކަން ބަލަހައްޓަން ޚާއްސަ މަގާމެއް އުފައްދަނީ

މިނިސްޓަރު އަމީރު ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރުގެ އޮފީސްތަކުގެ މާލީ ކަންކަން ބެލެހެއްޓުމަށްޓަކައި މިހާރު ކުރަން ޖެހިފައިވާ އެންމެ މުހިންމު އެއް ކަމަކީ އެ ކަމަށް ޚާއްސަ މަގާމެއް އުފެއްދުމެވެ.

ކޮންމެ އޮފީހެއްގެ މާލީ ކަންކަން ބަލަހައްޓަން މާލީ ޒިންމާދާރުވެރިއަކު މިހާރު ކަނޑައަޅާފައި ވިޔަސް މިހާތަނަށް ބަލަމުން އަންނަނީ އަމީރު ދެކެވަޑައިގަންނަވާ ގޮތުގައި އެއީ މަސްއޫލިއްޔަތެއްގެ ގޮތުގަ އެވެ. ބައެއް ފަހަރު ޑެޕިއުޓީ މިނިސްޓަރު ނުވަތަ ޑިރެކްޓަ ޖެނެރަލް ނުވަތަ އެހެން މަގާމެއްގައި ހުންނަވާ ބޭފުޅަކު ވެސް މާލީ ޒިންމާދާރުވެރިޔާގެ ޒިންމާ އަދާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު، މާލީ ޒިންމާދާރުވެރިޔާ އަކީ 24 ގަޑިއިރު ބޮޑު ޒިންމާއެއް ނަގައިގެން ހުންނަންޖެހޭ ބޭފުޅެއް،" މިހާރު ކަން ހިނގަނީ އެހެން ނޫން ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވި ގޮތުގައި ސަރުކާރުގެ އޮފީސްތަކުގެ މާލީ ކަންކަން ބަލަހައްޓަން ކުރިމަގުގައި ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ ނަމުގައި މަގާމެއް އުފައްދާނެ އެވެ.

މިނިސްޓަރު އަމީރު މިދިޔަ އަންގާރަ ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ: މިނިސްޓްރީތަކުގެ މާލީ ކަންކަން ބަލަހައްޓަން ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ ނަމުގައި އާ މަގާމެއް އުފައްދަވާނެ ކަމަށް ވިދާޅުވި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"އެ މަގާމަށް ރަނގަޅު މުސާރައެއް ދޭނަން. ސީމާ ޗާޓެޑު އެކައުންޓެންޓުންނަށް ދޭ ވަރުގެ ރަނގަޅު މުސާރައެއް ދީގެން އަޅުގަނޑު ބޭނުން ބޮޑެތި މިނިސްޓްރީތަކަށް އެ މީހުން ނަގަން. މިސާލަކަށް މިނިސްޓްރީ އޮފް ފައިނޭންސްގެ ފައިނޭންޝަލް ކޮންޓްރޯލާ ހުންނަ ގޮތަށް އެ މިނިސްޓްރީތަކުގައި ހުންނާނެ ޗީފް އެކައުންޓްސް އެގްޒެކެޓިވްއެއް،" މިނިސްޓަރު ވިދާޅުވި އެވެ.

"އޭރުން އެއީ ވަކި ޒިންމާއެއްގެ ބަދަލުގައި ވަކި މަގާމެއް. މުޅި ތަން އޭނާ ބަލަހައްޓާނީ."

މިނިސްޓްރީތަކުގައި ޗީފް އެކައުންޓްސް އެގްޒެކެޓިވްގެ ނަމުގައި މަގާމެއް އުފެއްދުމަށް މިދިޔަ ފެބްރުއަރީ މަހު މަސައްކަތް ފެއްޓެވިޔަސް ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކާ އެކު އެކަން މަޑުޖެހުނީ ކަމަށް އަމީރު ވިދާޅުވި އެވެ.

"އެކަމަކު، ޚަރަދު ދިޔަސް މިއީ މިހާރު ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑަށް ފެނުނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، ސަރުކާރުގެ ބޮޑެތި މިނިސްޓްރީތަކުގެ ތެރޭގައި ހިމެނޭ ހެލްތު މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ ފަދަ ތަންތަނުގެ އޮޑިޓް ފަންކްޝަން ވެސް މިހާރަށް ވުރެ ހަރުދަނާ ކުރަންޖެހޭ ކަމަށެވެ. އެކަންކަން މިހާރު ވެސް ފައްޓަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

50 ކޮމެންޓް, 74 ރިއެކްޝަންސް

icon happy icon happy 77%
icon sad icon sad 1%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަމަ

06 September 2020

މަނިކުފާނުގެ ތިނިންމުމަށް މަރުހަބާ ކިޔަމެވެ. ހެލްތް މިނިސްޓްރީގެ ބަލިފަޔަކަށްވީވެސް ސިޔާސީ މީހުންލައިގެން ބިޑްކޮމިޓީ އެކުލަވާލުމެވެ. އޭގެތެރޭގައި ގޮތްނޭގޭމީހުންވެސް އެބަތިބިއެވެ.

The name is already taken The name is available. Register?

ނަމޫނާ ކަތީބު

06 September 2020

ވަރަށްބަރާބަރު ނިންމުމެއް. ބިޑްކޮމިޓީގައި ސިޔާސީމީހުން ތިބުމުގެ ނަތީޖާ ހެލްތައް ދިމާވެގެންއެއުޅެނީ ޔާމީންގެ ވެރިކަމުގައި ނަގާކިޔަންއުޅުނުމީހުން ބިޑްކޮމިޓީގައި ގިނައީ އެހެންވީމާ މައްސަލަތައް ދިމާވެދާނެކަމަށް ގަބޫލުކުރަމެވެ. އެކަމަކު މާލީކަންކަން ބަލަހައްޓަން ޚާއްސަމަގާމެއް އުފެއްދުން ބަލައެއް ނުގަނެވޭނެ. ސަބަބަކީ ކައުންސިލްތަކާއި އޮފީސްތަކުގައި މިހާރުވެސް މުވައްޒަފުންގިނަވެ ކުރާނެ ނުކުރާނެކަމެއް ނޭގިފައި ތިބެން ޖެހުމުންނެވެ.

The name is already taken The name is available. Register?

ފަސް ދޭތެރެ

06 September 2020

ބޭނުންވަނީ އިޚުލާސްތެރިން، ރިޝްވަތު ނެގުމާއި، ރިޝްވަތު ދިނުމަކީ ކިހާވަރެއްގެ ކަމެއްކަން ދީނުގައި އޮންނަ ގޮތް އެގޭ މީހުން. ހިތާމަޔަކީ، އެފަދަ މީހުންވެސް ވަނީ ލިބޭ އެއްޗަކަށް ވުރެ ޚަރަދު ބޮޑުކޮށް ދިރިއުޅުން ބައްޓަން ކޮށްފައި، ލިބެން އޮންނަ އެއްޗަކުން ފުދިގެން އުޅޭ ޖީލެއް އުފައްދަންވީ. މާލެ ދޫކޮށް އެހެން ރަށްރަށުގައި ދިރިއުޅެވޭނެ ގޮތްތައް ހަދަންވީ. މާލޭގައި ނުޖެހޭ ހުރިހާ މިނިސްޓްރީ ތަކެއް ހިންގާކަށް.

The name is already taken The name is available. Register?

Lulua

06 September 2020

އޭރުން ވަޒީވާގެ ބިރުދައްކާގެން ބޭނުންގޮތަށް ކަންކަން ކުރެވޭނެ-

The name is already taken The name is available. Register?

ރަންދެލި

06 September 2020

ތިޔަ ހައްދަވަނީ އަދި މާ ރަނަގަޅަށެވެ. ބުނީމާ ބުނާ ގޮތެއް ނުހަދާ ވާނެ ހަމަ އެއްގޮތެއް ނެތް ބަޔަކު، އެބައި މީހުންގެ ވަޒީފާ ހިމާޔަތް ކުރުމަށް، ވެރިން ބުނީމާ ބުނާ ގޮތް ހަދާ ނިމޭއިރު ތާށި ވާނީ ހަމަ އެއްކަލަ ސިވިލް ސާވިސް މީހުންނެވެ. ސިޔާސީ ވެރިން އަނބިދަރިން ކާރީ ރީތިކޮށް ތިބީމާ ނުމުނީ އެވެ!

The name is already taken The name is available. Register?

ޒާދީ

06 September 2020

މާލިއްޔަތު ޤަވާއިދުގެ ޕްރޮކިޔުމަންޓް ބާބު ގައި ވަރަށް ތަފްސިލުކޮށް އޮންނާނެ ބިޑް ކޮމިޓީގައި މެމްބަރުން ތިބެންޖެހޭނެ އަދަދާއި ކޮމްޕިޒިޝަން އަދި ކޮންކޮން ދާއިރާތަކަކުންކަން މެމްބަރުން އައްޔަން ކުރަން ޖެހެނީ. ސިޔާސީ މީހުން ނުހިމެނޭނެ. އިބޫ ސަރުކާރު އައިފަހުން ކޮންމެ ކަމެއްވެސް މަސްހުނިކޮށްގެން އުޅެނީ. މައްސަލައަކީ އުސޫލެއް އޮތަސް އަމަލު ނުކުރާތީ.

The name is already taken The name is available. Register?

އެކެބަނޑުބެއްޔާ

06 September 2020

ޕާރމަނަންޓް ސެކްރެޓޭރީންނަކީ ކީއްކުރާ ބައެއްތަ؟ ޕީ.އެޗް.ޑީ. ދާއިރިން ފުރިހަހަމކުރީމަ ޕާމަނަންޓް ސެކްރެޓެރީއަކަށް ލީމާ، އޭނާ ބޭނުމެއްނުކުރެވޭ. ދެން ތިބި ޓެކްނިކަލް މީހުންނަށް ވަނީ އުނދަގޫ. އަދި ދާއިރާއިން އެފްނވަރު ގެ މީހަކު ގެއްލުނީ. މުވައްޒަފުންގެ ކަންތަކެއް ނުބެލެހެއްޓޭ. މިކަން އިސްލާޙަކުރަންޖެހޭ. މީގެ މިސާލަކީ ފިޝަރީޒް އެގްރިކަލްޗަރ މިނިސްޓްރީ. ޑރ.ޝަފިޔާ އަކީ ގަހަށް ޖެހޭ ބަލިތކަާގުލޭ މާހިރެއް. އޭނާ ޕާރމަނަންޓް ސެކްރެޓެރިއަކަށް ވީމާ ފުރިހަމަ ބޭނުމެއްނުހިފޭ

The name is already taken The name is available. Register?

ވިސްނުންތޯ އަމަލުތޯ؟

05 September 2020

ގެންގުޅުއްވާ ހުރިހާ ވިސްނުމެއްގެ ވާހަކަ ޚަބަރަކަށް ނުހައްދަވާ، އަމަލުކުރައްވާފައި، ޚަބަރުދެއްވަވާ،

The name is already taken The name is available. Register?

އާދަންބެ

05 September 2020

ދެން ކީއްކުރައްވަންތޯ

The name is already taken The name is available. Register?

އުދުހޭ

05 September 2020

ދެފުށް ފެންނަ ގޮތް ބާއްވާފައި އެހެން ހުރިހާ ގޮތެއް ހަދާނެ. ބޭނުމަކީ ކޮބާ؟ ޖީބަށް ބަރުކުރުން. ސިޔާސީ މީހުން ބިޑްކޮމިޓީން ދުކުރުމަކީ ހައްލެއްނޫން. ކޮންމެ ބަޔަކު ތިއްބަސް ސިޔާސީ މީހުން އެމީހުންނަށް ވަޒީފާގެ ބިރު ދައްކައިގެން އެމީހުން ބޭނުންވާ ކަންކަން ކުރުވާނެ. ބުނެފާނެ "އޮންނާނެ މަތިން އައިއްސަ އޮތް މިވެނި ޕްރޮޖެކްޓެއް، އޭގައި މަތިން އަންގާފަ އޮތީ މިވެނިކުންފުންޏެކޭ އެންމެ ރަގަޅީ". އެ ނިމުނީ. އެނޫންގޮތަކަށް ގޮއްސިއްޔާ އަނެއް ދުވަހު ވަޒީފާ ގެއްލުނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454