ގޫގުލް ޖޭމްބޯޑް: ސްމާޓް ވައިޓްބޯޑެއް ކަހަލަ މި ފަތި ސްކްރީން މަސައްކަތްކުރަނީ ގޫގުލް ޖީ އެޕްލިކޭޝަން މެދުވެރިކޮށް އަދި އިންޓަނެޓް ލިބިން ޖެހޭ
28 އޮކްޓޯބަރ 2016 - 06:17
ހާޑްވެއާ މާކެޓުން ޖާގަ ހޯދަން ގޫގުލް ކުރާ މަސައްކަތް މިހިރަ ފެންނަނީ އެވެ. މިއީ ބޮޑު ވައިޓްބޯޑެކެވެ. ސައިޒަކީ 55 އިންޗި އެވެ. އާންމު ނަމަކީ "ޖެމްބޯޑް" އެވެ.
ގޫގުލުން ސްމާޓްފޯން އުފައްދައިފި އެވެ. "ޕިކްސެލް" ނަމުގައި ދެ މޮޑެލްއެއް ސްމާޓްފޯން މާކެޓަށް މިހާރު ވަނީ ވައްދާފަ އެވެ. ދެން އޮތީ "ގޫގުލް ހޯމް ޕާސަނަލް އެސިސްޓޭންޓް"ގެ ވާހަކަ އެވެ. ހުރިހާ ދިމާއަކުން ވެސް ހާޑްވެއާ އެވެ. ގޫގުލުން ހާޑްވެއާ މާކެޓަށް ވަންނަން ޝައުގުވެރިވާ ކަމަށް ބުނެ ދެކެވުނީ ރަނގަޅު ވާހަކަތަކެއްކަން ޔަގީންވީ އެވެ.
"ޖޭމްބޯޑް" އަކީ ބޮޑު ފަތި ޓީވީއެކެވެ. މަސައްކަތްތައް ފުރިހަމަކުރުމަށް އިންޓަނެޓް ލިބެން ޖެހެ އެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް، ވައިޓްބޯޑް ހުންނަ ތަނެއްގައި ތިބޭ މީހުންނާ އެކު މަޝްވަރާކޮށް ސައްލާކުރެވެ އެވެ.
ގޫގުލް ޖޭމްބޯޑް: ސްމާޓް ވައިޓްބޯޑެއް ކަހަލަ މި ފަތި ސްކްރީން މަސައްކަތްކުރަނީ ގޫގުލް ޖީ އެޕްލިކޭޝަން މެދުވެރިކޮށް
ގޫގުލް ސްމާޓް ވައިޓްބޯޑް ޑިޒައިންކޮށްފައި ވަނީ ގޫގުލްގެ "ޖީ އެޕްލިކޭޝަން"ތަކާ އެކު މަސައްކަތްކުރާ ގޮތަށެވެ. ނޯޓްތަކާއި ލިޔުންތައް ގޫގުލް ޑްރައިވް ގައި ރައްކާކުރެވެ އެވެ. މަޝްވަރާގައި ބައިވެރިވާ މީހަކު ގޭގައި ނިދާފައި އޮތަސް، މުހިންމު އެއްވެސް ލިޔުމެއް ގެއްލިގެން ނުދެ އެވެ.
ގޫގުލް ޖޭމްބޯޑް އަކީ މައިކްރޮސޮފްޓް ސާފަސް އަށް ހުރަސްއަޅާނެ އާލާތެއް ކަމަށް ބެލެވެ އެވެ. އެންމެ ބޮޑު ސަބަބަކީ އަގު ހެޔޮވުމެވެ. މައިކްރޮސޮފްޓް "ސާފަސް ހަބް" އަކީ ވެސް ގޫގުލް ވައިޓްބޯޑް ކަހަލަ އާލާތެކެވެ. އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށް މާކެޓްކުރުމުގައި ސާފަސް ހަބްގެ އަސާސީ އަގަކީ 9000 ޑޮލަރެވެ. ގޫގުލުން ޖޭމްބޯޑް ވިއްކަނީ 6000 ޑޮލަރަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
محمد حسين
28 October 2016
الحمد لله الذي علم بالقلم علم الإنسان ما لم يعلم