ުރޭޕްކުރުމާއި ޖިންސީ ގޯނާ ހުއްޓުވަން ގޮވާލައި ބަޔަކު މުޒާހަރާކުރަނީ. އއ. ބޮޑުފޮޅުދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި މައްސަލައެއް ފުލުހުން އަންނަނީ ބަލަމުން
11 ސެޕްޓެމްބަރ 2020 - 19:11
އއ. ބޮޑުފުޅަދޫގައި، ނުކުޅެދުންތެރިކަން ހުންނަ މީހަކު ރޭޕްކުރިކަމުގެ ތުހުމަތަށް އެ ރަށުން ދެމީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ނުކުޅެދުންތެރިކަން ހުންނަ އަންހެނަކު ބޮޑުފުޅަދޫ ދޯނި އެހެލާ ސަރަހައްދަށް ގެންގޮސް އޭނާއާ ދެ މީހަކު ގަދަކަމުން ބަދުއަހުލާގީ އަަމަލު ހިންގައި އެ މަންޒަރު ވީޑިއޯކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަން ހިންގީ މިދިޔަ ބުދަދުވަހުގެ ރޭ ކަމަށާއި އެ މައްސަލައިގައި ރޭ ހައްޔަރުކުރީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެން ކަަމަށް ވެސް ބުންޏެވެ.
އެ ދެމީހުން ވެސްް ހައްޔަރުކުރީ ކޯޓު އަމުރުގެ ދަށުންނެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މިފަދަ ރޭޕް ކޭސްތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ރިޕޯޓްކުރުން ކުރިއަށް ވުރެން މިހާރު އިތުރެވެ. މިފަދަ މައްސަލަތަކުގައި އިންސާފު އަވަސްކުރުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތަކުން ކުރަމުން އަންނަ ކަމުގެ ޔަގީންކަން އޮތީ، މި ފަހުން ކުރި މުޒާހަރާތަކާ ގުޅިގެން ދީފަ އެވެ.
ޖިންސީ ގޯނާގެ މައްސަލަތަކުގައި ކަމާބެހޭ އިދާރާތަކުގެ އަޅާލުމާއި އިންސާފު ހޯދައިދިނުން ލަސްވާ މައްސަލައިގައި ސިލްސިލާ މުޒާހަރާތަކެއް ވަނީ ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބޭބެ
12 September 2020
މިޒާތުގެ ހަބަރެއް ނޫހުގައި ނޯންނަ ދުވަހެއް މަދު. މީގެން އެނގެނީ ދިވެހިންގެ އަޚްލާޤީ މިންގަނޑު ފުނޑިފަވާ މިންވަރު.
އެންޑީޕީ
11 September 2020
މިހާރު ސިދާތާއެއްނޫން މިނިސްޓަރަކީ އެހެންވީމަ ތިކަން މާމުހިންމެއްނޫން
2113
11 September 2020
ތިޔަ ޖެންޑާ މިނިސްޓްރީއަކީ ފިނިހަކަ ސްޕީޑްގައި ހިނގާތަނެއް. ތިތާއުޅޭނީ ރޭގަނޑު ދަންވަންދެން އޮފީސް ހުޅުވައިގެންއުޅޭ އެކަމަކު ނަތީޖާ ނުނެރެވޭ ބައެއް.. ނާގާބިލް ބައެއް.
ސިއުރާ
11 September 2020
ސިދާތާ ވަކިކުރީމަ ދެން މިކަހަލަ ކަމެއް ރާއްޖޭގައި ނުހިނގާނެ ކަމަށް އަހަރެން ހީކުރީ. މިހާރު ކޮބާތަ އެދުވަހު ފަޔަށް ހިނިއަރައިގެން އުޅުނު ގުރޫޕު. އެމްޑީޕީގެ މިނިސްޓަރަކު ހުރެއްޖެއްޔާ މައްސަލައެއް ނެތް ދޯ ނުކުޅެދޭ މީހުންނާއި ކުޑަކުދިންނާއި ނިކަމެތިން ރޭޕްކުރިޔަސް. ރޯޔަލް ރޭޕުވެސް އެމްޑީޕީ ވީމަ މައްސަލައަކަށް ނުވޭދޯ.
ދިލް ކޮކީ
11 September 2020
ނުކުޅެދުން ތެރިކަން ހުރިމީހާ ބަލަން ހަވާލުވެފަ ހުރިމީހުން ކޮބާ' އެމީހުންނައް ބަލަންވާ ވަރައް ބެލޭނަމަކާ ތިހެން ތިކަމެއް ނުވީސް