ކުޑަކުއްޖާގެ ވައިނޮޅީގައި ކެޝޫނަޓެއް ތާށިވެފައި
12 ސެޕްޓެމްބަރ 2020 - 19:28
ދޮޅު އަހަރުގެ ކުޑަކުއްޖެއްގެ ނޭވާ ހޮޅީގައި ކެޝޫނަޓެއް ތާށިވެ ނުރައްކާ ވެއްޖެ އެވެ.
ނޭވާލާނިޒާމުގެ ބަލިތަކާ ބެހޭ އައިޖީއެމްއެޗުގެ ހާއްސަ ޑޮކްޓަރު، މުހައްމަދު އިސްމާއީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޭވާހޮޅީގައި ތާށިވި އެ ބަދަންކޮޅު ނެގޭގޮތްވީ ދެ ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު ކަމަށެވެ. ކުޑަކުއްޖާގެ ހާލު މިހާރު ރަނގަޅު ނަމަވެސް، އެ ހާލަތު ޑޮކްޓަރު ސިފަ ކުރެއްވީ ވަރަށް ނުރައްކާތެރި ކަމެއްގެ ގޮތުގަ އެވެ.
Another horrifying foriegn body case. 1 year + girl with pieces of cashew nut in the airway. After more than 2 hours of work we were able to retrieve all the pieces. Alhamdulilah the kid is doing well after the procedure. It's out constant plea to parents to be extra cautious!! pic.twitter.com/kUuZLeSlUc
— M. Ismail (@drmodismail) September 12, 2020
މި ފަދަ ގިނަ އޮޕަރޭޝަންތައް ކުރައްވާފައިވާ މުހައްމަދު އިސްމާއީލް ވިދާޅުވީ ބަދަންކޮޅު ނެގުމަށް ކުރި އޮޕަރޭޝަނުގެ ތެރެއިން، ބައެއް ވަގުތުގައި ޑޮކްޓަރުން ވެސް ނޭވާ ހިފަހައްޓާލަން ޖެހިވަޑައިގެންނެވި އެވެ. އެއީ ކެޝޫނަޓް އެއް ފަރާތަކަށް ވެއްޓި، މައި ދެހޮޅި ބްލޮކް ކޮށްލަން ޖެހުމުންނެވެ.
މިއީ ފުރާނަ އަށް ގެއްލުންވާ ފަދަ ނުރައްކާތެރި ހާލަތެކެވެ.
"މި ފަދަ ކަންކަމާ ބެލެނިވެރިން އިންތިހާއަށް ސަމާލުކަން ދިނުމަކީ އަޅުގަނޑުމެންގެ އާދޭހެއް،" ޑޮކްޓަރުގެ ޓްވީޓްގައި ވިދާޅުވި އެވެ.
ރާއްޖޭގައި ދޭތެރެ ދޭތެރެއިން ކުޑަކުދިން މި ފަދަ ކުދިކުދި އެއްޗެހި ދިރުވާލައިގެން ބޮޑެތި އޮޕަރޭޝަންތައް ކުރަން ޖެހިފައި ވެ އެވެ. އެގޮތުން މިދިޔަ ޖުލައި މަހުގެ ތެރޭގައި ވެސް، 11 އަހަރުގެ ކުއްޖެއްގެ ފުއްޕާމެއިން، ބުރުގާގައި ޖަހާ ޕިނެއް ނަގާފައި ވެ އެވެ.
މިދިޔަ އަހަރާ ހަމައަށް، ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި މި ފަދަ 35 ހާދިސާއެއް ހިނގައިގެން އައިޖީއެމްއެޗުން ފަރުވާ ދީފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހިމް އަހުމަދު
13 September 2020
މަރުހަބާ، ޝުކުރިއްޔާ ޑޮކްޓާރ، އަދި ޓީމަށް! ަަަަަަަަަަަަަ
ވައިސޫރި
12 September 2020
މިކަހަލަ ހާދިސާތަކަކީ މައިންބަފައިން (ޙާއްސަކޮއް މައިންގެ) އިހުމާލުން ތުއްތު ކުދިންނައް ލިބޭ އަނިޔާތަކެއް މިކަމުގެ ޒިން ނަގަންޖެހޭނީ ހަމަ މައިން ބަފައިން
ެއަލި ހުތާ
13 September 2020
މި ވައިސޫރި މީ ކޮންތާކު ދީވާނާއެއް. ކުއްޖާ ކެއީ ނަޓެއް، އެ ނޭވާ ހޮޅިއަށް ދިޔައީ މަންމަ ނުވަތަ ބެލެނިވެރިޔާ ނުބަލައިގެނެއް ނޫން. އެފަދަ ހާލަތެއް ދިމާވެދާނެ، ދޮޅު އަހަރުގެ ކުދިންނަކީ ދަތްދަޅާއިރު އަނގަޔަށް އެއްޗެހިލާ ހަފާކުދިން. ދުވަހަކު ދަރިޔަކު ބެލި މީހެއްވެސް ނޫންތޯއްޗެ މިވައިސޫރި އަކީ
ވަަަައިސޫރި އަމާ
13 September 2020
ތަނަކުން ހަބަރެއް ފެންނަ އިރަށް ހަގީގަތް ނޭގޭ ހާލު ވާހަކަ ނުދައްކާ. ވަރަށް ސިއްހަތަށް ގެއްލުން ހުރި ކަމެއް ތީ.
ކިހާ މަޖާ
12 September 2020
ޔާމީނު ގެ މޮޅު ކަމޯ..
ރަބަރު
12 September 2020
ވަރަށް ނުރައްކާތެރިކަމެއް. ކުދިންނަށް އެއްވެސް އެއްޗެއް ނުވިސްނޭނެ. އެހެންކަމުން މައިންބަފައިން ކުދިންނަށް ސަމާލުވާޖެހޭ.