16 ސެޕްޓެމްބަރ 2020 - 13:42
އައްޑޫގެ ތިން އަވަށެއްގެ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށާއި މަޝްރޫއު އަންނަ ޑިސެމްބަރު މަހު އެއްކޮށް ނިންމައިލެވޭނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މަރަދު އާއި މަރަދޫފޭދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމުމަށް ފަހު، ހިދުމަތް އޮޕަރޭޓް ކުރަން ފެނަކަ ކޯޕަރޭޝަނާ މި މަހުގެ 12 ގައި ހަވާލުކޮށްފައިވާ ކަމަށެވެ. މި ވަގުތު ކުރިއަށް ގެންދަނީ ފޭދޫގެ ސީއައުޓްފޯލް ރެކްޓިފިކޭޝަންގެ މަސައްކަތް ކަމަށް ބުންޏެވެ.
އެމްޓީސީސީން ބުނީ މަރަދޫފޭދު އާއި މަރަދޫގައި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި ފެނަކައާ ހަވާލު ކުރުމުގެ ކުރިން، އެ އަވަށުގެ ޕަމްޕިން ސްޓޭޝަނާއި ޕެނަލް ބޯޑުތައް އަދި ޓްރާންސްފާ ސްޓޭޝަންތައް އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަނާއި މަޝްރޫއުގެ ކޮންސަލްޓެންޓުންގެ ޓީމުން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މި މަަސައްކަތުގެ ތެރެއިން 10،289 މީޓަރުގެ ހޮޅި ވަޅުލައި، މަރަދޫގެ ޓްރާންސްފާ ސްޓޭޝަންގައި 720 މީޓަރުގެ ސީއައުޓްފޯލްއެއް ގާއިމުކޮށްފައިވާ ކަމަށް ވެސް އެމްޓީސީސީން ބުނެ އެވެ.
އެންވަޔަރަމަނަންޓް މިނިސްޓްރީގެ ޕްރޮޖެކްޓެއްގެ ގޮތުގައި މަރަދު އާއި މަރަދޫފޭދޫގެ އިތުރުން ފޭދޫގެ ނަރުދަމާ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 124 މިލިއަން ރުފިޔާއަށެވެ.
އައްޑޫގައި 2011 ގައި ފެށި ނަރުދަމާ މަޝްރޫއުގެ ދަށުން ހިތަދޫގެ ސަރަހައްދެއްގައި ނަރުދަމާ ގާއިމުކުރަން ފެށިޔަސް ވަކި އެ މަސައްކަތް ފުރިހަމަ ނުވެ، ހުއްޓިފައި ވަނިކޮށް އަލުން މަސައްކަތް ފެށީ 2017 ގަ އެވެ.
އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ތެރެއިން ހިތަދޫގެ މަޝްރޫއު ހަވާލުކުރީ އެމްޑަބްލިއުއެސްސީއާ އެވެ. މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރި އިރު، ވަކިން އޮންނަ ހުޅުދު އާއި މީދޫގެ ނަރުދަމާގެ މަސައްކަތްކުރީ ސްރީ ލަންކާގެ ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތްތައް މިހާރު ނިމިފައިވިޔަސް ހިދުމަތް ދޭކަށް އަދި ނުފަށަ އެވެ.
ބޮޑު އާބާދީއެއް އޮތް އައްޑު އަށް މި ވަގުތު ދިމާވެފައި ހުރި ބޮޑެތި މައްސަލަތަކުގެ ތެރެއިން ނަރުދަމާ ނިޒާމެއް ނެތުމަކީ އެންމެ ބޮޑު އެއް މައްސަލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގިރި
19 September 2020
ޔާމީނު އަކީ އާރުލާ ރައީސެއްކަން ސާބިތުކޮށްދިނީ ދިވެހިން ގެ ގޮވުމަށް އިޖާބަދީ އަޅާލި ބްރިޖުންނާއި ބޯހިޔާވަހިކަމަށް އާރާސްތުކުރި ޓަވަރުތަކުން
ފެންކުރި
19 September 2020
މިއީ ސަރުކާރެއްތަ؟ ކީއްކުރާ ބައެއް، 3 އަހަރުވާއިރުވެސް ކުރީގެސަރުކާރުން ނިމުމާއި ގާތައްގޮސްއޮތް ޕްރޮޖެކްޓެއް ނުނިމިގެން. އެމްޓިސީސީ ގެ ޕްރޮޖެކްޓް ޑިޕާރޓްމަންޓް ގަހުރީމިކަން ރަނގަޅަށް ދަންނަމީހެއްބާ.
އައްޑޫ ބަކުރު
16 September 2020
މީދެން ކިހާ ހެއްވާކޮއްދާކަމެއް އައްޑޫގެ ވެރިރަށް ކަމަށް ބުނާ ހިތަދޫ ބާކީ ކޮއްލާފަ ނަރުދަމާގެ ހިދުމަށް ކުރިއަށް މިގެންދިޔައީ އެކަމަކު މާލެއާ ނުލާ އެއްވެސްކަމެއް ސަރުކާރުން ނުކުރޭ ސަބަބަކީ ވެރިރަށައްވާތީ.. ބޮޑު ވެގެންވާ އަޖައިބެއްމިއީ
ކައްކާ
16 September 2020
ނަރުދަމާއަޅާދީފާނެ އެކަމަކު ޓެނިސްކޯޓެއް ނާޅާނެކަން، މާލޭމީހުން ރަށުގަ ޓެނިސްކޯޓު އަޅައިގެން "ގައުމީ މުބާރާތް" ކުޅޭތާ 60 އަހަރުވީއިރު މާލެއިން ބޭރުގަ ޓެނިސްކޯޓެއް އަޅައިނުދީއޮތީ އޭގައި ސަބަބުތަކެއް ހުރެގެންނޭ.
އޮނަރަބްލް އަފީފު ދީދީ
16 September 2020
މާލެ ފިޔަވާ ރާއްޖޭގެ އެންމެ ބޮޑު އާބާދީއަށް ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ނުދީ މާލޭގެ ބިންވެރިންގެ މަޖަލާއި އުފަލަށްޓަކާ ލަޤްޒަރީ ބްރިޖާއި، އިންޑޯރ އައިސް ސްކޭޓް ހޯލާއި، އާޓިފިޝަލް ބީޗާއި، ޕާކް ތަކާއި މިފަދަ ދުނިޔޭގައި ލެއްވި ހުރިހާ ޙަރަދެއް ކުރަމުންދާއިރު ލަދެއްނުގަނޭތޯ ތިމާމެންގެ ހުރި އިޙްލާސް ތެރިކަމާއި ނަސްލީ ތަފާތު ކުރުމުގެ މުޑުދާރު އަމަލު ތަކަށް؟! މިއީ ތަންކޮޅެއް ބޮޑުވަރު.
ގަބޫލެއްނުކުރެވޭ
16 September 2020
ޝުކުރިއްޔާ ކުރީގެ ސަރުކާރު
ރަދީފްއޮފިޝިއަލް
16 September 2020
2020 ވަނަ އަހަރު ނަރުދަމާގެ ވާހަކަ ދެއްކުން އެއީ ލަދުވެތިކަމެއް.2000 ވަނަ އަހަރު އައިއިރު ރާއްޖޭގެ ހުރިހާ ރަށެއްގަ ނިމި ރައްޔަތުން އެނިޒާމެއް އެންޖޯއި ކުރަމުން އަންނަ ނިޒާމަކަށް ނަރުދަމާ އަދި ފެނުގެ ނިޒާމް ހަދާނުލެވުން އެއީ މިބުނި މުއްދަތުގަ ވެރިކަންކުރި ފަރާތްތަކުން (ރަސްކަލަން / ރައީސުން) ރައްޔަތުންގެ ކިބައިން މާފަށް އެދެންޖެހޭނެކަމެއް.ވ.ވެދުން