އދ. އާއި ކޮމަންވެލްތުން ބޭއްވި ބައްދަލުވުމެއްގައި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ބައިވެރިވަޑައިގަންނަވަނީ -- ފޮތޯ: އެންވަޔަރަމެންޓް މިނިސްޓްރީ
18 ސެޕްޓެމްބަރ 2020 - 19:14
މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރަން ބޭނުންވާ ފައިސާގެ އެހީ ރާއްޖެ އަށް ނުލިބިއްޖެ ނަމަ ކުރިމަތިވާނެ ގެއްލުންތަކާ ގުޅޭ ގޮތުން އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އދ. އާއި ކޮމަންވެލްތު ގުޅިގެން ޑެސަޓިފިކޭޝަންއާ ދެކޮޅަށް މަސައްކަތް ކުރަން ބޭއްވި މިނިސްޓީރިއަލް ބައްދަލުވުމެއްގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެ އަށް ކުރިމަތިވާ މައްސަލަތައް މިނިސްޓަރު ހުސައިން ހިއްސާކުރެއްވި އެވެ.
Minister @DrHussainHassan participated in a High-level Meeting for Ministers, held alongside the 75th session of the @UN General Assembly. The virtual event focused on accelerating action around land for enhanced climate action. pic.twitter.com/Za33pYNEQL
— Ministry of Environment (@MoEnvmv) September 18, 2020
އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް
މިއީ އދ. ގެ 75 ވަނަ ޖެނަރަލް އެސެމްބްލީގައި، މޫސުމާ ގުޅިގެން ތިމާވެއްޓަށް އަންނަ ބަދަލުތައް ކުޑަކުރުމާ ގުޅޭ ގޮތުން މެމްބަރު ގައުމުތަކަށް ކުރެވޭނެ ކަންތައްތައް މަޝްވަރާ ކުރަން ބޭއްވި "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެސަޓިފިކޭޝަން" (ޔޫއެންސީސީޑީ) ބައްދަލުވުމެވެ.
ޑެސަޓިފިކޭޝަން އަކީ ގުދުރަތީ ދިރުންތައް މަރުވެ، ހަނަފަސް ވުމެވެ. ގުދުރަތީ ގޮތުން ދިގު މުއްދަތެއްގައި މި ކަން ހިނގި ނަމަވެސް، ގިނަ ތަންތަން މިހާރު ހަނަފަސް ވަނީ އިންސާނުންގެ ހަރަކާތްތަކާ ހެދި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ހެދި ކަނޑުގެ ލޮނގަނޑު އުފުލުމުންނާއި މުރަކަތައް ހުދުވުމުން ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ނޭދެވޭ ގިނަ އަސަރުތަކެއް ކުރާ ކަމަށް މިނިސްޓަރު މިއަދުގެ ބައްދަލުވުމުގައި ވިދާޅުވި އެވެ. އަދި މިކަން ހުއްޓުވޭނީ ހުރިހާ ގައުމެއް އެއްކޮށް މަސައްކަތް ކުރުމުން ކަމަށް ވެސް ވިދާޅުވި އެވެ.
"ޕެރިސް އެގްރިމެންޓުގައިވާ ގޮތަށް ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީސް އަށް ވުރެ އިތުރު ވިޔަ ނުދިނުމަށްޓަކައި ހުރިހާ ގައުމުތަކުގެ އެއްބާރުލުން ބޭނުން،" މިނިސްޓަރު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް މިހާރަށް ވުރެ ބާރުމިނުގައި ކުރިއަށް ގެންދެވޭނެ ގޮތް ހިމެނެ އެވެ. ތިމާވެށި ރައްކާތެރިކުރަން ރާއްޖެއިން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރޭގައި ގުދުރަތީގޮތުން ހާއްސަ ސިފަތައް ލިބިފައިވާ ތަންތަން ހިމާޔާތްކުރުން ހިމެނޭ ކަމަށް މިނިސްޓަރު ހުސައިން ވިދާޅުވި އެވެ.
ކޮމަންވެލްތުގެ މެމްބަރު ގައުމުތަކާއި ތިމާވެއްޓާ ބެހޭ މިނިސްޓަރުންނާއި މުއާހަދާތަކުގެ އިސްވެރިންނާއި ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ އިސްވެރިން ވެސް މި ބައްދަލުވުމުގައި ބައިވެރިވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާތެދެއް
20 September 2020
މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރަން އަހަރުން ހީކުރީ އަނނިގެ އަނގަ އެކަނިކަމަށް ބޭނުންވަނީ. އޭނަ ބުނެލާއިރަށް ޗައިނާ ރާއްޖެ ދަރުވާ ވާހަކަ އެބަ ލިއޭ ބީބީސީގަ. ތިމާވެއްޓާ މެދު އަސްލު އެހާ ކަންބޮޑުވާނަމަ އެކަމާ ތަންކޮޅެއް އަނގަގަދަކޮށްލާނަމަ، މިހާރަށްވުރެ ފައިދާހުރި ކަމެއްވޭތޯ ބަލަން.
ާއުނިމާ
20 September 2020
ކީއްކުރާ މިނިސްޓރީތަކެއްބާ؟ ކުރާއެއްވެސް މަސައްކަތެއްނުފެނޭ! ފޮނިވާހަކަ ދެއްކުންނޫންކަމެއްނުކުރޭ
އައިޝް 1
20 September 2020
ކޮބާހޭ މާސްކު؟ މީޓިންތައް ބާއްވާ ހަދާއިރުވެސް މިކަލޯ މާސްކެއް ނާޅާނެ.
ޕޮގުބަ
19 September 2020
ކޮސްވަރު ބަލާބަލަ މޫސުމަށް އަންނަބަދަލުތަށް ކުޑަ ކުރާނީ ކިހިނެއް ﷲ ގެ ޒާތުފުޅުގަ ވާކަމެއް
ވަދުސޮރު
19 September 2020
ވަރަށް ނާގާބިލު މިނިސްޓަރެއް ކަމެއްކުރަންވެސް ނޭގޭ މިނިސްޓްރީއެއް
ނުވާނެއޭނުވާނެއޭ
18 September 2020
ތިމާވެށި މިނިސްޓަރު އަމިއްލަ އަށް ޕްރޮޕޯސަލް ތައްޔާރު ކޮށްގެން އެފަދަ ޕްރޮޕޯސަލްސް ތަަކަށް މިލިއަނުން ފަންޑް ހޯދާ އަދި ތިމާވެއްޓާްއި ގުޅޭ ގޮތުން އަހަރަކު މަދުވެގެން 100 ކުދިން ޖަޕާނަށް ފޮނުވައިގެން ތަމްރީން ކުރުމަށް ޓަކައި ކުރި އެއްވެސް މަސައްކަތެއް ނެތޭ އެނޫން ނަމަ ރައީސް އިބޫ އެންމެ ފަހުން ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރު ފުޅުގެ ތެރެެއިން މިކަން ހަމަޖެހުނީސް ނޫންތޭ ތިމާވެށި މިނިސްޓްރީ އެބަޖެހޭ ފަޅާލަން ތިން ބަޔަށް ހުސެއިން އަކަށް ނުވާނެއޭ ނުވާނެއޭ
ގުރާބު
18 September 2020
އެންވަޔަރަންމަންޓް މިނިސްޓްރީގެ ބޮޑެތި ޕްރޮޖެކްޓް ތަކުގެ ޕާރފޯމަންސް އަދި އިސްރާފު އޯޑިޓު ކުރެވޭ ވަރު ވާނެބާ؟ ގަވައިދުގެ ތެރެއިން ކަންކަން ކޮށްފާނެ. އެއްކަމެއް ބޮޑު ހަރަދު ކޮށްގެން ކޮށްފާނެ ތިޔަ މިނިސްޓްރީގެ ހަމަ 2 ޕްރޮޖެކްޓަކުން ވެސް. ޕާރފޯމަންސް ވަރަށް ދަށް އަސްލު ހަގީގަތުގަ. ތިތަނުގެ ބޮޑެތި ޕްރޮޖެކްޓު ތަކުން ރައްޔިތުންނަށް ކުރި އަސަރު މިނެ ކިރާލުން ރަނގަޅު ކަންނޭގެ
ދިސްވޭއޭ
18 September 2020
ތިމާވެށި މިނިސްޓްރީން ކުރަންވީ ތިމާވެއްޓާއި ގުޅޭ ކަންކަން އެކަނިއޭ ތިމާވެއްޓާއި ގުޅޭ ކަންކަމެއް ނޫނޭ އެއީ ރާއްޖޭގެ ހަކަތައިގެ ދާއިރާ އާއި އަދި ފެނާއި ނަރުދަމާގެ ދާއިރާ އަކީ އެއީ ވަރަށް ޓެކްނިކަލް އަދި ވަރަށް ގިނަ ވަގުތާއި އެނަރޖީ ހޭދަ ކޮށްގެން ނޫނީ އެއިން ނެެރެން ބޭނުންވާ ނަތީޖާ އެއް ނެރެވޭނެ ދެ ދާއިރާ އެއް ނޫން ކަމަށްވާތީވެ އިތުރަށް ދެ މިނިސްޓްރީ އުފައްދަންވީ އެއީ އެނަރޖީ މިނިސްޓްރީ އަދި ބޯފެނާއި ނަރުދަމާ އާއި ބެހޭ މިނިސްޓްރީ އުފައްދަންވީއޭ
ނުދަނެއޭ
18 September 2020
ތިމާވެށި މިނިސްޓްރީ ދަށުގައި ރާއްޖޭގެ އެނަރޖީ އާއި އަދި ރާއްޖޭގެ ފެނާއި ނަރުދަމާގެ ޚިދްމަތް ތަކާއި އަދި އެޕްރޮޖެކްޓްސް ތަކުގެ މަސައްކަތް ކުރުން ހިމެނިފައި އޮތުން އެއީ ދެން އެއް ހިއްސު މަދު އުސޫލުން ސަރުކާރުން ކުރާ ކަމެކޭ ޑރ. ހުސެއިން އަކީ އެއީ ޓެކްނިކަލް މީހެއް ނޫނޭ އެއީ ނޮން ޓެކްނިކަލް މީހެކޭ އޭނާ އަށް ނޭގޭނެއޭ ރާއްޖޭގެ އެނަރޖީ ސެކްޓަރ އަދި ފެނާއި ނަރުދަމާގެ ސެކްޓަރ ތަރައްގީ ކުރަން ކުރާނެ ކަމެއްވެސް އިންޑަސްޓްރީގެ މަސައްކަތް ކުރާ މީހަކު ވެސް އޭނާ
1828
18 September 2020
އެކަމަކުވާ. ފައިސާ ފައިސާ