އެލަޕްގެ އިންޑިއާ އޮންލައިން ފިހާރަ ހުޅުވާނީ މި މަހުގެ 23 ގައި.
20 ސެޕްޓެމްބަރ 2020 - 08:37
މަޝްހޫރު އެޕަލް ކުންފުނީގެ އޮންލައިން ފިހާރައެއް މި މަހުގެ 23 ގައި އިންޑިއާގައި ލޯންޗްކުރަން ނިންމައި، އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައްވެއްޖެ އެވެ.
އެޕަލްގެ އުފެއްދުންތަކަށް ބޮޑު މާކެޓެއް އޮންނަ އަދި މި ފަހަކަށް އައިސް އެޕަލްގެ ވިޔަފާރިތައް ފުޅާކުރަމުން އަންނަ އިންޑިއާގައި އޮންލައިން ފިހާރައެއް ހުޅުވާކަން އިއުލާންކުރީ މި އަހަރުގެ ކުރީކޮޅު އެވެ. އިންޑިއާ އަކީ ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީ އޮތް ގައުމެވެ.
މި މަހުގެ 23 ވަނަ ދުވަހު އޮންލައިން ފިހާރަ ހުޅުވާތީ އެކަމާ ގުޅުވައިގެން އެޕަލްފެ ސީއީއޯ ޓިމް ކުކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިކަމުން އިންޑިއާގެ މާކެޓްގައި އެޕަލްގެ މަސައްކަތްތަކާއި ހިދުމަތް ފުޅާވެގެން ދާނެ ކަމަށެވެ.
We know how important it is for our customers to stay in touch with those they love and the world around them. We can’t wait to connect with our customers and expand support in India with the Apple Store online on September 23! 🇮🇳https://t.co/UjR31jzEaY
— Tim Cook (@tim_cook) September 18, 2020
މިކަމާ ބެހޭ ގޮތުން އެޕަލްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ޑެއިޑްރީ އޯ ބްރީން ވިދާޅުވީ އެޕަލްގެ އިންޑިއާގެ އޮންލައިން ފިހާރަވެގެން ދާނީ އެ ކުންފުނީގެ އެތައް އުފެއްދުމަކާއި ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފަސޭހައިން ފޯރުކޮށްދެވޭނެ ޕްލެޓްފޯމެއް ކަމަށެވެ.
"އަހަރެމެންގެ ކަސްޓަމަރުންނާ ވީހާ ވެސް ގާތަށް ގޮސް ހިދުމަތްތައް ވީހާ ވެސް ފަސޭހައިން އަވަސްކޮށް ހޯދޭނެ ގޮތްވުމަކީ އެޕަލް އިން އަބަދު ވެސް ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް." ބްރީން ވިދާޅުވި އެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި އެންމެ ކުރީގައި ގުނަލައިލެވޭ އެޕަލްގެ އޮންލައިން ފިހާރައެއް އިންޑިއާގައި ހުޅުވަން ނިންމި އިރު އެ ކުންފުނީގެ ބައެއް ސީރީޒްތަކުގެ ފޯނުތައް ވެސް އިންޑިއާގައި އުފެއްދުމުގެ މަސައްކަތް ވަރަށް ފަހުން ފަށާފައިވެ އެވެ.
ވިޔަފާރީގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި އެޕަލް ނިސްބަތްވާ އެމެރިކާ އާއި ޗައިނާއާ ދެމެދު ބޮޑެތި ކޯޅުންތަކެއް އޮންނާތީ އެޕަލްގެ ފޯކަސް މިހާރު ހުރީ އިންޑިއާއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
21111
21 September 2020
އިޒް އޯލް އެބައުޓް މަނީ ... އިޓް ސޯ ކޯލްޑް ވީ ބޯޓް އެވްރިތިން ... ނޮޓް ފޯ ފުރީ.. ދެން ވަޓް ނެކްސްޓް
ޒަރަންދުކިއުރިންޓްކޮކީ
21 September 2020
ރަގަޅު. ދިވެހިން ބޭނުމީ އިންޑިއާއައުޓް. އެކަމު އެޕަލް އޯކޭ. ހިންދި ފިލްމުއޯކޭ. ބިރިޔާނީ ވާވާވާ. ޒީޓީވީ ވަރަށްބޭނުން. އަމީތާބު ހަނޑޫ ވާވާ!