ޕީޕީއެމްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން. މީގެ ތެރެއިން ބައެއް މެމްބަރުން ވަނީ ޕީޕީއެމް ވައިބާ ގްރޫޕުން ބޭރުކޮށްފައި. -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
28 އޮކްޓޯބަރ 2016 - 09:14
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ޕީޕީއެމްގެ މަޖިލިސް މެމްބަރުން އެ ޕާޓީގެ ޕާލެމެންޓްރީ ގްރޫޕްގެ ވައިބާ ގްރޫޕުން ރޭ ބޭރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި މައުމޫންގެ އިތުރުން ވައިބާ ގްރޫޕުން ބޭރުކުރީ ތިނަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދުﷲ ހިލްމީ އާއި ދިއްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުއްލަތީފު މުހަންމަދެވެ. އެކަން ޕީޕީއެމްގެ "އިސް" މަޖިލިސް މެމްބަރަކު ވެސް ކަށަވަރުކޮށްދެއްވި އެވެ.
އެ ދެ މެމްބަރުން ވައިބާ ގްރޫޕުން ބޭރު ކުރީ ޕީޕީއެމް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މައުމޫނަށް ތާއީދު ކުރައްވަން ނިންމެވިކަން އިއުލާން ކުރައްވާފައިވަނިކޮށެވެ. އެކަމާ ގުޅިގެން ޕީޕީއެމް ޕީޖީ ގްރޫޕްގެ ބަހެއް ނުލިބުނެވެ.
ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ބާއްވަން އުޅުނު ޖަލްސާ ހުއްޓުވާލުމުން ކުރީގެ ރައީސް މައުމޫން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައި ސަރުކާރަށް އެ މަނިކުފާނު ކުރެއްވި ތާއީދު އަނބުރާ ގެންދެވިކަން އިއުލާން ކުރައްވައިފަ އެވެ.
މައުމޫނަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ތުލުސްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ބާރަށު ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ސުޖާއު އާއި ތިމަރަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު މުސްތަފާ ވަނީ މީގެ ކުރިން ވައިބާ ގްރޫޕުން ބޭރުކޮށްފަ އެވެ.
ޕީޕީއެމް ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ޕާޓީ ދެ ބައިވެ، މައުމޫންގެ ފެކްޝަނަކާއި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނެއް އުފެދިފައި ވާއިރު، ކޮންމެ ފެކްޝަނަކުން ވެސް ދަނީ ކައުންސިލް ބައްދަލުވުންތައް ބާއްވައި އެކިއެކި ފިޔަވަޅުތައް އަޅަމުންނެވެ.
ސަރުކާރަށް ފާޑު ވިދާޅުވާ އަދި ދެކޮޅަށް މަޖިލީހުގައި ވޯޓު ދެއްވާ މެމްބަރުންނާ ދެކޮޅަށް މީގެ ކުރިން ވެސް އެކި ފިޔަވަޅުތައް އަޅާފަ އެވެ. އޭގެ ތެރޭގައި، ވައިބަ ގްރޫޕުން ބޭރު ކުރުމުގެ އިތުރަށް، މުހިއްމު ކޮމިޓީތަކުން އާދައިގެ ކޮމިޓީތަކަށް ބަދަލުކުރުމާއި ޕާޓީން ވަކިކުރުން ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒެޑްްސް
29 October 2016
ޕީޕީއެމް ގެ ނަން ބަދަލުކޮށްލަމާ. ޕީޕީޕީއޭ އަށް.. ޕްރޮގްރެސިވް ޕާޓީ އޮފް ޕީޕަލްސް އެލަޔަންސް އަށް
އޮޅުއޮޅު ކަނބުލޮ
28 October 2016
މައުމޫނާ އިދިކޮޅު އެންމެން ޕީ ޕީ އެމްއިން ބޭރުކުރަމާ ހިނގާ !
ޏ އައިކު
28 October 2016
އޭރުން ޕޕމ ޕޮރޮގުރޮސިވް ޕާޓީ އޮފް މޯލްޑިވުސް ނުކިޔާ ކިޔާނީ ޕޮރޮގުރޮސިވް ޕާޓީ އޮފް ޕީއޭ
ލޮލީޖާބް
28 October 2016
މިހާރު ރާއްޖޭގަ ދެވޭ އެންމެ ބޮޑުއެއް އަދަބު މީ،
މަޒް
28 October 2016
އަޖައިބެއް ކަހަލަ ކަމެއް.. ތި ވައިބާ ގުރޫޕުގެ އެޑްމިންއަކީ ކާކުތަ؟
ދޭ
28 October 2016
ޕީޕީއެމްގެ ވައިބަރ ގްރޫޕް ގައި ތިބެވޭނީ އެއީ ޕީޕީއެމް މެމްބަރުންނަށެވެ. މިހާރު ރައީސް މައުމޫނު އާއި އަދި އަދި މައުމޫނުގެ ފެކްޝަން ގައި ތިބި މެމްބަރުންނަކީ އެއީ ޕީޕީއެމްގެ މެމްބަރުންނެއް ނޫނެވެ. އެއީ އަމިއްލަ ގަބީލާ އެއް ގޮތަށް މަސައްކަތް ކުރާ ބަޔަކާއި ބޮޑަށް ވައްތަރީ. މީގައި ޖެހިގެން އުޅޭ މައްސަލަ އެއް ކަމަށް ލަފާ ކުރެވެނީ މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތައް ދޭން ސަރުކާރުން ނިންމާތީވެ އެކަމާއި ދެރަ ވެގެން އެކަން ފޮރުވަން ވެގެން ބަޔަކު ނިކުމެ އުޅެނީ. ސަބަބަކީ އަދި ރާއްޖޭގެ ތާރީޚް ގައި އެއް ނެތް އެއްވެސް ސަރުކާރަކުން 16 ހާސް މީހުންނަށް މާލެ ސަރަހައްދުން ފްލެޓްސް ތައް ދޭނެ ކަމުގެ ލިޔުން ހަވާލުކޮށްފައި. އެކަން ކުރަން މިއުޅެނީ އެއީ މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން ކަމަށްވާތީވެ އެކަމާއި ޖޭވެގެން އުޅޭ ބަޔަކު މިހާރު ރައީސް މައުމޫނާއި އެކު އެތިއްބެވީ. އެއީ އަކީ އެއްގޮތަކަށް ވެސް ގައުމަށް ފައިދާ ހުރި ގޮތަށް މަސައްކަތް ކުރާ ގްރޫޕް އެއް ނޫނެވެ. ދޭ ރިއަލީ ޑޯން ކެއަރ އެބައުޓް އަސް..
)؛
28 October 2016
އިންސާފެއް ނެތް ތަނެއްގައި ދެން އިތުރު އެއްޗެއް ނޯނާނެ.
ދަންނަ
28 October 2016
ތި ބުނާ ބީޔުޓިފުލް ސަރުކާރުގެ ހަޑި މުޑުދާރު އަމަލުތައް ނުފެއްނާނެ ކަނުވެފަ ތިބި ބަޔަކަށް... ނަގޫ ފިތި ބާރު ވީމަ ހަކުރު ލޮނަށް ހަދަން އުޅޭނެ...މަމެން ތީބޭނަން ތި ބިޔުޓިފުލް އޯސަމް ކޮރަޕްޓް ސަރުކާރު.. ހަޅޭއްލަވައި ދިޔަފައިބައިގެން ދާ ތަން ބަލަން.. 2018 މަތިން ހަދުމަ ނައްތާލާ... ދެން ލަލަލާ..
ދިސްލަވް
28 October 2016
): ތަމެން ވެއްޖެއެއް ނޫން އޯޕަން މައިންޑަކުން ވިސްނަން. ކޮބާތަ އިންސާފެއް ނެތިފައި. ސިޔާސީ ޕާރޓީ ތަކަށް ބޭނުންވާ ހުރިހާ އިންސާފެއް އެ ހޯދާދެނީ ކޯޓް ތަކުންނެވެ. ތަމެންނަށް މިރާއްޖޭގެ ވެރިކަން ނުލިބޭނެ ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮންނަހާ ދުވަހަކުން. ދެން އެކަން ތަމެން ގަބޫލުކުރަންވީ އެވެ. މިހާރު މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރު ވަނީ ރައްޔިތުން ބަލައިގެންފައެވެ. ދިސް ލަވް އިޒް ލަވް، ދިސް ލަވް އިޒް ލުކިންގް ގުޑް އެން އިޓް ގޯސް އޮން އެން އޮން އެން އޮން..