ރާއްޖެ އާއި އިންޑިއާއާ ދެމެދު ބާއްވާ ކާގޯ ބޯޓުގެ ދަތުރުގެ ތެރެއިން.-- ފޮޓޯ:
21 ސެޕްޓެމްބަރ 2020 - 15:47
ރާއްޖެ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ބާއްވާ ކާގޯ ދަތުރުތައް ރަސްމީކޮށް މިއަދު ފަށައިފި އެވެ.
އިންޑިއާގެ ޝިޕިން ކޯޕަރޭޝަން (އެސްސީއައި) އިން އޮޕަރޭޓްކުރާ ކާގޯ ބޯޓު، ކާބޯތަކެއްޗާއި ކާޑުގެ ބާވަތްތަކާއެކު އަންނަ ހޮނިހިރު ދުވަހު ހދ. ކުޅުދުއްފުއްޓަށް ފޯރާނެ އެވެ. މާލެ އަށް އެ ބޯޓު އަންނަނީ އަންނަ ހަފުތާގެ ހޯމަ ދުވަހު އެވެ.
ރާއްޖެ އާއި ކޮޗިންއާ ދެމެދު ކާގޯ ދަތުރުތައް ފެށުމުގެ އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ އިންޑިއާގ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެކަމަށް އިންޑިއާގެ ކެބިނެޓުން ވެސް ވަނީ ރުހުން ދީފަ އެވެ.
ދަތުރުތައް ފެށުމަށް ވާޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ އާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދިރް އަދި އެ ގައުމުގެ ފޮރިން މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ ރާއްޖޭގެ އިގުތިސޯދީ ހަރަކާތްތައް ލާމަރުކަޒު ކުރުމަށް އަލަށް ފެށި ކާގޯ ދަތުރު މުހިއްމުވާ ކަމަށެވެ.
ރާއްޖެއާއި އިންޑިއާއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައި ރާއްޖެއައުމަށްޓަކައި އިންޑިއާގެ ސޫތުކުޅިން ފުރަތަމަ ފެރީ ފުރައިފިއެވެ. ސޫތުކުޅި އަދި ކޮޗިން އިން މުދާ ހިފައިގެން ރާއްޖެ އަންނަ މި ކާގޯ ފެރީ ފުރަތަމަ ބަނދަރުކުރާނީ ކުޅުދުއްފުއްޓަށެވެ. pic.twitter.com/8WZ9AOr8eQ
— Ministry of Transport and Civil Aviation (@MoTCAmv) September 21, 2020
އޭނާ ވިދާޅުވީ ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދިއުމުގެ ސަބަބުން އެހެން ގައުމުތަކުގެ ބޯޑަރު އަލުން ބަންދުކުރަން މަޖުބޫރުވެފައިވާ ދަނޑިވަޅެއްގައި، ރާއްޖެ އާއި އިންޑިއާގައި ތިބި މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނަގޅުކުރަން ދެ ގައުމުގެ ލީޑަރުން މަސައްކަތް ކުރައްވާކަން ޔަގީންވާ ކަމަށެވެ.
އިންޑިއާގެ ޝިޕިން މިނިސްޓަރު މަންސުހް މަންޑަވިޔާ ވިދާޅުވީ، ކާގޯ ދަތުރުގެ ސަބަބުން ރާއްޖެ އާއި އިންޑިއާގެ ޒަމާންވީ ގުޅުމުގެ އިތުރުން ވިޔަފާރީގެ ގޮތުން ގުޅުން ހަރުދަނާވާނެ ކަމަށެވެ.
ކޮޗިން ދަތުރަށް އިތުރު ކާމިޔާބީއެއް ލިބި ރާއްޖޭގެ އުތުރުގެ ހިސާބުތަކުގައި އިގުތިސޯދީ ހަރަކާތްތައް އިތުރުވާނެ ކަމަށް ވެސް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.
ރާއްޖެ އާއި އިންޑިއާ އިން ހާރިޖީ ގުޅުން ގާއިމްކުރިތާ 55 އަހަރު ފުރޭއިރު، ފެނިގެންދަނީ ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވާ ތަން ކަމަށް ނަހުލާ ވިދާޅުވި އެވެ.
މި ހިދުމަތް ފެށުމާއެކު ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
22 September 2020
މިއީ މާލޭގައިއޮތް ހިތްދަތި ދިރިއުޅުން ދޫކޮށް ތިމާމެންގެ އަމިއްލަ ވަޒަނުގައި ލޯބިވާ އާއިލާ އާއިއެކުގައި ހިތްފަސޭހަ ދިރިއުޅުމެއް ހޯދުމަށް އުތުރުގެ ރައްޔަތުންނަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް. އުއްމީދަކީ މި ފުރުސަތުގެ ބޭނުންކޮށް ވިޔަފާރިވެރިންނާއި ޒުވާނުންގެ ތެރެއިން ހުނަރުވެރިން މިކަމުގެ ފައިދާ ލިބިގަތުން. # މިކަން ކާމިޔާބުކޮށްދިނުމަށްޓަކާ ދުނިޔޭގެ އެހެން ޤައުމުތަކުން ގެންގުޅޭ ސިޔާސަތާއިއެއްގޮތަށް ބޭރުގެ ލަކުނޑި ބޯޓް މާލޭ ބަނދަރަށް އައުން މަނާ ކުރާންޖެހޭ.
ވިސްނު
22 September 2020
މާ އިންޑިއާ އައުޓު ވެގެން މިއުޅެނީ އިންޑިއާއިން ބޭސް ނުކޮށް ތިބި ބައެއްތަ؟ އިންޑިއާއިން ގެންނަ މޭވާއާއި ތަރުކާރީ ނުކައި ތިބި ބައެއްތަ؟ އިންޑިއާއިން ގެންނަ ފިޔައާއި އަލުއްވާއި ބިސް ނުކައި ތިބި ބައެއްތަ؟ އިންޑިއާއިން ގެންނަ އަންނައުނު ނުލައި ތިބި ބައެއްތަ؟ އިންޑިއާއިން ނުކިޔަވާ ތިބި ބައެއްތަ؟ ނުވިތާކަށް އިންޑިއާ ގެ ފިލްމުތަކާއި ޑްރާމާތައް ނުބަލައި ތިބި ބައެއްތަ؟ މިއީ ލާމެހިފައިއޮތް ދުނިޔެއެއް. ވަކިވެގަނެގެން ލިބޭނެ މޮޅެއް ނޯންނާނެ.
ރާއްޖެތެރެމީހާ
22 September 2020
ޤައުމުގެ މިނިވަންކަން ނެތޭ ހިސާބައް ރައްޖޭގެ ކަންކަން މިދަނީ
ސަލީމު އިދުރީސް
22 September 2020
ބަލަ މިބުނަނީ ބައްގާޅިނައް ބޭނުއް ވިއަފާރިޔެއް ކުރެވޭއިރު އެންގައުތަކު މީހުނައް ނުކުރެވެންކީއްވެހޭ!
ޙިނި
22 September 2020
މީ އޮޅުވާލުމެއް ޕެސެންޖަރު ފެރީ އެކޭ ކިޔާފަ މިގެން ނަނީ ކޮންޓޭނަރު އުފުލާ ކާގޯބޯޓެއް. ކުޑަ ކުޑަ އިކޮނޮމި އެއް އޮންނަ ރާއްޖެއައް މީގެން ވަނެ ގެއްލުމާ ދޭތެރޭ މިމީހުން ވިސްނާލިބާ. ޢެޓިޢޯއިން ސިޕިންލައިނު ހުޅުވިތާ 4 މަސް ނުވޭ ދެން ސަރުކާރުން މިގެންނަނީ އިންޑިޔާ ކާގޯ ބޯޓެއް. މީ ސަރުކާރުން އެސްޓީއޯ އައް ކުރި ޖެއްސުމެއްތަ
ސަލީމު އިދުރީސް
22 September 2020
ބަލަ މިބުނަނީ ބައްގާޅިނައް ބޭނުއް ވިއަފާރިޔެއް ކުރެވޭއިރު އެންގައުތަކު މީހުނައް ނުކުރެވެންކީއްވެހޭ!
ފިފުޓީ ސިކުސް
22 September 2020
އިންޑިޔާގެ ކުދިވިޔަފާރިވެރިން ހަނިމާދޫ އަދި ކުޅުދުއްފުށީގައި ވިޔަފާރިކުރެވޭގޮތް ހަމަޖައްސަދިނުމަށް އެދިފައިވޭ މިކަމަށް އެދި މިހާރުވެސް 25 ފަރާތަކުން ހައިކޮމިޝަންގައި އެދިފައިވާކަމަށް ސިއްރުޚަބަރުތަށްބުނޭ އަދި ސަރުކާރުން މިކަމަށް 2021ގައި ހަމަޖެހިގެން ދާނެކަމަށްވެސް ބުނެފައިވެޔޯ
ފެރީބެ
22 September 2020
ބަލަ ވައުދުވީ ޕެސެންޖާ ފެރީއެއް ބާއްވަން... ވީ ވައުދުގެ މަފްހޫމް އޮޅުވާލާފަ މިއޮތީ...ކޮންމެ ކަމެއްގަވެސް މަކާރާ ހީލަތް!
ސަހަރޯ...
22 September 2020
އުތުރުގެ ސަރަހައްދުން އެ ތަކެތި މާލެއަށްވުރެ މާ ބޮޑުތަން އަގުހެޔޮވެގެން ދާނެކަމަށް އުންމީދުކުރަން. އަދި މާލޭގައި އުޅޭ އުތުުރުމީހުންވެސް އަމިއްލަ ރަށުން އަގުހެޔޮކޮށް ތަކެތި ގެނެސްގެން ބޭނުންކުރާނޭކަމަށް ޤަބޫލުކުރެވޭ. ތި ވަރަށް ރަނގަޅު ބަދަލެއް އަންނާނެކަމެއްކަމަށް އުންމީދުކުރަން. ވިޔަފާރިވެރިން ހަދާނެއެއްޗެއް ނޭނގެނީ..
ޓިނު
22 September 2020
ރާއްޖެއަށް ކަޑު ބޯޓެއްގައި މުދާގެނައުމުން އަޅުވެތި ވާނަމަ މިހާރު އެކަން އޮންނާއީ ވެނިމިފައި ، އިދިކޮޅޭ ކިޔައިގެން މިއުޅެނީ ކީކޭކިޔަން
ކޮސްގޮވާ
22 September 2020
މިޒަމާނުގައި އަޅުވެތިކަމެއް ނޯވޭ އެއައްވުރެ ގަދަޔަށް ލާމެހިފައިވާ ދުނިޔެއެއް. އެއްގައުމު އަނެއްގައުމާއިދޭތެރޭ މިއޮއްނަނީ.