ހަނދު.
23 ސެޕްޓެމްބަރ 2020 - 07:00
ޕާކިސްތާނު މީހަކު ކައިވެނީގެ ހަދިޔާއަކަށް އަނބިމީހާ އަށް "ހަނދުން" ބިމެއް ގަނެދީފި އެވެ.
އެ ގައުމުގެ މީޑިއާތަކުން ބުނީ ލޫނާ ސެޓްލްމަންޓް އިނިޝިއޭޓިވް (އެލްއެސްއައި) ގެ ދަށުން އެއް އޭކަރުގެ ބިމެއް، 23 އަހަރުގެ ޝުއައިބް އަހުމަދު އަންހެނުން މަދީހާ، 26، އަށް ގަނެދިނީ 45 ޑޮލަރަށް ކަމަށެވެ.
ރާވަލްޕިންޑީގައި ދިރިއުޅޭ ޝުއައިބް އަނބިމީހާ އަށް ހަނދުން ބިން ގަތްް މުއާމަލާތާ ބެހޭ ލިޔުން ވެސް ބައެއް މީޑިއާތަކުން ޝާއިިއުކޮށްފައިވެ އެވެ. ޝުއައިބާއި މަދީހާ ކައިވެނިކުރީ މީގެ ހަ މަސް ކުރިންނެވެ.
https://t.co/reGHth7FSm
— Brandsynario (@brandsynario) September 20, 2020
Sohaib bought one-acre land on the Moon as a wedding present for his wife! pic.twitter.com/ceMt8hEqZk
އެލްއެސްއައިގެ ވެބްސައިޓްގައިވާ ގޮތުން، މުސްތަގުބަލުގައި ހަނދަކީ އިންސާނުން ވަޒަން ވެރިގެން އުޅޭނެ ތަނަކަށް ވެދާނެތީ އެތަނުން ބިން ހޯދުމަކީ ކޮންމެ މީހަކަށް ވެސް އޮތް ފުރުސަތެކެވެ. އެގޮތުން ފަސް އޭކަރަށް ވުރެ ކުޑަ ބިން ހަނދުން 15-150 ޑޮލަރާ ދެމެދުގެ އަގުތަކަށް ލިބޭނެ ކަމަށް އެލްއެސްއައި އިން ބުންޏެވެ.
އެތަނުން ބުނެފައިވާ ގޮތުގައި ހަނދުން ގަންނަ ބިންތައް ހާލަތު ނިޔާކުރާ ގޮތުން ހަނދުގެ އެކި ދިމަދިމާ އަށް ބަދަލުކުރަންޖެހުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް އެ މީހަކު ބިން ގަންނަން ހޭދަކުރި ފައިސާއާ އެއްވަރުގެ ބިމެއް ކަށަވަރުވެފައި އޮންނާނެ ކަމަށް ބުނެ އެވެ. އަދި އެތަނެއްގައި ދިރިއުޅުމަށް ބޭނުންވާނެ ގިނަ ވަސީލަތްތައް ގާއިމުކުރެވޭނެ އެވެ.
ހަނދުން ބިން ވިއްކުމުގެ މުއާމަލާތް އެލްއެސްއައި އިން ކުރިއަށް ގެންދަނީ ޝަރުތެއްގެ ގޮތުގައި ސީދާ އެތަނުގެ އޮފީހަށް ހާޒިރުވެގެންނެވެ. އެކަމަކު "ހަނދުން" ބިމެއް ގަތުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަހަރޯ...
23 September 2020
އަނެއްކާ އަނެއްވާހަކަ. ހަނދުން ބިން ގަތީ ކާކުކަން އެނގިއްޖެ. އެކަމަކު ބިން ވިއްކީ ކާކުތަ؟ ބިން ވިއްކި ފަރާތް އެނގެން ވަރަށް ބޭނުން. މިކަހަލަ ތާކުންތާކު ނުޖެހޭ ޚަބަރުތައް ފެންނާތީ ހާދަ ހިންޏެއް އާދެއޭ.
ފޫހި
23 September 2020
މަވެސް މާސްއިން ގަނެދީފާނަން. ޢެއީ ދޔވަހަކުވެސް އެބިން ބޭނުންކުރާކަށް ނުލިބޭނެތީ.
ރަބަރު
23 September 2020
ބިމަކީ އިންސާނުން ދިރިއުޅެން ﷲ ލެއްވެވި ތަނެވެ. އެއަށްވުރެ ފަސޭހަތަނެއް އިންސާނުން ދިރިއުޅުމަށްޓަކައި ލައްވަވާފައި ނުވެއެވެ. އަދި މި ކާއިނާތުން އެފަދަ ތަނެއް ނުވެސް ފެންނާނެއެވެ. އިލްމީ ބޭނުންތަކަށްޓަކައި ހަނދާއި އަދި އެހެނިހެން ތަންތަން ދިރާސާކޮށް ބެލުމަކީ ނެތްކަމެއް ނޫނެވެ. އެހެނަސް ދިރިއުޅޭނެ ތަނަކަށް ބަލައިގެން ނުވާނެއެވެ.
ބައިރޯ
23 September 2020
އަދި ކަމެއް ނުވި، ކަމަކަށް ވާނީ ސުވަރުގެއިން ބިމެއް ގަނެދެވުނީމަ، މިކަން ލާރި ޙަރަދު ނުކޮށްވެސް ކުރެވެން އެބައޮތެވެ.