އެމްޕީއެލްގެ ބަހެއްގައި މީހުން ދަތުރުކުރަނީ: އެމްޕީއެލުން ބުނަނީ އާންމުން ވެސް ސަމާލުކަން ދޭން ޖެހޭނެ ކަމަށް
23 ސެޕްޓެމްބަރ 2020 - 13:50
މާލެ އާއި ހުޅުމާލެއާ ދެމެދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދުއްވާ ބަސްތަކުގައި ގައިދުރުކަން ނުބަހައްޓާ ކަމުގެ ޝަކުވާ ބަހުގައި ދަތުރުކުރާ އާންމުން ކުރަން ފަށައިފި އެވެ.
އާންމު ގޮތެއްގައި މާލެ އާއި ހުޅުމާލެއާ ދެމެދު ދެ ބުރި ބަސް ދަތުރުކުރި ނަމަވެސް މި ފަހުން ހުޅުވާލި ދެވަނަ ރޫޓް ކަމަށް ވާ ކާނިވާ ސަރަހައްދުން ހުޅުމާލެއަށް ދަތުރުކުރަން ބޭނުންކުރަނީ އާދައިގެ ބަސްތަކެވެ.
މިހާރު އާ ވާހަކަ ދެއްކި މީހަކު ކިޔާދިން ގޮތުގައި މި މައްސަލަ އާންމުކޮށް ދިމާވަނީ ކާނިވާ ސަރަހައްދުން ދަތުރުކުރާ ކުޑަ ބަހުގަ އެވެ.
"ދާން ޖެހޭ ތަނުގެ ގޮތުން މި ބަހަށް މި އަރަނީ. މީގަ ޖާގަ އޮއްވާ އައިސް ކައިރީގައި އިށީނަސް [ދުއްވަ ތިބޭ މީހުން] ނުބުނޭ އެއްޗެކޭ. ދެން ކޮންމެ ކޮންމެ މީހަކަށް ނުކެރޭނެ ދޯ ނީށީންނާށޭ ބުނާކަށް ވެސް،" އާންމުކޮށް ހުޅުމާލެ އާއި މާލެއާ ދެމެދު ބަހުގައި ދަތުރުކުރާ އަންހެނަކު، ނަން ނުޖަހަން އެދެމުން، ބުންޏެވެ.
"ހަމަ ސްޓިކާއެއް [ގައިދުރުކަން ބަހައްޓަން ޖެހޭކަން އަންގައިދޭ] ޖަހާލިޔަސް އެކަމެއް ނުވާނެ."
މި މައްސަލައިގެ ޝަކުވާ ކުރި އެހެން މީހަކު ބުނި ގޮތުގައި ޖާގަ ނެތް ވަރަށް ބަހަށް މީހުން ވެސް އަރުވަ އެވެ. އެ ބަސް ދެ ތަނަކަށް ހުއްޓާއިރު ދެ ތަނުން ވެސް ބަސް ފުރެންދެން މީހުން އަރުވާ ކަމަށް އޭނާ ބުންޏެވެ.
"މީގެ ކުރިން ވެސް ފުރުނީމަ ބުނޭ ފުރިފައޭ، ނޭރޭނެއޭ. ދެން މިހާރު ވަކި އުސޫލެއް [އެޗުޕީއޭގެ] އޮވާ އެހެން ނުވާންވީ ކީއްވެ؟" އޭނާ ސުވާލުކުރި އެވެ.
އެމްޕީއެލްގެ ބަހެއްގައި ގައިދުރުކަމެއް ނެތި މީހުން އިށީދެގެން
އެކަމަކު އެމްޕީއެލުން ބުނީ ބަސް ދަތުރުތައް ކުރިއަށް ގެންދެވޭތޯ ބަލަނީ ވީހާވެސް ގަވާއިދާ އެއްގޮތަށް ކަމަށެވެ. ނަމަވެސް އެކަމުގައި ދިމާވާ ދަތިތަކެއް އެބަހުރި ކަމަށް އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވި އެވެ. އެހެންކަމުން ބަސް ތެރޭގައި ގައިދުރުކަން ބަހައްޓަން، ބަހަށް އަރާ މީހުން ވެސް، ސަމާލުކަން ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ކޮންމެ ބޭފުޅަކު ވެސް ގަޑިއަކަށް ތާކަށް ދާން އަންނާނީ. ދެން އަޅުގަނޑުމެން ނޭރޭނެއޭ ކިޔާފައި ނޭރުވީމަ ދެން ނުކުންނާނީ އެހެން މައްސަލައެއް،" އޮފިޝަލް ވިދާޅުވި އެވެ.
"ތިބޭފުޅުން ވެސް ވިސްނާ ބަސް އެކި ތަންތަނަށް ހުއްޓާ އިރު ޖާގަ ނެތޭ ކިޔާފައި ނާރުވައެއް ނުބެހެއްޓޭނެ. އަޅުގަނޑުމެންނަކަށް ނޭނގޭނެ ކާކު ފައިބާނީ ކޮން ތާކަށް ކަމެއް."
އެމްޕީއެލުން ބުނީ މިކަމުގައި ފަރުދީ ޒިންމާ އަދާކުރުން ވެސް މުހިންމު ކަމަށެވެ. ބައެއް ފަހަރު ބަހުގައި އާންމުން ވެސް އުސޫލާ އެއްގޮތަށް އަމަލު ނުކުރާ ކަމަށް، އެ ކުންފުނިން ތުހުމަތުކުރެ އެވެ. އެގޮތުން ރަނގަޅަށް އިރުޝާދު ދިނީމާ ވެސް ހިންހަމަނުޖެހުން ފާޅުކުރާ ކަމަށް، އޮފިޝަލް ވިދާޅުވި އެވެ.
އެމްޕީއެލުން އެހެން ބުނި ނަމަވެސް މާލެ ސަރަހައްދުގެ ލޮކްޑައުން އަށް ދިން ލުޔާ އެކު ހުޅުވާލި އިރު އާންމު ދަތުރުފަތުރުގައި ބޭނުންކުރާ ބަހާއި ފެރީތަކަށް އަރުވާ މީހުންގެ އަދަދު މަދުކޮށް ކޮންމެ ދެ މީހެއްގެ ދެމެދު ހުސް ގޮނޑިއެއް ދޫކުރަން އެޗްޕީއޭގެ އުސޫލުތަކުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަޒްރާ
24 September 2020
ބަސްތަކށް ޚައްސަ ގަވައިދެއް ހަދާބަލަ އެހަވައިދަށް ބަހުގެ ދުއްވަން ތިބޭ މީހުން ޢަމަލު ކޮށްބަލަ
ކުޑަ ޒަކީ
24 September 2020
ހަހަ. މީގަވެސް ދިވެހިންނަށް މި ގޯސްވަނީ އެމްޕީއެލް. ބަލަ މިތިބަ ދިވެހިންނޭ، ތިމާގެ ފަރުދީ ޒިންމާ އަދާކޮށްބަލަ. އަދި ވީއައިޕީކޮށް އުޅެން ބޭނުންނަމަ، އަމިއްލަ ކާރުގަ އުޅުއްވާ.
ހެއްވާ ސރކރ
24 September 2020
ކޮވިޑު އެއީ އިދިކޮޅުމީހުންގެ މުޒާހަރާތެރެއަށް ވަންނަން ރެޑީކޮށްފަ ތިބޭ އެއްޗެއް. ޢެ ނޫޅޭނެ އެހެންތާކު
ކަކުނިބޯ
24 September 2020
އެ މް ޕީ.އެލް ޖޫރިމަނާކުރަން ނުކެރެނީ އެޗް ޕީ އޭއަށް އެބަސްތަކުގައި ނިކަން ގެތަކުގައި ތިހިއްޕާކަހަލަ އިއުލާނެއްނަމަވެސް ހިއްޕަބަލަ. ކޮބާ އެންޓިކޮރަޕްޝަން ކޮމިޝަން މިވެސް ކޮރަޕްޝަނެކޭ ވަކިބަޔަކަށް ފައިދާހޯދައިދެނިއްޔޭ. އަދުލުއިންސާފު ހަ މަ ހަ މަ ވު މަކީ މީބާ؟
ޢަހު
24 September 2020
މިގައުމުހަމަމަގަށް އަޅުވަން އައި މީހުން މިއުޅެނީ އަބަދުވެސް މުއައްސަސާތަކުގެ ކޯޅުމުގަ
އެމްސް
23 September 2020
2 ދަތުރު ދޭތެރެ ވަރަށް ދުރު!
އޮނަރަބްލް އަފީފު ދީދީ
23 September 2020
ކިހިނެއްވެގެން އުޅޭ ބައެއް؟!! ތިމާމެންގެ ބޮޑާކަމާއި ޒާތްކޮޅު ބޮޑުވެގެންގޮސް ޕަބްލިކް ޓްރާންސްޕޯޓް ތަކުގައިވެސް ތިމާމެނަށް ޙާއްސަ ބަސްތަކެއް ހުންނާންޖެހޭނެ ކަމަށް ދައުވާ ކުރާންޖެހޭ ހިސާބަށް ކަންތައް ގެންދިއުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް. # ތިޔަ ބުނާ ބޮޑެތި ބަސްތައް 5 މިނެޓުން ހުސް ދަތުރުތައް އަޅާތަން އަހަރުމެނަށް ފެނޭ. މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި މިކަން ކުރާގޮތެއްނޫން. ދަތުރު ކުރާ މީހުންގެ ނިސްބަތަށާއި ޕީކް ގަނޑިތައް ނޫންވަގުތު ދަތުރު މަދުކުރާންޖެހޭ.
ބާބާ
24 September 2020
މީނަ ވެއްޖެއެއްނުން ރާއްޖޭގެ ރައީސަކަށް ހަދަން. މިފެންވަރުގެ މީހަކު ރައީސަކަށް ހެދީ މާ ދެން ނުޖެހޭނެ ތިކިޔާ ފާޑުފާޑުގެ ކޮންސަލްޓެންޓުން ހަ މަޖައްސާކަށް. ބަޖެޓަށްވެސް ލުއިވާނެ. ދުނިޔޭގައިވެސް މިވަރު މީހުން ނުތިބޭނެ. މިޢި ހުރިހާ ރޮނގަކުންވެސް ޕީއެޗްޑީގެ ބޭފުޅެއް.
ޕަބްލިކް ހެލްތް
23 September 2020
މިވާހަކަ މިގޮތަށް "މިހާރު" ދެއްކެވި އެމްޕީއެލް އޮފިސަލު މިދައްކަވާފައި ވަނީ ވަރައް ޒިންމާދާރުކަން ކުޑަ ވާހަކަ ތަކެއް، ކޮވިޑްްްްްް19 ގެ ނުރަކަލާ ގުޅިގެން އެއްވެސް ގައުމަކުން ޕަބްލިކް ސާވިރވިސް ދޭފަރާތްތަކުން މިފަދަ ވާހަކަ އެއް މިގޮތަށް ދަކާފައެއްނެތް، އެހެން ވަގުތުން މީނައަށް ފިޔަވަޅުމަފެނޭ އަދި މިފަދަ ނިޔުސް ބްރީފިން ދޭނުޖެހޭފަދަ މަގާމަކަ ޑިމޯޓް ކިރުމަށް ފެނޭ! ަ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ
ކުޑަ ޒަކީ
24 September 2020
ކޮވިޑްްްްްް19 ގެ ނުރައްކަލުގައި ޕަބްލިކް ޓްރާންސްޕޯޓް ހުއްޓާލަން ފެނޭ.
ރަބަރު
23 September 2020
މި ލިޔުމާ ގުޅިގެން ކޮށްފަހުރި ކޮމެންޓްތަކުން އެނގެނީ ކޮވިޑަށްވުރެ ނުރައްކާތެރި ވައިރަހެއް މިގައުމަށް ޖެހިފައިވާކަމެވެ. މިބަލިޖެހެނީ ޚާއްސަ ބަޔަކަށެވެ. ބަހުގައި ދަތުރު ކުރާމީހުން ގެ ތެރޭ ގައި ދުރުކަން ބެހެއްޓޭނީ އިތުރު ޚަރަދެއް ކޮށްގެންނެވެ. އެއީ ބަސް ދަތުރު އިތުރުކޮށްގެންނެވެ.
އޮނަރަބްލް އަފީފު ދީދީ
23 September 2020
ސަތޭކަ ސާޅީސް މިލިޔަނަށް ވުރެން ބޮޑު ހޭދައެއްކޮށްގެން މާލޭމީހުނަށް ނުހަނު ކުޑަ އަގެއްގައި ހުޅުމާލެއިން މާލެއަށް ދަތުރު ކުރަން ލަންޑަނާއި މޮސްކީ ފަދަ އެންމެ ތަރައްޤީ ޤައުމު ތަކުގައިވެސް ދުއްވާފަދަ ޔޫރޯ ބަސް ދުއްވާއިރުވެސް މާލޭ މީހާއަށް ކަމުނުގޮސްގެން މިބުނަނީ "ދެވަނަ ރޫޓް ކަމަށް ވާ ކާނިވާ ސަރަހައްދުން ހުޅުމާލެއަށް ދަތުރުކުރަން ބޭނުންކުރަނީ އާދައިގެ ބަސްތަކެއް" ކަމަށް!! މީހަކު އަޖާއިބު ނުވާނެތޯ؟ މިއީ ބޮޑާކަމުގެ ތަންކޮޅެއް ބޮޑުވަރު ނޫންތޯ.
ކުޑަ ޒަކީ
24 September 2020
ކަލޯ، މިތާ މީހުންނަށް އެއްވެސް އެޗެއްކަމަކު ނުދާނެ.
ރާއްޖެ
23 September 2020
އެޗްޕީއޭއަށް ފެންނާނީ ސިޔާސީ މީހުން ސައިކަލް ބުރު ޖަހާތަން. ސަރުކާރުގެ އޮފީސް ތަކުން އަމަލުކުރާ ގޮތެއް ނުފެނޭ.