މަލީހާ: އޭނާއަށް ވަޒީފާދޭން ކުރި ހުކުމަށް ފަހު ވަޒީފާއަށް އަލުން ވަނީ ދީފައި
24 ސެޕްޓެމްބަރ 2020 - 12:59
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ވަޒީފާ އިން ވަކިކޮށްފައި ވަނިކޮށް، އަލުން ވަޒީފާ ދޭން ސުޕްރީމް ކޯޓުން އެންގި މަލީހާ ޖަމާލަށް އެ ބޭންކުން އަލުން ވަޒީފާ ދީފި އެވެ.
މަލީހާ، ބީއެމްއެލްގެ އެމްއެސްއެމްއީ ހެޑްގެ މަގާމުގައި ހުއްޓައި ޖޫން، 2013 ގައި ވަޒީފާ އިން ވަކިކުރީ އޭނާ އާއި އިތުރު ބަޔަކު އޮގަސްޓް، 2012 ގައި ކުރި ދަތުރެއްގެ ޚަރަދު އަނބުރާ ހޯދުމުގައި ނުކުރާ ޚަރަދުތަކެއް ހޯދަން އުޅުނު ކަމަށް ބުނެ އެވެ. އެ މައްސަލައިގައި މަލީހާ އަށް ފަހުގެ އިންޒާރު ދޭން ބޭންކުން ނިންމުމަށް ފަހު ނިންމީ އޭނާ ވަޒީފާ އިން ވަކި ކުރުމަށެވެ. އޭނާ އަށް އަލުން ވަޒީފާ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލާއި ހައި ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކުރީ މިދިޔަ މަހު އެވެ.
އެނގިފައިވާ ގޮތުގައި މަލީހާ އަލުން ވަޒީފާ އަށް ނުކުންނަން އެންގީ ބީއެމްއެލްގެ ކަސްޓަމާ ސާވިސް ހެޑްގެ މަގާމަށެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލާއި ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ނިންމީ މަލީހާ ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެހެންވެ، އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށާއި ގެއްލުނު މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް އަންގާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފްލާވާ
24 September 2020
މަރުހަބާ މަލް❤️❤️❤️❤️♥️♥️???❤️ އެންޑް ކޮންގުރަޗުލޭޝަން
ހަބީބު
24 September 2020
ބޭންކްގެ ހުރިހާ ބޮޑުން 2023 ގަ އިބޫއައްވޯޓުލާތި އަދިކިރިޔާ މިއެނގެނީ ރައްޔިތުންގެ ވެރިކަމަކީ ކޮބައިކަން
މަލީހް
24 September 2020
މަރުހަބާ. މީ އަހަރުމެންގެ ވެރިކަން.
ވަކިއަތަކަށް ނުޖެހި
24 September 2020
ޝަރުއީ ދާއިރާ އިސްލާހުކުރަންޖެހޭ ކަމަށް ދިވެހި ކޮންމެ ދަރިޔަކުވެސް އެއްބަސް ވާނެކަމުގެ ހެއްކެއް މިއީވެސް، ވީމާ އެމް.ޑީ.ޕީ އެދެއްކި ވާހަކައިގަ އޮއްޓަރު އެބަހުރި،
ނުފޫޒު4
24 September 2020
ބީއެމްއެލް އެންމެފަހުން ދަރަނި އަދާކުރަން މިޖެހުނީ ބީއެމްއެލްގެ މުވަޒަފަކަށް ނޫނޭ ބުނަން މީ އާދައިގެ މީހަކައް ކާމިޔާބު ވާނެ މަސްސަލައެއްނޫން
ޢިޙްސާސް
24 September 2020
ލާރިގަނޑެއް ލިބުނީދޯ.. އެކަ މަނާ ކެތްތެރި. 8 އަހަރު.
1828
24 September 2020
މަރުހަބާ މަލީހާ. އިންސާފް އެއީ ފަސޭހައިން ނުލިބެނޭއެއްޗެއްކަން މިކަމުންވެސް އިނގިގެންދޭ. އިންސާފް ލިބޭނީ ހިތްވަރާއެކު ބުރަ މަސައްކަތްކޮށްގެން. އިންސާފޭ ބުނާއިރަށް ވެރިން ތުރުތުރު މިއަޅަނީ ކީއްވެކަމެއް އަދިވެސް އަހަރެންނަކަށް ނޭނގުނު.
12134
24 September 2020
އިންސާފު ހޯދުމަށް 8 އަހަރު ؟ މިދެން ބޮޑުވަރު
1828
24 September 2020
ހަޤީޤަތުގައިވެސް. އުފާކުރާކަމަކީ 08 އަހަރު ފަހުންވެސް އިންސާފް ލިބުނީތީ. އެވްރެޖްކޮށް ރާއްޖޭގައި އިންސާފް ލިބުމަށް 10 އަހަރު ނަގާ.
އަލީޝާ
24 September 2020
8 އަހަރު ދުވަހުގެ މުސާރަ އެއްފަހަރާ ލިބޭނެ ދޯ މިއަށްވުރެ ރަންގަޅު ވާން ޖެހޭ ދޯ ޝަރުޢީ ނިޒާމު އާދައިގެ ނިކަމެތި މީހުންނަށް ތިފުރުސަތު ރާއްޖޭގައި ނެތް ކަން ކޮށްދޭނެ ބާރުހުރިމީހަކު ނެތީއްޔާ ތިފަދަމައްސަލަ ބެލޭނީ މަހުޝަރަށް ދުވަހުން އެފަދަ މީހުންނަށް