އެމްޑަބްލިއުއެސްސީގެ ޗެއާޕާސަން އަހުމަދު މައުސޫމް އާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހައުސިން ޔުނިޓުތަކުގެ ނަރުދަމާ މަސައްކަތް ފައްޓަވައިދެއްވަނީ-- ފޮޓޯ: އެމްޑަބްލިއުއެސްސީ
24 ސެޕްޓެމްބަރ 2020 - 21:19
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ 7000 ހައުސިން ޔުނިޓުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން މިއަދު ފަށައިފި އެވެ.
ދެވަނަ ފިޔަވަހީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ ޗެއާޕާސަން އަހުމަދު މައުސޫމާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ 16 ޓަވަރަށް ޖުމުލަ 580 ކަނެކްޝަން އެމްޑަބްލިއުއެސްސީން ގުޅައިދޭނެ އެވެ. އަދި 11,003 މީޓަރުގެ ނަރުދަމާގެ މައި ނެޓްވޯކަކާއި 283 މޭން ހޯލާއި ދެ ޕަންޕިން ސްޓޭޝަން ގާއިމް ކުރާނެ އެވެ.
MWSC Chairman Mr. Ahmed Mausoom, Managing Director Mr. @HassanShaahu and Executive Team Members groundbreak the sewer connection project for 7,000 housing units developed in Hulhumale’ Phase 2. This project is expected to be completed by February 2021. pic.twitter.com/NaSbx8EYNP
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) September 24, 2020
އެމްޑަބްލިއުއެސްސީން ކުރި ޓްވީޓު--
މި މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަފްލާ
25 September 2020
ހާދަ އަވަހކާ ފްލެޓް ތށް އަޅާ ނިންމާލީ
ދޮ ންމަ ނިކު
25 September 2020
2025 ގަ ކުލި މިވަރައް ވުރެވެސް ދައްވާނެ ކަމައް 21111 މި އުއް މީދު ކުރަނީ 6500....12000...15000... އިންސާﷲ.........2025 ވަނަ އަހަރު
211111
25 September 2020
މާލެ އެޕާޓް މަންޓް ކުލި ތައް ............2025 1 ރޫ މް އެޕާޓް މަންޓް 6500 ރ 2 ރޫ މް އެޕާޓް މަންޓް 12000 ރ 3 ރޫ މް އެޕާޓް މަން 15000 ރ
މަންޑޭލާ
24 September 2020
މިހާދުވަސް ވަންދެން ގަސްތުގާ ލަސްކުރީ ރޔާމިން ފެޝިކަމަކައްވާތީތަ.؟ ސަރުކާރު ވަރައް ކަޑަ
ޝޮކްތެރަޕީ
24 September 2020
އެމްޑީޕީ ސަރުކާރު ނޮހޮވުނު ނަމަ މީހާރު ހުޅުމާލޭ ފޭސް2ގަ މީހުން ފްލެޓުތަކުގަ ދިރި އުޅޭނެ. އަލުން އާ ފްލެޓު އެޅިޔަސް ނިމޭނެހާދުވަސް ވެއްޖެ.
ސީގަލް އޮން އެއަރ
24 September 2020
ވަރަށްބޮޑު ތެދެއް. ދެން އެންމެ ދެރަވަނީ ތިޔަތަންތަނަށް ވަނުމަށް ހޮވާފައިވަނީ، އިންސާފުން ހޮވާލެވުނު ހަމަ ހައްޤުވެރިންނަށް ބާވައޭ؟ ކުރެވޭ ސުވާލެވެ. އާހިރަތް ދުވަހުން އެކަމާއި ސުވާލު އަންނާނެކަން ކަށަވަރު،. މާތްﷲ ހުރިހާކަމެއްވެސް ދެކެދެނެވޮޑިގެންވާނެ.