މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަނިލް.

30 ސެޕްޓެމްބަރ 2020 - 08:32

ޑައިރެކްޓަރު ބިޖޯއި ނަމްބިއާގެ އާ ފިލްމު "ތައިޝް" އަންނަ މަހުގެ 29 ވަނަ ދުވަހު ޒީ5 އިން ޕްރިމިއާކުރާ ގޮތަށް ނިންމައިފި އެވެ.

މި ރިވެންޖް ޑްރާމާގެ ކާސްޓުންނަކީ ޕުލްކިތު ސަމްރާޓާއި ލޯބިވެރިޔާ ކްރިތީ ކަރްބަންދާ އާއި ހާޝްވަރުދަން ރާނޭ އާއި ޓީވީ ބަތަލާ ސަންޖީދާ ޝެއިހާއި ޖިމް ސަރްބް އާއި ޒޯއާ މޮރާނީ އާއި ނޭހާ ޝަރުމާ އާއި އަދިތިޔާ ޕަންޗޯލީގެ އިތުރުން އަމްރިތާ ޕޫރީ އެވެ.

"ތައިޝް" އަކީ "ޝައިތާން" އާއި "ޑޭވިޑް" އަދި "ވަޒީރު" ފަދަ ޑާކް ފިލްމުތައް ގެނެސްދިން ބިޖޯއި 2017 ގެ ފަހުން ޑައިރެކްޓްކޮށް ގެނެސްދޭ ފުރަތަމަ ފީޗާ ފިލްމެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2017 ގެ "ސޯލޯ" އެވެ.

މިދިޔަ އަހަރު އިރޯސް އިން ބިޖޯއި ޑައިރެކްޓްކްރި ވެބް ސީރީޒެއް ކަމަށްވާ "ފްލިޕް" ގެނެސްދީފައިވެ އެވެ.

ރާޖްގެ ޓީމް ޗަންދީގަޅަށް

މިދިޔަ އަހަރު "ގުޑް ނިއުސް" ގެނެސްދިން ޑައިރެކްޓަރު ރާޖް މެހެތާ ޑައިރެކްޓްކުރާ ރޮމޭންޓިކް ކޮމެޑީގެ ޝޫޓިން އަށް ފިލްމުގެ ކާސްޓާއި ކްރޫ އަންނަ މަހު ޗަންދީގަޅަށް ދާން ތައްޔާރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ފިލްމުގެ ޝޫޓިން ރަސްމީކޮށް ފަށަން ނިންމާފައި ވަނީ އަންނަ މަހުގެ ފަހުކޮޅު ކަމަށެވެ. އަދި ނަން އިއުލާންނުކުރާ މި ފިލްމަކީ "ގުޑް ނިއުސް" ވެސް ޕްރޮޑިއުސްކުރި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ ފިލްމެކެވެ. ރާޖްގެ ދެވަނަ ފިލްމުގެ ކާސްޓުންނަކީ ވަރުން ދަވަނާއި ކިއާރާ އަދުވާނީ އާއި އަނިލް ކަޕޫރާއި ނީޓޫ ސިންގެވެ. ރިޕޯޓްތައް ބުނާގޮތުން ނީޓޫ އާއި އަނިލް ފެނިގެންދާނީ ވަރުންގެ މައިންބަފައިންގެ ރޯލެވެ.

ރާޖްގެ އާ ފިލްމުވެގެން ދާނީ އޭނާއާ އެކު ކިއާރާ މަސައްކަތްކުރާ ދެވަނަ ފަހަރަށެވެ. "ގުޑް ނިއުސް" ގެ އެއް ބަތަލާ އަކީ ވެސް ކިއާރާ އެވެ.

ރޫޕަލް އަލުން މިހިރީ ކޮކީލާގެ ގޮތުގައި

ސްޓާ ޕްލަސް އިން ގެނެސްދިން ކާމިޔާބު ސިލްސިލާ "ސާތު ނިބާނާ ސާތިޔާ" ގެ ދެވަނަ ސީޒަން އަންނަ މަހު ގެނެސްދޭން ފަށާ އިރު، އެ ސިލްސިލާގައި ވަރަށް ނުފޫޒު ގަދަ ކެރެކްޓާއެއް ކަމަށްވާ ކޮކީލާބެން މޯދީގެ ރޯލް ކުޅުނު ރޫޕަލް ޕަޓޭލް، ކޮކީލާގެ ގޮތުގައި ޝޯގެ އާ ޕްރޮމޯޝަނަލް މެޓީރިއަލްއެއްގެ ތެރެއިން ދައްކާލައިފި އެވެ.

ރޫޕަލް "ސާތު ނިބާނާ ސާތިޔާ 2" އިން ފެނިގެންދާ އިރު އޭނާ މިހާރު ކުޅެމުން އަންނަ ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" މިހާރު އޮތި ނިންމައިލުމުގެ މަގުމަތީގަ އެވެ.

"ސާތު ނިބާނާ ސާތިޔާ 2" އިން ކުރީގެ ސީޒަންގައި ގޯޕީ ބަހޫގެ ރޯލް ކުޅުނު ޑެވޮލީނާ ބަޓަޗަރަޖީ ވެސް ފެނިގެންދާނެ އެވެ.

މަލައިކާ ކޮވިޑް-19 އިން ރަނގަޅުވެއްޖެ

މި މަހުގެ ކުރީކޮޅު ކޮވިޑް-19 އަށް ޕޮޒިޓިވް މަލައިލާ އަރޯރާ ބަލިން ފަސޭހަވެއްޖެ އެވެ.

އޭނާ ބައްޔަތަށް ޕޮޒިޓިވްކަން ހިއްސާކުރީ ލޯބިވެރިޔާ އަރުޖުން ކަޕޫރް ކޮވިޑަށް ޕޮޒިޓިވްވިކަން މި މަހުގެ 6 ގައި އިއުލާންކުރިތާ އެއް ދުވަސް ފަހުންނެވެ. މަލައިކާ ޕޮޒިޓިވްވުމާ ގުޅިގެން ވަނީ ސޮނީން ގެނެސްދޭ "އިންޑިއާސް ބެސްޓް ޑާންސާ" އިން ވެސް ވަގުތީ ގޮތުން ދުރަށް ގޮސްފަ އެވެ. އެ ޝޯގެ ތިން ޖަޖުންގެ ތެރޭގައި މަލައިކާގެ ބަދަލުގައި ފާއިތުވި ދެ ހަފުތާގައި ފެނިގެން ދިޔައީ ބަތަލާ ނޯރާ ފަތެހީ އެވެ.

"އިންޑިއާސް ބެސްޓް ޑާންސާ" ގެ އަނެއް ދެ ޖަޖުންނަކީ ގީތާ ކަޕޫރާއި ޓެރެންސް ލުވިސް އެވެ. ބެލެވޭ ގޮތުން އަންނަ ހަފުތާގެ ޝޯއިން މަލައިކާ ފެނުމުގެ ފުރުސަތު ބޮޑެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 20%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454