ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ. ސިޔާސީ ޕާޓީތައް ވަކިން ތިބޭ ގޮތަށް ތަރުތީބު ބަދަލުކުރަން އާއްމު ކޮމިޓީގައި މިއަދު މަޝްވަރާކުރި.
04 އޮކްޓޯބަރ 2020 - 14:17
ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީތައް ވަކިން ތިބޭ ގޮތަށް ތަރުތީބު ބަދަލުކުރުމާ މެދު އާއްމު ކޮމިޓީން މަޝްވަރާކޮށް ތަޅުމަށް ހުށަހަޅަން މިއަދު ނިންމައިފި އެވެ.
ތަޅުމުގައި މެމްބަރުން ތިއްބަވާ ތަރުތީބު ބަދަލުކުރުމާ މެދު އާއްމު ކޮމިޓީގައި މަޝްވަރާކޮށް ރިޕޯޓެއް އެކުލަވައިލަން އެދިވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލައިގައި އާއްމު ކޮމިޓީގެ މެމްބަރުން މިއަދު ދެ ގޮތަކަށް ޚިޔާލު ފާޅުކުރެއްވި އެވެ. އެއީ ނަޝީދުގެ ހުށަހެޅުއްވުމާ އެކު މަޖިލީހުގެ އިދާރައިން ކޮމިޓީއަށް ފޮނުވާފައިވާ ދިރާސާ ރިޕޯޓްގައި ބުރަވެފައިވާ ގޮތަށް ސިޔާސީ ޕާޓީތައް ވަކިން ތިބުމާއި ހ،ށގެ ތަރުތީބުން ތިއްބެވުމަށެވެ.
އާއްމު ކޮމިޓީއަށް ނަޝީދު ހުށަހެޅުއްވި މައްސަލައިގައިި އެދިވަޑައިގެންފައި ވަނީ ތަރުތީބު ބަދަލުކުރުމާ ބެހޭ ގޮތުން ކޮމިޓީން ރިޕޯޓެއް އެކުލަވައިލާ ތަޅުމަށް ހުށަހެޅުމަށެވެ. އެގޮތުން ފޮނުވި ދިރާސާގައި ބުނެފައި އޮތީ ކުރިއަރާފައިވާ ގިނަ ގައުމުތަކުގެ ޕާލަމެންޓްތަކުގައި މެމްބަރުން ތިއްބަވަނީ ސިޔާސީ ޕާޓީތައް ވަކިވާ ތަރުތީބަކުން ކަމަށެވެ. އެ ދިރާސާގައި ބަލާފައި ވަނީ ރާއްޖޭގައި އޮތް ނިޒާމާ އެންމެ ގާތްކުރާ ގޮތަކަށް ރިޔާސީ ނިޒާމު އޮތް ގައުމުތަކަށް ކަމަށް ވެސް ދިރާސާ ރިޕޯޓްގައި ބުނެފައި ވެ އެވެ.
މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށަންވާ އިރަށް ކޮމިޓީ ރިޕޯޓް ނިންމަން އާއްމު ކޮމިޓީގެ މުގައްރިރު ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފު މިއަދު ބާރު އެޅުއްވި އެވެ. އެކަމުގައި ދިރާސާ ރިޕޯޓާ އެއްގޮތް ނިންމުމެއް ނިންމަވަން ވެސް އޭނާ ކޮންމެވެސް ވަރަކަށް ބާރު އެޅުއްވި އެވެ.
ހަސަން ވިދާޅުވީ މަޖިލީހުގައި އަތޮޅުތަކުގެ ތަރުތީބުން ތިއްބެވި ނަމަވެސް ރާއްޖޭގައި ނިންމުންތައް ނިންމަނީ ޕާޓީތަކުގެ ޕާލަަމެންޓްރީ ގްރޫޕްތަކުގައި މަޝްވަރާކޮށްގެން ކަމަށާއި އެކި އެކި ބޭފުޅުން އެގޮތަށް ޚިޔާލުފާޅުކުރައްވައި ލިއުއްވުންތައް ލިއުއްވާފައި އެބަހުރި ކަމަށެވެ.
"މިސާލަކަށް އަޅުގަނޑުމެން ކަމެއްގައި ވޯޓަކަށް ދާއިރު ވެސް މި އަހަނީ، މިސާލަކަށް ށ.އަތޮޅު ނުވަތަ މިސާލަކަށް މާލެ، އަޅުގަނޑުމެން އެންމެންގެ ވިސްނުން ހުރި ގޮތް ބަލާފައި ވޯޓް ދެނީއެއް ނޫނޭ. އެހެން ނަމަވެސް އެމްޑީޕީ ނުވަތަ ޕީޕީއެމް، އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕޭ އިށީންނަނީ. އިށީނދެފައި ގޮތެއް ނިންމަނީ. ނިންމާފައި އެއަށް ވޯޓް ދެނީ ވެސް،" ހަސަން ވިދާޅުވި އެވެ.
ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށަހެޅުއްވީ މަޖިލީހުގެ ތަޅުމުގެ ދެފަރާތް ޕާޓީތަކަށް އަދި ފަހަތު ގޮނޑިބަރިތައް އަމިއްލަ މެމްބަރުންނަށް ހާއްސަ ކުރުމާއި އެކުގައި ވެސް އަތޮޅުތައް ހ. އިން ފެށިގެން ސ. އަށް ތަރުތީބު ކުރުމަށެވެ.
އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ ދެ ގޮތުގައި ވެސް ފައިދާ އާއި ގެެެއްލުން އެބަހުރި ކަމަށާއި މާޒީގެ ތަޖުރިބާއިން ފެންނަނީ ޕާޓީތައް ވަކިވެފައި ނެތުމުން ތަޅުމުގައި މެމްބަރުން އެކަނިވެރިކަން އިހުސާސްކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު ތަރުތީބު ބަދަލުކުރުމާއި މެދުގައި އޭނާ ވަކި ގޮތެއް ނުނަންގަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހުރިހާ ޕާޓީއެއްގެ ބޭފުޅުން އެއް ތަނެއްގައި ތިބޭ ކަމަށް ވަންޏާ އެއީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކޮންމެ ޕާޓީއަކަށް ވެސް،" އޭނާ ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ތަފާތު ޚިޔާލެއް ފާޅުކުރެއްވީ ށ.ފުނަދޫ ދާއިރާގެ މެމްބަރުު ޝާހިދެވެ. އޭނާ ވިދާޅުވީ މަޖިލީހުގައި ކުރިން މެމްބަރުން ޚިޔާލުފާޅުކުރައްވާފައި ވަނީ ހއ. އިން ސ. އަށް ނުވަތަ ސ. އިން ހއ. އަށް ތަރުތީބު ކުރަން ކަމަށާއި އެއް ތަރުތީބަކުން އެތުރޭނީ ވެސް އެގޮތަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ އުތުރުން ދެކުނަށް އަތޮޅުތަކުގެ ތަރުތީބުން އެތުރޭ ނަމަ އެއް ހަމައެއްގައި ހިފަހައްޓަން ފަސޭހަވާނެ ކަމަށާއި މިހާރު ޕާޓީތައް ހުރި ގޮތުން ޕާޓީ ތަރުތީބުން އަތުރަން ފަސޭހަ ނުވާނެ ކަމަށެވެ.
އާއްްމު ކޮމިޓީގެ މިއަދުވެ ބައްދަލުވުމުގައި މިއަދު ބައިވެރިވެވަޑައިގަތީ މުޅިން ވެސް އެމްޑީޕީގެ މެމްބަރުންނެވެ. މިއަދުގެ ބައްދަލުވުން ނިންމައިލީ ދެ ގޮތް ވެސް ހިމަނައިގެން ރިޕޯޓް ޑްރާފްޓްކުރުމަށް ފަހު އަލުން އިށީންނަން ނިންމައިގެންނެވެ.
މަޖިލީހުގައި މެމްބަރުން ތިއްބަވާ ތަރުތީބު ބަދަލުކުރުމާ މެދު ގޮތެއް ނިންމޭނީ ތަޅުމުގައި ބަހުސްކޮށް ވަކި ގޮތެއް ފާސްކޮށްގެންނެވެ. އަދި މަޖިލީހުގެ ގަވައިދަށް ގެންނަން ޖެހޭ ބަދަލެއް ގެންނަން ޖެހޭ ނަމަ އެ ބަދަލެއް ވެސް ގެނެސްގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބިރިހިންބެއްޔާ
05 October 2020
މިހުރިހާކަމެއްގެ ޙައްލަކީ، އިގިރޭސިވިލާތުގެ ސިޓިޒަންޝިޕް ގެންގުޅުއްވާކުދިން އެގައުމުގެ ޕާލަމެންޓަށް ކުރިމަތިލުން. މިކަމުގައި ކެމްޕޭނަށް ދިވެހިދައުލަތުން 1 ކޮންޓޭނަރ ޓޫނާ ކޭން ހަދިޔާކުރުންވެސް އޯކޭ. އަދި އިތުރު އެހީއެއްގެ ގޮތުގައި ޜަނެއްހާ ހިމަސް ހަދިޔާކުރުންވެސް ހަމަ އޯކޭ. އެއީ އުފަން ދިވެއްސަކަށް ވާތީ ދިވެހިންނަށް ޝަރަފެއް ހޯދައި ދޭއްވާތީ. ހޮވިއްޖެއްޔާ ކޮންމެ އަހަރަކު 2 ހަފުތާގެ ހިލޭ ޗުއްޓީވެސް.
ޙިނި
05 October 2020
ކޮންމެހެން ހަރަދުކޮއްގެން މަޖުލިހުގަ ގުރޫޕު ހަދައިގެން ތިބެންޖެހޭތަ
އިބިރިހިންބެއްޔާ
05 October 2020
ދިވެހިރާއްޖޭގައި އޮތީ ރިޔާސީ ނިޒާމެއްކަމާއި ނަޝީދަކުވެސް ހޮވުނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށްކަމާއި މަޖިލީހުގެ ފްލޯގައި ތިޔަ ހަރަކާތްތެރިވެވެނީ އެގޮތުގައިކަންވެސް ނޭގެނީބާ؟ އެބޭފުޅާ ކުރެއްވި ހުވަޔާވެސް ތިއޮއްގެންވެވެނީ ޚިލާފު. ކީއްކުރާނީ އެވަރުވެސް ނޭގޭތޯއްޗެއް. އެންމެ ރަގަޅުތަރުތީބަކީ ޒަމާނުއްސުރެ ބޭނުންކުރަމުން އައި ހ.ށ ގޮސް ސ. އަށް ނިންމާފައި ވަކިވެގަނެގެން އުޅޭ މާލެ އޭގެ ފަހަތަށް އައުން. ނޫނީ، މާލެ އަށް ކ. އަތޮޅުން ޖާގަދިނުން.
ސިމްޕަލް
05 October 2020
މަޖިލީހުގައި މެމްބަރުން ތިއްބަވަންވީ އެމެންބަރަކު މަޖިލީހުގައި ހޭދަކުރެއްވި މުއްދަތަށްބަލާ އެންމެ ގިނަދުވަހު މަޖިލީހުގައިތިއްބެވި މެންބަރުން އެންމެކުރީގައި. ޕާޓީތަރުތީބުން ތިއްބަވަން ފަށައިފިނަމަ އެއްޕާޓީން އަނެއްޕާޓީގެ މެންބަރުން ތިބޭބަޔަަށް ދުންމާރިއާ ކަރުދާސްރޮކެޓާ ޖޫސްޕެޓީ އުއްކަވަން ފައްޓަވާފާނެ. އޭރުން ނިޒާމީނުކުތާގައި މަޖިލިސްގެ ރިޔާސަތުގެ ވަގުތުދާނީ ތަކެތިއުކާ މެންބަރުން ހޯދުމަށް. އަތޮޅުތަރުތީބަކީ "ޑިވައިޑް އެންޑް ރޫލް" ސިޔާސަތުގެބައެއް.
ހަސަނު1
05 October 2020
ޕާލަމެންޓްރީ ސިސްޓަމަކަށް ރައްޔިތުން ނޫނޭ ބުނެފައި އޮތީ.. ދެން ރައީސް ނަޝީދު ކޮންމެހެން އިނގިރޭސިން އެސިސްޓަމްގައި ތިބޭގޮތަށް ގަދަކަމުން ރައްޔިތުން ބޮލަށް ޖަހަން އުޅޭނެކަމެއް ނެތް.
ގިރި
05 October 2020
މަޖިލިސް މެމްބަރުން ތިއްބަވަންވީ ރެސްލިން ހެދުން އަޅައިގެން އަތަށް ބޮކްސިން ގްލޯވް ލައްވަވައިގެން ކަމަށް އެތާގެ މަންޒަރު ބައްލަވާ ބޭފުޅުން ވިދާޅުވޭ ، ކަން ހިނގަމުން ދާގޮތުންކަންވެސް ވެދާނެ ، ޑިމޮކްރަސީއަކީ އެއްގޮތަކަށްވެސް ގޮށްމުށުގެ ބާރުންނާއި ސިޔާސީ އަދި ޒާތީ ޖަދަލުތަކުގެ ތެރެއިން ނާއި ބަދަލުހިފުމުގެ ތެރެއިން ވާ ކަމެއްނޫން! މުޅި ގައުމަކީ ހަސަނުގެ އޮޑިކަމަށް ހަދައިގެން އުޅުއްވުމަކީ ވެސް ގޯހެއް ، ޤާނޫނު ހައްދަވާފަ އޮފްދާރުކުރައްވާ މޭންޑޭޓް ގަ !
މަޖިލިސް
05 October 2020
ތީ ސުކޫލެއްގެ ކުލާސްރޫ މެއްނުން، އެހެންވީ މަ ކުރިންދާ މީހުން ބޭނުން ގޮނޑިއެއްގަ އިށީދެވޭހެން ހުއްދަދިނީ މަ ނި މުނީ.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
04 October 2020
އަސްތާ : މިހާރު މަޖިލިސްގައި ޕާތީތަށް ތިބެނީ ( ކޯލީޝަން ) ހަދައިގެންތޯ ތަޅުމުގައި. ތަޅުން ކޯލީޝަން ދެއްތޮ
ފަޔާބްރޯ
04 October 2020
އެމްޑީޕީ މެންބަރުން ތިބޭތަނުގަ އަންނި ފެކްޝަނާ އިބޫ ފެކްޝަންވެސް ވަކިން ބައިތިއްބާތި
ޓައްޕު
04 October 2020
ކްލާހުގައި ޕްރިންސިޕަލަށް ތާއީދުކުރާ ކުދިންނަކީ ކޮބައިކަން ވަކިން އެނގެން ތިބެންވާނެ. މޭޒުތަކުގައި ޕާޓީކުލަ ލީމަ އަދި މާބޮޑަށް ވަކިކުރަން އެނގޭނެ ކިތަންމެ ދުރުން ފެނުނަސް.