ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މީޑިއާ ބްރީފިން އެއްގައި ވާހަކަފުޅުދައްކަވަނީ. ޓީޗަރުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި
05 އޮކްޓޯބަރ 2020 - 09:53
ދެމެހެއްޓިވި ހެޔޮ އަސަރެއް ކުރުވި ބަޔަކީ މައިންބަފައިންނަށް ފަހު ޓީޗަރުން ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޓީޗަރުންނަށް މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.
މިއަދު ފާހަގަކުރާ ބައިނަލް އަގުވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބާގައި ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ މިއަދު އާދެވިފައި ތިބި ހިސާބަށް އައުމަށް ޓަކައި ދެމެހެއްޓެނިވި ހެޔޮ އަސަރެއް ކުރުވި ބަޔަކީ މައިން ބަފައިންނަށް ފަހުގައި ޓީޗަރުން ކަމަށެވެ. ހަޔާތުގައި ހޯދިފައިވާ ކާމިޔާބީގެ ޝުކުރު ޓީޗަރުންނަށް ހައްގު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
Besides our parents, teachers are the ones who’ve had lasting positive impact on who we are today. Our success in life owes them deep gratitude. On #WorldTeachersDay I thank all my teachers as well as every single teacher who continue to light the way for our young generations.
— Ibrahim Mohamed Solih (@ibusolih) October 5, 2020
"އަޅުގަނޑުގެ ހުރިހާ ޓީޗަރުންނަށް އަދި އަޅުގަނޑުމެންގެ ޅަ ޖީލުގެ މަގަށް އަލިކުރުމުގައި ކުރިއަށް ވަޑައިގަންނަވާ ކޮންމެ ޓީޗަރަކަށް އަޅުގަނޑުު ޝުކުރު ދަންނަވަން،" ޓްވީޓްގައި ރައީސް ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޮކްޓޯބަރު ފަސް ވަނަ ދުވަހެވެ. މި އަހަރުގެ ޓީޗަރުންގެ ދުވަސް މިއައީ ކޮވިޑް-19 އާ ހެދި ރާއްޖެ އާއި އެހެން ބައެއް ގައުމުތަކުގައި ވެސް ގިނަ ސްކޫލްތަކެއް ބަންދުކޮށްފައިވާ ވަގުތެއްގަ އެވެ. މި އަހަރުގެ ޓީޗަރުންގެ ދުވަހުގެ ޝިއާރު ވެސް ކަނޑައަޅާފައި ވަނީ މިހާރު ކުރިމަތިވެފައިވާ ކޮވިޑްގެ ބަލިމަޑުކަމާ އެވެ. ޔުނެސްކޯއިން މި އަހަރުގެ ޓީޗަރުންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ޓީޗާސް: ލީޑިން އިން ކްރައިސިސް، ރިއިމޭޖިނިން ދަ ފިއުޗާ" އެވެ.
ޓީޗަރުންގެ ދުވަހުގެ މުނާސަބާވައި އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފައިވާ ވީޑިއޯ ކްލިޕެއްގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ކާރިސާގައި ޓީޗަރުން ކުރައްވަމުން ގެންދަވަނީ ވަރަށް ބުރަ، އަގުނުކުރެވޭ ވަރުގެ މަސައްކަތްތަކެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައިމު
05 October 2020
ޓީޗަރުންކުރާ ބުރަ މަސައްކަތް ފެނިފަ ވަރަށް ރޮވިފަ ހުރިހެންހީވޭ.
ދިއްދޫމީހާ
05 October 2020
ޟުކުރު ކުރަންވީމަ ޓީޗަރުން، މުސާރައާ އިނާޔަތް ބޮޑުކުރަންވީމަ ކީރިތި ކުރައްވަންވީ،،،
ޙިނި
05 October 2020
ރައީސްގެ ޥައުދު ފުއަދުންވަރު އެބަ މުރާޖާކޮއްލަންޖެހޭ
211111
05 October 2020
ވީ ވައުދެއް ނަމަ އެއީ މިނިވަނާގެ މައްޗައް އޮތް ވާޖިބެކެވެ.............ހެޕީ ޓީޗާސް
ލޯމާފާން
05 October 2020
އިންޑިއާގެ އަޅުވެތި ކަމުގައި ހުރި ނަމަ މިނިވަނަކަށް ނުވާނެ.
ޮހުސްފޭކު
05 October 2020
ކޮން މޮޅު ވާހަކައެއް މިޤައުމުގައި އެންމެ ނިކަމެތިކޮށް ގެންގުޅޭ އެއްބަޔަކީ ޓީޗަރުން. އެހެންވެ އެދާއިރާއަށް ރަނގަޅު މީހުން ނުވޭ އޯޓީވެސް ނުދީ ހިފަހައްޓާއިރު ހެދުނެއް މެންދުރެއް ހަވީރެއް ގެއެއް ސްކުލެއް ކިޔާނެ ކަމެއްނެތް އެކަމުގައި އުޅެން ޖެހޭ ވޯކްޝީޓުހަދާ ލެސަން ހަދާ މާކުކޮށް. ތިދާއިރާގައި ރަނގަޅުމީހުން ހަރެއްނުލާނެ އެގޮތައް. ދެން މަޖުލިހާއި ސަރުކާރުގެ މެމްބަރުންގެ ދަރިންތައް ބޭރައްފުނުވައިގެން ކިޔަވައިދިނީމާ މިތާގެ ކޮލިޓިއަށް ނުޖެހޭ ބަލާކަށް
ބެލެނިވެރިޔާ
05 October 2020
ޝުކުރު ޙައްޤުވިޔަކަސް އެ ޝުކުރު ޓީޗަރުންނަށް ނުއެއްދެވޭ! ކޮންމެ މީހަކުވެސް ޓީޗަރުންނަށް ޝުކުރު ޙައްޤުވާ ވާހަކަ ދައްކަނީ! އެ ހައްޤު ފޯރުކޮށްދިނުމަށް މަސައްކަތެއް ނުކުރޭ!
ރާއްޖެ
05 October 2020
ރައީސް މީހާ އެންމެ ފަހުން ރައްޔިތަކަށް ފެނުނީ މީގެ 3 މަސް ކުރިން. އެދުވަހު ވިދާޅުވީ ކުރިއަށް އޮތީ ދަތި 6 މަސް ކަމަށް.
ހަސަން އަފީފު
05 October 2020
ރައީސްގެ ސަރުކާރުން ތައުލީމީ ދާއިރާ މިވަނީ ނާގާބިލުބައެއްގެ އަތްމަށްޗަށް ދޫކޮއްލާފައި.ހަގީގަތަކީ ޓީޗަރުން އެކަނިމާއެކަނި ކުރާކަމެއް އެކުރަނީ.އަދިއަދަށްވެސް މިނިސްޓްރީއަށް ދިރާސީއަހަރަށްވާގޮތް ޓީޗަރުންނަށް ސާފުނުކޮށްދެވޭ.ފޮޓޯނަގައި ސޯޝަލްމީޑިއާށް ލާން ސްކޫލުހުޅުވީ.ޓީޗަރުންނަށް އޮންލައިކޮށް އަދި ފިސިކަލް ސްކޫލުގައި ކޮންމެދުވަހަކު ރަނގަޅަށް ކިޔަވައިދެވޭތޯނޫންތޯ ބަލާވެސް ނުލާ.ޖީލެއްގެ ކުދިން މިއޮށް ހަލާކުވެދަނީ ތިޔަ ނާގާބިލުކަންމަތީގަ!
ވަހީދު
05 October 2020
ކީރިތި ނުކުރައްވަންތޯ؟ މިހާރު ވެސް ދެލޯ ފުސްވެފައި ތިހުރީ.
ހަސަދު
05 October 2020
ޓީޗަރުންނަށް ޝުކުރަކުން ނުފުދޭ. ބުރަކޮށް ކިޔަވަދީފަ ވަންނަން ޖެހެނީ ހޮރަކަށް. އަދި އެހޮރުގައި އެހެން އެތައް ބަޔެއް ދިރި އުޅޭ. ލިބޭ މުސާރައިން ވަނީ މަހުގެ 15 ވަނަ ދުވަހާ ހަމަ އަށް. ޓީޗިން އަކީ ސިކުޑި ތާޒާ ކޮށް ބަހައްޓައިގެން ރެގިއުލާ ކޮށް މައުލޫމާތު އަޕްޑޭޓް ވެގެން ކުރެވޭނެ ކަމެއް. މިކަން ވާނީ މުސާރަ ރަނގަޅުވެ، ދިރިއުޅެވޭނެ ރަނގަޅު ގޮތެއް ފެނިގެން. އެއްވެސް ސަރުކާރަކަން މިކަމަށް އިސްކަން ދޭތަނެއް ނުފެނޭ.