މަޖިލީހުގެ ކޮމިޓީއެއްގައި އޭސީސީގެ މެމްބަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
13 އޮކްޓޯބަރ 2020 - 13:47
ޓްރާންސްޕޯޓު އޮތޯރިޓީގެ މާލީ ޒިންމާދާރުވެރިޔާ އަލީ ޒުބެއިރާ ގުޅޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
އެ ކޮމިޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން މަނިކު މިއަދު ވިދާޅުވީ ޒުބެއިރާ ގުޅޭ މައްސަލަތަކެއް މި މަހުގެ ހަތަރު ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ މިހާރު އޮތީ އިވެލުއޭޝަން މަރުހަލާގަ އެވެ. ތަހުގީގުކުރުމާ މެދު ގޮތެއް ނިންމާނީ އޭގެ ފަހުންނެވެ.
އެ މައްސަލަތަކުގައި، ކުރީގެ ސްޓާ ސިނަމާ އިމާރާތަށް ޓްރާންސްޕޯޓު މިނިސްޓްރީ ބަދަލުވުމުގެ ތެރޭގައި ހިންގި ހަރަދުތަކާއި އެ އޮތޯރިޓީން މީގެ ކުރިން ދުވަހަކު ވެސް ވިޔަފާރީގެ މުއާމަލާތް ހިންގާފައިނުވާ ބަޔަކަށް މާލީ މަންފާތައް ހޯދައިދެމުންދާކަމަށް ތުހުމަތުކޮށްފައިވެ އެވެ. އޭގެ އިތުރުން ރީޖަނަލް އެއާޕޯޓުތަކެއްގައި ބޭނުންކުރަން އާ ބަސްތަކެއްގެ ގޮތުގައި، ގިނަ ދުވަހު ބޭނުންކޮށް ބާވެފައިވާ ދެ ބަސް ގެނައި ކަމަށް ވެސް ހުށަހެޅި މައްސަލައިގައިވެ އެވެ.
ޒުބެއިރުގެ މައްސަލައެއް އޭސީސީ އަށް ހުށަހެޅިއިރު، ރާއްޖޭގެ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވާއިދު އުވާލި މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާގެ މައްސަލައެއް ވެސް އެ ކޮމިޝަނަށް ހުށަހަޅާފައިވެ އެވެ. ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންތަކެއް ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި އެ ގަވައިދު އުވާލެއްވީ ބަޔަކަށް ނާޖައިޒު ފައިދާ ހޯދައިދިނުމަށެވެ.
ނަމަވެސް އެކަމާ ގުޅިގެން ނަހުލާ ވިދާޅުވީ ގަވައިދު އުވާލެއްވީ އެ އިސްލާހުކުރުމަށެވެ. އެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ ވެސް ލަފާ ލިބިފައިވާ ކަމަށް ބުންޏެވެ.
މިދިޔަ ޖުލައި 16 ގައި ޓްރާންސްޕޯޓް މިނިސްޓްރީން އާއްމުކޮށް، ދެ މަސް ފަހުން ސެޕްޓެމްބަރު 16 ގައި އުވާލި "ދިވެހިރާއްޖޭގައި ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވާއިދަކީ" އެކި ނަންނަމުގައި އެޖެންސީތަކުން ފީތައް ނަގާތީ އެކަން ހައްލުކުރުމަށް ހެދި ގަވާއިދެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން...
14 October 2020
ތި ކޮމިޝަން އަށް ހުށައަޅާމައްސަލައެއް އެބަ ނިމޭތަ؟ މިގައުމުގަ ބަލަންހުރި ކޮރަޕްޝަން މައްސަލަތައް ތިކަހަލަ އެންމެ ކޮމިޝަން އަކުން ނުބެލޭހާ ގިނަ... އެހެންވީމަ ފެންނަނީ އިތުރު އޭސީސީތަކެއް ހަދަން.... ނޫނީ ކޮރަޕްޝަން އަކީ ހުއްދަކަމެއްކަމަށް ހަދާފަ ނިންމާލަން...
ސާމާނު
13 October 2020
ޓްރާންސްޕޯޓްގަ ހުރި ތިކަމާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ނައްތާލައިފި މިހާރު.
ޢިބޫ
13 October 2020
ތިމައްސަލަ ބަލާ ނިމޭނެބާ؟
ވައިސޫރި
13 October 2020
ތިޔަކޮމިސަނުން އަބަދު ތިޔަބައްލަވަނީ ވަރައްކުދިކުދި މައްސަލަތަކެއް އޮއްޓަރެއްލާވަރުގެ ބޮޑުމައްސަލައެއް ނުބަލާ ދައުރެއް ނިމިގެންދާއިރުވެސް ބޮޑު އެންމެ މައްސަލައެއްވެސް ބިޑައްލާގެން ނަމަވެސް ބެލޭތޯ ނިކަން މަސައްކަތް ކޮއްލަދީބަލަ
ޢިސްލާމީ ޒުބައިރު
13 October 2020
ޢުއްތަމަ ފަނޑިޔާޜު ގެ މޭޒުކޮޅުގެ ހުރުމަތް