14 އޮކްޓޯބަރ 2020 - 14:21
މަނީ ލޯންޑްރިންގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ނުލިބެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަބަބުން ކަމަށް ޔާމީން ގަބޫލުކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް މިހެން ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމާ ބެހޭ ގޮތުން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއިން، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ ނަޝީދަށް އަމާޒުވި ފާޑުކިޔުމަށް ރައްދު ދެއްވަމުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ނަޝީދު ވިދާޅުވީ އެ މަނިކުފާނު ޖޭއެސްސީގައި އިންނެވުމަށް ޔާމީން ބޭނުންފުޅުވާނެ ކަމަށެވެ.
ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދު މިހާރު ދައްކަވަނީ ބޯހަމަނުޖެހޭ ވާހަކަ ކަމަށެވެ. ޖަމީލް ވިދާޅުވީ ޔާމީން ދެކެވަޑައިގަންނަވާ ގޮތުގައި އެ މަނިކުފާނަށް އިންސާފު ނުލިބުމުގެ އެންމެ ބޮޑު ސަބަބަކީ ޖޭއެސްސީގައި ނަޝީދާއި ސަރުކާރުގެ ނުފޫޒު އޮތުން ކަމަށެވެ.
"ޖޭއެސްސީން ވަނީ ފާޅުގައި ރައީސް ޔާމިންގެ ޝަކުވާތަކަށް ހުރަސް އަޅާފައި،" ޖަމީލް ވިދާޅުވި އެވެ.
ނަޝީދު ބޭނުންވަނީ އިންތިގާލީ އުއްތަމަ ފަނޑިޔާރުކަން ކުރައްވަންތޯ ވެސް ޖަމީލް އައްސަވާފައިވެ އެވެ.
ނަޝީދު ވަނީ ރާއްޖޭގައި އިންސާފު ގާއިމް ނުވެއްޖެ ނަމަ ކުރީގެ ރައީސުންނަށް ލިބޭނެ އަނިޔާ އާއި ގެއްލުން އިންތިހާއަށް ބޮޑުވާނެ ކަމަށާއި އެކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެހެންވެ ޖޭއެސްސީގައި އިންނަވައިގެން ކުރައްވާ ހުރިހާ ކަމެއް ވެސް ކުރަނީ އިންސާފުން ކަމަށާއި ޔާމީނަށް ވެސް އިންސާފު ލިބޭނީ ޖޭއެސްސީގައި ނަޝީދު އިންނަވައިގެން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގަ ރައީސް ޔާމީން މިވަގުތު އެންމެ ބޭނުންވެވަޑައިގަންނަވާނެ ކަމަކީ އަޅުގަނޑު ޖޭއެސްސީގައި އިނުން،" ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑު މިއީ އިންސާފު ނެތަތީ އެކަން ވަރަށް ގާތުން ތަޖުރިބާ ކޮށްފައި ހުރި މީހެއް. އެންމެ ފަހަރަކު ދެފަހަރަކު ނޫން،"
ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އޮންނަ ގޮތުން ޖޭއެސްސީގެ މަގާމަކީ އެ މަނިކުފާނަށް ދޫކޮށްލެވޭނެ މަގާމެއް ނޫން ކަމަށެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ މި ސަރުކާރުގެ ވައުދެއް ނަމަވެސް އެކަން ލަސްވަމުން ދާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
15 October 2020
އިންސާފަކީ ވަޣު ކަލޭގެ ދޫކޮށްލުންތޯ?
އޮރެންޖް
14 October 2020
ޔާމީނު ގަބޫލުކުރާ ގޮތެއް އަހަރެމެން ބަލާކަށް ބޭނުމެއް ނެތް. ވައްކަން ސާބިތުވެފަވާތީ ޔާމީނަށް ހައްގުވާ އަދަބު ދޭންޖެހޭނެ.
ައަބްދުﷲނާފިޒު
14 October 2020
އޯކޭ، ޖަމީލަށް އިންސާފު ނުލިބުނީ ޔާމީނުގެ ސަބަބުންކަމަށް ޖަމީލު ޤަބޫލު ކުރައްވަންތޯ.
ޓިނު
14 October 2020
މީކޮންވައްތަރު މީހެއް ؟
ބަކޫރުބޭ
14 October 2020
ޖަމީލް ވިދާޅުވީ "ޔާމީން ދެކެވަޑައިގަންނަވާ ގޮތުގައި އެ މަނިކުފާނަށް އިންސާފު ނުލިބުމުގެ އެންމެ ބޮޑު ސަބަބަކީ ޖޭއެސްސީގައި ނަޝީދާއި ސަރުކާރުގެ ނުފޫޒު އޮތުން ކަމަށެވެ". ޔާމީނުގާތު ސުވާލުކޮށްފިއްޔާ ބުނާނެ، ކޮންތާކު ނުވެސް ދެނަހުރިން އިންސާފު، އިންސާފު ކިޔާއެއްޗެއްވެސް ނުދަންނަން.
ލޯކަލްމީހާ
14 October 2020
އެއްވަރެއްގެ މީހުން ހައްތަހާ ވެސް.
އަލްޖިބްރާ
14 October 2020
ޔާމީނަށް ތިޔަހެން ހީވަނީ ކަމަށް ވާނަމަ ، ނަޝީދަށް އިންސާފު ނުލިބުނީވެސް ޔާމީނާ ހެދި ކަމަށް ނަޝީދުވެސް ޤަބޫލު ކުރާނެ !
ވައިސޫރި
14 October 2020
ޖަމީލަކީވެސް ބުއްދިގޯސްވެ ވާނުވާއެއްނޭންގި މަގުގެއްލި ދާނެދިމާލެއް ނޭންގި ހަތަރު އުދަރެސް ފެނުޖެހިފާހުރި އަވާ މެންދުރެއްފަދަ ވަރައް މޮޅުޑޮކުޓަރެއް
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
14 October 2020
ރާއްޖެއަށް ތެޔޮ ނުފެނުނީ ޔާމީން އާއި ޖަމީލްގެ ސަބަބުންނޭ ބުނުން ޒާތު ވާހަކައެއް ތީ ؟
ރަބަރު
14 October 2020
ޔާމީނަށް ނުލިބިގެން މިއުޅެނީ ކޮން އިންސާފެެއްތަ؟ ދަށުން މައްޗަށް އެދަނީ ނޫން.
ގަދަހުސޭން
14 October 2020
ތިޔަ ޖަމީލާ ނަޝީދާ ދެމީހުންނަކީ ހޭޖެހޭ ދެމީހުންނެއްނޫން. ކިޔޭނިކިޔޭއެއް އެނގޭ ދެމީހުންނެއްނޫން.