ރިޕޯޓް

ވީޓީސީގެ މާޒީ: މިއީ އާދައިގެ ހަނދާންތަކެއް ނޫން

ވީޓީސީ ހިންގި އިމާރާތުގެ ބޭރުގައި ދަރިވަރުންތަކެއް: ރާއްޖެއަށް ބޭނުންވާ އެތައް މަސައްކަތްތެރިންނެއް އުފެއްދި

މަގުސަދަކަށް ވީ އޭރު މާލޭގައި ހުރި އިންޖީނުގެއަށް ބޭނުންވާ ފަންނީ މީހުން ތަމްރީނުކުރުމެވެ. ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު (ވީސީޓީ) އުފައްދައި އިންޖީން ރިޕެއާ އެންޑް މެއިންޓަނަންސް، ވެލްޑިން އެންޑް މެޓަލް ފެބްރިކޭޝަން، އިލެކްޓްރިކަލް ވަޔަރިން އަދި މެޝިނިން އެންޑް މެކޭނިކަލް ފިޓިންނާ އެކު ޕްރޮގްރާމްތައް ފެށިތާ މި މަހު 14 އަށް 45 އަހަރު ވީ އެވެ.

ވީޓީސީގެ ހަނދާންތައް މިހާރުގެ ޒުވާނުންގެ ނުހުރެދާނެ އެވެ. އެކަމަކު އެއީ ރާއްޖޭގެ އެންމެ މަޝްހޫރު އެއް އިންސްޓިޓިއުޓްގެ ގޮތުގައި 1990ގެ އަހަރުތައް ނިމެންދެން ވެސް އޮތެވެ.

ވީޓީސީގެ ނަން ބަދަލުވަމުން އައިސް މިހާރު އެއީ ޕޮލިޓެކްނިކެވެ. ފުރަތަމަ ދުވަހު ގެންގުޅުނު މަގުސަދުތައް އެތައް ތަނަކުން ފުޅާވެފަ އެވެ.

ވީސީޓީގެ މައި ކެމްޕަސް ހިންގީ މިހާރު ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ހުރި އިމާރާތުގަ އެވެ. މައި ކެމްޕަސްގެ އިތުރުން ކުޅުދުއްފުށީގައި އިންޖީނު މަރާމާތުކުރަން ދަސްކޮށްދޭ ޕްރޮގްރާމަކާއި ރ. އަލިފުށީގައި ބޯޓު ބިލްޑިން ތަމްރީންތަކާއި ކ. ތުލުސްދޫގައި 1980 ގެ ކުރީކޮޅު ހިރިގަލާއި އަތްތެރި މަސައްކަތުގެ ދާއިރާއިން ވެސް މީހުން ތަމްރީންކުރި އެވެ. އެހެންކަމުން އެއީ އެކި ފަންނުތަކުގައި ޒުވާނުން ތަމްރީންކުރުމުގެ ވަސީލަތްތައް މަދު ދުވަސްވަރަކަށް ބަލާ ނަމަ، ވަރަށް ބޮޑެތި މަސައްކަތްތަކެކެވެ.

އިންޖީން ހެދުމުގައި ވީޓީސީގެ ދަރިވަރުން: އެތައް ޒުވާނުންނަކަށް ވަޒީފާގެ ފުރުސަތުތައް ފަހިވި

ބޯޓު ބިލްޑިންގެ ދާއިރާއިން ރާއްޖެއިން ވެސް އެންމެ ފާހަގަކޮށްލެވޭ ރަށަށް އަލިފުށި ވީ ވީސީޓީން ހިންގި ޕްރޮގްރާމްގެ ސަބަބުންނެވެ. އެ ޕްރޮގްރާމުގައި ބައިވެރިވެ ކިއްސަރު ވަޑާން ދަސްކުރި ބައެއް ވަޑިންނަކީ މިހާރު ވެސް އެ ދާއިރާގައި ފާހަގަކޮށްލެވޭ މީހުންނެވެ. ބޯޓު ބިލްޑިންގެ ދާއިރާއިން ގައުމީ އިނާމް ހާސިލްކޮށްފައިވާ އަލީ ހަސަނަކީ އޭގެ ތެރެއިން އެކެކެވެ.

ވޮކޭޝަނަލް ތަމްރީނު ދޭ ތަންތަން ބަލަހައްޓަމުން އަންނަ ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ވީޓީސީގެ ޓީޗަރެއްގެ ގޮތުން އޮސްޓްރޭލިޔާގައި މަތީ ތައުލީމު ހާސިލްކުރެއްވި މުހައްމަދު ހާޝިމް ވަނީ ވީޓީސީގެ 45 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އޭނާގެ ފޭސްބުކް ޕޭޖްގައި ގިނަ ފޮޓޯތަކެއް ހިމަނުއްވައިފަ އެވެ. އެއިން ކޮންމެ ފޮޓޯއަކީ ވެސް، މާޒީގެ މުހިންމި ހަނދާނެކެވެ.

ހާޝިމް ވިދާޅުވި ގޮތުގައި ވީސީޓީއަކީ ވަރަށް ފުންނާބު އުސް މަސައްކަތްތެރިން އުފައްދައިދިން ތަނެކެވެ. އޭގެ ތެރެއިން ގިނަ މީހުން އެކި އިންޑަސްޓްރީތަކުގައި މިހާރު ވެސް އިސް ރޯލެއް އަދާކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.

ވީޓީސީގެ އިންސްޓްރަކްޓަރުންނާއި ބައެއް ދަރިވަރުން ހއ. ދިއްދޫ ޖެޓީ ހެދުމުގައި: އިޖުތިމާއީ ބައެއް މަސައްކަތްތަކުގައި ވީޓީސީން ބައިވެރިވި

"ރާއްޖޭގައި މިހާރު ވެސް އިންޑަސްޓްރީތަކުގައި މަސައްކަތްކުރާ ވަރަށް ގިނަ މީހުންނަކީ ހަމަ ވީޓީސީގެ ފުރާޅުގެ ދަށުން ނުކުމެފައި ތިބި މީހުން،" ވީސީޓީ ހުޅުވިތާ 10 އަހަރު ފަހުން އިންސްޓްރަކްޓަ ޓްރެއިނީއެއްގެ ވަޒީފާގައި އެ ސެންޓަރާ ގުޅިވަޑައިގެންނެވި ހާޝިމް ވިދާޅުވި އެވެ.

ވީޓީސީ ހިންގި ޒަމާނުގައި ސަރުކާރުން މާލެ އާއި އެކި ރަށްރަށުގައި ކުރިއަށް ގެންދިޔަ އިޖުތިމާއީ އެކި ހަރަކާތްތަކުގައި ވެސް އެ ސެންޓަރުގެ ދަރިވަރުންނާއި އިންސްޓްރަކްޓަރުން ބައިވެރިވި އެވެ. އެގޮތުން 1988 ވަނަ އަހަރު މ. ދިއްގަރާއި އެ އަތޮޅު މަޑުއްވަރީ އަދި 1992 ގައި ހއ. ދިއްދޫގެ ޖެޓީ ހެދުން ފަދަ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ވީޓީސީގެ ދަރިވަރުންނާއި އިންސްޓްރަކްޓަރުން ބައިވެރިވެގެންނެވެ.

ވީޓީސީގެ ކުލާހެއް ކުރިއަށް ދަނީ: އޭރު އެތައް ސަތޭކަ ދަރިވަރުންނެއް ތަމްރީންކުރި

ރާއްޖެއަށް 2004ގެ ސުނާމީ ކާރިސާ ކުރިމަތިވި އިރު ވީޓީސީ ވަނީ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީއަކަށް ބަދަލުވެ، އެފްއައިޓީގެ ނަމަށް ބަދަލުކޮށްފަ އެވެ. އެ ކާރިސާގައި ފުނޑުފުނޑުވި ތ. ވިލުފުށީ ދަރިވަރުންނަށް ދެ ބްލޮކްގެ 12 ކްލާސްރޫމް އަޅައިދިނުމުގެ މަސައްކަތް ކުރީ އެފްއީޓީ ދަރިވަރުންނެވެ.

"އެގޮތަށް ވީޓީސީއާ ގުޅިފައިވާ ވަރަށް ފޮނި ހަނދާންތައް އެބަހުރި،" ޕޮލިޓެކްނިކްގެ ފުރަތަމަ ސީއީއޯ، ހާޝިމް ވިދާޅުވި އެވެ.

ވީޓީސީގެ ޕްރޮގްރާމެއްގައި ދަރިވަރުން މަސައްކަތް ކުރަނީ

ވޮކޭޝަނަލް ތަމްރީނާ ގުޅިފައިވާ ބައެއް ތާރީހުތައް

އެންޑީއޭ މިހާރު ހުރި އިމާރާތުގައި ވީސީޓީ ހިންގަމުން ދަނިކޮށް އިންޑިއާ ސަރުކާރުގެ އެހީގައި ހެދި އާ އިމާރާތަށް 1996 ގައި ބަދަލުވި އެވެ. މިހާރު އެއީ ޕޮލިޓެކްނިކްގެ އިމާރާތެވެ. އެ އިމާރާތަށް ވީޓީސީ ބަދަލުވީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަން (މައިޓް) ގެ ނަމުގަ އެވެ.

ވޮކޭޝަނަލް ތަމްރީނު ދެމުން އަންނަ ޕޮލިޓެކްނިކް: ޒަމާނާ އެއްގޮތަށް ކިޔެވުން ބަދަލުކުރަން ޖެހޭ

ސަރުކާރުގެ އެކި މިނިސްޓްރީތަކުން ހިންގަމުން އައި އިންސްޓިޓިއުޓްތައް މޯލްޑިވްސް ކޮލެޖު އޮފް ހަޔަ އެޑިއުކޭޝަން (މިހާރުގެ ގައުމީ ޔުނިވާސިޓީ)ގެ ދަށަށް ބަދަލުކުރަން ސަރުކާރުން 1999-2000 ގައި ނިންމި އެވެ. އެއާ އެކު އެ އިންސްޓިޓިއުޓްތައް ކޮލެޖުގެ ދަށަށް ބަދަލުކޮށް ހިންގަން ފެށީ ފެކަލްޓީގެ ގޮތުގަ އެވެ. މައިޓްގެ ނަމަކަށް ވީ ފެކަލްޓީ އޮފް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ (އެފްއައިޓީ) އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، 2009 ގައި ވޮކޭޝަނަލް އެޑިއުކޭޝަނަށް ހާއްސަކޮށްގެން "މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިން" (މިވެޓް) ގެ ނަމުގައި އާ އިދާރާއެއް އުފެއްދި އެވެ. އެ އިންސްޓިޓިއުޓް އުފައްދަން މަޖުބޫރުވީ، ހާޝިމް ވިދާޅުވި ގޮތުގައި، ކޮލެޖުގެ ދަށުން ވޮކޭޝަނަލް ޕްރޮގްރާމްތައް ހިންގަން އުނދަގޫވެގެންނެވެ.

ވީޓީސީގެ ބައެއް ލެކްޗަރާއިން ރަށަކަށް ކުރި ޒިޔާރަތެއް

މިހާރު މި ހިންގާ މޯލްޑިވްސް ޕޮލިޓެކްނިކް އުފެއްދީ އޭޕްރީލް 12، 2010 ގަ އެވެ. އެއާ އެކު މިވެޓުގެ މަސައްކަތްތަކާއި އެފްއައިޓީގައި ހިންގަމުން ދިޔަ ޑިގްރީ ފެންވަރަށް ވުރެ ދަށުގެ ކޯސްތައް ހިންގުން އެ އިދާރާއާ ހަވާލުކުރި އެވެ.

ޕޮލިޓެކްނިކް ރީބްރޭންޑް ކުރުން

ހާޝިމް ވިދާޅުވީ ޒުވާނުން ކުރިއަށް ދާން ފަހި ފުރުސަތުތައް ހޯދައިދެވޭނީ އެންމެން ބައިވެރިވެގެން ކަމަށެވެ. ބައެއް ރަށްރަށަށް ކުރައްވާ ދަތުރުތަކުން ދެރަވާ ކަހަލަ މަންޒަރުތައް ފެނިވަޑައިގަންނަވާ ކަން ފާހަގަކުރައްވައި ވިދާޅުވީ، އުމުރުން ދުވަސްވީ މީހުން އެކި މަސައްކަތްތަކުގައި ބައިވެެރިވެގެން އުޅޭއިރު ބައެއް ޒުވާނުން ތިބެނީ އަތްއުރާލައިގެން ކަމަށެވެ. ނަމަވެސް އިގުތިސޯދު ކުރިއަށް ގެންދަން އެންމެ މުހިއްމު އެއް ވަސީލަތަކީ އިންސާނުން ކަމަށް ވާތީ، އެ ޒުވާނުން މަސައްކަތުގެ ދާއިރާއަށް ނެރެން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ވީޓީސީ އާއި ސިންގަޕޫރުގައި ޓެކްނިކަލް އެޑިއުކޭޝަން ފޯރުކޮށްދޭ ކޮލެޖަކާ ގުޅިގެން ފެބްރުއަރީ، 1985 ގައި ހިންގި ތަމްރީނު ޕްރޮގްރާމެއްގެ ބައިވެރިން

ހާޝިމްގެ އުއްމީދަކީ މިހާރު ވެސް 300 އެއްހާ ދަރިވަރުން ތިބި ޕޮލިޓެކްނިކް ރީބްރޭންޑުކޮށް ޒުވާނުން ބަލައިގަންނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވުމެވެ. އެކަން ކުރަން ޖެހޭނީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި، ވަޒީފާގެ ބާޒާރަށް ފެތޭ ގޮތަށް ކަރިކިއުލަމްތައް ބަދަލުކޮށް، ކެރިއާއެއްގެ ގޮތުގައި ވޮކޭޝަނަލް ދާއިރާއިން ކުރިއަށް ދެވޭނެ ފުރުސަތު ވެސް ފަހިކޮށްދީގެންނެވެ.

އަބަދުވެސް މާޒީގެ ތެރެއިން އުފާވެރި މަންޒަރުތައް ފެންނާނެ އެވެ. އެގޮތުން ހާޝިމާއި އޭނާ ފަދަ ވީޓީސީއާ ގުޅިފައި ތިބި އެތައް ބަޔަކަށް، އެ ދުވަސްވަރުގެ އެ މަސައްކަތްތައް ފާހަގަކުރެވެ އެވެ. ރާއްޖެއަށް ބޭނުންވާ އެތައް ދާއިރާއަކުން ހުނަރުވެރިން އުފައްދައި، އިންޑަސްޓްރީތަކަށް ނެރުމަކީ، ވީޓީސީގެ ރަން ޒަމާނުގެ މުހިންމު ބައެކެވެ.

11 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 0%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަރީން

20 October 2020

އަޅުގަޑު ގެ ހަދާނުން އެއްމެ ރަގަޅަށް ރާއްޖޭގައި ނާސިރުވެރިކަމުގެ ފަހުކޮޅު ހިންގެވި އިންސްޓިޓުޓަކީ ވީޓީސީ. އެތަނުގައި ނުކިޔެވުނުކަމަކު ވެސް ގިނަރާއްޓެހިއްނަކީ އެތަނުން ކިޔަވައި މިހާރު ފުންނާބް އުސް ވިޔަފާރިވެރިން.

The name is already taken The name is available. Register?

ހައް ދުންމަތި

19 October 2020

ދެން ތިޔަކަންތައް ތައް ނުކޮށް ތިޔަ ތިބެނީ ކާކުބުނެގެބްތޯ ޒުވާނުން މިތިބީ ތައްޔާރަށް ވަޒީފާއެއް ލިބޭތޯ ސަލާން މިޖަހަނީ އެތައް ދުވަހަކު މަސައްކަތް ކޮށްގެން ރިސޯޓަކުން ވަޒީފާއެއް ލިބުނު އުޅެން ޖެހުނީ ބޮންދުންނަށްވުރެ ދަށުގައި އެހާލުގަ ހުއްޓާ ކޮވިޑް ލައިގަތީ ދެން އެތަނުންވެސް ބޭރުކޮށްލީ މިއީ އަމިއްލަ ގައުމުގެ ހާލަތު

The name is already taken The name is available. Register?

ކޯޑިނޭޓަރ

19 October 2020

ތި ތަނަށް ލިބުނު އެންމެ ބޮޑު ކުރި އެރުމަކީ އަލަށް އަންނަ ކޮންމެ ވެރިއަކާ އެކު ނަމަށް އައި ބަދަލު.

The name is already taken The name is available. Register?

1234

18 October 2020

ބޭރު މީހުން އެއީ މި ގައުމުގެ ބަތަލުންނޯ

The name is already taken The name is available. Register?

އިސްއެދުރު

18 October 2020

ތައުލީމު މާނަކުރެވޭގޮތާމެދު ބެލެނިވެރިންވެސް ހޭލުންތެރި ވާން އެބަޖެހޭ ކަމަށް ފެނެއެވެ. ކުއްޖާގެ ޝައުގުވެރި ކަމަށް ނުބަލައި ބަރު ފޮތްބޮނޑިއާ އޮބިނޯންނަ ވަރަށް ފިލާވަޅުގަޑިތަކާ ކްލާސްތަކުގެ ބަދަލުގައި ސްކޫލް ތަކުގައި މިހާރުވެސް ތައާރަފުުކުރެވިފައި ހުރި ޕްރޮގްރާމް ތަކުގައި ބަައިވެރިކޮށް ކުއްޖާ ކުރިއަށް ގެންދިއުން ރަނގަޅު ވާނެއެވެ. ސްކޫލް ތަކުންވެސް ތަޖުރިބާއަށް ބަލައި ޕްރޮގްރާމްތައް ހަރުދަނާކޮށް ދަރިވަރުންގެ ޝައުގުވެރިކަން އިތުރު ކުރެވިދާނެއެވެ.

The name is already taken The name is available. Register?

ސިރުފާ

18 October 2020

ހުރިހާވެސް ޝަރަފަކާ ތައުރީފެއް ހައްގުވަނީ ރަން ތިރީސް އަހަރުގެ ބާނީ ރައީސްމައުމޫނަށް.

The name is already taken The name is available. Register?

ޙިނި

18 October 2020

ހުސް ބަލި ހާއްސަ އެހީއައް ބޭނުންވާ ތަންތަން ދޯ. ޢަޅާލަނެ މިހަކުނެތިފަ،

The name is already taken The name is available. Register?

ސިމްޕަލް

18 October 2020

ވީޓީސީވަނީ އެކިސަބަބުތަކާ ހުރެ ސްކޫލްތަކުން ދުރަށްދާން ޖެހުނު ހުނަރުވެރިކުދިންތަކެއް ވަޒީފާގެ ބާޒާރަށް ނެރެދީފައި. ވީޓީސީއަށް "މުނިކާފަ" ކިޔާ ޕޮލިޓެކްނިކުން މިހާރު ކުރަންވީ ކަމަކީ ވީޓީސީ އިން ގައުމަށް ކޮށްދިން ފަދަ ޚިދުމަތްތައް ކުރުމަށް. ވަރަށް އާދައިގެ ކަމަކަށް ކުރެވިދާނެ އެއްކަމަކީ ސައިކަލާއި ކާރު މަރާމާތުކުރަން ދަސްކޮށްދޭ ކޯސްތަކެއް ހިންގުން. މާލޭގެ ގަރާޖުތަކުން މުޅިންވެސް ފެންނަނީ ބޭރުމީހުން. އެތަންތަނުގައި ވަޒީފާއަށް ދިވެހން ނެރެންއެބަޖެހޭ.

The name is already taken The name is available. Register?

ބަޑީ

18 October 2020

އެ ބޭރުމީހުން އެތާ މަސައްކަތްކުރަނީ މަސައްކަތް ދަސްކޮށްގެނެއްނޫން!! މިއަދު، އެފަދަ މަސައްކަތްތަކަށް މާބޮޑު ހުނަރެއްނެތަސް ވަޒީފާދޭ އެކަމު އޭގެން ވަޒީފާއެއް ބޭނުންވާ ދިވެހިން، ޙާއްޞަކޮށް ދިވެހިޒުވާނުން ވަރަށްމަދު. އަޅުގަޑުމެން، ވީޓީސީއަށް އުމުރުން 15 އަހަރުގާވަނީ، ވަޒީފާއެއް ލިބެން އަންނަނީ ކޮންމެސް ރަގަޅު މަސައްކަތެއް ދަސްކޮށްގެން ކަމަށްވާތީ. އަދި، އެވަޒީފާ ކޮންމެހެންވެސް "މުހިއްމު" ވާތީ. މިއަދު ވަޒީފާނެތަސް، ކާންބޯންލިބޭ!!!

The name is already taken The name is available. Register?

ޅަބޭ

18 October 2020

ހެހެހެހެ... ރާއްޖޭގަ މިހާރު ވީޓީސީ ނެތަސް އޯކޭވާނެ. އެތަނުގަ މިހާރު އަޅާފަ އެހުރީ ޑުރަގުބޯ ކުދިންގެ ޕާކެއް، ސެންޓަރެއް. މިހާރު ދިވެހިންގެ ތެރޭ އެންމެ ހިނގަނީ ޑުރަގު. އިލްމެއް ފަންނެއް އަސާސީއެއް މިހާރު ދިވެހިންނަކައް މުހިންމެއް ނޫން. ކޮންމެސް ބޮންދެން ނޫނީ އިންޑިޔާ ލަންކާ މީހަކުލައްވާ މަސައްކަތް ކުރުވީމަ ހުންނާނީ ރަގަޅައް. ވަރައް ސަލާން!

The name is already taken The name is available. Register?

މަގްބޫލުވާނެއޭ

18 October 2020

މިރާއްޖޭގެ ވީޓީސީގެ ނަން ބަދަލު ކުރަން ވެސް ނުޖެހޭ މީމިރާއްޖޭގެ ސަރުކާރުގެ މައްސަލަ އަކީ ދުވާލު ދެދަޅައަށް ތަންތަނަށް ކިޔާ ނަން ބަދަލު ކުރުން އަމިއްލަ ކުންފުންނަކަށް ކިޔާ ނަމެއް ބަދަލެއް ނުވޭ އައިމާ އޮތީ އައިމާ ނަމުގައި އަމިން އޮތީ އަމިން ނަމުގައި ދޯ ބޯރޑް މެމްބަރުން ބަދަލު ވިނަމަވެސް ކުންފުނީގެ ނަން ބަދަލު ނުވޭދޯ މިއަދުވެސް އެއީ ވީޓީސީގެ ނަމުން ނަން ދީފައި އޮތްނަމަ އެތަނުން އިޝޫކޮށްފައި ހުރި ސެރޓިފިކެޓް ކެރީ ކުރާ ވޮކޭޝަނަލް ޓްރެއިނިންގް ސެންޓަރ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454