21 އޮކްޓޯބަރ 2020 - 08:08
ގެވެހި ސާމާނު އުފައްދާ ދެކުނު ކޮރެއާގެ މަޝްހޫރު އިލެކްޓްރޯނިކްސް ކުންފުނި އެލްޖީން ރޯލަބަލް ނުވަތަ ސްކްރީން ފޮރުވައިލެވޭ ޓީވީ ވިއްކަން ފަށައިފި އެވެ.
ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި "އެލްޖީ ސިގްނޭޗާ" ގެ ނަމުގައި ނެރުނު 65 އިންޗީގެ ފަތި ޓީވީގެ އަގަކީ 87،000 ޑޮލަރު (1,339,800ރ.) އެވެ. މި ޓީވީ ފަރުމާކޮށްފައި ވަނި ސްކްރީންގެ ތިރިއަށް އިންނަ ބޭސް އަށް ސްކްރީން ވަދެގެން ގޮސް ފޮރުވޭ ގޮތަށެވެ. އެހެންވެ ބޭނުންނުކުރާ ވަގުތުތަކުގައި ސްކްރީން ފޮރުވާފައި އިންނަ އިރު ފެންނަފެނުމަށް އެއީ ޓީވީއެއްކަން ވެސް ނޭނގޭނެ އެވެ. އެގޮތުން މި ފްލެކްސިބަލް ސްކްރީން ބޭސް އަށް އެއްކޮށް ނުވަތަ ދެ ފަރާތުން ހުސްކޮށް އިންނަ ގޮތަށް ވެސް ބޭސްގެ ތެރޭގައި ފޮރުވައިލެވޭނެ އެވެ.
LAUNCH OF LG’S LONG-AWAITED ROLLABLE OLED TV MARKS TURNING POINT IN TV HISTORY https://t.co/Ca5JxXAS28
— Adhushan (@Adhushan1) October 20, 2020
އެލްޖީން ބުނި ގޮތުގައި "އެލްޖީ ސިގްނޭޗާ" އަކީ އޯލެޑް އާރް އަކީ އޭގެ ސްޕީކަރު ހަތަރު ކުލައަކުން ލިބޭނެ އަދި ޓީވީގެ އެލުމިނަމް ބޭސް ބޭނުންވާ ގޮތަކަށް ޕާސަނަލައިޒްކޮށްލެވޭނެ އެއްޗެކެވެ.
ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ޓީވީ އުފެއްދުމުގެ ޓެކްނޮލޮޖީ އަށް އައި އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމުގެ ގޮތުގައި ސިފަކުރާ "އެލްޖީ ސިގްނޭޗާ" މި ވަގުތު ލިބެން ހުރީ ދެކުނު ކޮރެއާގެ ހަތް އައުޓްލެޓަކުންނެވެ. އަދި އެހެން ހިސާބުތަކަށް ޝިޕްކޮށްދޭން ފަށާނީ އަންނަ އަހަރު އެވެ.
އެލްޖީން މި ޓީވީ ވިއްކަން ފަށާފައި މި ވަނީ 2018 ގެ ކޮމްޒިއުމާ އިލެކްޓްރޯނިކްސް ކޮންފަރެންސް (ސީއީއެސް) ގައި ރޯލަބަލް ޓީވީގެ ޕްރޮޓޯޓައިޕް ދައްކާލާފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަބަރު
21 October 2020
ދިވެހިންވެސް ގޭގަހުންނަ ޓީވީ ސްކްރީން ގެއްލޭ ގޮތަށް ހަދާފާނެ. ވީޑާއޯ އިން ފެނުނުގޮތުން މަށަށް ލަފާވިގޮތް.