އައިއެންއައިއޭގައި ބެހެއްޓި ފަސިންޖަރުންގެ ހަށިގަނޑު ބަލާ ފާސްކުރާ މެޝިން އިކޮނޮމިކް މިނިސްޓަރު ސައީދު (ވ3) އަދި ހޯމް މިނިސްޓަރު އަޒްލީން (ކ3) މިއަދު އިފްތިތާހުކޮށްދެއްވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
31 އޮކްޓޯބަރ 2016 - 18:58
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީކުރުމަށް ހިންގާ މަޝްރޫއުތައް ނިމޭއިރު އެއާޕޯޓުގައި އިތުރު 3،000 ވަޒީފާ އުފެދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ދެ މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްގެން އެ އެއާޕޯޓްގެ އެރައިވަލް ހޯލުގައި ބެހެއްޓި ފަސިންޖަރުންގެ ހަށިގަނޑު ސްކޭން ކުރާ މެޝިން އިފްތިތާހު ކުރުމަށް މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އެއާޕޯޓުގައި ގާތްގަނޑަކަށް 2،300 އެއްހާ މުވައްޒަފުން ތިބި އިރު އޭގެ ތެރެއިން 90 ޕަސެންޓަކީ ދިވެހިން ކަމަށެވެ.
"މި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމޭއިރު ގާތްގަނޑަކަށް 6،000 ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ. މާނައަކީ [މިހާރު ތިބި އަދަދަށް ވުރެ] އިތުރު 3،000 ވަޒީފާ އުފެދުމުގެ ފުރުސަތު ބޮޑުވެގެންދާނެ،" ސައީދު ވިދާޅުވި އެވެ.
އައިއެންއައިއޭގައި ބެހެއްޓި ފަސިންޖަރުންގެ ހަށިގަނޑު ބަލާ ފާސްކުރާ މެޝިން ބޭނުންކުރާ ގޮތް ކަސްޓަމަސްގެ އޮފިސަރަކު ދައްކާލަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
އޭނާ ވިދާޅުވީ މިދިޔަ ތިން އަހަރުގެ ތެރޭގައި އައިއެންއައިއޭގެ ތަރައްގީ އަށް ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) އިންވެސްޓްކޮށްފައިވާ ކަމަށެވެ. މި ސަރުކާރުން 90 މިލިއަން ޑޮލަރު ހަރަދު ކުރި މަޝްރޫއުގެ ތެރޭގައި އެއާޕޯޓުގެ ރަންވޭ މަރާމާތު ކުރުމާއި ނޯތު އޭޕްރަން ތަރައްގީ ކުރުން ފަދަ ކަންތައް ހިމެނޭ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
"ކުރީގެ ޕްލޭނަށް ބަލައިފި ނަމަ ދެވަނަ ރަންވޭއެއް އެޅޭކަށް ނެތް. ނަމަވެސް މި ސަރުކާރުން އެމްއޭސީއެލްގެ މެނޭޖްމަންޓުން އަދި ބޯޑުން ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ރައީސްގެ ލަފާފުޅަށް ދެވަނަ ރަންވޭއެއް ކޯޑް އެފްގެ ސްޓޭންޑަޑަށް 65 މީޓަރުގެ ފުޅާ މިނުގައި، އެންމެ ބޮޑު މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ތަރައްގީކުރަން ފެށީ،" ތިން އަހަރުގެ ތެރޭގައި ހިންގި މަޝްރޫއުތަކުގެ ވާހަކަދައްކަވަމުން ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އާ ރަންވޭ ހަދާ ސަރަހައްދުގެ ބިން ހިއްކުމުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދު އެއްކޮށް ނިމޭއިރު ހުޅުލޭ ބިމުގެ ސައިޒުގެ ތިން ބައިކުޅަ އެއްބައި އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައިއެންއައިއޭގައި ބެހެއްޓި ފަސިންޖަރުންގެ ހަށިގަނޑު ބަލާ ފާސްކުރާ މެޝިން އިފްތިތާހުކުރުމަށް ބޭއްވި ހަފުލާގައި އެމްސީއެލްގެ އެމްޑީ އާދިލް އާއި އިކޮނޮމިކް މިނިސްޓަރާއި ހޯމް މިނިސްޓަރު އަދި ކަސްޓަމްސްގެ ކޮމިޝަނަ ޖެނެރަލް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ /މިހާރު
"މިގޮތަށް ގެންނަ ހުރިހާ ތަރައްގީއެއް ނިމި ޓާމިނަލް ފެސިލިޓީ ނިމި 2018 އަށް ދާ އިރު އަޅުގަނޑުމެން ކޮންމެ ދިވެހި ރައްޔިތަކު ފަޚުރުވެރިވާ ބަލައިގަންނާނެ ބޮޑު ޕްރޮޖެކްޓަކަށް މިކަން ވެގެންދާނެ. މީގެ ނަފާ އެތައް ގުނައަކަށް އިތުރުވެގެންދާނެ،" ސައީދު ވިދާޅުވި އެވެ.
އެއާޕޯޓުގެ އެރައިވަލް ހޯލުގައި ބެހެއްޓި ބޮޑީ ސްކޭނިން މެޝިނަކީ ރާއްޖެ އަށް ޑްރަގާއި އެނޫން ވެސް އެތެރެ ކުރުން މަނާ ތަކެތި ހިފައިގެން އަންނަ މީހުންގެ ހަށިގަނޑު ބަލައި ފާސްކުރަން ބޭނުންކުރަން ބެހެއްޓި މެޝިނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަރައްގީ
01 November 2016
އެއާޕޯޓް ތަރައްގީ ވެގެންދާއިރު ރާއްޖޭގެ އިގުތިސާދު އިތުރު ހަރުފަތަކަށް އަންނާނެ ކަމާ މެދުގައި އެއްވެސް ސައްކެއް ނެތް.. އެއާޕޯޓަކީ ކޮންމެ ގައުމެއްގެ ވެސް މައި ދޮރުއަށި... ދިވެހިންނަށް ވަޒީފާގެ އެތައް ފުރުސަތުތަކެއް ހޯދަވައި ދެއްވީ ރައީސް ޔާމީން
ވަޒީފާ
01 November 2016
ތިހާވަރުންދަންޏާ ވަޒީފާތަކަށް ދިވެހިން ނުލިބިގެން ބޭރުން މީހުންގެންނާންޖެހޭނީ ނޫނީ 18އަހަރު ނުފުރޭ ސްކޫލްތަކުގެ ކުދިންނަގައިގެން ތިވަޒީފާތަކަށް ފޮނުވަންޖެހޭނީ.....
ހުސެން
01 November 2016
ދިވެހިންނަށް މިހާރުވެސް ބައިވެރި ވަޒީފާ ފުރުސަތުތައް އެބަހުރި. އަކަމަކު، ދިވެހިންނަށް ވަޒީފާދިނުމަށް މަސައްކަތް ކުރުމުގެ ކުރިން، ދިވެހިން ވަޒީފާތަކަށް އަހުލުވެރި ކުރުވުމާއި ވަޒީފާއެއްގައި އުޅެން ދަސްކޮށްދޭ ޕްރޮގްރާމްތަކެއް ސަރުކާރުން ހިންގުން މާ މުހިންމު.
ހަސަން
01 November 2016
މިހާރުވެސް އަލަށް ވަޒީފާގެ މާހައުލަށް ނިކުންނަ ކުދިންނަށް ތަމްރީން ޕްރޮގުރާމްތައް ސަރުކާރުން އަންނަނީ ހިންގަމުން... އެގޮތުން ތައުލީމީ ގޮތުން ދަށް ކުދިންނަށް ބީޓެކް އަދި ދަސްވާރު ޕްރޮގުރާމް ހިންގަމުން އާދޭ ހަމަކައިވުމެސް މިފަދަ ޕްރޮގުރާމްތަކުގެ ސަބަބުން ވަޒީފާގެ މާހައުލަށް ޒުވާނުން އަހުލުވެރިވާނެ..
ސަންޕަ
01 November 2016
3000 ވަޒީފާ ހަމަ ދިވެހިންްނަށްތަ؟
އަޅޯ
01 November 2016
ނުވ އެއްނުން
އިބޫ
01 November 2016
މީއަޅޭ އެއްވެސް ޕްލޭނެއް ނެތި ލާހޫރޭ ބަޔެކޭ ބުނެވެނީ ހަމަ ރަނގަޅަށް ކުއްލި އަކަށް އަރާ ދެގުަނަ ވަޒީފާ ގިނަ ކުރާ ވާހަކަބުނާއިރު، އަޅޭ މި އެއަރޕޯޓަށް ކުރި މަގުގައި އަންނަ ޕެސެންޖރުން މަދުވާނެކަން މިނިސްޓަރ ސައީދު އަކަށް ނޭނގޭބާ؟ އައްޑޫ އެއރޕޯޓް ރެޑީވާއިރު ޗަންޕާ މެން އެސެކްޓަރ ބޮޑު ނުކުރާނެތަ؟ ގާިްމ ގެ މާމިގިލި ރެޑީވީމަ މުޅި އަލު ޒޯން ގެ ޓުއަރިސްޓުން ސީދާ މާމިގިލީގައި ޖައްސާނެ ކަން މިނިސްޓަރަށްނޭނގެ؟؟؟ ދެން އނއއ އަށް އަންނަ ފަތުރުވެރިްނ މަދުވާނެ.... ދެން ކޮން ޖޮބެއް އިތުރުވާނީ....ޕިސްޕިސް
Maldives
01 November 2016
ރިބަން ކަޑާގޮތް ވަރަށް މަޖާ!!! ކެކެކެކެ
ރަދީފް
01 November 2016
މަވެސް މިއުޅުނީ ތިހެން ބުނަން.ލޮލް
ބޮޑޭ
31 October 2016
ތިދޭ ވަޒީފާއަށް ދަންޔާ އެބަޖެހޭ ތުބުޅި ކޮށާ ހުރިހާ ކަމެށް ކުރަން!
އަލްޖިބްރާ
31 October 2016
މީގެ ކުރިންވެސް 94000ވަޒީފާ އުފެއްދި ! އެކަމު ވަޒީފާލިބުނު މީހަކު ހުރިކަމަކަށް ނުވޭ !
އިދުރީސްބެ
31 October 2016
ކުރިމަތީގަ އޮތީ އިންތިހާބެއް، ކޮންމެ ވަރީރަކުވެސް ބަލަންޖެހޭނީ ގިނަގިނައިން ޓީވީތަކަށް އަރާ ތިކަހަލަ މޮޅު ވާހަކަ ދައްކައިގެން ރައްޔިތުން ހެއްދޭތޯ. ދިވެހިން ވަރަށް ހައްދާލެވޭނެ. ރިޔާސީ އިްނތިހާބުގަ ދެމިކަހަލަ ބޮޑެތި ވައުދުތަކެއްވެސް ވާންޖެހޭނެ.