އެންއައިސީގެ މެމްބަރުކަމަށް އައްޔަންކުރެއްވި ބޭފުޅުންނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
26 އޮކްޓޯބަރ 2020 - 13:49
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަތަރު މެމްބަރަކު މިއަދު އައްޔަންކުރައްވައިފި އެވެ.
އެ ކޮމިޝަނުން ހުސްވެފައިވާ މަގާމުތަކަށް އައްޔަންކޮށްފައިވަނީ، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މުއާމަލާތްތައް ފަޅާ އަރުވައިލި، ޅ. ނައިފަރު، ނިކަގަސްދަށުގެ، ގާސިމް އަބްދުލްކަރީމާއި މ. ޕިސްތާގެ އާމިނަތު ޝާދިޔާ އާއި ގ. ދޫރެސްވިލާ އާޝިޔަތު ޝިއުނާ އަދި ޖޭއެސްސީގެ ކުރީގެ މެމްބަރު، ދަފްތަރު ނަމްބަރު ރސ 1188، ޝުއައިބު އަބްދުއްރަހްމާނެވެ.
އެ ހަތަރު ބޭފުޅުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ ހޯމަ ދުވަހު ފާސްކޮށްފަ އެވެ.
އެންއައިސީ އުފެއްދީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން އުވާލުމަށް ފަހުގަ އެވެ. އެކަމަކު ސެޕްޓެމްބަރު 6، 2015 ގައި ތަސްދީގުކުރި ގާނޫނުގެ ދަށުން ޕޮލިހާއި އިމިގްރޭޝަނާއި ކަސްޓަމްސް އަދި ކަރެކްޝަނަލް ސާވިސްއާ ގުޅޭ މައްސަލަތައް ބެލުމުގެ ޒިންމާ ހަވާލުކޮށްފައި ވެ އެވެ.
އެ ކޮމިޝަންގައި ތިއްބެވި ހަތަރު މެމްބަރަކު ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށް އެންއައިސީން މިދިޔަ ޖުލައި މަހު ތިން މެމްބަރަކު އިސްތިއުފާ ދެއްވި އެވެ. އިސްތިއުފާ ނުދެއްވުމުން އެންއައިސީގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ސުލެއިމާން ވަނީ މިދިޔަ އޮގަސްޓް މަހު ވަކިކުރައްވައިފަ އެވެ. އެހެންވެ އެ ކޮމިޝަންގައި މިއަދާ ހަމައަށް ހުންނެވީ، ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދު އެކަންޏެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
26 October 2020
ޅ. ނައިފަރު، ނިކަގަސްދަށުގެ، ގާސިމް އަބްދުލްކަރީމް ތިފަދަ ތަނަކަށް ޤާބިލް ވާނެ ކަމާއިމެދު ޝައްކެތްނުކޮށް އޭނާއަށް ލިބުނު ފުރުސަތާއިމެދު ހިތް ހަމަޖެހޭ. # ނަމަވެސް ޤާސިމް ފަޅާއަރުވާލި "ބްރޯ މިޝަން" ނުވަތަ އެމްއެމްޕީއާރުސީގެ ވައްކަމުގެ ފައިސާގެ މުޢާމަލާތް ހިންގުމުގައި އެހީތެރިކަމާއި އެއްބާރުލުން ދިން އެންމެން ތިބިގޮތަށް ކުރީގެ މަޤާމްގައި ނުވަތަ ކުރިއަށްވުރެންވެސް ސީނިއަރ މަޤާމެއްގައި ހަމަ އެ ބެންކް ތެރޭގައި އެބަތިބި. މިއީ ކޮންކަހަލަ އިންސާފެއްް؟؟!!
އަބްދުﷲ ރަޝީދު
26 October 2020
ނަމުން "މިނިވަން" މުއައްސަސާ. ހަޤީޤަތުގައި "ސަރުކާރުގެ" އޮފީސްތައް. އައްޔަންކުރަނީ އޭރެއްގައި ވެރިކަމުގައި ތިބި ސިޔާސީ މީހުންގެ ޢާއިލާ މީހުންނާ އެކުވެރިން.
ރިޔާޒ
26 October 2020
އާޝިޔަތު ޝިއުނާއަކީ މިނިވަންކަމާއެކު ފުލުހުންގެ މައްސަލަތައް ބެލޭނެ މީހެއް ނޫން.
ޙަސަނުގެ ދަރި
28 October 2020
ޝުޢައިބް ވެސް ، އެމްޑީޕީގެ މީހުން ސިޔާސީކުލަޖެހިފަ ތިބިމީހުން ހައްތާވެސް
ސޮބުރީ
26 October 2020
ތިތަނުން އެބަފެނޭ މިސަރުކާރަށް ބަލަދު އަރާފަ އިންމީހެއް
ރަދީފްއޮފިޝިއަލް
26 October 2020
ކާކު ބާ؟!
ދޯހަޅި
26 October 2020
"މިނިވަން މުވައްސަސާ އާއި "އުމުރަށް ޢައްޔަން" ކުރުމާއި މިހިރަ މިހިރަ ބަސް ބަހުގެ މާނައެއް މިހާރަކު ނޭގެ އެވެ. އެކޮންސެޕްޓް ޤާނޫނު އަސާސީ ގައި ހިމެނި ނިޔަތެއް ނުވިސްނެއެވެ.