ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައި މަހުޖަނުންގެ ޖެޓްތައް: މިއީ ޓޫރިޒަމަށް އޮތް އުފާވެރި ހަބަރެއް
26 އޮކްޓޯބަރ 2020 - 14:14
ކޮވިޑް-19ގެ ފަޅުކަމަށް ފަހު ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް، ވީއައިއޭގެ އޭޕްރަންތައް އަމިއްލަ ޖެޓްތަކުން ފުރެން ފަށައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓްވިޓާ އެކައުންޓްގައި ޖެހި ފޮޓޯތަކުން ފެންނަ ގޮތުގައި އެއާޕޯޓްގެ ދެ ދިމާލެއްގައި ހަދާފައިވާ ދެ އޭޕްރަންގައި ވެސް ގިނަ އަދަދެއްގެ އަމިއްލަ ޖެޓްތައް ވަނީ ޕާކްކޮށްފަ އެވެ. އެއިން ކޮންމެ ބޯޓަކުން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން މުއްސަނދިންނާއި އެ މީހުންގެ އާއިލާތައް ވަނީ އައިސްފަ އެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖެ އާއި ދުނިޔޭގެ އެހެން ގިނަ ގައުމުތަކެއްގެ ބޯޑަރުތައް ބަންދުކޮށް، އަލުން ހުޅުވުމުން ރާއްޖޭގެ ޓޫރިޒަމަށް މިހާރު އަންނަނީ ދިރުން ލިބެމުންނެވެ. ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އަންނަނީ ގިނަވަމުންނެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭނެ އެއް ބަޔަކީ، އެންމެ އަގުބޮޑު ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރަން އަންނަ މުއްސަނދިންނެވެ.
އަމިއްލަ ޖެޓްތައް ވީއައިއޭގައި ޕާކްކޮށްފައި: ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވެސް މިހާރު އަންނަނީ މަތިވަމުން
ވީއައިއޭއިން ބުނީ ޕްރައިވެޓް ޖެޓްތަކުގެ "މި މަންޒަރުތަކުން ހައިރާންކަން ލިބޭ" ކަމަށެވެ.
ރާއްޖޭގެ އިގުތިސާދުގެ މައި އިންޑަސްޓްރީ ކަމަށްވާ ޓޫރިޒަމް، ތިން މަހަށް ވުރެ ގިނަ ދުވަހު ހުއްޓިފައި އޮތުމަށް ފަހު ޖުލައި 15 ގައި ހުޅުވުމާ އެކު، އުއްމީދީ މަންޒަރުތަކެއް މަޑުމަޑުން މިހާރު އެބަ ފެނެ އެވެ. މިހާރު ރާއްޖެއަށް އުދުހޭ އެއާލައިންތަކުގެ އަދަދު ވެސް އަންނަނީ ގިނަވަމުންނެވެ. އެހެންކަމުން ކުރިއަށް އޮތް ދެ މަހު ޓޫރިސްޓުންގެ އަދަދު ވެސް ނިސްބަތުން ރަނގަޅު މިންވަރަކަށް މައްޗަށް ހިނގައިދާނެ ކަމަށް، ދާއިރާގެ ބައެއް ތަޖުރިބާކާރުން ލަފާކުރެ އެވެ.
We are in awe with this view 😍😁 🛩 Our private jet movements are getting better during this winter season. It’s time to be in the #Maldives 🏝 ☀️ 🌊 #VisitMaldivesNow #ReDiscoverMaldives#WeAreAviation pic.twitter.com/4T46Uwdo4C
— VelanaAirport (@VelanaAirport) October 26, 2020
މިހާރު އެންމެ ގިނައިން ރާއްޖެ އަންނަނީ ރަޝިޔާ ޓޫރިސްޓުންނެވެ. އެކަމަކު އިނގިރޭސި ވިލާތުން ރާއްޖެއަށް ދަތުރުކުރުމުގައި ދިން ލުއިތަކާ އެކު، ފިނި މޫސުމާއި ކްރިސްމަސް އައި އާ އަހަރަށް އެ ގައުމުން ވެސް ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށް ބެލެވެ އެވެ.
އިނގިރޭސި ވިލާތުން ކަނޑައަޅާފައިވަނީ ރާއްޖެއަށް ދާ އިނގިރޭސިން އެނބުރި ގައުމަށް ގޮސް އެކަހެރިވާން ނުޖެހޭ ގޮތަށެވެ. އެއީ ޗުއްޓީއަށް ދަތުރުކުރަން ބޭނުން މީހުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.
އާންމު ގޮތެއްގައި ނޮވެމްބަރުން ފެށިގެން ޖެނުއަރީގެ ނިޔަލަށް ރާއްޖެއަށް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތައް ދަތުރުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓަކި މޫނާ
28 October 2020
ރައްޔިތުންނަށް ތިޔަކު ނެތް އުފާވެރިކަމެއް. ޑޮލަރު ތާށިކޮއްފަ ވެރިންގެ ޖީބުގަ. ބެންކް އިން ލިބޭ ޑޮލަރުވެސް ހިފަހައްޓަނީ. ފޮރެން ޕާރޗެސް ލިމިޓް ވެސް ކޮއްލާފަ. ފައިބާގެން ދާންވާއިރައް އަނެއްކާވެސް ޑޮލަރު އަގު މަތި ކޮއްލަން ރާވާ ތަން މި ފެންނަނީ. ކުރިންވެސް ޑޮލަރު އަގު މަތި ކުރި މީހުން ވިއްޔަ އަނެއްކާވެސް ވެރިކަމަށް އަރާގެން މިއުޅެނީ.
ނައިބު ތުއްުތު
27 October 2020
މާލެ އޭރިޔާއެއްނު ރާއްޖެތެރެ ހުސްވަނީ
އެމްސް
27 October 2020
ތިޖެޓްތަކުން އާދެވޭނީ ކިތައްމީހުނަށް ބާ؟ ދުނިޔެ އަދިވެސް އޮތީ ބަންދުގަ!
ކަމަނަ2333
28 October 2020
މީހުން ކިތަންމެ މަދުން އަޔަސް ގިނައިން މުއްސަނދިން އައިމަ ފައިދާ ވާނީ. އެމީހުން ހެސް ކިޔާފަ ލާރި ހަރަދު ކޮށްލާނެ.
ރިލުވާނު 23232
27 October 2020
ގައުމަށް ވަންނަ ހުރިހާ ޑޮލަރެއް ގޮސް ވަންނަނީ ދެ ތިން މަހުޖަނުންގެ އަންބޮނޑިއަށް. އެހެން ނޫނީ ސަރުކާރުގެ މަތީ ފަންތީގެ މިނިސްޓަރުންންގެ ސްވިސް އެކައުންޓުތަކަށް ނޫނީ މެމްބަރުންގެ ބޭންކުތަކަށް. އަހަރެމެންނަށް އޭގެ އެއްވެސް ފައިދާއެއް ނުލިބޭ. އަހަރެމެން އުފަލެއް ނުވޭ
ނަރީމާ / ނޫވިލު
27 October 2020
ރައީސް ޔާމީން ލޯނު ނަގައިގެން ޤައުމު ބިނާކޮށް އާމްދަނީ އިތުރުވާނެ ގޮތާ، އިގްތިޞާދު ދިރޭނެ ހަރަކާތްތަކެއް އިފްތިތާޙް ކުރެއްވީ. މިހާރު ލޯނު މިނަގަނީ ރިކަރަންޓަށް. އެވެސް ކަރަންސީ ސްވޮޕް. ދެން މިބުނަނީ ޑޮލަރު ތިޔާގިވާނީ އެހެން ކަރަންސީ އިގްތިޞާދުގައި ދައުރުކުރީމައޭ. މިއީ ސިޔާސީ ވާހަކައަކަށް ނުހަދާ ޤައުމީ އިގްތިޞާދީ ކަމެއް ކަމަށް ފެނި، ޤައުމު ބިނާކުރުމުގައި ހަރުދަނާކަން ދައްކަވަން އެބަޖެހޭ ނޫންތޯއެވެ!!؟
އެމްސް
27 October 2020
ސަސްޓެއިނަބަލް އިޤްތިޞާދެއް ޤާއިމުކުރަން އެއްވެސް ރައީސަކު މަސައްކަތެއް ނުކުރޭ! ޔާމީން އިރުގަވެސް އަރިހުބޭކަލުން އުޅުނީ ތަނަވަސްކޮށް، މިހާރުވެސް ހަމަ އެހެން!
އޮނަރަބްލް އަފީފު ދީދީ
26 October 2020
ތިޔަމަންޒަރު ރީތިވެފައި ތީގެމަންފާލިބޭނީވެސް މާލޭގެ ބިންވެރިންނަށް. މޯލްޑިވްސް ކިޔާޤައުމަކަށް އަންނަ ފަތުރުވެރިޔާއަކަށްނޭގޭނެ މިތަނުގައި އޮންނަނީ "އެއްރަށްދައުލަތް ސިޔާސަތެއްކަމާއި" މުޅިދައުލަތުގެވަސީލަތާއި ޙަޒާނާހޭދަކުރަނީ އެންމެރަށެއްގެ ބިންވެރިންނަށްކަން. # ތިޔަހޯދާ ކާމިޔާބީއަކީ މާލޭސަރުކާރުމޮޅުވެގެން ނުވަތަ ތިތަންތަން ހިންގާންތިބިމީހުން ކުޅަދާނަވެގެން ލިބޭއެއްޗެއްނޫން. ތިއީ ހަނިމާދުއާއި ގޭންއެއަރޕޯޓް މީހުނަށް ފޮރުވައި ބަންދުކޮށްގެން ތިބެ ހޯދާއެއްޗެއް.
ތިންކްއޮފްއިޓް
26 October 2020
މާލެ-މާފުށި ފަޅުއެއްކޮށް ހިއްކާލަަންވީ މަޖްލީހުން ގާނޫނެއް ފާސް ކުރަންވީ މާލެ ސަރަހައްދަކީ މާލެ އަތޮޅު ކަމަށް ކަނޑައަޅާ ދެން މާލެ-މާފުށި ފަޅު އެއްކޮށް ހިއްކާލާނީ ކޮކޯ އާއި 1 ކިލޯމީޓަރު ގާތަށް ދެން އެގޮތުން މާފުށި ފަޅުން ހިއްކާ ބިންތަކުން 1 މިލިއަން އަކަފޫޓްގެ ބިން ވިއްކާލާނީއޭ ބިމެއް 2 ހާސް އަހަރު ދުވަހަށް 200 މިލިއަން ޑޮލަރަށް އަޕް ފްރަންޓް ކޮށް ފައިސާ ދައްކާ ފަރާތަކަށް އެއިރުން ދެން ހިލްޓަން ފަދަ ބްރޭންޑްސް ތަކުގެ އަމިއްލަ ހޮޓާ ހުންނާނެއޭ
ގުދުގުދާ ބެއްޔާ
26 October 2020
ދެން ކޮބާ ވެއިތުވެ ދިޔަ 40 އަހަރު މާލޭ ރައްޔިތުންނަށް ގޯތި ނުދީ! ހުޅުމާލެ އަކަނިތަ؟ ޓެކްސް ފައިސާއިން ހިއްކީ؟.. ބ.ހިތާދޫ.ހދ. ކުޅުދުއްފުށި. ކ، ގުރައިދޫ. މިހެންކިޔާނެ ކަމެއްނެތް ރައްޔިތުންގެ ޓެކްސް ފައިސަޢިން ހިއްކާފައި ހިލޭ ގޯތި! މިއީ ކޮން އުސޫލެއް! އަނެއްކާ އެމްޑީޕީ ގެ ފީކުދާން ވައުދެއް ގޯތި ދިނިނުން! އެކަމަކު ޚަބަރެއްވެސް ނުވޭ! ވޯޓް ފިސާރި ރީތިކޮއް ދޭނަން!
ކުރުކުރު
26 October 2020
ހުރިހާތާކު ހޮޓާ އަޅާފަ ގުޅައެއް ޑޮލަރަކަށް ވިއްކަންވީ.
ވިދުވަރުދޯނީގެ އަލިގަދަ ދުރުމިން
26 October 2020
ކަނދުމަތީ ކަނދުއަޅަހެން އަޅާ ހުއްޓަސް ކިތަންމެގިނަނަ މަހުޖަނުން އަޔަސް ރައްޔިތުން އުޅެނީ ދަތިޙާޅުގައެވެ ސަޕުލައި ފެން ހަމަކާ ތެޔޮފޯފާ އަކާ އެއްއަގު ތަނެއްގަ ރައްޔިތުންނަށް އެދެވޭ ބަދަލެއް ނުފެންނާނެވެ އޮތީ ކަރަޕްޝާން އެވެ ނޭވާހޮޅިންނާ މާގިރާ ހޮޓަލުގަ އަންހެނުންގެ ނާޗަރަންގީއެވެ ހާތަށް ދުވަހު އެއްކުރި ޑޮލަރު ކޮބައި ހެއްޔެވެ މިއަދު 20 ރުފިޔާއށް ޑޮލަރެއް ވާންނޖެހުނީ ކީއްވެހެވެ ބަންގާޅީން އޮފީހު ނަމުގަ ގެނެސް ކުރުވަނީ އަމިއްލަ މަސައްކަތެވެ ވިޔާފާރިއެވެ
ޙުސެން12
26 October 2020
ތިޔަކުން އާން މު ރައްޔިތު މީހާ ހިތްހަ މަޖެހޭނެ ކަ މެއްނޫން ތިޔަށްވުރެ ގިނަބޯޓާއި މީހުން ކުރިން އައި ނަ މަވެސް ރިސޯރޓް އޯނަރުން ބުނަނީ ލާރިނުލިބޭކަ މަށް. މުސާރަ ދެވޭވަރުވެސް ނުވާކަ މަށް.
ރަޮނުބެގެ އާދަނު
26 October 2020
އާއްމު ރައްޔިތުމީހާގެ އާސަންދަ، ރައްޔިތުމީހާގެ ދަރިންނަށް ކިޔަވައިިދޭ ޓީޗަރުން، ފޮތްބައި، ސްކޫލު އަޅައި ހިނގުން، ރައްޔިތުމީހާގެ ބަދަރު، މުސްކުޅި 5000 އަށް ފައިސާ ޚަރަދުވޭ. ހޭލަބަލަ.
ބިންވިއްކާލާނީ
26 October 2020
އެމްޑީޕީގެ ދެވަނަ ވެރިކަން ހިނގަމުންދާއިރު މިހާތަނަށް މަޖްލީހުން ފާސް ކުރަމުން އަންނަ ގާނޫނު ތަކަކީ ދެން ވަރަށް ކޫސުނި ކަންކަން ހައްލު ކުރަން ފާސް ކުރަމުން އަންނަ ވަރަށް ކުދި ކުދި ކޫސުނި އޮޕަރޭޝަނަލް ބަދަލު ތަކެއް އަންނާނެ ގާނޫނު ތަކޭ އެއިން މާބޮޑު އެގުމެއް އިގްތިސާދަށް ނުކުރާނެއޭ މަޖްލީހުން އެބަޖެހޭ މާލެ ސަރަހައްދުގެ ފަޅު ތައް ހިއްކާ ބިންތައް ވިއްކާނެ އުސޫލު ހިމެނޭނެ ގާނޫނެއް ފާސް ކުރަން ނުސީދާ ކޮށް ފްރީ ހޯލްޑް ކުރެވޭނެ އުސޫލުން 1000 އަހަރަށޭ