ފްލޮރިޑާގެ އޯލާންޑޯގައި ބޭއްވި ކެމްޕޭން އެއްވުމެއްގައި އޮބާމާ އިއްޔެ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
28 އޮކްޓޯބަރ 2020 - 12:06
ވޮޝިންޓަން (އޮކްޓޯބަރު 28)- ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެއިލްވެފައިވާ ކަމަށާއި ކޮވިޑްގެ މީޑިއާ ކަވަރޭޖާ މެދު ޓްރަމްޕް ވަރަށް ބޮޑަށް ހަސަދަވެރިވާ ކަމަށް ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އާއި ރަނިން މޭޓް ކަމަލާ ހެރިސް އަށް ކެމްޕޭން ކޮށްދެއްވުމަށް ފްލޮރިޑާގެ އޯލެންޑޯގައި ބޭއްވި އެއްވުމެއްގައި އޮބާމާ ވިދާޅުވީ ވައިޓް ހައުސް އަށް ވެސް ވައިރަސް ވައްދައިފި ކަމަށާއި އެކަންވެސް ނުހުއްޓުވުނު ކަމަށެވެ.
ވައިޓް ހައުސްގެ ވެސްޓް ވިންގުގެ ވަރަށް ގިނަ ސްޓާފުން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. ރައީސް ޓްރަމްޕާއި ފަސްޓް ލޭޑީ މެލަނިއާ އަދި ދަރިކަލުން ބޭރޮން ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. ނައިބް ރައީސް މައިކް ޕެންސްގެ އިސް މުޝީރާކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.
އޮބާމާ ވިދާޅުވީ އެމެރިކާގެ ރައީސްކަމުގައި މިހާރު އެ ހުރި މީހާ، އޭނާގެ މަސައްކަތަށް ވެސް އެއްވެސް ޝައުގުވެރިކަމެއް ނުހުންނަ ކަމަށާއި އެއްވެސް މީހަކަށް އެހީތެރިކަމެއް ވެސް ފޯރުކޮށްނުދޭ ކަމަށެވެ. އޭގެ ބަދަލުގައި ޓްރަމްޕް އުޅުއްވަނީ އަމިއްލަ ފައިދާ އާއި ރައްޓެހިންނަށް ރަނގަޅު ގޮތް ހޯދައިދޭން ކަމަށް އޮބާމާ ވިދާޅުވި އެވެ.
ބައިޑަން އަށް އިޝާރާތް ކުރައްވައި އޮބާމާ ވިދާޅުވީ ރައީސްކަން ލިބުމަކުން މީހާ ވަކި ބަދަލު ނުވާ ކަމަށެވެ.
"އެ މަގާމުން ހާމަކޮށްދޭނީ ތިމާއަކީ ކާކުކަން. އަދި ޖޯ (ބައިޑަން) ވަނީ ވަކި އުސޫލްތަކެއްގައި ހިފަހައްޓަވާ ބޭފުޅެއްކަން ސާބިތުކޮށްދެއްވާފައި. ޖޯ ވާނީ އެމެރިކާ އަށް ލިބޭ ރަނގަޅު ރައީސަކަށް،" އޮބާމާ ވިދާޅުވި އެވެ.
އޮބާމާ އަށް ރައްދު ދެއްވައި ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޭކް ތަގްރީރެއް އަޑު އަހަން އެއްވެސް ބަޔަކު ނުދިޔަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޮކްރެސީގެ މުގާބޭ
28 October 2020
ފަނޑިޔާރުން ދެކެ އަންނި ހަސަދަ ވެރިވޭ. މިކަމުގެ ސާފު ހެކި އަންނީގެ ބަސް މަގުން ވަރަށް ސާފު ކޮށް ފެންން ނަން ހުއްޓާ މަޖްލީސްވެ ރައީސްގެ ހައިސިއްޔަތޭ ކިޔާފައި ވެސް އޭނާ ޖޭއެސްސީ ގައި އިނުމަކީ މަސްލަގަތު މަތިމައްޗަށް ފުށު އަރާ ކަމެކެވެ.އޭނާ ބައިވެރިވެގެން ފަންޑިޔާރުންގެ މައްޗަށް އަޅާ ފިޔަވަޅޔ ސައްހައެއް ނުވާނެއެވެ.