އަދީބާއި ނާޒިމް: ގެއަށް ފިސްތޯލައެއް ވެއްދީ ފްރޭމްކުރަން ކަމަށް ނާޒިމް ވަނީ ވިދާޅުވެފައި.
28 އޮކްޓޯބަރ 2020 - 11:48
ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ ގެއިން ފިސްތޯލައެއް ފެނުނު މައްސަލައިގެ ތަހުގީގަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ފުލުހުން ސުވާލުކޮށްފި އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި ސިއްހީ ހާލު ހުރި ގޮތުން ގޭބަންދުގައި ހުންނެވި އަދީބު ތަހުގީގަށް ހާޒިރުކުރީ، އެނގިފައިވާ ގޮތުގައި، މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.
ނާޒިމް ދިރިއުޅުއްވި ގޭގެ ކޮޓަރީގައި އޮތް ދަބަހެއްގެ ތެރެއިން ޖެނުއަރީ، 2015 ގައި ފިސްތޯލައަކާއި ތިން ވަޒަނާއި ޕެންޑްރައިވެއް ފެނުނު ކަމަށް ބުނާ މައްސަލާގައި ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެކަމަކު އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ ނާޒިމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފަ އެވެ.
މިދިޔަ އަހަރު ފުލުހުން އެ މައްސަލަ އަލުން ތަހުގީގު ފެށީ، އެ ހުކުމާ ގުޅިގެންނެވެ. އޭގެކުރިން ވެސް ނާޒިމް ވިދާޅުވަމުން ގެންދެވީ، ފިސްތޯލަ އަކީ ބަޔަކު އޭނާ ފްރޭމްކުރަން ގެއަށް ވެއްދި އެއްޗެއް ކަމަށެވެ.
ފުލުހުން ފަހުން ބުނެފައިވާ ގޮތުގައި، ފިސްތޯލައިން ވަނީ އަދީބުގެ ޑީއެންއޭ ފެނިފަ އެވެ. އަދީބު ވިދާޅުވެފައި ވަނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި އެކަމުގައި ބައިވެރިވި މީހުންނާއި ކަން ނިމިގެން ދިޔަ ގޮތް ވެސް އެ މަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ޝަރުއީ ކޯޓެއްގައި، މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލަ އާއި ތިން ވަޒަނުގެ ހަގީގަތް ހާމަކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބިއްޖެ ނަމަ މުހައްމަދު ނާޒިމްގެ މައްޗަށް ރޭވި، ތަމްސީލު ވެގެން ދިޔަ ކަންތަކުގެ ތަފުސީލުތައް ހިއްސާކޮށް ޝަރުއީ ކޯޓަކުން ފައިސަލާ ކޮށްފައިވާ ކަމަކާ ގުޅިގެން، ޝަރުއީ ހަމަތަކުގެ މަތީން، ދިވެހިރާއްޖޭގެ ކޯޓުތަކަށާއި ދިވެހި ލޮބުވެތި ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ އެންމެހާ ހަގީގަތްތައް ހާމަކޮށްދިނުމަށް ތައްޔާރަށް ހުރި ވާހަކަ ދަންނަވަމެވެ،" އަދީބުގެ ސިޓީގައިވެ އެވެ.
"އަދި މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލަ އާއި ތިން ވަޒަނަކީ މުހައްމަދު ނާޒިމްގެ ތަކެތި ނޫން ކަމާއި މުހައްމަދު ނާޒިމް އަށް އެތަކެތީގެ ހަގީގަތް އެއްވެސް މިންވަރަކަށް އެއްވެސް އިރެއްގައި އެނގިފައި ނުވާނެކަން ޝަރުއީ ހަމަތަކުގެ މަތީން ސާބިތުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އަރުވަމެވެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޖީބުއްރަހްމާން
28 October 2020
ރާއްޖޭގެ ރައީސްކަމަށް އައްނަން ނާޒިމް ކިތެއްމެވަރަކަށް ރޭވިޔަސް އެކަން ކާމިޔާބު ނުވާނެ.
ގައުމު
28 October 2020
އަދީބު ހަމަ އެއްޗެކޭ ބުނެލާއިރަށް އެގަބޫލްކުރެވޭ ވަރުގެ ސިއްދީގެއްބާ އަދީބަކީ.
ބޮޑު ފުންގަނޑު
28 October 2020
މިއީ ރޭވިގެން ރިޓަރޔާ ކާނަލް ނާޒިމްގެ ބޮލުގަ ދޮގު ޢިލޤޒާމް އަޅުވާ އޭނާގެ ޒިންމާއިން އެއްފަރާތްކުރުމަށް ޔާމީނު ދުރާލާ ރާވައިގެން ހިންގާފަވާ ފާޅުކަން ބޮޑު ޖަރީމާ އެއް
1828
28 October 2020
ތިގޭމްގެ ހުރިހާ ކަމެއް ކުރީގެ ސީޕީ ޙުސައިން ވަހީދަށް އިނގޭނެ. އެކަމަކު އޭނާ އެއުޅެނީ މިނިވަންކަންމަތީގައި. އަޖައިބުވެ އަންތަރީސްވޭ.
އެއްކަލަޑައިލޮގް
28 October 2020
ޔމނ ބުނެގެން މަ ކުރީ. އެ ނިމުނީ ތަހުގީގު.
ފަހުދު
28 October 2020
ހަމަ އެއްކަމެއް. އޭރުވެސް މަގާމު އަތުލަން ދޮގު ތުހުމަތު ތަކެއް އުފަން ކުރުވީ. މިހާރުވެސް މަގާމު އަތުލަން ހަމަ ދޮގު ތުހުމަތު. ކެރަޕާ އާއިލާއަށް ހެލްތު މިނިސްޓަރުކަން ހޯދައިދޭން އަމީން ބޮލަށް ކަނޑާލަން އުޅުނީ މިފަދަ ތުހުމަތު ތަކެއް. ތަފާތު ދެއްކީ މިހާރުގެ ޕީޖީ. އޭރުގެ ޕީޖީ ހުރި ނަމަ މިހާރު އަމީންގެ ޝަރީއަތްވެސް ފެށިފައި އޮންނަނީ. ޑިމޮކްރަސީ ތާކިހާ އަޅައިގެން އެންމެންވެސް މި ކުޅެނީ އެއް ގޭމެއް. ދިރިތިބި ބަޔަކަށް ހާސް އިބުރަތް.
އަހުދު
28 October 2020
އިދިކޮޅުގައި ތިބި މީހުންގެ މައްސަލަތައް ބަރާބަރަށް ދައުވާކުރަން ފޮނުވަމުން ގެންދަނީ. މިސަރުކާރުގެ ފޭވަރގަ ހުރި އެކެއްގެވެސް މައްސަލައެއް ނުބެލޭ. ނެތް ކުރީ ޕީޖީއާ އެއްވެސް ތަފާތެއް. އަމީނުގެ އިސްތިއުފާ ލިބުނީމަ މައްސަލަ ހައްލުވީ. އިސްތިއުފާ ނުދިންނަމަ މަންޒަރު ތަފާތުވީސް.
ލާލު
28 October 2020
ކިހާވަރަކުން ދާނެބާ. ރަނގަޅައް ހުރި މިހެއްގެ ބޮލުގަ އެވަރުކަމެއް އަޅުވާ ޖަލައް ލާ އެތާތަޅުވާ ހެޔޮވާނީ ކިހިނެއް
ބައިރޯ
28 October 2020
ދެމީހުން ނަކީވެސް ބަޢާވާތް ކޮށްފަ ތިބި މީހުން
1828
28 October 2020
ބަޢާވާތް ކުރިކަމަށް ތިޔަ ބުނަނީ ނަޝީދު އަމިއްލަ ފުޅަށް އިސްތިއުފާ ދިނުމުން ތޯ؟ އެހެން ކަމަށްވަނީ ނަމަ ބަޢާވާތް ކުރިކަމަށްވާނީ ނަޝީދެއް ނޫން ތޯ؟
ސާޖިދު ނަދި އަދުވާލާ
28 October 2020
ދެން ބުނާތި. ޔާމީނު ބުނެގެން ލީ އެއްޗެކޭ!
މަރޭމިރުތާ
28 October 2020
ސީދާ އަދީބުގެ އޯޑަރަށް ކުރިކަމެއް. ސަރުކާރާއި ހަދާފައިއޮތް އެއްބަސްވުމުގެ ދަށުން މޮޅު ސްޓޯރީއެއް ހަދާލާފަ ކޮންމެސް އެހެން މީހެއްގެ ބޮލަށް ކަނޑާލަން އެއުޅެނީ. މީނާ ހަސަދަވީ ކާނަލް ނާޒިމް ޔާމީނުގެ ލިސްޓްގެ މާކުރީގައި އުޅެންފެށީމަ މީނާ ގަންނަން އުޅުނު ގަނޑު ނުގަނެވިދާނެތީ ދިން އެތިފަހަރެއް އެއީ!
ޙުސޭނާ
28 October 2020
މިހާރު އެއ އޮތީ ހުރިހާ ގަނޑެއް ގަނެ ނިންމާފަ. މަހުރީ ގެގަ. ނިދާ މެޝެނުގަނިދަން.