ކުޅިވަރު / ޗެމްޕިއަންސް ލީގު

މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އަށް ބޮޑު މޮޅެއް

ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ ރެޝްފޯޑް (ކ) އާއި ފެނާންޑޭސް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

29 އޮކްޓޯބަރ 2020 - 10:19

1 comments

މެންޗެސްޓާ (އޮކްޓޫބަރު 29) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޗެލްސީން ރަށުން ބޭރުގައި ރަޝިއާގެ ކްރަސްނޯޑާ އަތުން 4-0 އިން މޮޅުވިއިރު، އަމިއްލަ ދަނޑުގައި މާކަސް ރެޝްފޯޑްގެ ހެޓްރިކާ އެކު މެންޗެސްޓާ ޔުނައިޓެޑުން 5-0 އިން ޖަރުމަނުގެ ގަދަބާރު އާރްބީ ލައިޕްޒިގު ބަލިކޮށްފި އެވެ.

ކުޅުނު ދެ މެޗުން ވެސް ޔުނައިޓެޑް ވަނީ މޮޅުވެފަ އެވެ. ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަތުން މޮޅުވީ 2-1 އިންނެވެ. ރޭ ޕީއެސްޖީ ކުޅުނު މެޗުގައި ވަނީ ތުރުކީގެ އިސްތަންބޫލް ބަސަކްޝެހީރް އަތުން 2-0 އިން މޮޅުވެފަ އެވެ. މި މުބާރާތުގައި މި ފަހަރު ޗެލްސީ ކުޅުނު ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ސެވިއްޔާއާ އެއްވަރުވިއިރު، ރޭ އެ ޓީމުން މިވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ.

ޔުނައިޓެޑުން ރޭގެ މެޗަށް ނުކުތީ ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޯނީ ވެން ޑަ ބީކް އާއި ޕައުލް ޕޮގްބާ އަދި މޭސަން ގްރީންވުޑް ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލީޑުނަގައިދިނީ ޕޮގްބާ ދިން ބޯޅަ އަކުން ގްރީންވުޑް އެވެ. ދެ ވަނަ ހާފް ފަށައިގެން ލައިޕްޒިގުން ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ ނަމަވެސް މެޗު އެއްކޮށް ބަދަލުވެގެން ދިޔައީ ޔުނައިޓެޑުން ބަދަލު ކުޅުންތެރިންގެ ގޮތުގައި ރެޝްފޯޑް އާއި ބްރޫނޯ ފެނާންޑޭސް އެރުވި ހިސާބުންނެވެ. ޔުނައިޓެޑްގެ ދެ ވަނަ ލަނޑު ރެޝްފޯޑް ޖެހީ މެޗުގެ 74 ވަނަ މިނިޓްގައި ފެނާންޑޭސް ދިން ބޯޅައަކުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން ރެޝްފޯޑް ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ.

މެޗުގެ 87 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ހަތަރު ވަނަ ލަނޑު ޖެހީ ޕެނަލްޓީ އަކުން އެންތަނީ މާޝިއަލް އެވެ. އިތުރު ވަގުތުގައި ރެޝްފޯޑް ވަނީ ތިން ވަނަ ލަނޑެއް ޖަހައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ސޯޅަ މިނިޓް ތެރޭ ރެޝްފޯޑް މި ހެދި ހެޓްރިކަކީ އޭނާ މި މުބާރާތުގައި ހެދި ފުރަތަމަ ހެޓްރިކް އެވެ.

މިއީ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ކޯޗިން ކެރިއަރުގައި ޔޫރަޕްގައި ނުކުތް 50 ވަނަ މެޗެވެ. ޔުނައިޓެޑާ އެކު އޭނާ ވާދަކުރި 18 މެޗުގެ ތެރެއިން 11 މެޗުން ވަނީ މޮޅުވެފަ އެވެ. ރޭގެ ނަތީޖާ އަކީ 2013 ވަނަ އަހަރު ބަޔާ ލެވަކޫސަން އަތުން މޮޅުވި ފަހުން ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑްގެ އެންމެ ރަނގަޅު ނަތީޖާ އެވެ.

ޗެލްސީގެ ޒިޔެޗް (ކ) ކަރަސްނޯޑާގެ ރަމީރޭޒް ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ކްރަސްނޯޑާއާ ދެކޮޅަށް ކުޅުނު މެޗުގައި ރޭ ޗެލްސީ އަށް ލީޑުގައިދޭން ޖޯޖީނިއޯ އަށް ލިބުނު ޕެނަލްޓީން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ފުރަތަމަ ހާފުގައި ޗެލްސީ އަށް ލީޑުގައިދިނީ ކަލުމް ހަޑްސަން-އޮޑޯއި އެވެ. މި ގޯލަކީ ކަރަސްނޯޑާގެ ގޯލްކީޕަރު މަޓްވޭއި ސަފޯނޯފް އަތް ހެދުނު ގޯހަކުން ވަން ގޯލެކެވެ. ދެ ވަނަ ހާފްގައި ޗެލްސީގެ ލީޑުފުޅާކޮށްދިނީ ޕެނަލްޓީ އަކުން މެޗުގެ 76 ވަނަ މިނިޓްގައި ޓިމޯ ވާނާ އެވެ. އޭގެ ތިން މިނިޓް ފަހުން ހަކީމް ޒިޔެޗް ވަނީ ޗެލްސީ އަށް ތިން ވަނަ ގޯލެއް ޖަހައިދީފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ކްރިސްޓިއަން ޕުލިސިޗް ވަނި ޗެލްސީ އަށް ހަތަރު ވަނަ ލަނޑެއް ޖަހައިދީފަ އެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ސްޕެއިނުގެ ސެވިއްޔާ އިން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ފްރާންސްގެ ރެނެސް ބަލިކޮށްފަ އެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހި ނެދަލެންޑްސްގެ ފޯވާޑް ލޫކް ޑި ޔޯން އެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝިއަލް

29 October 2020

މަރުހަބާ ސުޒޭން ، މަރުހަބާ ޕޮގްބަ ، މަރުހަބާ ޝިމާޒް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454