މުނިފޫހިފިލުވުން / ބޮލީވުޑް

ނެޕޮޓިޒަމަކީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫން: ސަލްމާން

ނެޕޮޓިޒަމޭ ކިޔާފައި މިސްމީހުންނާ ދިމާއަށް ކިޔާ އެއްޗިއްސަކީ ތާކުންތާކުން ޖެހޭ ވާހަކައެއް ނޫން ކަމަށާއި އެފަދަ ބަސްތައް މީހުންނާ ދިމާއަށް ރައްދުކުރުމަކީ ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ބުނެފި އެވެ.

އޭނާ ހޯސްޓްކުރާ ކަލާޒް ޗެނެލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 14" ގެ ހޮނިހިރު ދުވަހުގެ ރޭގެ އެޕިސޯޑްގައި ސަލްމާން ވަނީ ނެޕޮޓިޒަމާ ގުޅުވައިގެން ދައްކާ ވާހަކަތަކަށް ވަރަށް ބޮޑަށް ރައްދު ދީފަ އެވެ. މި ވާހަކައެއް ދައްކަން ޖެހުނީ އެ ޝޯގައި ވާދަކުރާ ބައިވެރިންގެ ތެރޭގައި ހިމެނޭ ލަވަކިޔުންތެރިތާ ރާހުލް ވައިދިއާ މިިދިޔަ ހަފުތާގެ އެޕިސޯޑެއްގެ ތެރޭގައި ޝޯގައި ވާދަކުރާ މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫގެ ދަރިފުޅު ޖާން ކުމާރު ސާނޫ އަށް ނިސްބަތްކުރި ވާހަކަތަކާ ގުޅިގެންނެވެ.

ރާހުލް ވަނީ ޖާން އަކީ ނެޕޮޓިޒަމް ތެރެއިން އައިސްގެން އުޅޭ މީހެއް ކަމަށާއި އޭނާ އަކީ އަމިއްލަ އައިޑެންޓިޓީއެއް އޮތް މީހެއް ނޫން ކަމަށާއި ވިކަމެއް ވެފައި އޮތީ ބައްޕަގެ ނަމާ ހެދި ކަމަށް ބުނެފަ އެވެ. އޭނާގެ މި ވާހަކަތަކާ ގުޅިގެން ސަލްމާން ވަނީ ނެޕޮޓިޒަމާ ބެހޭ ގޮތުން ވަރަށް ދިގުކޮށް ވާހަކަ ދައްކައިފަ އެވެ. އަދި އެ ވާހަކައިގެ ތެރޭގައި ސަލްމާން ވަނީ ރާހުލްގެ އަމިއްލަ ދަރިއަކު ކުރިއަރުވަން އޭނާ މަސައްކަތްކުރާ ނަމަ އެއީ ނެޕޮޓިޒަމަށް ވެދާނެތޯ ވެސް ސުވާލުކޮށްފަ އެވެ.

ސަލްމާން ބުނުގޮތުގައި ނެޕޮޓިޒަމޭ ކިޔާފައި ބައެއް މީހުން ދައްކަނީ ބޭކާރު އަދި މާނައެއް ނެތް ވާހަކަތެކެވެ. އަދި އެއީ ކޮންމެ މީހަކަށް ވިޔަސް އެ މީހަކު ފުރުސަތު ހޯދައިދީ، ކުރިއަރުވަން އަބަދު ވެސް އިސްކަންދޭނީ އެ މީހެއްގެ އާއިލާގެ މީހުންނާއި ގާތްތިމާގެ މީހުންނާއި ރައްޓެހިންކަމީ އިންސާނީ ފިތުރަތުގެ ތެރޭގައި އޮތް ކަމެއް ބުންޏެވެ.

އެހެންވެ އެ މީހެއްގެ ދަރިންނާއި ގާތް މީސްމީހުންނާއި ރައްޓެހިން ކުރިއަރުވަން ނޫޅެ، އަވަށްޓެރިންނާއި ދުރުހިލޭ މީހުންނަށް ފުރުސަތުތައް ތަނަވަސްކޮށްދީ، ކުރިއަރުވަން މަސައްކަތްކޮށް ދެނީ ކޮން ބައެއްތޯ ސުވާލުކޮށްފައިވެ އެވެ. އަދި އެއްވެސް މީހަކު އެ މީހެއްގެ ހުރިހާ ފައިސާއަކާއި މުދަލެއް ނުވެސް ދަންނަ ދުރުހިލޭ މީހަކަށް ދީފާނެތޯ އެއީ ބުއްދި ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ވެސް ސަލްމާން ބުންޏެވެ.

"އެހެންވީމާ މި ނެޕޮޓިޒަމޭ ކިޔާފައި އެ ދައްކަނީ އަސްލު ދައްކަން ޖެހޭ ވާހަކަތަކެއް ވެސް ނޫން." އޭނާ ބުންޏެވެ.

އޭނާ ބުނީ ސަނީ ޑިއޯލް އާއި ސަންޖޭ ދަތު ކުރީގެ މަޝްހޫރު ތަރިންގެ ދަރިންނަށްވެފައި އެ މީހުން ކުރިއަރައިން ގޮސް އަދި މިހާރު ވެސް ގިނަ ބަޔަކު ބަލައި ގަންނަ އެކްޓަރުންނަށް އެ މީހުންނަކީ ކޮންމެހެން ދަރުރުމެންދުރާ އާއި ސުނިލްގެ ދަތުގެ ދަރިންނަށްވެގެން ނޫން ކަމަށެވެ. އަދި ޖެކީ ޝްރޮފާއި އަޖޭ ދޭވްގަނާއި ޝާހްރުކް ޚާނާއި އަކްޝޭ ކުމާރު ފަދަ ތަރިން ވެސް ކާމިޔާބު ބަޔަކަށްވީ އަމިއްލަ ބުރަ މަސައްކަތުން ކަމަށާއި އެ މީހުންގެ ކާމިޔާބީގެ ފަހަތުގައި އޮތީ ބެލުންތެރިންގެ ލޯތްބާއި ސަޕޯޓް ކަމަށް ބުންޏެވެ.

ސަލްމާން ބުނީ އޭނާ ވެސް މީހަކަށްވީ ސާލިމް ޚާންގެ ދަރިއަކަށްވެގެން ނޫން ކަމަށާއި މަޝްހޫރުކަން ލިބުނު 1989 ގެ ފިލްމު "މޭނޭ ޕިޔާރު ކިޔާ" ކުޅެން ލިބުނީ ވެސް އެއްވެސް މީހެއްގެ ނުފޫޒަކާ ހެދި ނޫން ކަމަށެވެ.

"ފުރުސަތުތައް ލިބެނީ ވަކި މީހަކަށްވެގެނެއް ނޫން. ފުރުސަތުތައް ލިބި މީހާ ކާމިޔާބު މީހަކަށް ވަނީ އެ މީހަކު ދައްކާ ހުނަރާއި ކުރާ މަސައްކަތާއި ދައްކާ ހިތްވަރުން،" ސަލްމާން ބުންޏެވެ. "މުނިފޫހި އިންޑަސްޓްރީ އަކީ މިހާތަނަށް ވެސް އެތައް ބަޔަކަށް ފުރުސަތުތައް ފަހިކޮށް ދިން ތަނެއް. ކުރިއަށް އޮތް ތަނުގައި ވެސް އެކަން އޮންނާނީ އެހެން."

ސަލްމާނަކީ މިހާތަނަށް ބޮލީވުޑަށް ތަރިންތަކެއް ނެރުނު އެކްޓަރެކެވެ. އޭގެ ތެރޭގައި ގިނައީ އޭނާއާ ގާތް ގުޅުން އޮތް މީހުންނެވެ. އޭގެ ތެރޭގައި ޝަތުރަގަން ސިންހާގެ ދަރިފުޅު ސޮނާކްޝީ ސިންހާ (ދަބަންގް) އާއި ސުނިލް ޝެޓީގެ ދަރިފުޅު އާތިޔާ ޝެޓީ (ހީރޯ) އާއި އަދިތިޔާ ޕަންޗޯލީގެ ދަރިފުޅު ސޫރަޖް ޕަންޗޯލީ (ހީރޯ) އާއި މޯނިޝް ބޭލްގެ ދަރިފުޅު ޕްރަނޫޓާން ބޭލް (ނޯޓްބުކް) އާއި އިގްބާލް ރަތުނާސީގެ ދަރިފުޅު ޒަހީރް އިގްބާލް (ނޯޓްބުކް) އާއި ރަޒީން ޚާން (ވީރު) ފާހަގަކޮށްލެވެ އެވެ.

2 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލްޖިބްރާ

02 November 2020

ސަލްމާނު ބުންޏަސް ތެދެއްވާނީ ތެދަކަށް ! ގާތް މީހުނަށް ބައިއަޅާފަ ނޫނީ އެހެންމީހަކަށް ފުރުސަތެއް ނުލިބޭނެ ! އެއީ މިދުނިޔޭގެ އާދަ !

The name is already taken The name is available. Register?

ސައްލި

02 November 2020

ސަލްމާނު އެހާ ގަދަޔަށް ވާހަކަ ދެއްކީ ނެޕޮޓިޒަމްއޭ ކިޔައިގެން ސަލްމާނުގެ ބޮލުގައި ތުހުމަޔު ތަކެއް އަޅުވާފައިވާތީ , އެއީ ސުސާންތު މިއްލައަށް މަރުވުމާ ގުޅިގެން ކަންގަނާ ސަލްމާނާ ކަރަންގެ ބޮލުގަ އެތުހުމަތު އަޅުވާފަ ވާތީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454